އާންމު ތަނެއްގައި އިސްލާމް ދީނާ ޚިލާފު ކަމެއް މީހަކު ކޮށްފި ކަމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅާ ގޮތަށް ގާނޫނުލްއުގޫބާތަށް ގެންނަން އުޅޭ އިސްލާހުގެ ދިފާއުގައި ތައްޔާރު ކޮށްފައިވާ ޕެޓިޝަނާއި އެއްކޮޅަށް މުޅި ދުނިޔެއިން 2،500 ސޮއި ލިބިއްޖެއެވެ.

އޮންލައިންކޮށް ސޮއި ހުށަހެޅޭ އެ ޕެޓިޝަނަށް ތާއިދު ކުރައްވައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޕެޓިޝަންގައި ސޮއި ކުރެއްވުމަށް އެދިވަޑައިގެންފައެވެ.

މުޅި ދުނިޔެއިން މި ބިލާއި އެއްކޮޅަށް 2،500 ސޮއި ކޮށްފައިވާއިރު، އޭގެ ތެރޭގައި ބިދޭސީން ވެސް ހިމެނޭ ކަން މިހާރު ވަނީ ކަށަވަރުވެފައެވެ. އެ ޕެޓިޝަންގައި ބިދޭސީން ސޮއި ކުރަން ފަށާފައިވަނިީ ދިވެހިންގެ މެދުގައި އެ ބިލަށް ނަފްރަތުކޮށް ގިނަ ބަޔަކު އެ ޕެޓިޝަންގައި ސޮއި ކުރުމާއި ދެކޮޅު ހަދާފައިވާ ދަނޑިވަޅެއްގައެވެ.

އެނގިފައިވާ ގޮތުން މި ޕެޓިޝަން ހެދި މީހާ ވަނީ ރައީސް ނަޝީދު އާއި އެކީ ޖަރުމަންވިލާތުގައެވެ.

މި ޕެޓިޝަނާއި އެއްކޮޅަށް 2،500 މީހަކު ސޮއިކޮށްފައިވާއިރު، މި ބިލާއި ދެކޮޅަށް "ރާއްޖެ" އިން 6،500 މީހަކު ވަނީ ސޮއި ކޮށްފައެވެ. މި ބިލާއި ދެކޮޅަށް ތެދުވެފައިވާ މީހުންގެ ތެރޭގައި ކައުންސިލްތަކުގެ ރައީސުންނާއި މެމްބަރުންނާއި ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ހިމެނެއެވެ.

"ހަރުކަށި ފިކުރާ ދެކޮޅަށް" ނުވަތަ "އެގެއިންސްޓް އެކްސްޓްރީމިޒަމް" ގެ ނަމުގައި އެކުލަވާލާފައިވާ އެ ޕެޓިޝަންގައި ލިޔެފައިވަނީ އާންމު ތަންތަނުގައި އެކަކު އަނެކަކާ ދިމާއަށް "ކާފަރު" ކަމަށް ގޮވުމާއި "ލާދީނީ" ގޮވުމާ ދެކޮޅުވާ ކަމަށެވެ.

އެއީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ތާއީދު ކުރާ ކަމަށާއި ބޭނުންވަނީ ތަހުޒީބީ، މެދު މިނުގެ އިސްލާމީ ދައުލަތެއް ގާއިމް ކުރަން ކަމަށް ޕެޓިޝަންގެ ލިޔުމުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ނަޝީދު

    ނަޝީދު އަކީ ގައުމަށް ޖެހުނު ބޮޑު ވަބާއެއް، މިއަދު މިވަބާގަ އެމްޑީޕީ ވެސް ޖެހި ސަލާމަތް ނުވެފަ އެއޮތީ، އަމިއްލަ އެދުމާއިގެން ފޯވެފައި ހުރި މީހެއް މީ، ޑިމޮކްރަސީ އޭ ކިޔައިގެން މީނާ ބުނި ގޮތެއް އެއްމެން ހަދަންޖެހޭ ޑިކްޓޭޓަރެއް މީ، މީ ހަމަ މައުމޫނު ކަހަލަ މީހެއް، ވެރިކަމުގެ ލައްޒަތުން ސަލާމަތްނުވެގެން އުޅޭ

    79
    3
    • ހާސްނުވޭ

      ލާދީނީ ވިޔަސް ނުވިޔަސް ދެނެއް މިރާއްޖޭގެ ވެރިކަމެއް ވޯޓު ފޮއްޓެއް މެދުވެރިކޮށް ލާހިކެއް ނޫން ހޯދާކަށް....މިހާރުވެސް އެހުރީ ވެރިކަމާ 100 ފޫޓު ދުރުގައި ބަހައްޓާފަ. ބެހެއްޓީމަ ވެސް ތިމަންނާ ވެރިކަމުގަ ބައިވެރިކޮށް އިންތިހާބު ނުބާއްވާ ވެރިކަން ދޭށޭ ކިޔައިގެން އާދޭސް އެ ކުރަނީ....އހެންވެ މޮޔަ ބޮލަށް އަރައިގެން މާއްދާ 27 އާ އެ ބެހެންފެށީ ލާދީނީ ބިލު ލައިގެން....

  2. Anonymous

    އިރާދަކުރެއްވިއްޔާ ނިކަމެތި ގޮތަކައް މިލާދީނީ ސަރުކާރު ބަލިވެގެންދާނެ. ދެން އޮތީ ވައްޓާލުން ހިތި ގޮތަކައް.

    121
    4
  3. ހުސޭނުބޭ

    މުޅި ދުނިޔޭންވެސް އަތުޖެހުނީ ދަމާކަނޑާ 2500 މީހުން. ލޮލޮ

    67
    2
  4. ހައިލީ

    ތިބިލުގައި މޯދީގެ ޕާޓީ ކުދިންލައްވާ ސޮއިކުރަނިކޮއް ގަޑިއެއްގެ ތެރޭ ލައްކައަކަށް އަރާގެން ހިގާދާނެ

    56
    3
  5. ޒަބީބު

    މިހާރު މިކަން ތުނިވެފައިވާ ވަރު އަންނި އަށް ފިސާރި ރަންގަޅަށް އިހުސާސް ވާނެތޯއްޗެއް. ކިތައްމެ ވަރަކަށް ވެރިކަމާހެދި ބޫތުކައިފަ ހުއްޓަސް ދެން ވެރިކަމާއި ނޫޅުމަށް އަންނިއަށް ނަސޭހަތްތެރިވަން. ކިތައްފަހަރު އަންނި އަށް ކިތައް ފުރުސަތު ދެވިއްޖެ! އެކަމަކު ކޮންމެ އިންތިޚާބަކުން ވެސް ވަނީ ބަލި. ޢަދި އަންނި ކައިރިވިއަސް އެއިންތިޚާބަކުން އެމްޑީޕީ ވެސް މިހާރު ވަނީ ބަލި - މިސާލަކަށް ކައުންސިލް އިންތިޚާބު. އެންމެ ފަހުން އަންނި ކައިރިވެއްޖެޔާ ޕެޓިޝަން ގަނޑެއްގަ ސޮއިކޮށްލާނެ މީހަކުވެސް ނުލިބޭ. ވީމާ އަންނި ނޫން ގޮތެއް ހޯދަން އެމްޑީޕީ އަށް މިހާރު ހަމަ އަސްލުވެސް މަޖުބޫރު ވެެއްޖެ ދޯ؟ ދެން އަބަދު އަންނިގެ ދިފާއުގަ، އަންނިގެ ޑެމޭޖް ކޮންޓޯލް ކުރަން އެމްޑީޕީގެ އާއްމު މެމްބަރުން މަގުމަތީގަ ލޯބޯ ފިއްސައިގެން އުޅެންވީ ކޮންބޭނުމެއްގަ؟ އެމްޑީޕީގަ ލީޑަރުން އެބަތިނި ކަން މިހާރު ކަށަވަރު ވެެއްޖެ ދޯ؟

    48
    2
  6. މަސްއޫދު

    ތިޔައީހަމަ ލާދީނީ ނަޝީދުގެ ވައްތަރު އަމިއްލަ ގައުމުން ސަޕޯޓުނެތީމައި މިގައުގެ ކަންކަމުގެ ތެރެއަށް ބޭރުގައުތަކުގެ މީހުންވައްދަނީ! އަދި ތިޔައީ ތެދެއްކަންވެސް ކިހިނެއް އިގެނީ ތިޔައީ ދޮގުހެދުމުގައި އިބިލީހަށްވުރެ މާކުޅަދާނަ މީހެއް! ތިޔައީ ޖަލުގައި ނޯވެވިގެން މައިބަދަ ބިންދައިގެންކަމަށް ބުނެ މައިބަދައަށް ބޭސްކުރަންގޮސް ގޮޑި ދުއްވި މީހާއެއްނޫން! ތިޔަކަލޭގެ ފަލްސަފާއަކީވެސް ދޮގުހެދުން!

    47
    2
  7. ޏަޒީމް

    މޮ ބިލާ ދެކޮޅައް ވޮޓް ދޭނެ ލިންކް އެގޭ ނަމަ ސެއަރ ކޮއްލެއްވުން އެދެން

    29
  8. ޢަލީ

    من الجنة والناس

    24
    2
  9. އަހުމަދު

    މެސެޖު ވަރައް ސާފު. ރައްޔިތުން މި ބޭނުމެއް ނޫން. މިކަން މި ކުރިއަރުަވަނީ މުޖޫ ނައީމު ކަހަލަ ޝަހިންދާ ކަހަލަ ލާދީނީ މީހުން

    55
    2
  10. ގައުމީދޫ

    ދެން ތިޔަ ލިޔުން އަވަށް އެކްޓިވިސްޓުންގެ އަތަށް ދީފައި އަވަށް އަވަށާއި ރަށްރަށުގެ ސަހަރާތަކަށް ފޮނުވާލާ. އޭރުން އިސާހިތަކުން މީހުން ގިނަވެދާނެ. ކުރިން ޕާޓީއަށްވެސް މިހެން މީހުން ވައްދައިގެން އުޅުނު ބަޔަކަށް މިކަންވެސް އުނދަގުލަކަށް ނުވާނެ.

    30
    1
  11. ޝިރޯ

    އިރާދަކުރެއްވިއްޔާ ނިކަމެތި ގޮތަކައް މިލާދީނީ ސަރުކާރު ބަލިވެގެންދާނެ. ވާއެއް ނުވާއެއް ނޭގޭ ހާލުގައި މިބައިގަޑުތިއްބާ މާތްﷲ އިރާދަފުޅުން ވިރިގެން ފައިބާތަން ފެންނާނީ ސަރުކާރުގައި އުޅޭ މުވައްޒަފުންނަށް މިކަހަލަ ބިލްހަދައިގެން ޔާމީނަށް އޮތް ތާއީދު ގެއްލޭނެކަމަށް ހީކޮށްފިއްޔާ އެވާނީ ނުފޯދޭ ރުކެއްގެ އެތެއް ހޯދުން. މިސާލަކީ އެއީ.

    41
  12. އައްމަޑޭ

    ބިލް ފާސްކުރިޔަސް ތިނުވާނެ މާބޮޑު ބުރަދަނެއް ހުރި އެއްޗަކަށް. ދެން އަންނަ މަޖިލީހަކުން ގާނޫނުގެ ތި މާއްދާތައް ބާތިލްކުރާނެ. ގާނޫނު ފާސްކޮށްގެން އެމްޑީޕީން ހެވިފަ ތިބެވޭތޯ އަހަރުން ބަލާނަން.

    40
  13. ޓަކިބެ

    އެންމެ 2500؟؟ އެވެސް ބޮންދުން ހިމަނައިގެން މުޅި ދުނިޔެއިން؟؟ ނޫނޭވާ އަންނި ކަލެއަށް ހަމަ ސާބަސް އިނގޭ. ކޮބާ ރާއްޖޭގެ އެންމެބޮޑު ކަމަށް ބުނާ އެމްޑީޕީ؟؟

    40
  14. Anonymous

    އެންމެ 6500 މީހުންނޯ ލޮލް. ހޮވާފަ އުކާލަންވީ ގޮޅިއަށް

    1
    4
  15. ކަނިިރު

    ލިންކު ފޮނުވާލަދީ އެއިރުން ސޮއިކުރާނަން

  16. Anonymous

    ބަޔަކު މޮޔަވިޔަސް ބޮޑު ވަރެއް.
    1.މި ޤައުމުގެ ދީނަކީ އިސްލާމް ދީންކަމާއި
    2. ދީބުގެ މުވާޠިނުންނަކީ ދިވެހިންކަމާއި.
    3. ދިވެހި ދީބުގެ ދަރިއަކަށް ވެވޭނީ މުސްލިމަކަށްކަމާއި.
    4. މުސްލިމުންކަމުގައި ބަލާގަތުމުގައިވެސް އަހުލް ސުންނަ ވަލްޖަމާޢަތުގެ އަހްލުވެރިން އިސްކޮށްފައިވުމާއި.
    5. ދީނުގެ އަޞްލުތަކާއި ޚިލާފް ކޮންމެ ޤާނޫނަކީ ނުވަތަ ޤަވާޢިދެއްވިޔަސް އެއީ އުފެދުމުގައިވެސް ބާޠިލް އެއްޗެއްކަން
    ކަޅާއިހުދުން ޤާނޫނު އަސާސީ ސާފު ބަހުން ދިވެއްސަކަނަމަ ކިޔަން އެނގޭނެހެން ލިޔެ ވުޖޫދުވެފައިވާއިރު ކަރަކަރައިން ކިތަންމެ ގިނަ ބަޔަކު އަދި ނަމުން ދިވެހިން، ކަމުން މުނާފިޤު މުސްލިމުން ތިކަަމަށް ކިތަންމެ ގިނަ ސޮއި ކުރި ނަމަވެސް ވާނީ ހަމަ ބާޠިލު އެއްޗަކަށޭ.
    މިހާރުވެސް ތިކަމަށް ތާޢީދުކުރާ ކޮންމެ މެމްބަރަކުވެސް ވާނީ ﷲގަންދީކޮށްފައިވާ ހުވަޔާއި ޚިލާފު މީހަަކަށް.

  17. މުއްސަބު

    ޕާޓޭންވެސް ތިބިލާ ދެކޮޅު އެކުދިންނައްވެސް މާވިސްނޭ...ލަދުކޮބާތޯ

  18. ޢިދްރީސް

    ޢަވަހަށް ފާސް ކޮށްލާ

  19. ާއަލީ ބުނީ

    ޢަންނި ފަކީރު ލަދުގަންނަވާލައިފި.... މުޅިދުނިޔެއިން 2500
    ތިނުވާނެ ހުވަދަކައްވެސް. ދެންލަލަލާ

  20. މަންޖޫ

    ލާދީނީ..ލާދީނީ..ލާދީނީ..ލާދީނީ..ލާދީނީ... ދެންވެސް.. އަދިވެސް ކިޔާނަން. ލާދީނީ.. ލާދީނީ..

  21. މުޖޫ

    ރާއްޖެ މީހުންގެ ތާއީދު ބޭނުމެއްނުވޭ ދޯ 😂

  22. ދިވެހި ރައްޔިތުން

    މިއީ މުސްލިމް ޤައުމެއް. އިސްލާމް ދީނަކީ ހުރިހާ އިންސާނިއްޔަތަށް ރަޙުމަތެެއްގެ ގޮތުގައި އޮތް ދީނެއް. ސުވަރުގެ ދެވޭނީ ހެޔޮގޮތުގައި ހުރި މީހަކަށް. ނަރަކައަށް ދެވޭނީ ނުބައި ގޮތުގައި ހުރި މީހަކަށް. މި ރާއްޖޭގެ މީހަކަށް އިސްލާމީ ޝަަރީޢަތުން އެމީހަކީ ކާފަރެއް ކަމަށް ކަނޑަނޭޅޭހާ ހިނދަކު އެމީހަކަށް ކާފަރެކޭ ނުކިޔޭނެ. އަދި އިސްލާމީ އިމުން ހައްދު ފަހަނަ އަޅާ މީހަކު ގޮސްސިނަމަ އެގޮތަށް ބުނެވޭނީ އެކަން އަމަގުން އިސްލާމީ ޝަރީޢަތުން ކަނޑައެޅިގެން. ﷲގެ ހަޒުރަތުގައި ދީނަކީ އިސްލާމްދީން. މިއީ އެންމެ މަތިވެރިދީން، މިދީނާމެދު ކުރެވޭނެ ބަހުސަކަށް ޖާގައެއްނެތް. ހުރިހާ އެންމެންސް އެމީހާގެ އަތުން އަނެކާ ސަލާމަތް ކުރުމަށް ބާރުއަޅުއްވާ.