މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި "ވަގުތު" ފަރާތުން އިންތިޚާބު މޮނީޓާ ކުރާނެ މޮނީޓަރުން ހޯދަން އިއުލާން ކޮށްފިއެވެ.

ވޯޓްލުން ކުރިއަށް ގެންދާ މަރުކަޒުތަކުގައި މަސައްކަތް ކުރާނެ 500 މޮނީޓަރުން ހޯދަން "ވަގުތު" އިން ވަނީ އިއުލާން ކޮށްފައެވެ.

މޮނީޓަރުކަން ކުރަން ޝައުގުވެރިވާ ފަރާތްތަކުން "ވަގުތު" ގެ ނަމްބަރު 7907173 ނަމްބަރު ފޯނަށް އެބޭފުޅެއްގެ ރަށާއި، ފުރިހަމަ ނަން، އައިޑީކާޑް ނަމްބަރު އަދި ގުޅޭނެ ނަމްބަރު އެނގޭނެ ގޮތައް އެސްއެމްއެސް ކުރެއްވުމަށް "ވަގުތު" އިން އެދެއެވެ.

މޮނީޓަރަކަށް ވުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ އެންމެ ފަހު ތާރީޚަކީ ޖުލައި 20 ވަނަ ދުވަހެވެ.

އިންތިޚާބުގެ މޮނީޓަރުންނާއި "ވަގުތު" އާއި ދެމެދު އެއްބަސްވުން ގާއިމު ކުރުމުގެ އިންތިޒާމްތައް "ވަގުތު" އިން ހަމަޖައްސާނެއެވެ.

މޮނީޓަރަކަށް ވުމަށް ޝައުގުވެރިކަން ފާޅުކުރާ މީހަކީ އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވާން ޖެހޭނެއެވެ. އަދި ޖިނާއީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ވެގެން ނުވާނެއެވެ. މީގެ އިތުރުން ރިޔާސީ އިންތިޚާބާ ބެހޭ މަސައްކަތެއް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޙަވާލުވެގެން ހުރި މީހެއްކަމުގައި ވެސް އެމީހަކު ވެގެން ނުވާނެއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު އޮންނާނީ ސެޕްޓެމްބަރ 23 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ާރިޔާޒް

  މަ ބޭނުން ވަގުތު މޮނިޓައ އަކައް ވާން

 2. ޢަރަތް

  މޥެސް ބޭނުން އެކަމަކު މަށަށް 45 ވެއްޖެ ލިބޭނެބާ

 3. ސީމާ

  ކިހާ ވަރެއް ލިބޭނެތަ ތިޔަ މަސައްކަތުން؟

 4. ޢަފްލާ

  ލާރި ލިބޭވަރެއް ނޫނޭ ބަލަނީ އިޚްލާސްތެރި ކަމާއެކު މަސައަކަތް ކޮށްދެވޭތ ބަލަންވީ