ރައްޔިތުންގެ މަޖިލީހާ ގުޅޭގޮތުން ރައްޔިތުން ކުރައްވަން ބޭނުންފުޅުވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބާއްވަވާ އާސްކް ސްޕީކާ ޕްރޮގްރާމްގެ ތިންވަނަ ޕްރޮގްރާމް ޖުލައި މަހުގެ 5 ވަނަ ދުވަހު ބާއްވަން ނިންމަވާފައިވާ ކަމަށް މަޖިލީހުން އިދާރާ އިން ވިދާޅުވެއްޖެއެވެ.
ޓީވީއާއި ސޯޝަލް މީޑިއާ މެދުވެރިކޮށް، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވަވާ، "އާސްކް ސްޕީކަރ" ޕްރޮގްރާމް އޮންނާނީ 5 ޖުލައި 2021 ވާ ހޯމަ ދުވަހުގެ ރޭގަނޑު 9:00 ގައެވެ. މި ފަހަރުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފަވަނީ ވަރޗުއަލް ކޮށެވެ. އަދި ކަލަބް ހައުސް މެދުވެރިކޮށް ލައިވްކޮށް ސުވާލު ކުރުމުގެ ފުރުސަތުވެސް ލިބިވަޑައިގަންނަވާނެއެވެ. ޕްރޮގްރާމް ޓީވީ ޗެނަލްތަކުންނާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ވަގުތުން ފެނިވަޑައިގަންނަވާނެއެވެ.
މި ޕްރޮގްރާމުގައި ރައްޔިތުންގެ ސުވާލުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަގުތުން ޖަވާބު ދެއްވާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސާ ސުވާލުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ސުވާލު ފޮނުއްވުމުގެ ފުރުޞަތު ވަނީ މިހާރު ހުޅުވާލާފައެވެ. އެގޮތުން ސުވާލު ފޯނުން ވީޑިއޯ ކުރެއްވުމަށްފަހު ފޮނުއްވައިގެން ނުވަތަ މެސެޖު މެދުވެރިކޮށް ސުވާލުކުރެއްވޭނެގޮތް ވަނީ ހަމަޖައްސާފައެވެ.
ޕްރޮގްރާމުގައި ލައިވްކޮށް ސުވާލުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނަން ނޯޓުކުރެއްވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން ސުވާލުކުރައްވާ ފަރާތުގެ ނަމާއި ކުރައްވަން ބޭނުންފުޅުވާ ސުވާލު ފޮނުއްވާނީ 05 ޖުލައިވާ ހޯމަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މީޑިއާ ސެކްޝަންގެ ހޮޓްލައިން ނަންބަރު 7234566 އަށެވެ.
މީގެ އިތުރުން، ކްލަބްހައުސް މެދުވެރިކޮށް ސުވާލުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެ ފަރާތެއްގެ ނަން އަދި ކްލަބްހައުސް އެކައުންޓުގެ ނަން މީޑިއާ ސެކްޝަންގެ ހޮޓްލައިން ނަންބަރަށް ފޮނުވަން ޖެހޭނެއެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލުކުރައްވަން ބޭނުންފުޅުވާ ފަރާތްތައް، ސުވާލު ޕޯސްޓު ކުރައްވާއިރު AskSpeaker# ބޭނުންކުރެވުމަށް މަޖިލީހުން އެދެއެވެ.
"އާސްކްސްޕީކަރ" ޕްރޮގްރާމަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރިއަށް ގެންދާ ލައިވް ޕްރޮގްރާމެކެވެ. މިއީ މިގޮތަށް ޢާންމުކޮށް ރައްޔިތުންނަށް ހުޅުވާލައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ބާއްވަވާ ތިންވަނަ ޕްރޮގްރާމެވެ.
ކުރާ ސުވާލުތަކަށް. ހަދާނީ ފުރަތަމަވެސް ހުސް ދޮގު،
ބީރުބުލް ވަޒީރު ޖަޥާބު ސަޅި ވާނެ
ތީ ޓެޝްޓް ޕޭޕަރ ހެދުން ކަހަލަ ކަމެއް ކުރިން އަންނާނެ ސުވާލު އެނގި ދަސްކޮށްގެން އައިސް ޖަވާބުދިނުން ނޭނގޭ ސުވާލު ދޫކޮށް އިނގޭ ހިތްއެދޭ ސުވާލުތަކަށް ޖަވާބުދިނުން އަންނަހިނި
ބޭނުނެއް ނޫން.ކަލޭ ދޭބަލަ މަގަށް.
ޥެރިކަ މުގަ ނެގި 18.5 ބިލިއަން ރުފިޔާގެ ދަރަނިން ކޫރީ ކަ މެއް ބުނެދޭންތަ؟ އަތޮޅުތަކާ ރަށު ރައްޔިތުން ގެ އެކައުންޓް ތަކުގާ ހުރި ރައްޔިތުންގެ ފައިސާއިން ކުރިކަ މެއް ބުނެދޭންތަ ؟ފެންކުންފުންޏާ ދިރާގު ވިއްކާ ނެގި ފައިސާއިން ކުރި ކަންތައް ބުނެ ދޭންތަ؟ބިދޭސީންގެ ޑިޕޮޒިޓް ން ކުރި ކަންތަކާ އެއާޕޯޓް ވިއްކާ ކުރި ކަންތައް ބުނެދޭންތަ؟ތި މާގެ އެދުން ބޮޑުވަރު އިބުރާ އާ މުނައްވަރާ ޑީޑީ އާ އަލްހާނަ މޫސަ ޔާ ސުއައިބު އަ ށް ހެދިގޮތުން ނޭގޭ ނީހަކޫނެތް. މިގައު މަށް ތިޔަ މީހ ާ ހެވެއް ނޭދޭނެ. ހެވެއް އެދޭނެ ނަ މަ އިބޫ އަށް ލިބުނު ވެރިކަން ނަގަހައްޓަން ފަހަތުގަ ހުރީސް.ޣ
ބޭކާރު ބޭކާރު އިސްރިއުފަ އިސްތިއުފާ ދީ ހަ މަ މިހާ ރު.
ޢަހަރެންވެސް މީ ދިވެހި ރައްޔިތެއް. . ތިޔަ ވެރިކަަ މުގެ އެއްވެސް ވާހަކަ އެއް މިގައު މު ދެކި ލޯބިވާ އެން މެ ރައްތިތަކު ވެސް ނާހާނެ. . ޥިޔާނުދާކަލޭގެ. . ޢެއްގޮތެއް. ނެތިއްޔާ. ދޮގުތަ ަަަައ ް. ޢަމުނާގެން. ޜައްޔިތުން. ބޯކާންލ. ާ. ާާ
ނޫޅޭ.
މީނާ ކައިރީގައި އަހާނެ ވާހަކަ އެއް ނެތް.
ނަޟީދުގެ ކިބައިން ސިވެހި ރައްޔިތުން ބޭނުންވާ ޖަވާބެއްނެއް ތީ މިގައުމު ހަލާކުގެތެރެ އަށް ވައްޓާލި މީހާ .
ސުވާލު
ކަލޭ އިސްތިއުފާދޭނީ ކޮންއިރަކުން ؟
ކަލޭގެ ބލވެރިކަމުން މިގައުމު ސަލާމަތް ވާނެތަ؟
ޤާނޫނީ ސަބަބެއްނެތި އޮފީަހަށް ހާޒިރު ނުވާތީ މެމްބަރު ނަޝީދު މެމްބަރުކަމުން ޢަޒުލުކުރަން ސުޕްރިމް ކޯޓަށް މައްސަލަ ލާންވީ !
ހުސް ދޮގު ހަދާނީ. މައި ކައްޓޭ ކިޔައިގެން އިގިރޭސި ވިލާތައް ގޮސް ގަތްގަނޑު ރައްޔިތުން ހަނދާންކޮށްލާ
ފާއިތުވެދިޔަ 50 އަހަރު ކަރެޕްސަން އާ ވައްކަމާ ޚިޔާނާތާއި އާއްމުވެ ފައިސާއަށް މަސްތުފައިވާ މީހުންތަކެއް މިގައުމަށް އުފަންވެފަމިވަނީ މިކަމުގެ ކުޑަވެސް ހައްލަކީ މިހާރު މިހަރަކާތްތެރިވަމުންދާ ސިޔާސީ ހުރިހާ އެއްމެން މިގައުމުގެ ސިޔާސީ ކަންކަމުން އެއްކިބާކޮއް މުޅިންއާ ލީޑަރެއް އެނގިގެން ކަރެޕްސަން އާ ވައްކަމުގެތެރޭގައި ނޫޅޭ ވެރިޔަކު މިގައުމުގެ ވެރިޔަކަށް ގެނައުން އެމީހޢަކީ ގޯސްމީހެއްކަން ސާބިތުވެއްޖެއްޔާ 5 އަހަރޭ ދެ އަހަރަެ ނުކިޔާ އަވަހައް ބަދަލުކުރން.
އަޅުގަނޑު ބޭނުން ފުޅެއް ނުވޭ މަނިކުފާނާ ސުވާލެއް ކުރައްވާކައް ، އެދެނީ އެނބުރި މިގައުމައް ނައުން.
ރައްޔިތުން މައްސޫލިއްޔަތު ހަވާލުކުރީ ރައީސުލް ޖުމްހޫރިއްޔާއާއި. ސުވާލު ކުރަންބޭނުންވަނީ ރައީސުލް ޖުމްހޫރިއްޔާއާއި.. މަޖިލީހުގެ ސުޕީކަރަކާއެއްނޫން.
އެކަމަކު ހިތާމައަކީ މަނިކުފާނު އެވަރަށް އާދޭސް ދެންނެވީމާވެސް ރައީސް ސޯލިހު މަނިކުފާނަށް ބޮޑު ވަޒީރުކަން ލިބޭ ގޮތަށް ކަންކަން ހަމަނުޖެއްސިކަން
ވ. ދެރަ
އަހަރުމެންކުރާނެ އިތުރު ސުވާލެއް ނެތް.ދެން ވޯޓެއްނުދޭނަން.ފުދިއްޖެ.އިތުރުވެސް ވެއްޖެ.
އިތުރު ސުވާލެއް ނެތް މިންވަރަށް ކަލޭތީ ކާކުކަމާ ކަލޭގެ މަގުސަދު ރައްޔިރުންނަށް އެނގި ހާމަވެ އިތުރުވެސް ވެއްޖެ. ދެންވެސް މިގައުމުގެ ކަލޭ ހިންގަމުންތިދާ މިނިވަންކަމާ އިސްލާމް ދީނާ ފުޝުއަރާ "ޖަރިމާ ރާއްޖެ" ހަަރަކާތްތައް ނިމުމަކަށް ގެންނަންވީ.
ސުވާލެއް ކޮށްލާނެ މީހަކުވެސް ނުވީތަ؟ ކަލެއަށް ސަމާލުކަމެއް ދޭނެ މީހަކު ނެތް މިހާރަކު. ތުއްތު ބޭބީއެއްހެން ރޮއެނަގަނީ ސަމާލުކަމެއް ނުލިބި ތާއީދު ގެއްލުނީމަ. ދެން ލަލަލާ...
ތިޔައީ ނޫސްތަކުގެ ހެޑްލައިނުން ޖާގަ ހޯދަންއުޅޭ މޮޔަ ސޮރެއް. މާތްކަލާކޯ ނޫސްވެރިންނޭ މިކަލޭގެ ދައްކާ ވާހަކަތައް ކަވަރުކުރުން ހުއްޓާލަބަލަ. ތިޔަ ޑްރާމާގައި މިގައުމު މިއޮވެ ފަނާވަނީ.