ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ވ.ބޮޑުމޮހޮރާގައި ހިންގަވާ ޕްރޮޖެކްޓް "ޖާބިރު ހެޕީ ކްލަބް" ގެ ފުރަތަމަ ފިޔަވަހި މާދަމާ އިން ފެށިގެން އާންމުންނަށް ހުޅުވާލަން ނިންމައިފިއެވެ.

ޖާބިރު "ވަގުތަށް" މިއަދު ވިދާޅުވީ ބޮޑުމޮހޮރާއަކީ ދިވެހިން ޗުއްޓީ ހޭދަކުރަން އެންމެ ރަނގަޅު އެއް ތަން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބޮޑުމޮހޮރާ ހާއްސަވެގެން ދަނީ، އެރަށަކީ ގުދުރަތީ ގޮތުން ރީތިކަމެއް ލިބިފައިވާ ރަށަކަށް ވުމުންނެވެ.
.
އަދި ރަށުގެ ފަޅަކީ މުޅި ރާއްޖޭގައިވެސް އޮތް އެންމެ ބޮޑެތި ފަޅުތަކުގެ ތެރެއިން ފަޅު ކަމަށް ޖާބިރު ވިދާޅުވިއެވެ.

މީގެއިތުރުން އެރަށް މާލެއާ ކައިރިވުމުން އެއީ ޗުއްޓީ އަށް ދާން އެންމެ ރަނގަޅު އެއް ތަން ކަމަށާއި އެތަން އާއްމުންނަށް ހިތް ފަސޭހަ ތަނަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

" ދުނިޔޭގެ ފެންވަރަށް ތައްޔާރުކޮށްފައިވާ ތަނެއް މިއީ ނިމޭ އިރު. ދަތި ނުކޮށް ޕޭންޑެމިކް ތެރޭ އާދެވޭނެ ތަނެއް މިއީ. އެއްވެސް ފީ އަކާއި ނުލާ އާދެވޭނެ. ޖާބިރު ހެޕީ ކްލަބްގެ އުސޫލުތައް ވަރަށް އަވަހަށް ހާމަކުރާނެ. މިއީ އުފާވެރި ތަނަކަށް ވާނެ." ޖާބިރު ވިދާޅުވިއެވެ.

ތިން ފޭސް އަކަށް ބަހާލައިގެން ކުރިއަށް ގެންދާ ބޮޑުމޮހޮރާގެ ފުރަތަމަ ފޭސްގެ މަސައްކަތް ފަށާފައި ވަނީ މިދިޔ އަހަރުގެ ފަހުކޮޅެވެ. މި މަޝްރޫއުގެ ފުރަތަމަ ފޭސްގައި ހިމެނޭނީ 100 އެނދުގެ ރިސޯޓް ކަމަށާއި އަތިރި މަތީގައި އަޅާ ކޮޓަރިތައް ވެސް އެ ފިޔަވަހީގައި ހިމެނޭ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

އެ ރިސޯޓްގެ ދެ ވަނަ ފޭސް އާއި ތިންވަނަ ފޭސް ތަރައްގ ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދޮޅު އަހަރު ތެރޭގައި ނިންމަވަން މަސައްކަތް ކުރައްވާ ކަމަށާ އެ ތަނުގައި ކަނޑު އަޑީގެ ކޮޓަރިތަކާއި، ގޭމިން ސެންޓަރެއް އެޅުމުގެ ވިސްނުންވެސް ގެންގުޅުއްވާ ކަމަށް ޖާބިރު ފާހަގަކުރެއްވިއެވެ.

އެ ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށާއި އެ ރަށުގައި ގާއިމްކުރާ ސެންޓަރު އެޅުމަށްޓަކައި، ބޭރުގެ ކުންފުނިތަކާއެކު ވާހަކަދައްކަވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މ.

    ތި ފޮނިކެނޑީ9

    13
    1
  2. ބޮލި މުލައް

    މީ ހޮޅި ވާހަކަ އެރަށަށް ދާން ގުޅީމާ ނުނަގާ ފޯނުވެސް
    ތިކަންވެސް ދާނީ ކޭބަލް ކާރަށް

    21
    1
  3. އަލްޖިބްރާ

    ކަމެއް ނުކުރެވުނަސް ފޮނި ކެޑޭތޯ ބަލާތި !

    25
  4. ޖަނާބު

    ޕާޓީއަށް ސޮއިނުކުރަންޖެހިއްޖިއްޔާ ކިތަންމެހާވެސް ރަނގަޅު.

  5. ޖާބިރު މިޔާ

    މި ރަށަށް އާ ދެވޭނީ ލޮލީ ޕޯރޓަލް ގައި ރަޖިސްޓްރީ ކޮށްގެން

  6. ޒާ

    ނުބައި ނުލަފާ މީހެއް. ޕާޓީގަނޑުވެސްއުޅެނީ ފޮރުވައިގެން. އޮފީހެއްނެތް. ފޯނެއްނެތް.

  7. މެން

    ޖާބިރުގެ ހެޕީކުލަބު އޮންނާނީ ޖާބިރުގެ ގޭތެރޭގައި ތިފޭރެނީ ރައްޔޮތުންގެމުދާތައް ތިކަން ތިސޮރައް ވ އަވަހައް އެއގޭނެ

  8. ބަބޫ

    ތިތަނަށް ދާން ކޮންޓެކްޓް ކުރަންވީ ކާކަށް

  9. ބުރުގާ

    ހެޕީ ކުލަބެކޭ އެކޭ ނޫން ތިތަނައް ކިޔަންވީ. "އިބިލީސް ކުލަބް" ކިޔާބަލަ

  10. Anonymous

    މިސޮރު ގެންނަންވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް.