ކޮވިޑް-19 ޖެހިގެން ގދ. ތިނަދޫގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެ އެވެ.

ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަަލް ހޮސްޕިޓަލުން ބުނީ، މިއަދު މެންދުރުގެ ވަގުތެއްގައި އެ ބައްޔަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 70 އަހަރުގެ ފިރިހެނަކު ނިޔާވެފައިވާ ކަމަށެވެ. އެ މީހާ ނިޔާވީ މެންދުރު 1:55 ހާއިރު ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.

އެ މީހާއަށް ފަރުވާދެމުން ގޮސްފައި ވަނީ ތިނަދޫގައި ހުންނަ ކޮވިޑް ފެސިލިޓީގައެވެ. މިއީ އެ ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް އެ ބަލީގައި ނިޔާވި ތިން ވަނަ މީހާއެވެ.

މިއީ ކޮވިޑްގައި މިއަދު ނިޔާވި ދެވަނަ މީހާއެވެ. ރޭ ފަތިހު ގއ.ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކުވެސް ވަނީ އެ ބަލީގައި ނިޔާވެފައެވެ.

ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 213 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑްގައި ނިޔާވާ މީހުންގެ އަދަދުތައް ކޮންމެވެސް ވަރަކަށް ދަށަށްދާން ވަނީ ފަށާފައެވެ. އަދި އެ ބައްޔަށް ފައްސިވާ އަދަދުތައްވެސް ވަނީ ދަށްވާން ފަށާފައެވެ.

ވިޑުގައި ރާއްޖެއިން މިހާތަނަށް ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 196 ދިވެހީންނާއި 17 ބިދޭސީންނެވެ.

ކިޔުންތެރިންގެ ހިޔާލު