ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފް މަގާމުން ވަކިކޮށްފިއެވެ.
ޑރ. އިޔާޒް މަގާމުން ވަކިކޮށްފައިވާކަން އެމްއެންޔޫގެ ވައިސް ޗާންސެލަރ މުހައްމަދު ޝަރީޕްވަނީ "ވަގުތު"އަށް ކަށަވަރުކޮށްދެއްވާފައެވެ.
ޑރ. އިޔާޒް މަގާމުން ވަކިކޮށްފައިވާއިރު، އެ ޔުނިވާސިޓީން މީގެ ކުރިން އޭނާއަށް އިންޒާރުވެސް ދީފައި ވެއެވެ. އަދި ކުރި ޓްވީޓްތަކާއި ގުޅިގެން ސަސްޕެންޑްވެސް ކުރިއެވެ. އަދި މީގެކުރިން ނަސޭހަތްވެސް ދީފައި ވެއެވެ.
އިޔާޒް ވަޒީފާއިން ވަކިކޮށްފައި ވަނީ މީސް މީޑިއާ ގައި ކުރައްވާ ޕޯސްޓްތަކާ ގުޅިގެން ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް އެކަންކަން އިސްލާހު ކުރަން ފުރުސަތު ދީފައި ވަނިކޮށެވެ.
އޭނާ މަގާމުން ވަކިކުރި ސަބަބު ޝަރީފް ސީދާ ހާމަކޮށްފައެއް ނުވެއެވެ.
ޑރ. އިޔާޒް ވިދާޅުވީ، ޖުލައި 1ގެ ކުރިން އޭނާ ވަޒީފާއިން ވަކި ކުރާނެ ކަމަށް ވައިސް ޗާންސެލަރ ވެފައިވާ ވައުދު ފުރިހަމަ ކުރެއްވީ ކަމަށެވެ.
ޑރ. އިޔާޒަކީ އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީއާއިން ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރު/ސީނިއާ ލެކްޗަރާއެކެވެ.
ޑރ. އިޔާޒް ވަޒީފާއިން ވަކިކޮށްފައި މި ވަނީ އަންހެން ކުދިން ހިތާނު ކުރަން ޖެހޭ ކަމަށް ބުނެ އެކަމަށް ހިތްވަރުދީ ވާހަކަ ދެއްކި މައްސަލަ ފެންމަތިވެފައިވަނިކޮށެވެ.
އަަންހެނުން ހިތާނު ކުރުމަކީ އިސްލާމް ދީނުގެ ޝަރީއަތުގައި އޮންނަ ކަމެއް ނޫން ކަމަށް ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ.
އުސްތާޛް ފަަހަތަށް ނުޖެއްސެވޭތި.......ދީނުގެ ކަންތަކުގައި އުޅޭމިހުންނަށް ޖެހޭ ތަކްލީފްތައް އެއީ އަލަށް ވާކަމެއްނޫން...........
އަލްހަމްދްލިއްﷲ
ޢުފާވެރި ނިންމުމެއް!
މިކަމުގައިވެސް އަންނިމެންނަކީ ބޮސްމީހުން
ކޮބާ މަޑުކަށި ފިކުރު މީހުން އެމަިހުން ކޮބާ ސޕ ހަމީދު
މިއީ އެއްގޮތަކަށްވެސް ރަނގަޅު ނިންމުމެއްނޫން. ދީނާ ސީދާ ދެކޮޅައް ވާހަކަދައްކާ ޝަހިންދާމެނާއި ދެކޮޅައް އެއްވެސް ފިޔަވަޅެއް ނޭޅޭ. އަލުން އެ ވަޒީފާ ދޭން ވާނެ
ލާދީނީ ފިކުރުގެ މީހުންނާ ދިމަލަށް އެތްޗެއް ބުނާބަޔަކުވެސް ސައިޒު ކުރަމުން މިދަނީ ދެން މިގައުމު ލާދަިނީ މީހުންގެ ވަކިދަށުން ސަލާމަށް ނުކުރެވޭނެ
މައުމޫނައި ހެދޭ
ވަޒީފާއާއި ބެހޭ ޓުރިބިއުނަލްއަށް މައްސަލަ ހުށަހަޅުއްވާ ! ޝޭހުންނަށް ބިރުދައްކަން ކުރިކަމެއް !
މި ޚަބަރު ކިޔާފައި ކުރަންވީ ކީއްކަމެއް ނޭނގިފައި މިހުރީ. ހީހީފައި އަތްޖަހަންވީ ކަމެއް، ނުވަތަ ގިސްލަގިސްލާފައި ރޯންވީ ކަމެއް ނޭނގުނު. އަހަރެމެން އެމްޑީޕީއާ ވައި ނޭޅެނީ، އެޕާޓީގެ ބޮޑެތި މީހުންނަކީ އިސްލާމްދީނަށާއި އެދީނުގެ ޢިލްމުވެރިންނަށް ނަފުރަތުކުރާ އަދި ނަފުރަތު އުފައްދާ ބަޔަކަށް ވީމަ. އިޔާޒުއަށް ތިލިބުނު ފިލާވަޅުން ޢިބުރަތް ޙާސިލު ކުރާނެކަމަށް އުއްމީދު ކުރަން.
ލާދީނީ މީހުންނަށް ލިބުނު ކުރިއެރުމެއް. އިބޫ ވެރިކަމަށް ގެންނަށް ކުރިމަސައްކަތު އަގުވަޒންކޮށްފި. މީހެއްގެ ނަމަށް ޞާލިހު ކިޔަސް އަދި އެމީހަކު ޞާލިޙެއް ނުވާނެ. އެކަން މިހާރު ދީނީ ޢިލްމުވެރިނަށް ހުންނާނީ ވިސްނިފަ.
ސާބިތުކ ކަން ދެއްވާށި. އާމީން. ސެކިއުލަރ މީހުން ބޭނުންވާ ގޮތަށް ރާއްޖެ ސެކިއުލަރ ނުކުރެވޭނެ އިންޝާ الله
ކުރިންވެސް ސެމިސްޓަރ ބްރޭކަށް ސަސްޕެންޑް ކުރީ. ހަމަ ކިޔެވުން ފެށުމާއެކު ވަޒީފާ ދީފި. ޢަނެއްކާވެސް ކިޔެވުން ބަންދުވީ ވަކި ކުރީ. މުސާރަ ނުދޭން ކުރާ ކަމަކާަ ވައްތަރީ
މިނިންމުން އެއްގޮތަކައްވެސް ބަލައިގަނެވޭކައް ނެތް އިޔާޒް ވަގުތުން ވަގުތައް ބަދަލުގެ ގޮތުގައި 25 މިލިޔައް ޖަހާލާފައި ކޯޓައްލާ
މިނިންމުން އެއްގޮތަކައްވެސް ބަލައިގަނެވޭކައް ނެތް އިޔާޒް ވަގުތުން ވަގުތައް ބަދަލުގެ ގޮތުގައި 25 މިލިޔައް ޖަހާލާފައި ކޯޓައްލާ
ޚޮންމެކަމެއްވެސް މެދުވެރި ކުރައްވާނީ
ރަނގަޅަކަށް ޑރ. ޢިޔާޒް ސާބިތުކަމާއެކު ދެމިހުންނަވާތި.
ޢެވަރު ކަމެއް ވެދާނެ ރަސޫލާ ދުޢާދެއްވިފަދަ ވެރިކަމެއް ކުރާއިރު
ޔާމިނުވާ ރަނގަޅުތާ އިޔާޒުމެން އެވަރަށް ފާޑު ކީއިރުވެސް
ހޭވެސް އަހާނުލާ ވަޒީފާގައި ބެހެއްޓި...އެމްޑީޕީ އަކަށް ޑރ. ޙަސަން ހަމީދަކަށް ހަޖަމެއް ނުވިދޯ
ތިއީ ކަލޭމެން ގެނޭސަރުކާރޭ.
ކޮބާ ޤައުމުގަ ތިބި ޝޭޚުން؟ ކޮބާ އިސްލާމިކް މިނިސްޓަރު.... ހަމަކަށަވަރުން ﷲ އް ނަސްރުދޭ ފަރާތަކަށް ދެރަގޮތެއް މެދުވެރި އެއްނުކުރައްވާނެ. ވިޔަވަޅުއެޅިބައެއްގެ ނިމުން ގޯސްވާނެ
ދުޢާ ދެއްވި ވެރިޔާ އަރިހަށް އަވަހަށް ވަޑައިގަންނަވާ.!! ސްޓޭޓް މިނިސްޓަރު ކަން ލިބޭނެ.!! އެވަރުގެ ހެޔޮލަފާ ސޯލިހު ވެރިޔަކު ޙަޔާތުގަ ނުދެކެމޭ ވިދާޅުވީމެންނު.! އަވަހާށް ވަޑައިގަންނަވާ!! ލަސްނުކުރައްވާ އަވަސްކުރޭ!!
އަަންހެނުން ހިތާނު ކުރުމަކީ އިސްލާމް ދީނުގައި އޮންނަ ކަމެއް ބާ؟؟؟
އަަންހެނުން ހިތާނު ކުރުމަކީ އިސްލާމް ދީނުގައި އޮންނަ ކަމެއް ބާ؟؟؟؟
ޥަޒީފާގެ ވަޅުގަނޑުތައް މި ސަރުކާރުގަ ނުފުރޭނެ. ފައިސާ ލިބޭނެ މަގުތައް އެ ބޯޓް ބޯކޮށް.! އެންމެ ބޮޑު ނާރެހަކީ ފްރީކޮށް އަވައްޓެރި ގައުމުން ނަގާ ލޯނުތައް. ހިލޭ އެކަމަކުވެސް ލޯނު. ދެން އޮތް ނާރެހަކީ ފައިސާ ޗާޕް ކުރުން. މެސެނު ހަލާކު ނުވަންޏާ ބޭނުން ވަރަކަށް ޖަހައިލެވޭނެ.
ކޮބާ ޔާމީން ތޯ ނުބައި ވެރިކަން ކުރީ.
މީ ސޯލިހެއްގެ ވެރިކަން ހަމަ ނަމާއެއްގޮތަށްތޯ އަހާލާހިތްވޭ.
ޝެއިޚް އިލްޔާސް ވިދާޅުވީ ދުޢާދެއްވިޔޭ.
މިސަރުކާރު ގެންނަށް މަރުފަލި ޖެހި މީހުންނަށް އެއްޗެއް ވިސްނޭބާ. އަދިވެސް ހޭ އަރާކަށް ނުވޭތޯ
މިޤައުމުގެ ކަންކަން މިހިރަ ހިނގާގޮތުން.
" ހަމަވީ ރީތި މަންޒަރު ތަކޭ ނެތިދަނީ
މާމަލުން އޭގެ ތާޒާކަމޭ ގެއްލެނީ
ދާމަގުންދުނިޔެހިނގަމުން މިހިރަގެންދަނީ
އާމަގެއްގާހިނގޭކަންނެތޭއަންގަނީ"
ބޮޑާވެ ކިބުރުވެރިވެ ތިމާއަކީ އެންމެ މޮޅުމީހާކަމަށްދެކިގެންއުޅޭ ކޮންމެމީހަކުވެސްނިކަމެތިވެގެންދާނެ.. . ..
ވަރަންރަގަޅުނިންމުމެށް މާލަސްވެއްޖެ
ދިވެހިރާއްޖެ މިދަނީ އިސްލާމްދީން ބަލިކަށިވަމުން ..ދީނާދެކޮޅު މީހުން ތިބީ މަޤާމްތަކުގަ...ހިތާމަވެރި ދުވަހެ
ތައުލީމި މުއައްސަސާތައް ސިޔާސީ މީހުންގެ އަތްމައްޗަށް އެރީމަ ވާނީ މިހެން.
ރާއްޖޭގެ ކޮން އިލްމުވެރިޔެއް. އަޒުހަރުން ޑިޕްލޮމާހަދާފަހުރި ބޭފުޅާތަ.