ޖެންޑާ މިނިސްޓަރުކަމުގައި ހުންނެވިއިރު، ކުރިމަތިވި ބޭއިންސާފު މިއަދު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒަށް ވެސް ކުރިމަތިވެއްޖެ ކަމަށް ބުނެ އެ މަގާމުގައި ކުރިން ހުންނެވި ޝިދާތާ ޝަރީފްގެ ފާޑުކިޔުން ކޯލިޝަން ސަރުކާރަށް އަމާޒުވެއްޖެއެވެ.
ޝިދާތާ މިފަދައިން ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ އަދާލަތު ޕާޓީގެ އިލްމުވެރިންގެ ކޮމިޓީގެ ނައިބު މުގައްރިރުކަން ކުރައްވަމުން އަންނަ ޑރ. އިޔާޒް ގައުމީ ޔުނިވާސިޓީގެ އެސިސްޓަންޓް ޕްރޮފެސަރުގެ މަގާމުން ވަކިކުރުމާއި ގުޅިގެންނެވެ.
"ވަގުތު" އާއި ވާހަކަދައްކަވަމުން ޝިދާތާ ވިދާޅުވ،ީ އަދާލަތު ޕާޓީގެ މަޝްވަރާ ކޮމިޓީގައި ވެސް އިންނަވާ އިޔާޒް އެމަގާމުން ދުރުކުރުމަކީ ކޯލިޝަން ސަރުކާރުން ޑިމޮކްރެސީއަށް ލޯބި ނުކުރާ މިންވަރު ހާމަވެގެންދާ ކަމެއް ކަމަށެވެ. އަދި ކޯލިޝަން ސަރުކާރުގެ ޕާޓީއަކަށް ނިސްބަތްވާ އިސް ބޭފުޅަކު އެގޮތަށް ވަޒީފާއިން ވަކި ކުރުމަކީ އިންސާފުވެރި ގޮތެއް ކަމުގައި ނުދެކޭ ކަމަށް ވެސް ޝިދާތާ ވިދާޅުވިއެވެ.
ޝިދާތާ ވިދާޅުވި ގޮތުން ކޯލިޝަނެއްގެ ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރެވޭނީ ޑިމޮކްރެސީއަށް އިހުތިރާމް ކުރަން ދަސްވެގެންނެވެ. އަދި އެކަކު އަނެކެއްގެ ހިޔާލަށް އިހްތިރާމްކޮށް، ޒާތީ ތައައްސަބުން އެއްކިބާވެގެންނެވެ.
"އަޅުގަނޑަށް ހެދި ގޮތަށް އިޔާޒަށްވެސް އެހެދީ. ކޯލިޝަން ސަރުކާރެއްގެ ގޮތުގައި ދެމި އޮންނަން ބޭނުން ނަމަ އެމީހުން ވަކާލާތު ކުރަމުން އައި ޑިމޮކްރެސީގެ ނިޒާމަށް އިހްތިރާމް ކުރަން ދަސްކުރަން އެބަ ޖެހޭ. ވެރިކަމަށް އަންނަން ވީރުން އެކަންޏެއް ނޫން އަޅުގަނޑުމެން ކައިރިއަށް ކޯލިޝަން ހަދަން އަންނަން ޖެހޭނީކީ. އަޅުގަނޑުމެންގެ ތެރެއިން ކަންކަމުގައި ހިޔާލު ތަފާތުވާ މީހުންގެ ހިޔާލާއި ޝުއާރުތައް ހަޖަމް ކުރަން ދަންނަން ޖެހޭނެ." ޝިދާތާ ވިދާޅުވިއެވެ.
އިޔާޒަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކަށްވާއިރު، ވެރިކަން ކުރާ މައި ޕާޓީ ކަމުގައިވާ އެމްޑީޕީގެ ގިނަ ބައެއްގެ ފާޑުކިއުންތައް އަބަދު ވެސް އިޔާޒަށް އަމާޒުވެއެވެ.
މިކަމާ ގުޅިގެން އިޔާޒު ވެސް ވިދާޅުވެފައިވަނީ އޭނާ ފިޔަވަޅު އަޅާފައިވަނީ ބޭއިންސާފުން ކަމަށެވެ. އަދި އެއީ ސިޔާސީ ގޮތުން އުފެދުނު ދެބަސްވުމަކާއި ގުޅިގެން އެޅި ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިދާތާގެ އިތުރުން އަދާލަތު ޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ އެއީ އިންސާފުން އެޅި ފިޔަވަޅެއް ކަމުގައި ނުދެކޭ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެމްއެންޔޫގެ އެސިސްޓަންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނެވި އިޔާޒު ވަޒީފާއިން ވަކިކުރި ކަމުގެ އެންގުން ފޮނުވީ މިއަދެވެ. އޭނާ މަގާމުން ވަކިކުރީ މީސްމީޑިއާގައި ކުރާ ބައެއް ޕޯސްޓްތަކާ ގުޅިގެން ގައުމީ ޔުނިވާސިޓީން އޭނާއަށް އެ ކަން ނުކުރަން ތަކުރާރުކޮށް ނަސޭހަތް ދިނުމަށް ފަހުގައެވެ.
އިޔާޒު ދާދި ފަހަކުން އަންހެނުން ޚިތާނު ކުރަން ބާރު އަޅައި ދައްކާ ވާހަކައަށް ބައެއް މީހުންގެ ފާޑުކިއުން އަމާޒުވެފައިވަނިކޮށް، އެ މައްސަލަ ގައުމީ ޔުނިވާސިޓީންނާއި އިސްލާމިކް މިނިސްޓްރީން ވެސް ބަލަން ފަށާފައިވެއެވެ.
ދެން ކަލޭ މެން 2 މީހުން ގުޅިގެން ބަޔާނެއް ފަރު މާ ކުރެވޭތޯ ބަލާ ބަލަ
އަދިވެސް ދެމީހުން ނުކުމެ ޔާމީނަށް ވަގަށް ގޮވާ..........
ސަރުކާރާއެއް ވެއްޓެމުންދާއިރު ހުރިހާ ގޯހެއް ދާނީ ހަދަމުން
ދެންތިދެމީހުންއިދެބަލަސަރުކާރާ
ތިޔަ ރޯނުއެދުރު ޝިދާތާއާއި ޢިޔާޒުފަދަ މީހުންނަކީ ދެބޯގެރި ދުއްވާ މީހުން، މިހާރު އިންތިޚާބެއް ބޭއްވިޔަސް ތިޔަ ޝިދާތާއި އިޔާޒުފަދަ ފުޅަކާ ދަންނަބޭކަލުން އަރާނީ ލާދީނީ އެމްޑީޕީ އޮޑިއަށް، ފާއިތުވި އިންތިޚާބުތަކުގައި ލާދީނީ އެމްޑީޕީ ސަރުކާރަށް މިގައުމު ދޭންތިޔަމީހުން ފޫގަޅާއިގެން ކުރި މަސައްކަތުގެ ނަތީޖާއަކީ ކަލޭމެންގެ އަތުން ފޭހި ލޮންސި އަމިއްލަ ލޮލަށް ހެރުނީ ދެން ކެތްތެރިވެގެން ތިބުން ނޫންގޮތެއްނެތް، އަންނަންތިޚާބުޖެހެންދެބް އަނެއްކާވެސް ކުރިން ކުޅި ރޯލުކުޅެން ތައްޔާރުވަމުންދޭ،
މިވަރު ސަރުކާރެއް ނޭތޭވެސް ކި
އިޔާޒު ވެސް ތަޖުރިބާ ކުރީ އަޅުގަނޑަށް ކުރިމަތިވި ބޭއިންސާފު: ޝިދާތާ
1 ގަޑިއިރު ކުރިން ( ޖުލައި 1, 2021 )
މާތް ﷲއާއި އެކަލާނގޭ ރަސޫލާ ކުޑައަގެއް ގައި ވިއްކީމަ ވާންވިގޮތް ތިޔަވީ. الحمدُ لِلَّهِ
الحمدُ لِلَّهِ الحمدُ لِلَّهِ
ބޯންއުނު ބޮނޑި ތިއޮތީ ބޮވިފަ. الحمدُ لِلَّهِ الحمدُ لِلَّهِ الحمدُ لِلَّهِ
ނުލަފާ މަކަރު އަނިޔާ ވެރިންގެ ރޭވުމައްވުރެ ﷲ ގެ ކުޅަދުންވަންތަ ކަން މާފުރިހަމަދޯ؟
ތި 2 މީ ހުން ގެ ވާ ހަކަ ދައްކަން މި އަޅާ ގައި ގައި ހިތްވަރެއް ނެތް
ޝިދާއްތަގެ ވެސް އަމިއްލަ އެދުން ވ ބޮޑު އެހެންނުން ވާނީވެސް ހުސް ރޯނު އެދުރުން