ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބް ރައީސް ޑރ. މުހައްމަދު އިޔާޒްއާ އާ މަގުމަތިން ދިމާކޮށްލުމަކީ ވާދަވެރި ސިޔާސީ ފަރާތްތަކުން ރާވައިގެން ރާއްޖޭގެ އިސްލާމީ ދައުވަތަށް ހުރަސް އަޅާ ރާއްޖޭގެ ދީނީ އިލްމުވެރިންގެ އަގު ވައްޓާލުމަށްޓަކައި ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު މަޖީދީ މަގުގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި، އެ މަގުން ޑރ. އިޔާޒް ސައިކަލުގައި ދުއްވާފައި ދަނިކޮށް އިދިކޮޅު ސަޕޯޓަރުން ވަނީ އޭނާ ފަހާ ދުވެފައެވެ. އަދި ޑރ. އިޔާޒް އާއި ދިމާލަށް "ބޮޑު ކާފަރެކޭ" ކިޔާ ސަޕޯޓަރުން ހަޅޭލަވައި ގަނެފައި ވެއެވެ.

އެ މައްސަލައިގައި އަދާލަތުން ނެރުނު ބަޔާނެއްގައި ބުނީ، އޭނާ އަށް މަގުމަތީގައި ހަނގާކޮށް، ހުރަސްއަޅާ ހަޑިހުތުރު ބަހުން މުހާތަބުކޮށް އަނިޔާ ކުރުމަށް ގޮވާލާ ހިންގީ ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ.

އަދި މިއީ ހިނގަމުންދާ ރިޔާސީ ދައުރުގައި ރާއްޖޭގެ ގާއިމް ކުރެވިފައިވާ ހަމަޖެހުމާއި ސުލްހަމަސަލަސްތަކަން ނަގާލާ އަނިޔާވެރިކަމާއި ހަމަނުޖެހުމުގެ ތެރެެއަށް ގައުމު އަނބުރާ ގެންދިއުމަށް ރާވައިގެން ހިންގާ އަމަލުތަކެއްގެ ބިރުވެރި ސިގްނަލް ކަަމަށްވެސް ބުންޏެވެ.

"މިފަދަ ފިނޑި އަމަލުތަކުގެ ސަބަބުން އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިން އިސްލާމީ ދައުވަތުގެ މައިދާނުގައި ކުރައްވާ މަސައްކަތް ކުޑަވެސް ފަސްޖެހުމެއް ނެތި ކުރިއަށް ގެންދަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ޕާޓީގެ މެންބަރުންނަށާއި ދިވެހި ރައްޔިތުންނަށް އަރުވަމެވެ".

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޑައެލޯގް

    އިޔާޒާދިމާކުރީ އޭނާއަކީ މުނާފިގެއްވީމައެވެ. އެކަން ސައުދީންވެސް އެވަނީ ނިންމާފައެވެ.

    27
    1
  2. ޜައްޔިތުމީހާ

    މިއަދު މަޖުލިސްތެރޭ މެންބަރުން ދެއްކިވާހަކަ އަޑުއެހިބަޔަކައް އިންގޭނެ ސޭހް އިއާޒްމެން އިމްރާންމެންގެ ބެލުމުގެދަށުން އިސްލާމީ ދައުލަތް މިހާރުއޮތްހިސާބު.

    27
    1
  3. ޗާގޯސް

    ތިޔައީ ދީނީ ޖަމާޢަތެއް ނޫން.. ތިޔައީ އަމިއްލަ އެދުމާއިގެން ހައްދުން ނެއްޓިފައިވާ ސިޔާސީ ބައިގަނޑެއް..

    35
    1
  4. ކަޅުބެ

    އިއާޒަކީ ދީނީ މިހެއްތަ، ނޫނީ ފޭސްބުކްގައި މީހުންނަށް ފުރައްސާރަ ކުރާ މީހެއްތަ؟

    29
    1
  5. ހުސޭނުބޭ

    ތިކިޔާ އިސްލާމީ ދައުލަތަކީ ކޮބައިތަ؟ ރޯޔަލް ސަފާރީ ރޭޕްކޭސް ހިންދާލި ދައުލަތް ތަ؟ އަމަލްގިރި ދައުލަތް ތަ! ނޫނީ އަންހެނުން އުރަމަތީ ހިފާ ދައުލަތްތަ؟

    29
    2
  6. އަފީ

    އަދާލަތު ޕާޓީގައި ރާއްޖޭގެ ދީނީ އިލްމުވެރިން ތިބި ކަމެއް ނޭގުނު. ނަމަވެސް އަމިއްލަ އެދުމުން ފޯވެފައި ތިބި ދީނީއިލްމުވެރިންގެ ތާކިހާ އަޅައިގެން ތިބި ގައުމު ފަސާދަ ކުރާބައެއް ތިބި ކަން އެގުނު

    29
    1
  7. ތުބުޅު

    އިސްލާމީ ދައުވަތަކީ އިޔާޒު ތޯ

    28
    1
  8. އަހްމަދު

    ބަލަ ކަލޭމެން ތިޔަބަޔާން ނެރެންވީދުވަސް ހިގެއްޖެޔޭ އެއީ ޢިމްރާނު އަންހެނެއްގެ އުރަމަތީހިފައިގެން އެއަންހެންމީހާ އެވާހަކަގޮވަމުން ޢިމްރާނުފަހަތުން މަގުމަތީހިނގިދުވަސް ހަނދާނެއްނެތްތޯ؟

  9. ދައްބާބު

    މިވެސް ވަރައް ލަދުކުޑަ ގޮތެއްނެތް ބައިގަނޑެއް ތިޔަޕާޓީއައް
    ޢަދާލަތު ކިއުމުގެ ބަދަލުގައި ކިޔަންވީ ޢަދާވަތުޕާޓީ އެއީ ތިޔަޕާޓީއެއްގެސަބަބުން މިގައުމު މިހާލަތައް ދިޔައީ ހުރިހާ ވިޔާނުވާ ގޯސްކަންތައްތައް މިގައުމުގަ މިހާރު މިހިނގާވަރައް ހިގިސަރުކާރެއް މިވީހާތަނަކައް މިދިވިހިރާއްޖެ ނުދެކޭ އެކަމަކު ލިބޭ ފައިދާއައް ތިޔަތިބެނީ ލޯމަރައިގެން

  10. އުގުރި

    އިޔާޒަކީ ދީނީ މީހެއް ބަޔަކު މީހުން ރުހުނަސް ނުރުހުނަސް.. ތަފާތަކީ ޕާޓީއެއްގެ ދަށުވެ އަދި ނުވިތާކަށް އިމްރާން ދަށުވެ ފައީ ހުރުމެވެ. އެމީހަކު ކުރިކަމެއް އެމީހަކަށް ދިމާ ކޮއްލައިގެން ނުވާނެ..

    1
    2
  11. މަހުދީ

    ބޯގޯސް ވާހަކަ ނުދައްކާ. އިޔާޒުއަކީ އިސްލާމްދީންތަ؟ އިޔާޒުމެންނަކީ މި ޤައުމު މިހާލަތަށް ވެއްޓުމުގައި އިސްކޮށް ތިބި މީހުން. ރާއްޖޭގައި މިހާރު ކުރަމުންދާ ފާހިޝް ހުރިހާ އަމަލުތައް އޯކޭ ކޮށްގެން ތރިބެ ކޮން ވާހަކައެއް ދައްކާކަށް ؛. ލަދެއް ނުގަނޭތަ. ނުވްންޏާ މަގާމުދޫކޮށް ރައްކާވުން ރަނގަޅުވާނީ.

  12. ދުންކަރާސް

    ސައޫދީއަރަބިއްޔާއިންވެސް ހެކިދޭ އޭނައަކީ މުނާފިގެއްކަން ދެން ކޮންބަހަނާއެއް ތިދަށްކަނީ ފެންވަރައިގެން ތާހިރުވެގެން ހުރެބަލަ ރަށްޔަތުންލޯބިވޭތޯ.

  13. ކަމަނަ

    ދީނީ ތާކިހާ އަޅުއްވައިގެން އުޅޭ މީހުން މިކިޔާ ސިޔާސީ ވީމަ ދެން ރައްޔިތުންނަށް ވަރަށް ދެރަ. އިސްލާމީ ދައުވަތަކާއި ގުޅުންހުރި ކަމެއް ނޫން އެއީ އިނގޭތޯ. އިޔާޒުމެން މާބޮޑަށް ވިއްޔާ "މަވެތި" ވެފަ ތިބެނީ. އިޔާޒު ދެން ރަނގަޅުވާނީ ސިޔާސީގޮތުން ވާހަކަ ނުދެއްކެވުން. ސިޔާސީ ކަންކަމުގައި ބަސްބުނާ އިންމުވެރިންނަށް ވެސް ވިސްނެންވާނެ ތިމާމެން ސިޔާސީގޮތުން އެއްޗެއް ބުނެވިއްލާއިރަށް އެޔަށްވުރެ ވަރުގަދަޔަށް އިދިކޮޅުން ރައްދުދޭނެ ކަމަށް. ދެން ތިމާމެން ނޫން އެންމެނަކީ އިސްލާމީ ދައުވަތަށް ހުރަސްއަޅާ މީހުންގެ ގޮތުގަ ލޭބަލްކުރުން އެއީ ދެރަވަރު. ހަޖަމުކުރެެވެންވާނެ.

  14. އަލިފް

    2023 ރައީސް ޔާމީން އިންޝާﷲ..އާމީން..

    2
    1
  15. ސަރުދާރު

    މިއީ، މި ރާއްޖޭން ފެނިގެންވާނެ މަންޒަރެއް ނޫން! ނަމަވެސް ޑރ. އިޔާޒަށް ﷲ ދެއްވި ޢިލްމުގެ ބޭނުން ނުބައިގޮތުގައި ކޮށްގެން ސިޔާސީގޮތުން ޒާތީވެގެން ޖާހިލެއްގެ ދަރަޖަ އަށް އިޔާޒު ވެއްޓުނީމާ، މިކަހަލަ މަންޒަރު ފެންނާނެ! ދީނީ ޢިލްމުވެރިން އަށްހުރި ބޮޑުވެގެންވާ ފިލާވަޅެއް މިއީ!

  16. ޢިޔާބު

    ހުޅަގުގެ އިސްލާމް ދީނާ ދެކޮޅު މުޝްރިކް އެންޖީއޯ ތަކުން ވާހަކަ ފަތުރާ ބަހުރުވައިން އަދާލަތު ޕާޓީ ވާހަކަ ދެއްކީމާ ތިޔަ ތިބެވުނީ އެމީހުންނަށް ބައިޢަތު ހިފިގެން.

  17. ނުދަންނަމީހާ

    މިއީ ނަމެއްގަ އިސްލާމްދީނޭ ކިޔައިގެން ޢިލްްމުވެރީން ވެސް ނަމެއްގަ ތިބެނީ އެހެންނޫންނަމަ މިރާއްޖޭގައި މިހާވަރަށް މަސްތުވާތަކެތި ބޭނުން ކުރުމާ އެވިއްކުން ފުޅާދާއިރާއެއްގައި ހިންގާ މަސްތުވާ ތަކެއްޗާ ވައްކަމާ ފޭރުމާ މީހުންމެރުމާ ހަށިވިއްުމާ ޚިޔާނާތާ ޒިނޭކުރުމާ ،ލިވާޠު ކުރުން މެކުހަށް ނުޖަހާނެ.މިއިން ކޮންމެ ކަމަކީ އިސްލާމްދީނުގައި އެއޮންނަ ޙައްދެއް ޤާއިމްކޮށްގެންނޫނީ ޙައްލުނުވާކަންތައް. އެކަމެއް ތަންފީޒް ނުކުރެވޭ. މިއިން އެއްވެސް ކަމަކީ ސިޔާސީ ކަންތަކުގެ ތެރެއަށް ވައްދާ ސިޔާސީ މީހުން އަތްބާނާ ޢިލްމުވެރީން ސިޔާސީ ވެގެން ޙައްލުވާނެ ކަންތަކެއްނޫން.

  18. އެއްކަލަ މިހާ

    އިޔާޒަކީ ދާޢީ އެއްނޫން އިޔާޒަކީ ސިޔާސީ މީހެއް. ދާޢިއެއްގެ ނަންބޯޑު އަޅުވައިގެން މީނަ ކުރާހާވެސް ކަމަކީ ދީނަށް ފުރައްސާރަކުރުން. މިނައަށް ޖިންސީ ފުރައްސާރަ ކުރަން ދެން މީ ކާކު؟

  19. ހަރުފާ

    "އިޔާޒްއާ ދިމާ ކުރީ އިސްލާމީ ދައުވަތަށް ހުރަސް އަޅަން" ކަމަށް ބުނީމަ، އަންނަނި އަމަށަކު ހިއްޏެއްނޫން.