ލ.ފޮނަދޫގައި ގާއިމުކުރާ ސަރަހައްދީ ފެން ތަހުލީލުކުރާ ލެބޯރެޓަރީ އެޅުމަށް ޑިޒައިން ކޮންސަލްޓެންސީގެ މަސައްކަތް އެޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްފިއެވެ.

މިއީ ރާއްޖޭގެ ރަށްރަށުގައި ގާއިމުކޮށްފައިވާ، ފެނާއި ނަރުދަމާގެ ނިޒާމުތަކުން ރައްޔިތުންނަށް ދެވޭ ހިދުމަތްތައް ހަރުދަނާކުރުމު ގޮތުން ގާއިމް ކުރާ ލެބޯރެޓަރީއެކެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމެއްގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދުމުޖުތަބާ އެވެ. އެޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުންސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުއާވިއަތުއަބްދުއް ސައްތާރެވެ.

މި އެއްބަސްވުމުގެ ދަށުން، ލ. ފޮނަދޫގައި ޤާއިމުކުރުމަށްހަމަޖެހިފައިވާ ސަރަހައްދީ، ފެން ތަހުލީލުކުރާ ލެބޯރެޓަރީގެ މަސައްކަތުގެ ސާވޭކުރުމާއި ޑިޒައިނައީ ޓެންޑަރ ޑޮކިއުމަންޓްތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރެވޭނެއެވެ.

މި މަސައްކަތްކުރުމަށް އެޕޮކް އެސޯސިއޭޓްސް ޕްރައިވެޓްލިމިޓެޑާއި ހަވާލުކުރި ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ 270،300.00 ރުފިޔާއެވެ. އެއްބަސްވުމުގަ އިވާގޮތުން މި މަސައްކަތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމަން ވާނެއެވެ.