ކުރިއަށް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން އަބްދުލްގައްޔޫމް ބަލި ކުރުމަށް، އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ހުރިހާ ޕާޓީތަކުން ބޭނުންވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ފެށުމުގެ ރަސްމިޔާތަށް ވަޑައިގެންނެވުމަށްފަހު އިބޫ ވިދާޅުވި ގޮތުގައި، ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ ތެރޭގައި ތަފާތު ހިޔާލުތަކެއް ހުރި ނަމަވެސް އެންމެންގެ މަގުސަދަކީ އެކައްޗެއް ކަމަށެވެ.
"ކުރިޔަށް އޮތް އިންތިހާބުން ރައީސް ޔާމީން ބަލިކުރުމަށް އެންމެން ވެސް ބޭނުންވާއިރު އެކަން ކުރާނެ ގޮތަކާމެދު ކޯލިޝަނުގެ ބައިވެރިންގެ މެދުގައި ހިޔާލު އެއްގޮތް ކުރަން ޖެހޭނެ " އިބޫ ވިދާޅުވިއެެވެ.
އިބޫ ވިދާޅުވީ އެކަން އެންމެ ފަސޭހައިން ކުރެވޭނެ ފޯމިއުލާއެއް ކަމަށް ފެނިވަޑައިގަންނަވަނީ ހުރިހާ ފަރާތްތަކުން ގުޅިގެން އެއް ކެންޑިޑޭޓެއް ނެރުން ކަމަށެވެ.
އިބޫ މިހެން ވިދާޅުވެފައި ވާއިރު ޖެޕީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ވީޑިއޯ މެދުވެރިކޮށް ދެއްކެވި ވާހަކައިގައި ވިދާޅުވީ އަންނަ މަހުގެ 10 ގެ ކުރިން އިދިކޮޅު ކޯލިޝަން ކެންޑިޑޭޓެއް ނުދެއްކިއްޖެ ނަމަ ޖުމްހޫރީ ޕާޓީން ވަކި ކެންޑިޑޭޓެއް ކަނޑައަޅާނެ ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ޖުމުހޫރީ ޕާޓީން އިއްޔެ ބުނެފައިވަނީ އެޕާޓީގެ ވިސްނުމާއި މައިގަނޑު މަގްސަދަކީ ގުޅިގެން އެކުގައި ކުރިއަށް ދިއުން ކަމަށެވެ. އަދި ޖެޕީ އޮތީ ކޯލިޝަންގެ ތެރޭގައި ކަމަށާއި ގައުމަށް އިސްލާހު ގެނެވޭނީ އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.
ބަލަގަ އިބޫ!!! އިދިކޮޅު ފަރާތްތަކުގެ މަޤުޞަދަކީ ތިޔައީކަމުގައިވާނަމަ ތިޔައީ ދެރަކަމެކެވެ. އިދިކޮޅުފަރާްތަކުގެ މަޤުޞަދަކަށްވާންވާނީ އެއިރެއްގެހުރި ރައީސެއް ބަލިކުރުމެއްނޫނެވެ. ޤަވްމަށް ހެޔޮގޮތްތައް ހޯދާދިނުމަށް ސަރުކާރަށް މަޝްވަރާދީ ސަުކާރު ޖަވާބުދާރީ ކުރުމެވެ. ތިޔަ ބުނި ވާހަކައަށް ރައްޔިުތުން ވަރަށް ވިސްނާނެއެވެ. ކަލޭމެންގެ ބޭނުން އަމިއްލަޔަށް ބޭޒާރު ިތކުރީ މައުމޫނު ގެންނަންއުޅުނު ބަޣާވާތް "މާދަމާރޭ ބޮޑުހަނދުކޭތައެއްހިފާނެޔޭ" ބުނެ" ކުރިޔަށް ބޭޒާރުކޮށްލިފަދައިންނެވެ.
ތިބުނާ ތަރަށްޤީ އަކީ ވައްކަމާއި ކޮރަޕްޝަންތަ؟
އިބޫކަލޭތިޔައީބޮޑުމޮޔައެއްތަ ދިވެހިންމިތިބީމިތަރައްގީއައްފެންބޮވާފަކަމެއްތިރޑއަކައްނޭގޭތަ2018ޔާމިންއައްިންޝާﷲ
ބޮޑު ވަގު އެއްބުރުން ބަލިކޮށްފަ ޖަލަށްވެސް ލާނަން..
ރާއްޖެ ތަރައްޤީވެ މިމީހުންގެ ފައިބުޑަށް ވެއްޓޭނެ ބަޔަކު ނުވެދާނެތީ، ޔާމީނު ބަލިކުރަން ވެގެން މި އުޅެނީ، ކޮންމެހެން ރައްޔިތުންނަށް ހެޔޮއެދިގެނެއްނޫން. ﷲ އިރާދަކުރެއްވިއްޔާ ތިކަމެއްނުވާނެ. އަހަރެމެން އެދެނީ މިގޮތުގައި ކުރިއަށްދާން. މިހަރު ކުރެހިފައިހުރި ޗާޓުތައް އެގޮތުގައި ނިމެން.
ކޮންތަނަކުން ވައްކަންކުރި ވާހަކައެއްތަ އިރުއިރުކޮޅާ ތިކިޔަނީ، ވައްކަމުގެ ކުށް ސާބިތުވެން އަރުވާލީ ކެނެރީގޭ ސޮރު، ޔާމީނަށް އަދި ހުކުމެއް އައިސްފައެއްނެތް. ވާހަކަ ދައްކާއިރު ދެއްކެނީ ކޮންވާހަކައެއްތޯ ބަލާތި، ތީ ގަޒުފުގެ ހައްދުޖެހޭފަދަ ވާހަކަ. ޕާތީކުދިން ރުއްސަން ހަރުގޭގައި ދައްކާވާހަކަތީ،