ރާއްޖޭގައި ދިވެހިންގެ އާއިލާއަކާއެކު ދިރިއުޅެމުން އަންނަ ބަންގްލަދޭޝް ރައްޔިތަކު ހާލުގައި ޖެހި، އެހީއަށް އެދިއްޖެއެވެ.

ސަހާނާ ނަމަކަށް ކިޔައި ބަންގްލަދޭޝް ރައްޔިތަކު ދިރިއުޅެމުން ދިޔައީ އާއިލާއަކާއެކު އެމީހުންގެ މަންމަ ބެލެހެއްޓުމުގެ ކަންކަމާ ހަވާލުވެގެންނެވެ. ސަހާނާއާއެކު އޭނާގެ ފިރިމީހާ ވެސް މަސައްކަތް ކުރަމުން ދިޔައީ ރާއްޖޭގައެވެ. އޭނާގެ ފިރިމީހާއަކީ ވެސް ބަންގްލަދޭޝް މީހެކެވެ.

ސަހާނާ ކޮވިޑުގެ ޝިކާރައަކަށްވުމުގެ ސަބަބުން ބަނޑަށް ހަތް މަހުގައި ކުއްޖާ ވަނީ ނަގައިފައެވެ. މާލޭގައި ކޮވިޑުގެ ހާލަތު އެންމެ ގޯސްވި ދަނޑިވަޅުގައި ކޮވިޑް ޖެހުނު ސަހާނާ އެންމެ ފުރަތަމަ ގެންދިޔައީ ހުޅުމާލެ ކޮވިޑް ފެސިލިޓީއަށެވެ. އެތަނުގައި އޮއްވައި އޭނާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އެންމެ ފަހުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރިއެވެ. ހާލު ސީރިއަސްވުމުން ސިޒޭރިއަނަކަށް ގޮސް ދަރިފުޅު ވެސް ޖެހުނީ ނަގާށެވެ.

އޭރު ދަރިފުޅުގެ ހާލު ވެސް ސީރިއަސްއެވެ. ސަހާނާ ވެންޓިލޭޓަރުގައި އޮތްއިރު، ދަރިފުޅަށް ފަރުވާދެމުން އައީ އައިސީޔޫގައެވެ. މަހެއްހާ ދުވަހު އެތަނުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފައެވެ. އެކަމަކު ސަހާނާގެ ހާލު އަދިވެސް ރަނގަޅެއް ނޫނެވެ.

ކުއްޖާ އެންއައިސީޔޫގައި ބާއްވައިގެން ފަރުވާ ދިނުމަށް ފަހު، މިހާރު ހާލަތު ރަނގަޅުވުމުން ގެއަށް ދޫކޮށްލުމުގެ ހުއްދަ ވަނީ ދީފައެވެ. ކުޑަ ދަރިފުޅު ސާއިމާގެ ބޭސްފަރުވާއަށް 90،000ރ. ހަރަދުވިއެވެ. ކުއްޖާ ގެޔަށް ދޫކޮށްލަން ހުއްދަ ލިބުނު ކަމުގައި ވިޔަސް، އަދިވެސް ދަރިފުޅު އޮތީ ހޮސްޕިޓަލްގައެވެ. އަދި ގެއަށް ދެވެން އޮންނަނީ ބިލަށް ފައިސާ ދެއްކުމުންނެވެ.

ޝަހާނާގެ ދަރިފުޅު ސާއިމާ

ސަހާނާގެ ގާތް މީހެއް ކަމަށްވާ ޒުހައިރާ އަލީ ބުނީ ކުއްޖާ ނެގި ފަހުން މިހާރު މަހެއްހާ ދުވަސް ވެދާނެ ކަމަށެވެ. އެތައް ދުވަހެއް ވަންދެެން ޝަހާނާއަށް ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދިން ކަން ފާހަގަކޮށް ޒުހައިރާ ބުނީ އެންމެ ފުރަތަމަ ފަރުވާ ދެމުން ގެންދިޔައީ ދަރުމަވަންތަ ހޮސްޕިޓަލުގައި ކަމަށެވެ. ނަމަވެސް މިހާރު ވަނީ އައިޖީއެމްއެޗްއަށް ބަދަލުކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

"ވެންޓިލޭޓަރުގައި މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން ބާއްވާފަ އޮތީ. ދެން މިހާރު ވޯޑަށް ނެރެފި" ސަހާނާގެ ފަރުވާއާއި ގުޅިގެން ވާހަކަ ދައްކަމުން ޒުހައިރާ ބުންޏެވެ.

ސަހާނާ މިވަގުތު ވޯޑަށް ބަދަލުކުރެވިފައި ވިޔަސް ހާލު ރަނގަޅެއް ނޫނެވެ.

"ކާކުކަން އިނގޭހޭ އަހާލީމަ ބޯ ޖަހާލާ، އެހެން އެއްވެސް ހަރަކާތެއް ނުކުރޭ" ސަހާނާގެ މިހާރުގެ ހާލަތު ބުނެދެމުން ޒުހައިރާ ކިޔައިދިނެވެ.

އެތައް ދުވަހެއް ވަންދެން ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދީފައިވާއިރު، ސަހާނާގެ ބިލަށް 194،000ރ. އަރާފައިވެއެވެ.

"ސަހާނާގެ އާއިލާ އަކީ ވެސް ފުދުންތެރި އާއިލާއެއް ނޫން. އެމީހުން އުޅެމުން އައީ ސަހާނާ ފޮނުވާ ފައިސާއިން. ދެން އޭނާގެ ފިރިމީހާގެ އާއިލާ ގޮތެއް ނޭނގެ. ފިރިމީހާ ވެސް ރާއްޖޭގައި ކުރަމުން އަންނަނީ ކޮންސްޓްރަކްޝަން މަސައްކަތް. އެހެންވީމަ ހާލަތު ހުރިގޮތުން ބޭސްފަރުވާގެ ބިލަށް ބޮޑު އަދަދެއް އަރާފައި އޮތުމުން ދެއްކެން ނެތީ" ޒުހައިރާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޒާ

    ވަރަށް ދެރަވޭ. އެހީތެރިވެދޭން ބޭނުން. އެކަމަކު ޙުދު އަޅުގަނޑުގެ ހާލަތު މިވަގުތު ހުރީ ޒަރޫރީ ކަންކަން ހަމަޖެއްސުަމަށްވެސް ނުކުޅެދިފައި. އެހީތެރިކަން ދޭނެ އެއްވެސް މީހަކު ނެތް.

    69
    • ޢާލިމް

      ދުޢާ ކޮށްދީ ސޯޝަލް މީޑިޔާގަ މި ޚަބަރު ޖަހާލަ ދިނުމަކީވެސް ވެވޭ އެހީއެއް. އެމީހަކަށް ކޮށްދެވޭ ވަރެއް ކޮށްދިނީމަ ރަނގަޅުވާނެ ދެއްތޯ.

      34
  2. Anonymous

    ޔާﷲ މި 2 މަިއންނައް އަވަސް ޝިފާއެއް ދެއްވަވައި ހޮސްޕިޓަލްގެ ބިލް ދެއްކޭނެ މަގު ތަނަވސް ކޮއްދެއްވައި ފާދޭއެވެ. އާމީން

    119
  3. ގިރާވަރު

    ފައިސާ މާފުކޮށް ދޫކޮށްލުން އެދެން ތީޒަރޫރީކަމެއް. ވިސާ ނުދައްކާ މީހުންވެސް ދޫކޮށްލަނީ

    126
    1
  4. ޟަޒް

    ބަންގާޅު ސަ ރުކާ ރުން ދޭނެ.

    13
    38
    • އައްޑޫ ޝަކުވާ ބޯޓު

      މިއީ_ހާދަހާ_ރަހުމްކުޑަ_ލަދު_ހަޔާތެއްްނެތް_މީހެކޭދޯ_

      ދިވެހި_މުސްލިމުންނޭ_މިކިޔާ_މީހުނަށް_ވުރެވެސް_އެވެރިން_މާދީންވެރިވެފައި_ދީނީށް_ލޯބި_ކުރޭ

      އެއީ_މުސްލިމް_އުޙުތެއް_

      ޙުރިހައި_ބޭފުޅުން_ވީވަރަކުން_އެހީތެރި_ވެދެއްވާ_ޕޯސްޓު_ޝެއާރ_ކޮށްދިނުންވެސްު_އެއީވެސް_ވަރަށް_ބޮޑުވަރު_

      މިކަހަލަ_ޖާހިލުން_ކިޔާ_އެއްޗެހިން_ބައިބައި_ނުވޭ

      12
  5. ތުނިޔަ

    ކޮބާ ބަންގާޅު އެމްބަސީ؟ ޢއެކީތްކުރާ ތަނރެއް.

    54
    14
    • ލާމު

      އެއީ ގަވާއިދާ ޚިލާފަށް އެގައުމުގެ މީހުން ރާއްޖޭގައި އުޅެން މަގުކޮށައިދޭން ހުރި ތަނެއް. ގަވާއިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝް މީހުން ގިނަވަނީ ވަރަށް ބޮޑަށް ރޭވިގެން ހިންގާ ކަމަކަށް ވާތީ.

      17
      3
    • ބަންގާޅު އެމްބަސީ އޭ؟

      އައްދެ. އެއީ އަދި އެެހެން ދަރަޖައެއްގައި އުޅުއްވާ ބައެއް. މިތާ އުޅޭ މީހަކު ހާލުގައި ޖެހިގެން ކަމެއްވިޔަސް އެއްވެސް އެހީއެއް ނުވާތާގައި ލަފެއް އަދި އެހީއެއް ލިބޭނެ މަގެއްވެސް ނުދައްކާނެ. އިންސާނިއްޔަތު ކަމެއް ހުންނަ ބައެއްބާއޭވެސް ހިތައް އަރާ!

      14
  6. ދެކުނުތަރި

    ބަންގާޅު އެމްބަސީ މެދުވެރިވެގެން ޤަވައިދާ ޚިލާފަށް މިޤައުމަށް އެތެރެވެގެން އުޅޭމީހެއްނޫންނަމަ އިންޝުއަރެންސް އޮންނާނެ. ދިވެހިންގެ ޓެކްސް ފައިސާއިން ޚަރަދުކުރާކަށް ނުޖެހޭ

    7
    6
  7. އަލިބެއްޔާ

    އެއްވެސް ބަނގާޅު އެންބަސީ އެއް ކިޔާނެ ކަމެއް ނެތް.. ތިފަދަ ކަންކަމުގައި ގޮތް ނިންމުމަށް އަހަރެންގެ ބާރެއް ހިނގާނަމަ އެ ދެމައިންނަށް ޚަރަދުވި ފައިސާ، މާތްﷲ ރަސްކަންފުޅަށްޓާ މަޢާފުކޮށް އަދި އިތުރަށްވެސް އެހީވާނަން. މިފަދަ ކަންކަމަކީ އިންސާނީ ޚުލްޤު ދައްކަން ޖެހޭ ކަންކަން.

    23
    2
  8. މުފައްކިރު

    މުސްލިމުންގެ ދީލަތި ކަމުގެ ރީތި އާދައިން އެޢާއިލާ އަށް އެހީތެރިވެ ދެއްވުން ކީއްތޯ؟ އަދި ތިކަމުގަ ބަނގްލަދޭޝް އެމްބަސީ އިސްނަގަން ޖެހޭނެކަމަށް ދެކެން.

    12
  9. ދެރަމީހާއަށް ދެރަގޮތް

    ކޮބާ އެމީހުން މަސައްކަތްކޮށްދެމުންދިޔަ ދިވެހި އާއިލާ؟ ރާއްޖޭގައި މަސައްކަތްކުރާ ބޭރުމީހުން ސިއްހީ ކިތަންމެ ބޮޑު ހާލަތެއް ދިމާވިޔަސް ބޭސްފަރުވާއަށް ހަރަދުވާ ފައިސާއަށް ޒިންމާވާނެ މީހެއްނުހުރޭ. ބޭސް ކުރަންވެސް ބޮޑު އެއްޗެއް ދައްކަންޖެހޭ. ގައުމަށް އެނބުރިދާން ޓިކެޓަށްވެސް އެހާމެ ބޮޑު އެއްޗެއްދޭ. ބިދޭސީންނާއި ހަވާލުވާ އަދި އެމީހުން ރާއްޖެގެންނަ ލޯކަލް އެޖެންޓު އެބަޖެހޭ އެމީހުންގެ ކަންކަމުގައި ޒިންމާދާރު ކުރުވަން.

    7
    2
  10. ކިޔު

    އަމިއްލަ މީހެއްގެ އެކައުންޓަށް ފައިސާ ޖަމާކުރުމުގެ ބަދަލުގައި އެހީދޭ ޖަމްޢިއްޔާއެއް މެދުވެރިވުން ރަނގަޅު. ނޫނީ ސަރުކާރުގެ ފަރާތެއް. ނުވަތަ ވަގުތު ނޫސް ވިޔަސް އޯކޭ.
    ދެން ސަހާނާގެ ފިރިމީހާ ކޮބާ!؟ އެހެން މީހެއްގެ އެކައުންޓަށް ފައިސާ ޖަމަކުރުމަށް ބުނާއިރު.

    12
    2
  11. .....

    ކޮބާ ސަރުކާރުތައް....ފެލަން ނޫޅެ މައާފުކޮށްފަ ދޫކޮށްލަން ގޮވާލަން...

  12. އައްޑޫ ޝަކުވާ ބޯޓު

    ޕާސްޓް_ޓެންސް_ޕްރެޒެންޓް_ޓެންސްވެސް_އޮޅުވާލައިފައި_މިއޮތީ

    ވަރަށް_ފެންވަރުދަށް_ލިޔުން

    ފަރުވާ_ކުޑަކުއްޖެއް_ނޫންވީމައި_އެހާ_އެއްޗެއް_މަނުބުނަނީ.
    މެނޭޖްމަންޓްއިން_އެބަޖެހޭ_މިސޮރަށް_ދިވެހިބަހުގެ_ޓްރެއިނިންގް_ދޭން
    މިއީ_ވަރަށް_ރަނގަޅު_ވާނެ_ކުއްްޖެއް_

  13. އަލީ ބުނީ

    ގަވައިދާ ހިލާފައް މީހުން ގެންގުޅުނީމަ ވާނެގޮތްތީ. ގަވައިދުން ހުރި މީހެއްނަމަ އިންސުއަރެންސް އިންނާނެ އެޑްމިޓްކޮއްގެން ބޭސްކުރަން ޖެހިއްޖެއްޔާ ކަވަރުކުރާނެ އިންސުއަރެންސް އިން. ދެން ބަލަންވީ ތިމީހާތިވިހެއި ހަމަމީހަކާ އިދެގެންތޯ ނޫނީ އޭނަކާރިޔައް ފިރިމީހާއޭކިޔާގެން އަންނަމީހަކައްތޯ. މީތަހުގީގުކުރަންޖެހޭ ކަމެއް. އެމީހާގެ ހުރިހާޒިންމާއެއް އުފުލަންޖެހޭނީ އެމީހާ އެގެންގުޅޭފަރާތުން. ދެންއެމީހުނައް އެކަންކުރަން ދަތިވާނަމަ އެހީއައް އެދެންވީ. ސަނާ އާއިލާ އަކުން ނުޖެހޭ އެހީއައް އެދޭކައް. އޭނަ ގެންގުޅޭފަރާތުން ޒިންމާ ނަގަންޖެހޭނީ.

  14. ސައުދާން

    90000 އަރަންވީ ކީއްވެބާ.. މިވަރުގެ ބޮޑު އަދަދުތައް ހަމަ ހޮސްޕިޓަލްތަކުން ޗާޖުކުރަން ޖެހޭތަ.؟ މިއީ ހުރިހާގޮތަކުން ހަމައިންނެއްޓިފަ އޮންނަގައުމެއް. ދެން ސިޒޭތިއަންވެސް ހެދެން ޖެހެނީ މަހުޖަނަކައް އެކަނި. މިހެން ކަންކަން ދިމާވަނީ ދެއުޅިއެއްނެތް ވެރިން މިގައުމުގަ ތިބޭތީ.