ރިއަލް އެސްޓޭޓް ފަތުރިވެރިކަމަށް ރަށްތައް ކަނޑައަޅައިފިއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަބްދުالله މައުސޫމް ވިދާޅުވީ ރިއަލް އެސްޓޭޓް ފަތުރިވެރިކަމަށް ހާއްސަ ރަށްތަކެއް ކަނޑައަޅާފައިވާކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން ރަށްތަކެއް ކަމެއް އަދި މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

މިނިސްޓަރ ވިދާޅުވީ ރިއަލް އެސްޓޭޓް ގަތުރުވެރިކަަމަށް ރަށްތައް ކަނޑައެޅިފައި ހުރި ނަމަވެސް އެތަނަށް މީހުން އައުމަށް ދުވަސްކޮޅެއް ނަގާނެ ކަމަށެވެ. މިހާރު ރަށްރައް ކަނޑައެޅިފައިވާކަމަށާ ބައެއް އިދާރީ މަސައްކަތްތައް ނިމުމުން މިކަން އެއްކޮށް ހަމަޖެހޭނެ ކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިބާވަތުގެ ފަތުރުވެރިކަމާއި ގުޅިގެން ކުރަން ޖެހޭ އެންމެ މުހިންމު ކަން ކަމުގައިވާ ރެސިޑެންސް ވިސާ ދޫކުރުމުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައި ކަމަށެެވެ.

"ރެސިޑެންސީ ވިސާ ލިބޭ ގޮތަށް އެއޮތީ ވެފަ. ދިވެހިންނަކީ މި ކަހަލަ ކަންތައްތަކަށް ވަރަށް ކުޅަދާނަ ބައެއް. އެހެންވީމަ ޓޫރިޒަމްގައި އިންވެސްޓްކޮށްގެން އެބައި ކުރިއަށް ގެންގޮސް ދޭނެ. މީގެ އިތުރުން ރިއަލް އެސްޓޭޓް ޓޫރިޒަމްގެ އަންބްރެއްލާ ތެރޭގައި އިތުރު ޕްރޮޑަކްޓްތައް ވެސް އެބަހުރި،" މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރ އިތުތަށް ވިދާޅުވެފައި ވަނީ އިންޓަގްރޭޓެޑް ޓޫރިޒަމްގެ ޕްރޮޑަކްޓުތައްވެސް ހިމެނެނީ މިބާވަތުގެ ފަތުރުވެރިކަމުގެ ތެރޭގައެވެ.

ރިއަލް އެސްޓޭޓް ޓޫރިޒަމަށް ރަށްތަކެއް އިއުލާނު ކުރަން ތައްޔާރުވާއިރު، ހއ. އަތޮޅު ދައްޕަރުގައި ސެކަންޑް ހޯމް ތަކެއް ހަދަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ކުރިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޒާ

    ކޮބާ އައްޑޫ މީހުނަށް ލިބޭނެކަމަށް މަެުސޫމް ބުނި ޕައުންޑް ބޮނޑި. ތީހަމަ އަނގައިން ހިފަހައްޓާ މީހެއް.

    7
    1
    • ޏަވިޔަނި

      ޜިއަލް ސްޓެޓް އުސޫލުން އިންޑިޔާ ސިފައިންނަށް ދިރިއުޅޭނެ ތަނާއި ވިސާ ދީ.. އައްޑޫއިން

  2. ޚާރު

    ރިއަލް އެސްޓޭޓް ހަދާފަ ދިވެހިން ނިދަންވީ ހޮރު ހޮރުގަ....ބޭރު މީހުން އުފަލުގަ....ހައްގު މިން ވަރު ތޯ މީ

    4
    1
  3. ނާޅި

    ޤައުމު ވިއްކާލާ ފައިސާކޮޅު ޖީބަށް ލެވޭތޯ ބަލަނީ ރީތި ޓެގް އަޅުވައިގެން ހައްތާވެސް މިފެންނަނީ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން !