ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޯނަރުކޮށް، ސިޔާސީ ގޮތުން ކުރި މަރާލަން އުޅުނަސް އެކަމެއް ނުވާނެ ކަަމަށް ވިލިނގިލި ދާއިރާގެ އަމިއްލަ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.
ސައުދު މިހެން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާސީ ގޮތުން ނުހުރެވޭނެ ކަމަށާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އެހީއަށް އެދިވަޑައިގަންނަވާނެ ކަމަށް މިއަދު ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ނަޝީދު ވިދާޅުވީ، އެމަނިކުފާނާއި ރައީސް ސޯލިހާއި އެއްވެސް ޒާތީ މައްސަލައެއް ނެތް ކަމަށެވެ.
ނަޝީދު ދެއްކެވި ވާހަކަތަކާއި ގުޅިގެން، ރައީސް ސޯލިހަށް ތާއިދުކޮށް އަބަދުވެސް ވާހަކަދައްކަވަމުން ގެންދަވާ ސައުދު ވިދާޅުވީ، ރައީސް ސޯލިހަކީ އާ ގާނޫނު އަސާސީގެ ފަހުން މިހާތަނަށް ރައްޔިތުން އެންމެ ގިނަ ވޯޓު ހޯއްދަވައިގެން އިންތިހާބު ފުރަތަަަމަ ބުރުން ކާމިޔާބު ކުރެއްވި ހަމައެކަނި ލީޑަރު ކަމަށެވެ.
"ދައުރު ދެބައިވީ ތަނުން ރައީސުލްޖުމްހޫރިއްޔާ ކޯނަރުކޮށް، ސިޔާސީ ގޮތުން ކުރި މަރާލަން އުޅުނަސް އިރާދަކުރެއްވިއްޔާ އެކަމެއް ނުވާނެ". ސައުދު ވިދާޅުވިއެވެ.
ނަޝީދު މިއަދު ވިދާޅުވީ، ރައީސް ސޯލިހްއާއެކު ދެން ސިޔާސީ ގޮތުން ނުހުރެވޭނެ ކަަމަށާއި، އެކަމުގައި އެމްޑީޕީގެ ބައެއް މެންބަރުން ހިތްހަމަނުޖެހޭނަމަ ކުރެވޭނެ ކަމެއް ވެސް ނެތް ކަމަށް ނަޝީދު ލިޔުއްވާފައިވެއެވެ.
"ރައީސް ޔާމީންއާއި ޕީޕީއެމްއިން މެދު މިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ އަޅުގަނޑު އެ ބޭފުޅުންގެ އެހީއަށް އެދޭނަން،" ޔާމީންއާ ވެސް އެންމެ ވާދަވެރި ނަޝީދު ލިޔުއްވާފައިވެއެވެ.
ގެ ކުރިން ނަޝީދު ވަނީ އެމްޑީޕީއާއި ޕީޕީއެމުން ގުޅިގެން ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
އެމް ޑީ ޕީ ތެރެއަށް ވެއްދި ބޮޑު ފަންޏެއްގެ ސަބަބުން ޕާޓީވެސް ބައިބައިކޮށް ހަލާކުކޮށްލީ.
ޕީޕީއެމްވެސް ހަލާކުކޮށް ޔާމީނަށް ދެރަދޭން އެމްޑީ ޕީއާ އެއްކޮޅަށް އެރީ އަމިއްލަ ފައިދާއަށް، އަބަދުވެސް ގަދަވާ ކޮޅަކަށް އަރާ ހިހޫ ތަނުންކާން އުޅޭ ބޮޑުފަނި މިހާރުވެސް އެހުރީ އެ ގޮތުގާ،
މެދުމިނެއް ކިޔާނެކަމެއްނެތް. ޢެއްވެސްވަރަކަށް އިސްލާމްދީނަށް ތާއީދުނުކުރާބައެއްވާނަމަ އެބަޔަކާއެކު ބޮޑުވަޒީރުވުމަށް ބޭނުންވާނެކަންނޭގެ....
ބުރޯ ކަލޭތީ ކާކު މިޔަ ގޮވަން. ދެފުއްކެހެރިޔެއް
ކަލެޔައް ތިކަންވާނެނަމަ ދިވެހިބަހުން" އެއްކަނަކައް ލުން "
އޮންނަލަފުޒު ހަނދާން ހުންނާނެ . މާދަރީބަހާ ތިހާ ބީރައްޓެހި މީހުން ގައުމުގެ ކަންކަމުގަ ބަސް ކިޔައިގެން ނުވާނެ.!!!!!!!
އިބޫ އާއި އަންނި އަކީ އެކައްޗެއް ބޭރު ބަޔަކަށް ގައުމު ހިބަކޮށް ދިވެހިންގެ ބާރު ކަނޑުވާލަން ބޭނުން ވާކަމަށް ފެންނަނީ އެމްޑީޕީ އެކްޓިވިސްޓުންނާ ވިޔަފާރިވެރިންނާއި ކަނެކްޝަންސް އޮތް މަތީ ފަންތީގެ މީހުންނާ ހުރިހާ ދިވެހިން ހިމެނޭހެން އެންމެން އިނދަ ޖައްސާލަން އުޅޭހެން ހީވަނީ
ޙިޔާނާތުގެ ދައުވާ ނުކުރާނެ ކަމަށްތަ ތިޔަ މޮޔަގޮވަނީ.. ބ ވަގު