ތިލަދުންމަތީ ދެކުނުގެ ބައެއް ރަށްތަަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވާ ދަތުރުފުޅުގައި، މަރުހަބާ ކިއުމުގެ ގޮތުން ބޮޑެތި އެއްވުންތައް ނުބާއްވަން ރައީސް އޮފީހުން އަންގައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން، އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޚާއްސަ އިންތިޒާމްތައް ހަމަޖެއްސުމަށް ގިނަ ރިކުއެސްޓްތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް، ކޮވިޑްގެ މި ހާލަތުގައި ގިނަ ބަޔަކު އެއްތަންވުމަކީ އެންމެ ރައްކާތެރި ކަމަކަށް ނުވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މި ސަބަބަށްޓަކައި ގިނަ ބަޔަކު އެއްތަން ނުވާނެ ގޮތަކަށް މަރުހަބާގެ ކަންކަން އިންތިޒާމު ކުރުމަށް ކަމާގުޅޭ ހުރިހާ އިދާރާތަކަށް އަންގާފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.
ތިލަދުންމަތި ދެކުނުގެ ބައެއް ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ މަނިކުފާނު ވަޑައިގަންނަވަން ހަމަޖައްސާފައިވަނީ ހދ. ހަނިމާދު އާއި ކުޅުދުއްފުށި އަދި ކުމުންދުއަށެވެ.
ތަރައްޤީގެ މަޝްރޫތަކުގެ އެންމެ ފަހުގެ އަޕްޑޭޓް ބައްލަވާލައްވާ ކައުންސިލްތަކާއެކު ބައްދަލުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ރައީސްގެ ސިޔާސަތަކީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ކައުންސިލްތަކުގެ ބައިވެރިވުމާ އެކު ތަރައްގީގެ މަޝްރޫޢުތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުންކަމުގައިވާ އިރު، މި ސިޔާސަތު މި ދަތުރުފުޅުގެ ތެރެއިން ކުރިއަރުވާން މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.
މި ދަތުރުފުޅަކީ ކޮވިޑްގެ ހަތަރު ވަނަ ރާޅަށްފަހު ދަތުރުފަތުރުކުރުމަށް ލުއިތައް ދިނުމަށްފަހު އެމަނިކުފާނު ރާއްޖޭގެ ރަށަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
އިބުރާހިމާ ތިޔައުޅެނީ ކޮންޑުރާއެއް ކުޅެންތަ! މަރުހަބާ ކިޔުމަށް މީހުންނުދާނެތީ ކުޅޭ ޑުރާމާއެއްތީ!
ކޮން ކަމަކާ މަރުހަބާ ކިޔަންވީ ؟؟ އޭނަ ސަރުކާރުގަ ޖިންސީ ފުރައްސާރަ ކުރިލެއް މަދުވީމަ؟
ކޮވިޑް އޭ ކިއައިގެން ވައްކަން ނުކުރީމަ ؟ ލަދީނީ ރިޕޯޓްތައް ނެރުނު މީހުންނައް އަދަބް ދިނީމަ ؟
ބަލަ ރައްޔިތުން ނޫޅެޔޭ މޮޔަވެގެނެއް ތަނެއްގަ ހުރި މޮނިއުމެންޓެއް ގެންގޮސް ރަށައްލާއިރަށް އެއަށް މަރުހަބާކިޔާކަށް، އަސްލުވީ ގޮތަކީ ނުކުންނާނެ ރައްޔިތަކުވެސް ނެތީ މަބުރޫކު 2ވަނަ ދައުރެއްގެ ހުވަފެން ދައްކައިގެން ގުބޯހެއްދިޔަކަށް ތާއީދު ނެތީމަ ކީއްކުރާނީ ، ހަނިމާދޫ ރައްޔިތުން ނުކުމެ ރަށުން ނުބޭލުވިއްޔާ ވާރަނގަޅު، ބުނާނެ ވާހަކައެއްނެތް އަނިޔާއެއް ނުކުރާތި މުހައްމަދު އަމީނުވެސް ނިޔާވީ ލިބުނު ޒަހަމްތަކެއްގެ ސަބަބުންނޭ ބުނާތީ އަޑުއެހިން އެއީވެސް ބޮނޑު ތިލަދުންމަތީން މީހުންއައިސް ހިންގި ގަޑުބަޑެއްކަމަށް ބުނާތީ އިވެނީ؟؟؟؟؟؟؟
ދަށުން ދަމާޕާޓީގައި މިހާރު ތިބީ ހާދަމަދު މީސްކޮޅެކޭދޯ ކީއްކުރާނީ ޔެލޯކުލަ ދެން މި ގައުމުގާ ފަޑު ވެގެނެއްނުދާނެ ލަލަލާލާ
ނިމިދިޔަ އަނިޔާވެރި ސަރުކާރަށްވުރެ އަދިވެސް ހާސްބައި ރަނގަޅު.
ސޯލިހުއަށް މަރުހަބާ ކިޔާކަށް ރަށްޔަތުންނެއް ބޭނުމެއްނުވޭ ގައުމުހަލާކުގެ ތެރެއަށް ވަށްޓާލާ ވެރިކަން ލިބުނު ދުވަހު ފަނޑިޔާރު ކުރިމަތީ ކުރި ހުވަޔާ ހިލާފުވެފަވާކަން މިއަދު ނަފުރަތުގެ ބިލުންވެސް ރަށްޔަތުންނަށް ވަރަށްސާފުކޮށް އެބައެނގޭ.
ބޭނުމެއްނޫން މަރުހަބާ ކިޔާކަށް ވައުދާ ހިލާފުވެފަ ހުރި މީހެެއްތީ ނަފުރަތުގެ ބިލުކޮބާ އަދިވެސްމީނަޔަށްސަލާމްކުރަންދޯ ދާންވީ.