ސްރީލަންކާގެ މައުންޓް ލެވީނިއާގައި 15 އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި އެކީ ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީއާ ޖިންސީ ގުޅުން ހިންގި ކަމަށް އެ ކުއްޖާ މިއަދު ކޯޓުގައި ބުނެފިއެވެ.

ލަންކާގެ ފުލުހުން މިހާތަނަށް އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެކުއްޖާ ލައްވައި ޖިންސީ ކުށްތަކެއް ހިންގުވި ނެޓްވޯކުގައި ހައްޔަރުކުރި މީހުންގެ އަދަދު ވަނީ 40 އަށް އަރާފައެވެ. އޭގެ ތެރޭގައި އަޝްމަލީގެ އިތުރުން ސިޔާސީ ނުފޫޒުގަދަ އެތައް ބަޔަކު ހިމެނެއެވެ.

އަޝްމަލީގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ އަންހެން ކުއްޖާއާ އެކު ޖިންސީ އަމަލު ހިންގުމާއި މި ނެޓްވޯކް ފުޅާކުރުމަށް އެހީތެރިވި ކަމުގެ ތުހުމަތެވެ. އެމައްސަލައިގައި ދިހަ ދުވަހަށް އަޝްމަލީ ބަންދު ކުރުމަށްފަހު، މިއަދު އޮތް އަޑުއެހުމުގައި އަޝްމަލީ ވެސް ވަނީ އައިޑެންޓިފިކޭޝަން ޕެރޭޑެއްގައި ބައިވެރި ކުރުވާފައެވެ.

އައިޑެންޓިފިކޭޝަން ޕެރޭޑަކީ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންނަކީ އެކަމުގައި ހިމެނޭ މީހުންކަން ކަށަވަރު ކުރުމަށް، އަނިޔާ ލިބުނު މީހާ ނުވަތަ ހެކިންނަށް އެ މީހަކު ދެއްކުމެވެ.

މިއަދު ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެ ކުއްޖާ ބުނެފައި ވަނީ އެ ޕެރޭޑުގައި ތިބި މީހުންގެ ތެރެއިން، އަޝްމަލީއާ ހިމެނޭހެން އަނެއް ތިން މީހުންނާއެކު ވެސް ޖިންސީ އަމަލު ހިންގާފައިވާ ކަމަށެވެ.

އަޝްމަލީ 25،000 ލަންކާ ރުޕީސް (125 އެމެރިކާ ޑޮލަރު) ކަފާލެއްގެ ގޮތުގައި ދެއްކުމަށްފަހު ބަންދުން މިހާރު ވަނީ ދޫކޮށްލައިފައެވެ. ކަފާލާތުގެ އިތުރުން، ފަސް މިލިއަން ލަންކާ ރުޕީސް (25،000 އެމެރިކާ ޑޮލަރު) ދެ ގެރެންޓީ ނުވަތަ ޝުއަރިޓީސް ވެސް ބަހައްޓަން ޖެހޭނެ ކަމަށް ކޯޓުން ކަނޑައަޅާފައިވެއެވެ.

އަޝްމަލީ ކަފާލާތުގެ ދަށުން ދޫކޮށްލީ އޭނާގެ ޕާސްޕޯޓު ކޯޓުން ހިފެހެއްޓުމުގެ އިތުރުން ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ކުޑަކަމުން ކަމަށް އޭނާގެ ވަކީލު ބުނެފައިވެއެވެ.

ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްލި ނަމަވެސް، އަޝްމަލީ 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަންޖެހޭނެއެވެ. ނަމަވެސް، އޭގެ ކުރިން ހެދޭ ޕީސީއާރު ޓެސްޓު ނައްސިވެއްޖެ ނަމަ އޭނާ މި ވަގުތަށް މިނިވަންވާނެއެވެ.

މިއަދުގެ އަޑުއެހުން ނިންމައިލީ ދެން އޮންނަ އަޑުއެހުން އަންނަ މަހުގެ 19 ވަނަ ދުވަހަށް ތާވަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ބުރޯ

  ރާއްޖެ އަންނަ ދިވެހި ހަރުކަށި ފިކުރުގެ މީހުން ހައްޔަރު ކުރާހެން ދީނުގައި ނަހީ ކުރައްވާފަ ހުންނަ ފާފަތަށް ކުރާ މީހުންވެސް ހައްޔަރު ކުރެވެން ވާނެ. އަދި ކުރި އަމަލު ސާބިތު ވެގެން ރާއްޖެ އައިސްފިނަމަ، ކުރި ފާފަ އެއްގެ ހައްދުވެސް އެމީހަކަށް ލިބެންވާނެ.

  86
  3
 2. ވައިކިންގ

  އަޝްލަމީ އެއިޑްސް ޓެސްޓް ވެސް ކުރުވާތި.

  82
  1
 3. Anonymous

  މިމީހުން ހާދަ ވަޙުޝީ ވެގެންނޭ މިއުޅެނީ

  69
  1
 4. މަބުނީ

  މިފަހަރު ތިއޮތީ އޮއިލް މަސާޖެއްވެސް ނޫން ގިތެޔޮ މަސާޖެއް ކޮށްފަ....

  69
 5. މޮޔަސޮރު

  މިފަދަ އަޚުލާގު ދަށު ދަށް މީހުންގެ ސަބަބުން ލަންކާގައި އުޅޭ މީހުންނަށް ކިހާބޮޑު ދަތިތަކެއްވާނެ ބޯހަލާކު

  71
  2
 6. ހުސޭނުބޭ

  އަޝްމަލީ ތެލެއް ދެމިކަމަށް އޭނާ ބުނަނީ. މިހާރު މިދަނީ ކިހިނެއް؟

  57
 7. ކޮތަރު

  ހުސޭނުބޭ ބުނާކަށް ހަމަ ތެލޭ. ތެޔޮ ދަމާލިގޮތް ތަފާތީ.

  27
 8. ޢަޝްމަލީ

  ކަރުގޮހޮރު ކޮތަޅެއްގެ ތެރެއަށް ބޯ ބޭނުންވެސް މިއަށްވުރެ ރަނގަޅު

  36
 9. ރައްޔިތު މީހާ

  މިސޮރަކަށް ނޭގެޔޯލަ އެއީ ކުޑަކުއްޖެއް ކަމެއްވެސް ހިނދު ކޮޅެއްގަ ޔޯލަ ހެހެހެއް

 10. ކިނަކި

  އެއީބާ އެބުނާ ދީން ހިފަހައްޓަން ރެއާދުވާލު ރައްޔިތުންނަށް ދަޅަދައްކާ ސިޔާސީ ބާގަނޑު އެބުނާ ދީން ހިމާޔަތް ކުރާގޮތަކީ، ވައްކަމާ، މީހުން ގެއްލުވާލުމާ، ކޮރަޕްޝަނާ، ފަސާދަޔާ، ބިރުދެއްކުމާ އިންތިހާޔަށް ޤައުމަށް ފަތުރާފަވެސް ބުނީ ތިމަންނާމެންނައް އެކަންޔޭ ދީން ހިމާޔަތްކުރެވޭނީ، ކުރަނީވެސް.

  7
  4
 11. ޖޭމް ދޮންކަމަނަ

  ޢަސްމަލީ ނުކުރާނެ ތިކަހަލަ ކަމެއް.....އެއީ ތިހާ ހަރުކަށި ވިސްނުން ހުންނަ މީހެއްނޫން އަސްމަލީ އަކީ....