ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޭނުމަކީ ޕީޕީއެމް/ޕީއެންސީގެ ބަދަހި ސަފުތައް ބަލިކަށިކޮށްލުން ކަމަށްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީއާ އެކު އިއްތިހާދުވުމަށް، ނަޝީދު ވަނީ ޕީޕީއެމަށް ހުށަހަޅުއްވައިފައެވެ. އަދި އެމްޑީޕީން ޕީޕީއެމްއާ އެކު އިއްތިހާދުވެގެން މަސައްކަތް ކުރާނެ ޝަރުތުތައް އެމަނިކުފާނު ވަނީ ހާމަކުރައްވައިފައެވެ. އެއީ އިންޑިއާ އައުޓް ނުގޮވުމާއި ނަފުރަތުގެ ބިލަށް ތާއިދުކުރުމާއި، މިއުޒިކް ހަރާމް ނުކުރުމާއި، ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަ ނުކުރުން ކަމުގައި ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވަނީ ނިޒާމު ބަދަލުކުރާނީ ޕީޕީއެމާ ގުޅިގެން ކަމަށް ވިދާޅުވެފައެވެ. އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ވެސް ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާ ކަމަށާއި، ޕީޕީއެމަކީ ބަރުލަމާނީ ނިޒާމާ ބީރަށްޓެހި ޕާޓީއެއް ނޫން ކަމަށް ވަނީ ވިދާޅުވެފައެވެ.
ނަޝީދުގެ މި ހުށަހެޅުންތަކަށް އިދިކޮޅު ކޯލިޝަނުން ދެކޮޅު ހަދާފައި ވަނިކޮށް ރޭ ކުރިއަށް ދިޔަ "ވަގުތު ހަވާސް" ޕްރޮގްރާމްގައި ބައިވެރިވަޑައިގެން ޝަހީމް ވިދާޅުވީ އެ ހުށަހެޅުންތަކުގެ ފަހަތުގައިވާ ނިޔަތް ގޯސް ކަމަށެވެ. އަދި ރައީސް ނަޝީދުގެ ރޭވުމަކީ އެމްޑީޕީ-ޕީޕީއެމްގެ ކޯލިޝަނަކަށް ގޮސް އިދިކޮޅު ކޯޅިޝަންގެ ސަޕޯޓަރުންނާއި މެމްބަރުންގެ މެދުގައި ބައިބައިވުން އުފެއްދުން ކަމަށް ޝަހީމް ވިދާޅުވިއެވެ.
"އެމްޑީޕީ އިން ޕީޕީއެމްއާ އެކު އިއްތިހާދަކަށް ދާން ބޭނުންވާ ވާހަކަ ދެއްކުމުގެ ފަހަތުގައި އެހެން ނިޔަތެއްވާ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އޭގެ ފަހަތުގައި ވެދާނެ އިދިކޮޅުގެ ސަފުތައް ބައިބައި ކޮށްލާ ބަލިކަށި ކޮށްލަން ކަމަށް" ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ އިތުރު އިއްތިހާދަކަށް ނުގޮސް ކުރިއަށް އޮތް ރިޔާސީ އިންތިިހާބު އިދިކޮޅު ކޯލިޝަނަށް ކާމިޔާބު ކުރެވޭނެ ކަމުގައި ދެކޭ ކަމަށެވެ. އަދި ނިމި ދިޔަ ކައުންސިލް އިންތިހާބުގައިވެސް މާ ބޮޑު ކެމްޕެއިންއަކާ ނުލާ ބޮޑު ނަތީޖާއެއް ނެރެވުނު ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ކެމްޕެއިން ކުރުމުގެ ފުރުސަތު އިދިކޮޅު ކޯލިޝަނަށް ސަރުކާރުން ފަހިކޮށްދެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކައުންސިލް އިންތިހާބުގެ ކެމްޕެއިންގައިވެސް އިދިކޮޅަށް ގިނަ ފިއްތުންތަކެއް ކުރިމަތިކުރުވިކަން ފާހަގަކުރެއްވިއެވެ.
އިދިކޮޅާ އެކީގައި މަސައްކަތް ކުރަން ނަޝީދު ނުކުންނަވާނެކަމުގެ އިޝާރާތެއް ދެއްވާފައިވަނިކޮށް، އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުތަކާއި ޕީޕީއެމްގެ ފިކުރާއި ވިސްނުން އުޑާއި ބިމާހާ ތަފާތު ކަމަށެވެ.
އަދި އެ ދެޕާޓީ ގުޅުމަކީ "ފެނާއި ތެޔޮ" އެއްކުރުން ކަހަލަ ކަމެއްގެ ގޮތުގައި ސިފަކުރައްވާ ޝިޔާމް ވަނީ ގައުމީ މައްސަލަތުކުގެ ބޭރުން އިތުރު އެއްވެސް ކަމެއްގައި އެމްޑީޕީއާއެކު މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އިދިކޮޅު ކޯލިޝަންގައި ތިން އެޑްވައިޒަރުން ތިއްބަވައެވެ. އެއީ ޝަހީމްގެ އިތުރުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދުއާއި، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.
ޑރ. ވަހީދާއި ޝަހީމް މިދުވަސްކޮޅު ސިޔާސީ މަސައްކަތުން ވަރަށް ނުފެނެއެވެ. ނަމަވެސް ޑރ. ޖަމީލް ގެންދަވަނީ ރައީސް ޔާމީންގެ އިސް ވަކީލެއްގެ ގޮތުގައި ހަރަކާތެރިވަމުންނެވެ. އަދި ސިޔާސީ ގޮތުން އެކި ބޭފުޅުންނަށް ރައްދު ދެއްވާ ފާޑު ވިދާޅުވެއެވެ.
ތީހަމަތެދެއް. ނަޝީދަކީ ނުލަފާމަކަރުވެރިޔެއް
ނަޝީދެއްނު ބުނީ އަދީބަކީ އޭނަ ޕީޕީއެމްތެރެއަށްލީ ފަންޏެކޭ!! ދެން ކިހިނެތް ރަގަނޅުވާނީ!!
ހެދޭނެ ހެދެން އޮތް އެއްޗެއް ހަދަމުން ، ހަދަން މަސައްކަތް ކުރަމުން އެދަނީ. އިންޝަ ﷲ ދެން ދުވަހަކުވެސް ނަޝީދަކަށް މި ޤައުމުގާ ކާމިޔާބީ އެއް ނުލިބޭނެ. ނުހައްގުން ރައީސް ޔާމީން އަށް ދެމުންދާ އަނިޔާ އާއި ނާއިންސާފް މިހާރު އެދަނީ ނަޝީދަށް ލިބެމުން، އެދުވަހު ރިޔާސީ ލޯންޗް ގޮއްވާލީމަ ޖޯކް ޖެހި މީހުން މިއަދު އެކިޔަނީ އިންސާފޭ. ﷲ ގެ ކުޅަދުން ވަންތަކަން އަދި ވެސް އަހަރެމެން ދިވެހިން ހޭއަރަން ނުވަނީ ތޯ؟
ވަރަށް ބަރާބަރު ވާހަކައެއް. ނަޝީދަކީ ފިތުނައިގެ ވައިރަހެއް. އެކަން ކޮށްފަ ދުވަސްކޮޅަކުން އަމިއްލަޔަށް ފޮނިކަނޑާފަ އެވާހަކަ ދައްކާނެ. ނަމަނަމަ މިކަލޭގެ ކައިރިނުކުރާތި.
ބަލިވެފަ ތިބި ބައެއް އިތުރަކަށް ބަލިކުރާކަށް ނުޖެހޭނެ !
ތެދެއް ނަޝީދަކީ މިޤައުމުގައި އެމްއެމްޕީއާރުސީގެ ބޮޑުފަނި އެޅުވި މީހަކީ
ކައުންސިލް އިންތިޚާބުގަ ސަރުކާރުން އެހާބޮޑައް ފިއްތާފަވަނިކޮއް ޕީޕީއެމް އިން ބޮޑުތަފާތަކުން ސަރުކާރުބަލިކޮށް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމުން ރައްޔިތުންގެ ވިސްނުން ހުރީ ޕީޕީއެމް ކޮޅައްކަން ޔަގީންވުމުން ހިޔަޅު ރޭވުމަކުން ޕީޕީއެމް ފުނޑާލީމަ ހުރިހާމޮޅެއް އޮތީ ތިމާމެންގެ އެޖެންޑާއަށްކަން ޔަގީންވާތީ ޕީޕީއެމް ފުނޑާލަން ނިކުމެ ނަޝީދު އެހެރީ. މީ އެއްވެސް ޝައްކެތް އޮތް ކަމެއްނޫން. ޕީޕީއެމްގެ މަތީފަޑިޔައް މިކަންތައް ރޭކާނުލައިފިއްޔާ މި ގައުމުގެ ދުވަސް ދިޔައީ. ގައުމީ މަޞްލަޙަތު ގެ ނަމުގަ ޕީޕީއެމް ނަޝީދާ ބައިވެރިވެގެން ނުވާނެ. ނަޝީދަކީ ވަރައް ނުރައްކާތެރި ސިޔާސީގޭމް ކުޅޭމީހެއްކަން ދަނޭ. އަހަރުމެން ކުރިހުރިހާ މަސައްކަތުގެ ފޮނިކޮޅުބޯލަން ޞާލިހު އާ ދެކޮޅުކަމައް ހެދިގެން އެއުޅެނީ. ޕީޕީއެމް އަކަށް އިތުރު މީހަކު ބޭނުން ނުވާނެ. މިގައުމުގަ ތިއްބެވި އެންމެ ފުންނާބު އުސް ސިޔާސީ ބޭފުޅުން މިޕާޓީގަ އެތިއްބެވީ. އެބޭފުޅުން ދަންނާނެ ގައުމީ މަޞްލަޙަތާ ދެންވެސް ހުރިއްޔާ ހުރިއެއްޗެއް. ޅައެއްޗެއްނާޅާތި. ރައްކާވެތިބިއްޔާ ދަތުރޭ.