އެމްޑީޕީގެ މެމްބަރުންގެ މެދުގައި އަދިވެސް އެމަނިކުފާނަށް ތާއީދު އޮތް ކަމަށް އިދިކޮޅު ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރު ކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ފެބްރުއަރީ 7، 2012 ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެ، ޑރ. ވަހީދު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ހިސާބުން ފެށިގެން އެމްޑީޕީ ސަޕޯޓަރުން އަންނަނީ އެމަނިކުފާނަށް "ބާޣީ" އަށް ގޮވަމުންނެވެ. އަދި އެމަނިކުފާނަކީ "ކާޅެއް" ކަމަށް ވެސް ވަނީ ލޭބަލް ކޮށްފައިވެއެވެ. ސަޕޯޓަރުން އެގޮތަށް ސިފަ ކުރަނީ ނަޝީދުގެ ވެރިކަން "ފޭރިގަތް" ކަމަށް ބުނެއެވެ.
"ވަގުތު" އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ވަހީދު ވިދާޅުވީ އެމްޑީޕީއަށް އެމަނިކުފާނު ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަންކުރާ މެމްބަރުން މިހާރުވެސް އެ ޕާޓީގައި ތިއްބެވި ކަމަށެވެ. އަދި އެމަނިކުފާނަށް މައްލަވަކޮށް ފުރައްސާރަ ކުރަނީ އެޕާޓީގެ ބައެއް މެމްބަރުން ކަމަށް ވިދާޅުވިއެވެ. އަދި ބައެއް މެމްބަރުންގެ ހިތުގައި އަދިވެސް އެމަނިކުފާނާއި މެދު ނަފްރަތު އޮތް ކަމުގައި ފާހަގަކުރެއްވިއެވެ.
ރައީސް ވަހީދު ވިދާޅުވި ގޮތުގައި އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރު އެއް ދުވަހު ރައީސް ނަޝީދު ވަޑައިގެން ބައްދަލުކުރެއްވިއެވެ.
"އަޅުގަނޑު ރައީސްއަކަށް ހުއްޓަ އެއް ދުވަހު ނަޝީދު ވަޑައިގެން ވިދާޅުވީ ތިމަންނަމެން ޕާޓީގައި އަދިވެސް އެބަ ތިއްބޭ ހަމަ ވަހީދު ދެކެ ރުހޭ މީހުންވެސް. ދެން ވަހީދު އެވެނިކަމެއް ނުވަތަ މިވެނި ކަމެއް ކޮށްލަނިކޮށް އެކަން ހަމަޖެހިދާނެއޭ ވިދާޅުވި. އެހެންވީމަ އަޅުގަނޑު ގަބޫލުކުރަނީ ބަޔަކު ކިތަންމެ އެއްޗެއް ކިޔަސް އެމްޑީޕީގެ ތެރޭގައިވެސް އަޅުގަނޑަށް ތާއީދުކުރާ ބޭފުޅުން ތިބިކަން" ވަހީދު ވިދާޅުވިއެވެ.
އެމްޑީޕީގައި އުޅުއްވި އިރު އެޕާޓީ ކުރިއެރުވުމަށްޓަކައި ވަހީދު ކުރެއްވި މަސައްކަތްތައް ގަބޫކުރައްވާ ބޭފުޅުން މިއަދުވެސް އެމަނިކުފާނަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނަކީ ދުވަހަކު ވެސް ސަރުކާރާ ދެކޮޅަށް ނިކުމެ އަޑު އުފުލި ބޭފުޅެއް ނޫން ކަމަށް ވިދާޅުވިއެވެ.
ރައީސް ވަހީދު ވިދާޅުވި ގޮތުގައި "ބާޢީ" ކިޔުން ހައްގު ބޭފުޅުން މިއަދު ތިއްބެވީ އެމްޑީޕީ އިސްވެ އޮވެ ހިންގާ ކޯލިޝަން ސަރުކާރުގައެވެ. އެގޮތުން އެއްބޭފުޅަކީ މިވަގުތު ސަސްޕެންޝަންގައި ހުންނެވި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ކަމަށް ވިދާޅުވިއެވެ. ވަހީދު ވިދާޅުވީ އެމަނިކުފާނު އެއްވެސް ދުވަހެއްގައި ހެޑްފޯން ހިފައިގެން ސަރުކާރާ ދެކޮޅަށް މަގުމަތީ މުޒާހަރާކޮށްފައި ނުވާނެ ކަމަށެވެ.
ނަޝީދުގެ ވެރިކަން "ބަޣާވާތަކުން" ވައްޓާލީ ކަމަށް އެމަނިކުފާނާއި އެމްޑީޕީން އަބަދުވެސް ތުހުމަތު ކުރެ އެވެ. އެގޮތުން ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބަލައި އެކަމުގައި ބައިވެރިވި މީހުންނާ މެދު ފިޔަވަޅު އަޅަން އެމްޑީޕީގެ މަޖިލިހުގެ ގިނަ މެމްބަރުން އަބަދުވެސް ގޮވާލައްވައެވެ.
ނަޝީދުގެ ވެރިކަން "ބަޣާވާތަކުން" ވައްޓާލީ ކަމަށް އެމަނިކުފާނާއި އެމްޑީޕީން ތުހުމަތުކުރާތީ ރައީސް ވަހީދުގެ ގަރާރަކުން ހަމަ އެ އަހަރު ކޮމިޝަނެއް އުފައްދައި ތަހުގީގުކުރި އެވެ. ހަ މަސްދުވަހުގެ މަސައްކަތަށް ފަހު އެ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ނަޝީދު އިސްތިއުފާ ދެއްވުމުގައި ގާނޫނާ ހިލާފް މަޖުބޫރު ކުރުމެއް ނުވަތަ ބިރުދެއްކުމެއް ނެތް ކަމަށެވެ.
ނަޝީދު އިސްތިއުފާ ދެއްވީ އެމަނިކުފާނާ ދެކޮޅަށް ސިފައިންނާއި ފުލުހުންތަކެއް ނުކުތުމާ ގުޅިގެންނެވެ. އަދި އޭރުގެ ނައިބު ރައީސް މުހައްމަދު ވަހީދު ވެރިކަމާ ހަވާލުވެވަޑައިގަތީ ގާނޫނާ އެއްގޮތަށް ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ. އެހެންކަމުން އެމްޑީޕީގެ ތުހުމަތުތަކަށް ބާރު ލިބޭ ނުވަތަ ވާގިވެރިވާ އެއްވެސް ހެއްކެއް އެ ކޮމިޝަނުގެ ތަހުގީގަށް ފެނިފައެއް ނުވެއެވެ.
ނަމަވެސް އެމްޑީޕީން އޭރު ވެސް އަދި މިހާރު ވެސް އެކަން ގަބޫލެއް ނުކުރެއެވެ.
ވަހީދު ވިދާޅުވީ އެމަނިކުފާނަކީ ރައީސް ނަޝީދު ނަމަ އެ ދުވަހު އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. އަދި ގައުމުގެ އަމަން ބެލެހެއްޓުމަށް ސިފައިންނާއި ހަވާލުކުރުމަށްފަހު، އަރާ އޮށޯވެވަޑައިގެން އަވަހާރަފުޅު ލެއްޕެވީސް ކަމަށް ވަހީދު ވިދާޅުވިއެވެ.
މަގޭތާއީ ރައިސް ޔާމިނަ އެމްޑީޕީ މީހާ
ޕޮޓޯއިން އެފެންނަނީ ބޮލުރޮދި ކެނޑިފައިވާ ދެބުރާންތި.
ހެއްހއްހައްހާ މަނެތިން އެއްޗެއް ބުނާކަށް.
ތާއީދު އޮތްވަރުން %5 ލިބުނީދޯ
ހިޔެއް ނުވޭ %5 ވެސް ތާއީދު އޮތްހެނެއް. އޭރު ރައްޔިތުން ދިނީ %5.
މަށާއި މަގޭ އާއިލާ އަދި ދަންނަ އެންމެންނަކީ އެމްޑީޕއަށް ހޭބަލިވާވަ ރަށް ސަޕޯޓްކު ރާބައެއް. އެދުވަހު އެހު ރިހާ އެއްޗެއް ގޮވުނު މިއަދު ޔަގީނުންވެސް ބުނަންކެ ރޭ ރައީސް އަންނިއާއި ވަހީދު ކު ރިމަތިލާފިނަމަ އަހަ ރެމެން ވޯޓްލާނީ ރައީސް ވަހީދުއަށް ވަހީދު އެއީ ވަ ރަށް ރަގަޅު ދިވެހިންދެކެ ހަގީގީ ލޯބިވާ ރައީސް އެއް . ކޮންމެ މީހަކު ބުންޏަސް މިއީ ހަގީގީ ލީޑަ ރުންނަކީ .
%5
އެމީހުގެ ތެރޭގަ ތާއިދު އޮތުމުން ދިވެހިންނަ ކަމެވޭބާ