ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމް އަނެއްކާވެސް ކުއްލިގޮތަކަށް ބަލިވެ ބޭސްފަރުވާކުރަން ފަށައިފިއެވެ.
ގާސިމް މިކަން ހާމަކޮށްފައިވަނީ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލައިގެން އުޅޭ މައްސަލައިގައި ފުލުހަށް ހާޒިރުވުމަށް ކުރިގެ ރައީސް މުޙައްމަދު ނަޝީދާއި، ގާސިމް އާއި ދެބޭފުޅުންނަށް ފުލުހުން ޗިޓު ފޮނުވާފައިވާ ދަނޑިވަޅެއްގައި އެކަމަށް ޖަވާބުދެއްވަމުންނެވެ.
ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ، ސިިންގަޕޫރަށް ވަޑައިގެން އެއަށްފަހު މިހާރު ޖަރުމަނަށް ދިރިއުޅުން ބަދަލުކޮށް އެޤައުމުގައި ވަޒަންވެރިވެވަޑައިިިގެން އުޅުއްވާ ގާސިމަށް ފުލުހުން ފޮނުވި ޗިޓަށް ޖަވާބު އަރުވަމުން ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "އަޅުގަނޑު މިހުރީ ބޭސްފަރުވާގައި" ކަމަށެވެ. އަދި އެއީ ދައުލަތުގެ ކަމާއި ބެހޭ އިދާރާތަކުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރެއްގެ ދަށުން ލިބިފައިވާ ހުއްދައެއް ކަމަށްވެސް ގާސިމް ފާހަގަކުރެއްވިއެވެ.
ގާސިމް މިގޮތަށް ވިދާޅުވިއިރު، ޖަލު ޙުކުމެއްގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުންނެވުމަށްފަހު، ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިއުމަށް ގާސިމަށް ހުއްދަ ދީފައިވާ މުއްދަތު ހަމަވެގެން ގިނަ ދުވަސްތަކެއް ވަނީ ވެގެން ގޮސްފައެވެ.
ގާސިމް ޖަލުން ފިލާފައި ވަނީ ހިތުގެ އާލާސްކަންފުޅެއްގައި ކަމަށް ވިދާޅުވެ އެވެ. އެއަށްފަހު ސިންގަޕޫރުގައި ފަރުވާ ހޯއްދަވައިގެން، ރާއްޖެއަށް ފްލައިޓުގައި ވަޑައިގަނެވޭވަރަށްވުރެ ހާލު ދެރަކަށް ވިދާޅުވެ ބޭސްފަރުވާއަށް ދިން މުއްދަތު ހަމަވެގެން ދިޔައިރުވެސް އެޤައުމުގައި ހުންނެވިއެވެ. މިގޮތަށް ގާސިމް ވިދާޅުވި ދުވަސްކޮޅު، އޭނާ ސިންގަޕޫރުގެ ބާޒާރެއްގެ ތެރޭގައި ހުންނަވަނިކޮށް މީހަކު ނަގާފައިވާ ފޮޓޯއެއްވެސް ޢާންމުވެފައި ވެއެވެ.
ދަތުރު ކުރެވޭ ވަރަށް ބަލި ހާލަތު ތަން ނުދޭކަމަށާއި، ހާލު ދެރަކަމުން ފްލައިޓުން ދަތުރުކުރުމަށް އެއާލައިނުން ހުއްދަ ނުދޭކަމަށް ވިދާޅުވެ ރާއްޖެ ވަޑައިނުގަނެވި ސިންގަޕޫރުގައި ގާސިމް ތާށިވެފައިވާ ކަމަށް ޖޭޕީން ދިޔައީ ބުނަމުންނެވެ. އެހެނަސް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ސުޕްރީމް ކޯޓުން ނެރުނު ކުއްލި އަމުރާއި އެކު، ފްލައިޓުގައި ދަތުރުކުރެވޭ ވަރު ވެއްޖެ ކަމަށް ވިދާޅުވެ ރާއްޖެ އައުމަށް ގާސިމް ތައްޔާރުވެވަޑައިގަތެވެ.
ނަމަވެސް ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން އެދުވަހު ކުރަން އުޅުނު ބަޣާވާތް ނާކާމިޔާބުވުމުން ބޭރުގައި ގާސިމް ވަޒަންވެރިވެ މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ ޖަރުމަނުގައެވެ. ޖަރުމަނުގައި ހުންނަވައިގެން ގާސިމް ގެންދަވަނީ ސިޔާސީ ހަރަކާތްތަކާއި ޖަލްސާތައްވެސް ބާއްވަމުންނެވެ. ގާސިމަށް އަނެއްކާވެސް ބަލިވެގެން ފަރުވާދެމުންދާކަން ޓްވީޓާ މެދުވެރިކޮށް ހާމަކުރެއްވި ނަމަވެސް، ފަރުވާދެމުންދަނީ ކޮން ކަމަކަށް ކަމެއް އަދި އެނގިފައެއް ނުވެއެވެ.
ފުލުސް އޮފީހަށް ހާޒިރު ކުރަންއުޅެނީވިއްޔާ ސިޔާސީ އެއްމެންގެވެސް ބަލިބޮޑުވާނެ.
މިއީ އެއް ދޮގު، ދިވެހި ހުރިހާ ރައްޔިތުންނަށް އިނގޭ ގާސިމް ހަމަ ކަނޑައެޅިގެން ހެދީ ދޮގެއްކަން. މިގޮތަށް ކިތައް ދޮގު ހަދާފަހުންނާނެ، އަދި ކުރިޔަށް އޮތްތާ ކިތައްދޮގު ހަދާނެ. ދެން ސަމީރު އަރާ އޮނަރަބަލް ގާސިމު ކިޔަސް، އޮނަރަބަލް ބާނެގޮތެއް ބުނެބަލަ.
ފޭޝިއަލް ހަދާ މޫނުގެ ހަންގަޑު ދެމުން ކަމަކީ ޅަކުދިންނާއި އިނުމުން ވާނެގޮތް މިއީ
މަކަރު.... މަކަރު..... މުޅިން މަކަރު.
ތިސައިތާނު ތިވަރަށް ތި ދޮގުހަދަނީ ކޮންތާކަށް ވަންނަންތަ؟ ކަލެޔަށް މަކަރާ ހީލަތާ މިދުނިޔޭގަ ތިހެން ހަދައިގެން ދޮގުމަށްޗަށް ދޮގުހެދިދާނެ! އެކަން މޮޅަށް ދެނެވޮޑިގެން ކަލޭގެ ނުބައިކަމުގެ ފަތް ބަރުވާކަން މޮޅަށް ދެނެވޮޑިގެންވާ ފަރާތެއްވޭ!
ތިހެން އުޅެނިކޮށް ހަމަ ރަނގަޅަށްވެސް ބަލިވެދާނެ.
މަކަރު ބަލި.. ގާސިމް ހީކުރަނީ ތެހެން މަކަރު ހެދީމާ ދިވެހި ސަރުކާރަކަށް ނޭގޭނެ ކަމައް.. ވެރިކަމެއް ވެސް ނުލިބޭނެ ގާސިމް އަކަށް ތިހެން މަކަރު ހަދަހަދާ ހުންނާންޖެހޭނީ.. މަކަރު ހަދާ މީހެކަށް ކޮން ވެރިކަމެއްތަ ކުރެވޭނީ..
ދެންރަގަޅުވާނެކަމެއްނެތް
ޤާސިމަކީ ކުަސްވެރިއެއް އޭނާ ރާއއޖެގެނެވުނު
ގޮތަކަށް ގެނެސް ޖަލުގޮޅިއަށް ލާންޖެހެއވެ
????މަ ހީ ހީ ހަލާކު...
ތީހުސް މަކަރު...
މީ ރާއްޖެިން ޖަރުމަނަށް ކަނޑަ އަޅާފަ ހުންނަ ސަފީރެއްނޫންތަ؟
ރަގަޅަށް ވެސް ބަލި ވެދާނެ...!! ތިކަހަލަ ކިތަންމެ ކަމެއް އަހަރެމެންނަށް ފެނިފައި އެބަހުރި.....!!!
ރަގަޅަށް ވެސް ބަލި ވެދާނެ...!! ތިކަހަލަ ކިތަންމެ ކަމެއް އަހަރެމެންނަށް ފެނިފައި އެބަހުރި.....!!! އެހެން ނޫނީ ދެން އޮތީ ބަލި ވާނެ ދުވަސް.
ޤައުމު ފަސާދަ ކުރާ މިކަހަލަ ހައިވާނުންގެ މަރު އަވަސް ކޮށްދެއްވާދޭވެ އާމީން
ޤާސިމް ފްލައިޓަށް ނޭރުވޭވަރަށް ހާލުދެރައިއްޔާ ފިޔަފަތްގަނޑުގައި އެލުވައިގެން ގެނެވޭނެއްނު!
މީނަ ތަންތަނަށް އަރާ ފުއްޕާ އިރު ހީވަނީ މަވަރު މީހަކު ނެތިގެން ތެޅި ބާލާ ހެން! މި ދިޔަ ދިހަވަރަކަށް ރާއްޖެއަށް ޖެއްސީ ހުރިހާ މުސީބާތެއްގެ ޒިންމާ ތި ނަގަންނުޖެހޭނެ އެއްވެސް ގޮތެއް ނޯންނާނެ!
ދުނިޔޭގަ ހުރިހާ ހިނދަކު އެންމެންވެސް ބޭސް ފަރުވާ ކުރާނެ
މިއީ ދުނިޔޭން އަލަށްފެނިފައިވާ ބައްޔެއްތޯ؟ ނޫނީ ވެރިކަންހޯދަންއުޅެ
ނުލިބުމުންޖެހޭ ބައްޔެއްތޯ ނޫނީ ޖަލުހުކުމަށްޖެހޭ ބައްޔެއްތޯ؟ ނޫނީ ގާނޫނުގެކުރިމަށްޗަށް
ދިއުމަށްހުރަސްއަޅާ ބައްޔެއްތޯ؟ މިކަންކަން ސާފްކޮށްލަންބޭނުންވަނީ ވަރަށްފަހުންވެސް
13 އަހަރުގެ ގައިދީއަކު ހުކުމްތަންފީޒްނުވަނީސް މައިބަދައިގައިރިއްސާތީވެ ފަރުވާކުރުމަށް
ރާއްޖެއިންބޭރަށް ފޮނުއްވުމުން ބޭސްފަރުވާ ނުކުރައްވާފެނުނީ އެއްގައުމުން އަނެއްގައުމަށް
ދަތުރުކުރައްވާ ނާޗަރަންގީ ކުޅުއްވަނިކޮށް އަދި އޭގެފަހުން ފިލުއްވާ އަލިއްލައަށްދޫކުރެއްވި
ވެރިކަންހޯއްދެވުމަށް ބަޔަކުހައްލަންއުޅުއްވަނިކޮށް