ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ހުޅުއްވުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވި، ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުނުވާ ބައެއް މަޝްރޫއުތަކާއި މަސައްކަތްތައް މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދާނެ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ ރިޔާސީ ބަޔާނަށް ފަހު ޕީޕީއެމްއިން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އަދުރޭ ވިދާޅުވީ ރައްޔަތުން ހާސްވާން ނުޖެހޭކަމަށާއި ރައީސް ޔާމީންގެ ދައުރުގައި ރައްޔަތުން ބޭނުންވާ ގިނަ ކަންކަން ކޮށްދެއްވާނެކަމަށެވެ.
"މިރިޔާސީ ބަޔާންމީ ދައުލަތުންކޮށްފައިއޮތް ހުރިހާ ކަމެއް ބަޔާންކޮށްފައޮތް ބަޔާނެއްނޫން. މީގަ ނުހިމެނޭ އެތައް ކަންތައްތަކެއް ހިގާނެ. އެއްގޮތަކަށްވެސް ރައްޔަތުން މާޔޫސްވެ ވަޑައިނުގަންނަވާ، އިރާދަކުރެއްވިއްޔާ ރައީސްޔާމީނުގެ ދައުރުގަ ތިބޭފުޅުން ބޭނުންވާ ކަންތައްތައް ކޮށްދޭނެ." އަދުރޭ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ މާޒީވެ ދިޔަ ހަތަރު އަހަރަށް ބަލާލަައިފިނަމަ އިތުރު އެއާޕޯރޓްއަކާއި ތަރައްޤީގެ މަޝްރޫޢުތަށް ކުރިޔަށް ތަނުގައިވެސް ހިގާނެކަން ރައްޔަތުންނަށް ޔަގީންވާނެކަމަށެވެ.
ޢިތުރައްކުރާނީ ވައްކަން
ރިޔާސީ ބަޔާނުގައި އިތުރު މީހުން ހިފާހައްޔަރު ކުރާނަމެކޭ ނުބުނޭ ! ތިބުނީ އެކަން ކުރާނެވާހަކަތަ؟ކަލޭނުބުންޏަސް އެކަން ކުރާނެކަން އެގޭ !