ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތެއް ލިބިގެން މަޖިލިހުގެ ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިލްޔާސް ލަބީބް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއަށް ދެއްވި މައުލޫމާތާއި މެއި ހައެއްގެ ހަމަލައާ ގުޅުމެއް ނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ނަޝީދަށް ދިން ހަމަލާއާއެކު އިލްޔާސްއާ މާރިޔާއާ ދެމެދު ދެކެވުނު ވާހަކަތަކެއް މީޑިއާތަކަށް ފެންމަތިވިއެވެ. ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވާކަމުގެ މައުލޫމާތު ނަޝީދުގެ އިތުރުން މިނިސްޓަރު މާރިޔާއާ، އިލްޔާސް ހިއްސާކުރެއްވީ ހަމަލާ ދިނުމުގެ ދުވަސްކޮޅެއް ކުރިންނެވެ.

މާރިޔާ ވިދާޅުވެފައިވާ ގޮތުން ނަޝީދަށް ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު މަޖިލީހުގެ މެންބަރަކު އެކަމަނާއާ ހިއްސާކުރެއްވިއެވެ. އަދި އެ މައުލޫމާތު ފުލުހުންނަށް ހިއްސާކުރުމަށް އިރުޝާދު ދެއްވާފައިވާނެ މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އޭގެ ފަހުން އިލްޔާސް ނެރުނު ބަޔާނެއްގައ ވިދާޅުވީ ފުލުހުންނަށް މައުލޫމާތު ހިއްސާކުރަން މާރިޔާ އެދިވަޑައިގެންފައިނުވާ ކަމަށެވެ.

މެއި ހައެއްގެ ހަމަލާއާ ގުޅިގެން ފުލުހުން ރޭ އިސްކަންދަރުކޮށީގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ އިލްޔާސް ހިއްސާކުރެއްވި މައުލޫމާތާއި ހަމަލާއާ ސިދާ ގުޅުމެއް އޮތް ކަމަށް ނުބެލެވޭ ކަމަށެވެ.

"އިލްޔާސް ދިން މައުލޫމާތާއި މި ހަމަލާ ދިން މީހުންގެ އަމަލުތަކާއި ސީދާ ގުޅުވޭނެ ހެކިތަކެއް ލިބިފައިނުވޭ" ރިޔާޒް ވިދާޅުވިއެވެ.

ފުލުހުން ރޭ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު ނަޝީދު އަވަހާރަކޮށްލުމުގެ ތައްޔާރީތައް ވަމުން އައީ 2019 ވަނަ އަހަރުން ފެށިގެންނެވެ. އަދި 2020 ވަނަ އަހަރުގެ ފަހުކޮޅު އެކަމުގެ އަމަލީ މަސައްކަތް ފެށިކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށާއި މޭ މަހުގެ ހަ ވަނަ ދުވަހުގެ ހަމަލާ އަކީ ނަޝީދަށް އަމާޒުކުރި ތިން ވަނަ ހަމަލާގައި ކަމަށް ފުލުހުން ވަނީ މައުލޫމާތު ދެއްވާފައެވެ.

ނަޝީދަށް ހަމަލާ އަމާޒުކުރީ އެމީހުންގެ ވިސްނުމުގައި ނަޝީދަކީ އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފާޅުގައި ފުރައްސާރަކޮށް ދީނުން ބޭރުވެފައިވާ މީހެއްގެ ގޮތުގައި ކަނޑައަޅާފައި އެ މަނިކުފާނުގެ ލޭ ހުއްދަވެފައިވާ ކަމަށް ނިންމައިގެން ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޓަކިބެ

    މެއި 6 ގެ ހަމަލާ އަކީ އިލްޔާސް ލަބީބު މައުލޫމާތު ދިން ހަމަލާއެއް ނޫން ކަމަށް ފުލުހުން ބުނާނަމަ އެހަމަލާ އަދި ކުރިޔަށް އެބައޮތޭ ދޯ ފުލުހުން ތިބުނަނީ.؟ އެކަމަކު ގަބޫލުކުރެވެނީ އިލްޔާސް ލަބީބު ސަލާމަތް ކުރަންވެގެން މައްސަލައިން އިލްޔާސު ލަބީބު ބޭރުކޮށްލީ ކަމަށް.

    17
  2. ފުލެޓް

    އެތަހުގީގުކުރަންޖެހޭ ސަބަބަކީ އިލްޔާސްއަށް މައުލޫމާތުދިންމީހާއަށްއެހާތަފުސީލްކޮއެނގޭތީ
    ނޫންނަމަ އިތުރުހަމަލާއެއް އައުން ބިރުވެރި
    ފުލުހުން ބުނާ ގޮތުންނަމަ
    އެކުދިންގަބޫލްކުރާސަރުކާރެއްނެއް
    މީނުރައްކާކަމެއް

    11
    1
  3. ބުއްޅަބޭ

    މާރިޔާވެސް އިލްޔާސްވެސް ސަލާމަތްވީ...