އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސް ސޯލިހާއި ދެމެދު ހިޔާލު ތަފާތުވުން އުފެދިފައި ވަނިކޮށް އެ ޕާޓީގެ މާފަންނު މެދު ދާއިރާ އިން ނަޝީދުގެ ފަޅި އަށް އަރައިފިއެވެ.
މާފަންނު މެދު ދާއިރާ އިން ނެރުނު ބަޔާނެއްގައި ވަނީ އެމްޑީޕީއަކީ ފިކުރެއްގެ ގޮތުގައި ފެށިގެން އައިސް ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި ފެންނަނީ އެމްޑީޕީން ގަބޫލު ކުރަމުން އައި އުސޫލުތަކުގައި ހިފަހައްޓަމުން ދިއުމުގެ ސަބަބުން ކަމަށެވެ.
އެކަމަކު މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ނުފޫޒުން އެމްޑީޕީ އުފެދިގެން އައި މަގްސަދުތަކާ އަސާސްތަކާއި ސަރުކާރުން ހިލާފުވަމުންދާ ކަމުގެ ކޮޅުމަތި ފެންނަން ފަށާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ. އަަދި މި އަސާސްތައް ހިފަހައްޓައި ހައްގުގެ މަގަށް ރުޖޫއަވުމަށް ނަޝީދު ސަރުކާރަށް ގޮވާލެއްވި ގޮވާލެއްވުމަށް މާފަންނު މެދު ދާއިރާ އިން ތާއީދު ކުރާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
"މިއަދުގެ ސަރުކާރަކީ އެމްޑީޕީ އިސްވެގެން އުފެއްދި ސަރުކާރަކަށްވީ ހިނދު، މިސަރުކާރު ގެނައުމަށްޓަކައި ވީ ވައުދުތައް ފުއްދުމުގައި ފަހަތު ފަޔަށް ބަރުހެލިވަމުންދާ ކަމީ މިއަދު މާފަންނު މެދު ދާއިރާއިން ނުހަނު ކަންބޮޑުވެ އަދި ހިތާމަކުރާ ކަމެކެވެ. އަދި ވައުދުވެ ވައުދު ފުއްދާ ޕާޓީއެއްގެ ގޮތުގައި ރައްޔިތުން ބަލައިގަތް ބަލައިގަތުން ނިމުމަކަށް އައިސްދާނެ ކަމުގެ ސިގްނަލް ވޭތުވެ ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ބައެއް ނަތީޖާއިންވެސް ވަނީ ދައްކައިދީފައެވެ." ބަޔާނުގައިވެއެވެ.
ބަޔާނުގައި ބުނެފައި ވަނީ އެމްޑީޕީގެ އެންމެ އަސާސީ ސިފަތައް ކަމުގައިވާ އަދުލު އިންސާފް ގާއިމް ކުރުމާއި އަނިޔާވެރިކަމާއި ދެކޮޅަށް މަސައްކަތް ކުރުމާއި އޯގާތެރި ސަރުކާރެއްގެ ގޮތުގައި ގެނެވުނު މިސަރުކާރުގެ ތެރޭގައި ހިމެނޭ އެކި މަޤާމްތަކުގެ ބޭފުޅުންގެ ފަރާތުން، މި ދެންނެވިފަދަ އެމްޑީޕީގެ އަސާސްތަކާ ޚިލާފް ޢަމަލުތަކާ ހިފެހެއްޓެވުންތައް ތަކުރާރުވަމުންދާ ދިއުމާއި، މިފަދަ ކަންކަމުގައި ބައިވެރި ވަމުންދާ ފަރާތްތަކުގެ މައްސަލަތައް ނުބެލި ދިގުލައިގެން ދިއުމަކީ މިސަރުކާރަށް ރައްޔިތުން ކުރަމުންދާ ތާއީދާއި އިތުބާރު ގެއްލެމުންދާ ކަމެއް ކަމަށެވެ.
ރާއްޖޭގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖްލީހުގެ އިންތިޙާބުން އެމްޑީޕީ އަށް ލިބުނު ނިސްބަތުން ބޮޑު ކާމިޔާބީތަކަކީ، މިޕާޓީއިން ވެފައިވާ ވައުދުތައް ފުއްދާނެ ކަމަށް ދިވެހި ރައްޔިތުން ބަލައިގަނެ ކުރި އިތުބާރެއްގެ ނަތީޖާ ކަމަށާއި އަދި ވައުދުތަކުގެ ތެރޭގައި ހިމެނޭ، ނުބެލި ދިގުލައިގެން ގޮސްފައިވާ ގޮތް ނޭނގޭ މަރުތަކަށް އިންސާފު ހޯދައިދިނުމަށްވީ ވައުދާއި ، ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދަދިނުމަށްވީ ވައުދަކީ މިއަދާއި ހަމަޔަށްވެސް ރައްޔިތުން ކެތްތެރިކަމެއް ނެތި އިންތިޒާތު ކުރަމުންދާކަމެއް ކަމުގައި ވިޔަސް، އަދިވެސް މިކަންކަމުގައި އުއްމީދީ މަސައްކަތްތަކެއް ކުރެވެމުންދާތަން ނުފެނުމަކީ މިދާއިރާގެ ރައްޔިތުން ނުހަނު މާޔޫސްވާ ކަމެއް ކަމަށް ބަޔާނުގައިވެއެވެ.
މާފަންނު މެދު ދާއިރާ އިން ނެރުނު ބަޔާނުގައި ވަނީ މަޖިލިހަށް ސަރުކާރުން ހުށަހެޅި ނަފްރަތުގެ ބިލް ވެސް ދިފާއުކޮށްފައެވެ.
އެއީ މިވަގުތަށް މުހިންމު ބިލެއް ކަން ފާހަގަކޮށް ބުނެފައި ވަނީ އެބިލަކީ މުޖުތަމައުގެ ވަކި ފަރުދުން އަދި ޖަމާއަތްތާކާއި ދޭތެރޭ ނަފްރަތު އުފައްދާ، ލޭބަލްކޮށްގެން، ޖިސްމާނީ ގޮތުން ދެމުންގެންދާ އަނިޔާތަކަށް ނިމުމެއް ގެންނާނެ ބިލެއް ކަމަށެވެ.
އަދި މެއި ހަ ވަނަ ދުވަހު ނަޝީދަށް ދެވުނު ރަހުމްކުޑަ އަނިޔާވެރި ހަމަލާއަކީ މިފަދަ ބިލެއް ގާނޫނަކަށްވެފައި ނެތުމުގެ ސަބަބުން މަގުފުރެދިފައި ތިބި ބަޔަކަށް ލިބުނު ނާޖާއިޒް ހިތްވަރެއްގެ ނަތީޖާކަމުގައިވެސް މިދާއިރާއިން ގާބޫލް ކުރާ ކަމަށް ބަޔާނުގައިވެއެވެ.
އެހެންވެ ނަޝީދުގެ ގޮވާލެއްވުމަށް އިޖާބާދެއްވައި، އެމްޑީޕީގެ އަސާސްތައް ދިފާއުކުރައްވައި، ހައްގުގެ މަގަށް ރުޖޫއަވުމަށް ބަޔާނުގައި ގޮވާލިއެވެ.
އަހަރުން ހައިރާނެއް ނުވޭ މައްޗަންގޮޅި ހުރިހާ ދާއިރާއެއް ނަޝީދު ފަޅިއަށް އެރިޔަސް.. ހަރުކަށި މީހުންނާ އެއްވަރަށް ލާދީނީ މީހުންވެސް އެބައުޅޭ. ލާދީނީ މީހުން އަރާނީ ކޮން ފަޅިއަކަށް ކަން އެއީ އެންމެނަށްވެސް އެނގޭކަމެއް.
ނަޝީދަކީ އޭނާ ހޮވުނު ދާއިރާގެ މެޖޯރިޓީވެސް ކިރިޔާ ލިބުނު މީހެއް. އޭނާގެ ލާދީނީ ކަމާއި ނާގާބިލުކަން ރައްޔިތުންނަށް ފެނި އޭނާ ދޫކޮއްލަން އެ ދަނީ އަލްހަމްދުލިﷲ
މަ ވެސް އަރައިފިން
އަނެއްކާ މިއީ ބޯ ކުދިންކޮޅެއްތަ؟
މާފަންނު މެދު ދާއިރާގެ އެންމެނަކީ ކާފަރުންނެއްނޫން.
މެދު ދާއިރާ ތިކިޔަނީ ހައެއްކަ ކެނައަށްތަ؟
އަދި މެއި ހަ ވަނަ ދުވަހު ނަޝީދަށް ދެވުނު ރަހުމްކުޑަ އަނިޔާވެރި ހަމަލާއަކީ މިފަދަ ބިލެއް ގާނޫނަކަށްވެފައި ނެތުމުގެ ސަބަބުން މަގުފުރެދިފައި ތިބި ބަޔަކަށް ލިބުނު ނާޖާއިޒް ހިތްވަރެއްގެ ނަތީޖާކަމުގައިވެސް މިދާއިރާއިން ގާބޫލް ކުރާ ކަމަށް ބަޔާނުގައިވެއެވެ……މަގުފުރެދިފަ މިކިޔަނީ ކޮންބައެއްގެ ވާހަކައެއްބާ މިނުވާނެ ނަފުރަތަކައް
އެމްޑީޕީގެ މާފަންނު މެދު ދާއިރާ އިން ނަޝީދު ފަޅިއަށް އަރައިފި
3 ގަޑިއިރު ކުރިން ( ޖުލައި 28, 2021 )
ރައީސް ނަޝީދު ބަނގުރާ ބުއިން ހުއްޓާލައިފި
ސާބަހޭ މިފަދަ ހަމަބުއްދިފިލާ ގޮސްފައިވާ މީހެއްގެ ފަޅީގައި ލައްކަ ކޮސްގޮވުން އޮންނާނެތާ؟
މާފަންނު މެ ދު ދާއިރާ ނަސީ ދު ފަޅިއަށް އެރީމަ ދެން ބޮޑުވަޒީރުކަން ލިބުނީތަ ހަ ދާން ނައްތާލާ
އެއްވެސް މުސްލިމަކު ކާފަރަކާ އެކުގަ ކާފަރަކަށް ތާއީދެއްނުކުރާނެ.އަދި ކާފަރު މީހަކަށް އެހީތެރިވެދީގެން ކާފަރުމީހާ ގެންނަންއުޅޭ ލާ ދީނިއްޔަތަށް އެހީތެރި ނުވާނެ. ސަބަބަކީ ގިޔާމަތްދުވަހު އެ ލާދީނީ މީހާއެކު މަހުސަރުވާން މުސްލިމް މީހާ ނެދޭނެތިއާއި ލާދީނީ މީހާ ނަރަކައަށް ވައްދަވާއިރު އޭނަ އާއެކު ނަރަކަޔަށް ވަންނަން މުސްލިމް މީހާ ނެދޭނެތީ.
މާފަންނު މެދުދާއިރާ ބޮންޑޭ ގެމިލްކިއްޔާތެއްތަ، އަހަރުމެން ނުދެނަހުރީން