ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރުގެ ކުންފުނި ޔޮޓް ޓުއަރސްގެ އެކައުންޓައް މީރާ އިން ފްރީޒްކޮށްފައިވަނީ ގާނޫނާ ހިލާފަށް ނޫން ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފިއެވެ.
މީރާ އިން ޔޮޓް ޓުއަރސްގެ އެކައުންޓްތައް ފްރީޒްކޮށްފައިވަނީ ހއ.އަލިދޫ އަދި ހއ.ބީނާފުއްޓާއި ކަނޑާލިފިނޮޅުގެ ކުއްޔާއި ޖޫރިމަނާ ދައްކައިފައިނުވާތީއެވެ.
އެކައުންޓްތައް ފްރީޒްކޮށްފައިވަނީ، ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައި ދިނުމަށް އެދި ޔޮޓް ޓުއަރސް އިން މީރާއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއިރު ކޯޓުން މިއަދު އިއްވި ހުކުމުގައި ވިދާޅުވީ ރިޒޯޓުތަކުގެ ކުއްޔާއި ޖޫރިމަނާ ނުދެއްކުމުގެ ސަބަބުން އެކައުންޓްތައް ފްރީޒްކުރުމަކީ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 50 ވަނަ މާއްދާއާއި ޚިލާފު ނިންމުމެއް ނޫން ކަމަށެވެ.
އެކައުންޓުތައް ފްރީޒްކުރުމާ ގުޅިގެން ޖާބިރު މީގެކުރިން ވިދާޅުވީ އޭނާގެ ކުންފުންޏަށް ގެއްލުންދީ އެކައުންޓުތައް ފްރީޒް ކުރަން ފަށާފައިވަނީ ސަރުކާރާ ހިޔާލު ތަފާތުވުމުން ކަމަށެވެ. އަދި އެކައުންޓްތައް ފްރީޒްކޮށް، ހުރިހާ މުދަލެއް އަތުލިޔަސް ދެން ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ނުކުރައްވާނެ ވެސް ޖާބިރު މީގެކުރިން ވިދާޅުވެފައިވެއެވެ.
ޖާބިރު މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ އިނގިރޭސިވިލާތުގައެވެ. އަދި ދާދިފަހުން އެގައުމުން ވަނީ އޭނާ އަށް ސިޔާސީ ހިމާޔަތް ވެސް ދީފައެވެ.
ޖާބިރު ކައިރިން އަހާލަން ބޭނުން ޖާބިރު ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނުދައްކާ އޮންނާނެހޭ؟؟؟؟؟؟ އެހެންކަމަށްވާނަމަ އެކަމަށް އެއްބަސްނުވެ ބޭކާރު ކޮންހާ ކަންތަކެއް މިދޭތެރެޔަށް ވައްދައިގެން ކޮން ގޭސްގަނޑެއް އަނބުރާކަށް؟؟؟؟؟؟ ފައިސާދެއްކީމަވީ!!!! ނުދައްކަންޏާ ފިޔަވަޅުވެސް އަޅަންޖެހޭނެ!!!!