ސިހުރަކީ މާތް ﷲ ހަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައިވާ ބޮޑު ފާފައެކެވެ. ސިހުރުގެ ސަބަބުން ބައެއް މީހުން ހަމަޖެހިލައިގެން ދިރިއުޅުމަށް ހުރަސް އެޅެއެވެ. ބައެއް މީހުން ނިދިން މަހްރޫމްވެ ނުތަނަވަސްކަމާއި ހިތްހަމަނުޖެހުން ވެރިވެއެވެ.

އީމާންކަން ބަލިކަށިވުމުން، ތިމާގެ ކިބައިގައި ނެތް ކުޅަދާނަކަމެއް ހޯދުމުގެ މަގްސަދުގައި ބައެއް މީހުން ސިހުރު ހާހޫރައިގެ ބޭނުން ކުރެއެވެ. ސިހުރު ހެދުމަކީ ޝައިތާނާގެ އަމަލަކަށްވާ އިރު، އެކަން ކުރާ މީހާ މާތް ﷲ އަށް އުރެދި، ޝައިތާނާގެ އަމުރުތަކަށް ކިޔަމަންވެއެވެ. އެ އަމުރުތަކަށް ކިޔަމަންވުމުން ނޫނީ ޝައިތާނާގެ އެހީއެއް ސިހުރު ހަދާ މީހާ އަށް ނުލިބެއެވެ.

ސިހުރަކީ ހަގީގަތެއް ނޫން ކަމަށް ބައެއް މީހުން ބުންޏަސް ސިހުރަކީ ސާބިތުވެގެންވާ ކަމެކެވެ. އެއީ ހަގީގަތެކެވެ.

ސިހުރު ހަދާ މީހާގެ ހުކުމަކީ ގަތުލުކުރުން ކަމުގައި މާތް ﷲ ރުއްސުން ލެއްވި އުމަރުގެފާނާއި އެކަލޭގެފާނުގެ ދަރިކަނބަލުން އުންމުލް މުއުމިނީން ހަފްސާ އާއި މާތްﷲ ރުއްސުން ލެއްވި ޖުންދުބް އާއި މިތިން ބޭފުޅުން ވިދާޅުވެފައިވެއެވެ.

ދީނީ އެކި ކަންކަމާ ގުޅޭ ސުވާލުތަކަށް ޖަވާބު ދިނުމަށް ވައިބާގައި މިހާރު އެންމެ މަޝްހޫރު އެއް ގްރޫޕަކީ "އިސްލާމިކް ނޮލެޖް" އެވެ. މި ގްރޫޕްގައި އާންމުން ކުރާ ސުވާލުތަކަށް އެންމެ ގިނަ އިން ޖަވާބު ދެއްވާ ދީނީ އިލްމުވެރިޔަކީ ޑރ. މުހައްމަދު އިޔާޒެވެ.

މިފަހަރު އާންމުންގެ މީހަކު ކުރި ސުވާލެއްގައި ވަނީ ސިހުރު ހަދާ މީހާ މެރުމުން ފާފަ ލިބޭނެތޯއެވެ.

ޖަވާބުގައި އިޔާޒް ވިދާޅުވީ ސިހުރު ހަދާ ކަން ކޯޓަށް ސާބިތުވެ މަރުގެ ހުކުމް އިއްވައިފި ހިނދެއްގައި ހުކުމް ތަންފީޒު ކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ. އެއީ އާންމު ފަރުދުން އަމިއްލަ އަށް ކުރަން ޖެހޭ އަދި ކޮށްގެން ވާނެ ކަމެއް ވެސް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އިޔާޒްގެ ޖަވާބުން ދޭހަވީ ސިހުރު ހަދާ މީހާ، އެ ހެދީ ސިހުރެއް ކަން ކޯޓުގައި ސާބިތުވާން ޖެހޭނެ ކަމެވެ. އެއަށް ފަހު، އެމީހާ އަށް މަރުގެ ހުކުމް އިއްވައިފި ނަމަ ކަމާ ބެހޭ ފަރާތްތަކުން އެ ހުކުމް ތަންފީޒު ވެސް ކުރަން ޖެހޭނެ ކަމެވެ.

ރާއްޖޭގައި ސިހުރު ހަދާ މީހުން ގިނަ އިރު، އެފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވިގެން މީހުން ހައްޔަރުކޮށްފައިވެއެވެ. އެކަމަކު، ފަހުގެ ތާރީހެއްގައި މިހާތަނަށް އައި އިރު، އެއްވެސް މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ާެައަލީމް

    ރާއްޖޭގަ އިސްލާމީ ހުކުމް ތަންފީޒް ކުރޭތަ

    17
    5
  2. އަބްދޫ

    އިސްލާމެއްގެ ނަމުގާ ހުރެ އިސްލާމްދީނުގެ ހައްދު ތަކަށާއި ރަސޫލާ އަށާއި ކީރިތި ގުރްއާނަށް ފުރައްސާރަ ކޮށް ލާދީނިއްޔަތު ފަތުރަން މަސައްކަތް ކުރާނަމަ ދީނުން ބޭރުވާނެކަން ކީރިތި ގުރްއަނުގަ ﷲ ބާވައިލެއްވި ވަހީ އިން ސާބިތުވޭ. އެފަދަ ފަރާތަކަށް އަލުން އިސްލާމްދީނަށް ވަނުމަށް ދައުވަތުދިނުމުން އެކަން ޖޯކަކަށްހަދާ އެކަމަށް އިންކާރު ކުރުމުން އެމީގެ މައްޗަށް މަރު ހުއްދަ ވާނެތޯ؟ އެފަދަ މީހާ މަރައިފި މީހަކަު ފާފަވެރިވާނެތޯ؟

    7
    13
    • ޢަހުމަދުވަގާރު

      މޮޔަ އަބްދޫ ތަ އެކަން ކުރަނީ؟؟؟؟😊😊😊

      4
      4
  3. ޢާހުމަދު

    ކޮންމެވެސް ދަންނަ މީހަކު ބުނެދީބަލަ ސިހުރު ކޯރޓުގަ ސާބިތު ކުރާނީ ކިހިނެއްތޯ

    8
    2
    • ފަނޑިޔާރު

      ތިޔަށްވުރެ ކުރިން އަންނަންވާ ސުވާލަކީ ސާބިތު ނުވަނީސް ހުކުމް ކުރާނީ ކިހިނެތްތޯ. ތޯތޯއަކަށް ހުކުމް ކުރެވިދާނެތޯ. ނޫން ސާބިތުވާންޖެހޭ. މިއީ އެންމެ އުނދަގޫ މަރުހަލާއަކީ. މިފަދަކަންކަން ސާބިތު ނުވާނަމަ އެ ހުކުމް ކުރައްވާނީ އަދުލުވަންތަ ރަސްކަލާނގެ. އެއީ އާހިރަތްދުވަހުގަ މަހްޝަރު މައިދާނުގަ. ހަމަ ޔަގީނުންވެސް ޙައްގަށް ނިޔާ ކަނޑައަޅުއްވާނެ. އިންސާނަކު ބޯ ބުރާންތިވެ އަނެކާ ބޮލު އިލްޒާމް އަޅުވާ ލޭ ހުއްދަ ކުރެވިގެން ނުވާ ސަބަބަކީ މިއީ.

  4. Anonymous

    މީ މަ ގުރޫޕް ގަ ކުރި ސުވާލެއް

    3
    3
  5. ހުސޭނުބޭ

    ސިހުރުވެރިއެކޭ ކިޔާފައި އަދި ނުމެރޭނެ
    މެރޭނީ ޙާކިމްގެ ފަރާތުން އެކަމަށް ޝްރުޢީ ޙުކުމެއް އިއްވީމާ

    3
    1
  6. ޖިމީ

    ރާއްޖޭގެ ކަންކަން ބޮއްސުންލައިގެން ދިޔައީ އިސްލާމުންނޭ ކިޔައިގެން އެކަމު އިސްލާމީ ގާނޫނު ތަންފީޒް ނުކޮށް 40 އަހަރަށްވުރެ ގިނަދުވަސް ވޭތުވެދިއުމުން....ހަރާން ލާއިންސާނީ ޖަރީމާތައް ހިންގީމަ އިސްލާމް ދީނުގަ އޮންނަނީ ހަރުކަށި އަދަބު....މަރަށް މަރު ހިފަން ނޫނީ ސިހުރު ހަދާ މީހުންނަށް މަރުގެ އަދަބު އޮންނަނީ ކޮންމެވެސް ކަމެއްވެގެން....ވައްކަންކުރުމުން އަތްކަޑަން މަޖުބޫރު....މިހުކުމްތަކަށް ބަދަލު ގެނެސް އަމިއްލަގޮތްގޮތަށް ހުކުމް ކުރާތާ 40 އަހަރަށްވުރެ ގިނަދުވަސްވީ....ދެންވާނެގޮތް މިހާރު މިވަނީ....ޖަންގަލީގެ ސަދޫމް ގާނޫނު މިހާރު މިތާމިއޮތީ އެހެންވެ

    • ސުލްހަ

      ތިޔަހުކުމްތައް ތަންފީޒުކުރާ ގައުމުތަކުގަވެސް ކުށްމަދެއްނުވޭ. ޕާކިސްތާނާއި، މެދުއިރުމަތީ އަރަބި ގައުމުތަކުގަ ތިޔަހުކުމް ތަންފީޒުކުރޭ ނަމަވެސް ރެކޯޑުކުރެވޭ ކުށުގެ މިންވަރު މަދެއްނުވޭ. ސަބަބު ނައްތާލާ ބުއްދިބޭނުންކޮށް ﷲ ގެ އެންގެވުންތަކުގައި ހިފާމީހާ އަށް ﷲތައާލާ ކަނޑައެޅުއްވި ޝަރީއާ އެނގެނީ. އެފަދަމީހުންނުކުރާނެ ބިރުވެތިވާނެ. ހަމަހޭގަ ހުރެވޭނެ މަގު ފަހި ވުމުން މިހުކުމްތަކާމެދު ވިސްނާނީވެސް. މަސްތުގެހާލުގަ ހުރެ މިފަދަ ޖަރީމާތަކަށް އަރައިގަންނަނީ. އެފަދަމީހާ ﷲ އަށް ނެތް ބިރަކާލަދެއް މަރަށް ގަންނާނީ ކިހިނެތް

  7. ކާފަ

    ނުލަފާ ބައެއް ތި ސިހުރު ހަދާ މީހުންނަކީ، ކޮންކަމަކަށް ސިހުރު ނުހަދާނީ މިސްކިތައްއަރާ ﷲ ފަރުޟުކުރެއްވި ނަމާދު އަދާކުރާތީ އެކަމަށްވެސް ހުރަސްއެޅުމުގެ ގޮތުން މިސްކިތުގައި ތިބޭ ސިހުރުވެރިން ސިހުރު ހަދަނީ. ކިހާދެރަކަމެއް.

    4
    1
  8. ހައަވަ

    ނޫނޭ!

    ޙަކީމް ދީދީ،ގެ މައްޗަށް ޙުކުމް އިއްވައި އެއަށް ޢަމަލު ކުރެވު
    ނު.

  9. ޔާލް

    100 ޕަސެންޓް މުސްލިމުން ކަމަށް ހެދިގެން އުޅުނަކަސް، އިސްލާމީ ޝަރީޢަތް ޤާއިމް ނުކުރެވޭ ޤައުމެއްގައި، އެ ޤައުމަކަށްވެސް، އަދި ރައްޔިތަކަށްވެސް އަމާން ކަމެއް ނުވޭ!