ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރާ ކޮމިޝަނަށް ހާޒިރުވާން އަންގާފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވާކީލުން ޓީމުން ވިދާޅުވެއްޖެއެެވެ.
އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބް ރައީސް، ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، މި ސަރުކާރުގެ ނިޔަތް އޮތީ އެކި ގޮތުްގޮތުން ރައީސް ޔާމީނަށް އަނިޔާ ކުރުން ކަމަށެވެ.
އަދި އޮގަސްޓް މަހުގެ ތިން ވަނަ ދުވަހު އެމަނިކުފާނު މަރުކޮމިޝަނަށް ހާޒިރުވާން އަންގާފައިވާ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
"މި ކޮމިޝަންވެސް ކުއްލިއަކަށް ހޭލައިފި، ކޮމިޝަން ފެއިލްވެ ރައްޔިތުން ސުވާލު ކުރަން ފެށީމަ މި މީހުންވެސް އައްޑަނައަކަށް މި ހަދަނީ ރައީސް ޔާމީން". ޑރ.ޖަމީލް ވިދާޅުވިއެވެ.
އެމަނިކުފާނު މަރު ކޮމިޝަނަށް ހާޒިރު ކުރަނީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައެވެ.
އެ ކޮމިޝަނުން އެފަދަ 24 މައްސަލައެއް ބަލަން ނިންމާފައިވާ ކަަމަށް 2018 ވަނަ އަހަރު ތެރޭގައި ވިދާޅުވެފައެވެ. އޭގެ ތެރޭގައި ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައާއި، އަޙުމަދު ރިލްވާން ގެއްލުމުގެ ޙާދިސާ އާއި، ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އަދި ރައުދާ އާތިފުގެ މަރުގެ މައްސަލަ ހިމެނެއެވެ. އަދި ޖަލުތަކާއި، ކުޑަކުދިންގެ ހިޔާ އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބައެއް މީހުން މަރުވި މައްސަލަތައްވެސް ބަލަން ފެށިއެވެ.
އޭގެ ތެރޭގައި ބައެއް މައްސަލަތައް ބަލާ، އާއްމު ކުރެވެހެން ހުރި މައުލޫމާތުތައް އާއްމުކޮށްފައިވާއިރު، ބައެއް މައްސަލަތަކުގެ ޑްރާފް ރިޕޯޓްތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވާފައި ވެއެވެ. އޭގެ ތެރޭގައި ޑރ. އަފްެރާޝީމް އަލީގެ މަރުގެ ރިޕޯޓާއި، ނޫސްވެރިޔާ އަހުމަދު ރިލުވާން އަބްދުﷲ ގެއްލުވައިލި މައްސަލައިގެ ރިޕޯޓްގެ ޑްރާފްޓް ރައީސަށް އަރުވާފައި ވެއެވެ.
ކިހާދެރަކަމެ އް. މިނޫން ކަމެ އް ނެތީތަ.
މި ސަރުކާރު ވަނީ ފޭލްވެފާ
އިބޫ އެއުޅެނީ މޮޔަވެގެންބާ ؟؟
މިއީ ދެކަންފަތަށް ކޯންޗެއް އެޅިފައި ތިބި ބައެއް؟
ބުއްޅަބޭ ކިތައްފަހަރު ބުނި ރިލްވާން މަރާލި މީހުންނާއި އަފްރާޝީމްގެ ޤާތިލުން އެވެނި މިވެނި ތަނަކަށް ފުރައިގެން ހިގައްޖެއޭ! ތި މައްސަލާގައި ބުއްޅަބޭ ހަޔްރުކޮށްގެން ސުވާލުކޮށްބަލަ!
އިބޫ ޔާމީނުދެކެ ވަރަށް ބިރުގަނޭ، އެހެންވެ ކޮށް ފަ ނުކުރާނެ ކަމެއް ނޭގިގެން އުޅެނީ.
ސާބަސް ނުކުޅެދޭސަރުކާރު
ރިލްވާންގެ މައްސަލައިގައި ޔާމީން މަރު ކޮމިޝަނަށް ހާޒިރުކުރަން ނިންމައިފި
1 ގަޑިއިރު ކުރިން ( އޮގަސްޓް 1, 2021 )
ރައީސް އިބްރާހީމް ތިކޮމިޝަނަށް ހާޒިރު ކޮއްބަލަ . އޭނައެއީ 24 ގަޑިއިރުން ތިކަން ނިން
ބަންބުނި މީހެކޭ ؟
މިސަރުކަަރުގެ މަދު ދުވަސްތަކުތެރޭ ކޮވިޑް220
ލ.އަތޮޅުން، މާލެއިން މަރުވިމީހުންގެ ތަހުޤީގުފަށާ
ނުނިންމިގެން އުޅޭ ހުރިހާ މައްސަލަ އެއް ޔާމީނުގެބޮލުގަ އަޅުވާފަ ބަހައްޓާ
ޢޭޜުން ވެރިކަމަށް އަންނަން އުޅުނު އިރު ވީ ވައު ދުތައް ފުއް ދުނީ .ޜާއްޖެ ތެރެއިން މަރައިގެން އުޅޭ ބަންގާޅީ މީހުންނާ މައުމޫނުގެ ވެރިކަމުގަ ޖަލުގަ މަރުވިމީހުންގެ ޒިންމާވެސް ޔާމީނުގެ ބޮލުގަ އަޅުވާތި.
އަފިހުންބެ މަރުވަން ދެން ޖަލުގަބާއްވާ
މީއަލެ ޔާމީނަކާ އަލައިގަނެގެން ނެއްޓެން ނޭނގޭ ސޮރުމެންތަކެއްތަ
ހަބަރުގެ ސުރުހީ އަކާ ހަބަރަކާ ދިމާއެއްނުވޭ.