ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މަރު ކޮމިޝަނަށް ހާޒިރުކުރަނީ އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށް ބެލެވޭ ބައެއް ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރަން ކަން "ވަގުތަށް" އެނގިއްޖެއެވެ.
ނޫސްވެރިޔާ، އަހްމަދު ރިލްވާން ގެއްލުވައިލި މައްސަލައިގެ ތަހުގީގަށް ޔާމީން ހާޒިރުކުރާނީ މިއަދު ދޭއް ޖަހާއިރުއެވެ.
އެނގިފައިވާ ގޮތުގައި، އެ ކޮމިޝަނުން ޔާމީނާ ސުވާލުކުރަން ނިންމާފައި ވަނީ ރިލްވާން ގެއްލުވައިލި މައްސަލައިގެ ތަހުގީގަށް ހުރަސް އެޅިކަމުގެ ތުހުމަތުގައެވެ. އަދި އެމަނިކުފާނާ ސުވާލު ކުރާނީ ސުވާލު ކުރާނީ ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށް ބެލެވޭ ވަކިވަކި ކަންކަމާ ގުޅޭ ގޮތުންނެވެ.
މިއީ މި މައްސަލައިގައި އެމަނިކުފާނާ ސުވާލުކުރާ ފުރަތަމަ ފަހަރެވެ.
އޮގަސްޓް 8، 2014 ގައި ރިލްވާން ގެއްލުވާލާފައިވާ އިރު، އޭނާ އުޅޭ ގޭ ދޮރުމަތިން ރަތްކުލައިގެ ކާރަކަށް އަރުވައިގެން އޭނާ ގެންގޮސް ކަނޑުމައްޗަށް އަރުވައި ބޯ ބުރިކޮށްލައި ކަނޑަށް އެއްލާލި ކަމަށް އެ މައްސަލަ މަރު ކޮމިޝަނުން ތަހުގީގުކުރުމަށްފަހު ނެރުނު ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މަރާލުމުގެ ކުރިން ޝަހާދަތް ލައިދިން ކަމަށް ވެސް ބުނެފައިވެއެވެ. އެއީ ހަރުކަށި ފިކުރުގެ ބައެއް ހިންގި އަމަލެއް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ޔާމީންގެ ވެރިކަމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށްފައި ހުއްޓާ އޭނާ ނެރުއްވި ބަޔާނެއްގައި ވަނީ ރިލްވާންގެ މައްސަލައިގެ ތަހުގީގަށް ޔާމީން ހުރަސްއެޅުއްވި ކަމަށް ތުހުމަތު ކުރައްވައިފައެވެ. އެކަމަކު، ޔާމީން ވަނީ އެކަން ދޮގުކުރައްވައިފައެވެ.
ރިލްވާން ގެއްލިފައިވަނިކޮށް 2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަކަށް ދެކުނުގެ ރަށަކަށް ވަޑައިގެން، ރިލްވާން މަރުވެފައިވާ ކަމަށް ޔާމީން ވިދާޅުވުމުން އެ މަނިކުފާނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ. އަދި ނޫސްވެރިއަކު ރިލްވާން ގެއްލިގެން އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން "ގެއްލުނީމަ ހޯދާނީ" ކަމަށް ވިދާޅުވެ ޔާމީން ކުރިން ދެއްވި ޖަވާބަށް ވެސް އާންމުންގެ ފާޑު ކިއުން އަމާޒުވިއެވެ.
ތިޔަހެންވިއްޔާ އެންމެ އަވަހަށް ނަޝީދު ހަޟިރުކޮށް، އަފްރާޝީމް ޤަތުލު ކުރިމީހުން އެގޭކަމަށް ވިދާޅުވެ، އެކަން ސިއްރު ކޮށްގެން ހުރުމުން އެމައްސަލަ ތަހުޤީޤު ކުރުމަށް ޤަސްދުގައި ހުރަސް އެޅިކަމަށް ބެލެވޭތީ އެންމެ ފުރަތަމަ ނަޝީދު މަރު ކޮމިށަނަށް ޙާޟިރު ކުރުމަށް ގޮވާލަން. އޭގެ ފަހުން ޔާމީނާއި އިމްރރާނުވެސް ޖެހޭނެ ހާޟިރު ކުރަން. ވަކި މީހަކަށް އަމާޒު ކުރެވޭއިރު، ތިޔައީ ރަގަޅު ްޮތެއް ނޫން.
ބަލަ އަންނި އިބޫ މާ ރިޔާ އިވާ އިމް ރާން މިމީހުނަށް މާ ރަނގަޅަށް އެނގޭނެޔޭ ތި ުރިތަކާ ބެހޭ މަޢުލޫމާތު ކީއްވެތަ އެމީހުނާ ސުވާލުކު ރާން ނުގެންދަނީ އެކަން ކު ރުމުގެ އަޑީގައި ތިބީ އެމީހުން ވިއްޔަ އެހެންވީމަ އެމީހުނަށްތާ އެގޭނީ އެކަންކު ރިބަޔެއް؟
ދެން ޝިމާގެއްލުމާބެހޭގޮތުން ކާކާބާ ސުވާލުކުރާނީ މިޔައްވެސް ޖަވާބެއްލިބެންޖެހޭނެ.
އަދީބަކީ މުނާފިގެއް ފާސިގެއް އިސްލާމީ ޝަރީއާއައް ފާސިގުމުނާފިގުންގެ ބަސް ގަބޫލެއްނުކުރާނެ ހުސްނުއްސޫދުބުނީ ކީކޭ ރައީސް ޔާމީންއަކާ މިހާތަނައްހޯދި ހޯދުންތަކުގަ އެއްވެސް ގުޅުމެއް މިކަމުގަނެތޭ މިސަރުކާރުން އޭނަ ކޮމިޝަނުގެ ރައީސް އަކައް އައްޔަންކުރީ އެކަމަކު އޭނަގެބަހައްވެސް މިސަރުކާރުން އިތުބާރު ނުކުރޭ އަމިއްލަނަފްސައް އިތުބާރުއެބޮތްބާ؟
؛އެނގޭކަންކަން ހުރެދާނެތީ؛؛ މިއީ ހީއެއްކަމަށްބެލެވޭހީއެއްކަމަށްހީކޮށް ކަންކަންކުރުމަކީ ޒާތީކަމެއް
މިފަދަހީއަކަށް ރ ޔާމީން ޖަލަށްލެވިފައިވާކަމަށްބެލެވޭ ކޮބާތޯއިންސާފު އަފްރާޝީމްމަރާ ގުޅޭގޮތުން
ނަޝީދުދެއްކެވިވާހަކައިން މަރުކޮމިޝަނުން އިތުރުތަހުގީގެއްކޮށް އެކޮމިޝަނަށް އެހެންފަރާތްތަކެއް
ޙާޒިރުކުރަން ނުޖެހޭފަދަ ދަރަޖައަކަށް ނަޝީދަށް އެކަންކުރި ބަޔަކުއެނގި ވާހަަކަދައްކަވާފައިވޭ
ވީމާ، ހީއަަކަށް ނުވަތަ ޒާތީހަސަދައެއްފިލުވާލުމަށް ޔާމީންބޭފުޅާއާ ސުވާލުކުރެއްވުމުގެ ބަދަލު
ނަޝީދުއާ ސުވާލުކުރެއްވުން މާރަގަޅުކަމުގައި ދެކެން
ބަލަގަ ނަސީދު އާއި ސުވާލު ނުކުރީ ކީއްވެ ؟ މިނިވަން ނޫހާ އައިރިސްޓައިމް ގަ ރިޒްވާން ލިޔެފަ ހުރި ނަސިދުގެ ލާދީނީ ލިއުންތައް ފުލުހުންނާ މަރުކޮމިސަނުން ނުހޮދި ކީއްވެ. މިހާރުވެސް އެތަކެތި ލިބޭނެ ސަރުކާރުން ފައިސަދައްކައިގެން ހޮދީމަ. މަރުކޮމިސަނުން ނުހޯދީ ކީއްވެ. އައިރިސްޓައިމްގަ މިނިވަންނޫހާ ހަވާލާދީ ރިޒްވާނުގެ ނަމުގަހުރި ނަސީދުގެ ލާދީނީ ލިއުން ކުށްވެރިކޮށް ނަސީދު ނެރުނު ބަޔާން ނުހޯދީ ކީއްވެ. މިބަޔާންނެރުނީ ރިޒްވާން ވަގަށް ނެގުމަށް ފަހު. 2014 އޯގަސްތް 7 އާއި 19 އާދެމެދު. ލަފާކުރެވެވީ އެބަޔާން ވީޓީވީ ގަ ވާނެހެން. ނަސީދު ވަގަށް ނެގީ ނަސީގެގެ ގްރޫޕް.ކުޑަހެންވޭރު ގްރޫޕްގަ ހިމެނޭ އާލިފަރައޫފް ގެ ކާރެއް ހުޅުމާލެ ގެންގޮސްގެން އާލިފް ރައޫފާއި ނަސީދު ގެ ބޮޑީގާޑް ނޫރައދިނުކަމަށް ތުހުމަތު ކުރެވި ހައްޔަރު ކޮށްފާވޭ. ރީޒްވަނުގެ ބޯބުރިކުރިވާހަކަ މަރުކޮމިސަނުގަ ބުނީކާކު ނަސީދު ތަ؟ ނަސީދު ބުނިގޮތަށް ރިޕޯޓެއްހަދާ ނެރުނީމަދޯ ފަނޑިޔާރުކަންދިނީ ؟ މިހުރީ ހައްތާވެސް ބަލަންޖެހޭ ކަންކަން. މަރުކޮމިސަނުގަ އެބައިން އަފްރާސީމް މެރުމަށް އުސްފަސްފގަނޑުގަ ލިޔެފަ އޮތްވަހަކަ ސީއެންއެމްގަ ލިއުނު މީހާ ވެސް. މިފަދަ މީހުން ކޮމިސަންތަކުގަ ތިބެގެން ބެލޭނީ ކޯންޗެއް؟
ރައްޔިތު އެންމެން ގެންދަންވީނު
ސަ ރުކާ ރުގެ ފެއިލިއާސް ފޮ ރުވޭތޯ ކު ރާމަސައްކަތް.
ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނާވެސް ސުވާލުކުރަންވީނު، ހަމަ އެނގޭމީހަކު ހުރެދާނެ!
ކަލޭމެންގެ ލަދުހަޔާތް ކުޑަކަމުނ ޔާމީނާ ސުވާލުކުރަނީ،