ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހިތްޕުޅު ހަމަނުޖެހޭ ވާހަކަތަކެއް ދެއްކެވިފައިވާތީވެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ލިބިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޓީވީ ޗެނަލްއެއްގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން އަފީފް ވަނީ އަދާލަތު ޕާޓީގެ ބޭފުޅުން ރުއްސަވަން ރައީސް ސޯލިހް މާ ބޮޑަށް މަސައްކަތްޕުޅު ކުރައްވާތީ އެއީ އަދާލަތު ޕާޓީގެ ބޭފުޅެއްހެން ވެސް ހީވާ ކަމަށް ވިދާޅުވެފައެވެ.

"ސަންގު ޓީވީ" ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން އެހެން އަފީފް ކުރިން ވިދާޅުވި ސަބަބާ ގުޅޭ ގޮތުން ހުށަހެޅުންތެރިޔާ ސުވާލު ކުރުމުން، އަފީފް ވިދާޅުވީ ރައީސްގެ އެންމެ އަރިސް މަގާމުތަކުގައި ވެސް ތިއްބެވީ އަދާލަތު ޕާޓީގެ މެންބަރުން ކަމަށެވެ.

އަދި ރައީސް ސޯލިހްގެ ސަރުކާރުގެ އަމަލުތައް ވެސް ހުންނެވީ އެމްޑީޕީގެ އަސާސީ ވިސްނުންތަކާ ޚިލާފަށް ކަމަށް އަފީފް ވިދާޅުވިއެވެ. މި ގޮތުން ސަރުކާރު ތެރޭގައި އިންތިހާއަށް ކޮރަޕްޝަން އޮތް އިރު ވެސް އެ ކަމަށް ރައީސް މާ ބޮޑު ސަމާލު ކަމެއް ވެސް ނުދެއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފަކީ އަދާލަތު ޕާޓީގެ ނައިބު ރައީސް ކަން ކުރެއްވި ބޭފުޅެއް. އަދާލަތު ޕާޓީގެ މެންބަރަކަށް އެހާ ބޮޑު އިތުބާރެއް ކުރައްވާފައި، ރައީސްގެ އަރިހަށް ގެންނަވާނީ، އެމްޑިޕީއަށް ވުރެ ބޮޑަށް އަދާލަތު ޕާޓީއަށް އިތުބާރު ކުރައްވާތީތާ." އަފީފް ވިދާޅުވިއެވެ.

މީގެ ކުރިން ރައީސްއަކީ އަދާލަތު ޕާޓީގެ މެންބަރެއް ކަމަށް ވިދާޅުވެވިފައި އޮތުމުން އެ ކަމަށް ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ވެސް ލިބިވަޑައިގެންފައިވާ ކަމަށް އަފީފް ވިދާޅުވިއެވެ.

"ކުރީ ރެއަކު އަޅުގަނޑު ޓީވީ ޕްރޮގްރާމެއްގައި ބުނި އެއްޗަކުން މި ހުރީ ޕާޓީން އަޅުގަނޑަށް ފިޔަވަޅު އަޅަން ވެސް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައި،" އަފީފް ވިދާޅުވިއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި ޓްވީޓަކަށް އިޝާރާތް ކުރައްވައި އަފީފް ވިދާޅުވީ، އެ ޓްވީޓުން ވެސް ފާހަގަވާ ކަމަކީ އޭނާ އެމްޑީޕީން ވަކިކުރާނެ އިންޒާރު ދެވިފައި އޮތް ކަން ކަމަށެވެ.

އަފީފަށް ފިޔަވަޅު އަޅަން އިންޒާރު ލިބިފައިވާ ކަމަށް ވިދާޅުވީ ވެސް އެ ޓްވީޓަށް އިޝާރާތް ކުރައްވައިފައެވެ.

"ޕީޖީ ލީޑަރު [އަލީ އާޒިމް] އޮތެއް ނޫންތޯ ޓްވީޓް ކުރައްވާފައި، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރަކު، މަޖިލިސް މެންބަރަކު ނުބުނާނެއޭ އެހެންނެއް، ދެން ޕާޓީގެ މެންބަރަކަށް ނުވެދާނެ ކަމުގެ އިންޒާރެއް ނޫންތޯ އެއީ،" އަފީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިން މައްސަލައިގެ ތަހުގީގަށް ފަރާވެރިވާން އެމްޑީޕީގައި އެކުވަލާފައިވާ ކޮމިޓީގެ މުގައްރިރަކަށް ހުންނެވި އަފީފް ވިދާޅުވީ ރައްޔިތުންގެ ތާއީދު އެންމެ ބޮޑަށް އޮތީ ނަޝީދަށް ކަމަށެވެ.

ނަޝީދުއާއި ރައީސް ސޯލިހްއާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން ކޯޅުން ބޮޑުވެ އެމްޑީޕީގެ އެތެރޭގެ މަސްރަހު އޮތީ ހޫނުވެފައެވެ. ނަޝީދުގެ އެންމެ ބޮޑު ނުރުހުމެއް އޮތީ "ލާދީނީ ގޮވުން" ޖިނާއީ ކުށަކަށް ހެދުމުގެ ބިލު ފާސްނުކޮށް މަޖިލިސް ޗުއްޓީއަށް ދިއުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ވެރިން

    ކަލޯ ބުނެ ދީފާނަންތަ ކޮން ގޮތަކުން ކަން ނަށީދަށް ރައްޔިތުންގެ ބޮޑު ތާއިދު އޮތީ، މިހާރު އެއީ އަހަރުމެން ގަބޫލު ކުރާ މީހެއް ނޫން. އެއް އިރަކު ސަޕޯޓު އޮތަކަސް މިހާރަކު ސަޕޯޓެއް ނެތް މިހާރު ނަށީދު ފަހަތުން ދުވެ ނަގަނީ އަމިއްލަ އެދުމާއި ގެން އުޅޭ ހައެއްކެ ބޯކެހިން. ލާދީނީ، ލާދީނީ، ލާދީނީ، ލާދީނީ. ލާދީނީ، ލާދީނީ، ލާދީނީ، ލާދީނީ. ލާދީނީ، ލާދީނީ، ލާދީނީ، ލާދީނީ .
    ގާނޫނަކުން ކީއްކުރަން ކޮއްމެ ގޮތެއްހެދިޔަސް ދީނަށް ފުރައްސާރަ ކޮށްފަ އުޅެ މީހުނާ ދިމާލަށް ލާދީނީ އޭ ނުގޮވަނެ ގޮތެއް ނޮއޮތް ނާނެ

    12
    1
  2. ބޮޑުތަކުރު

    އަތޮޅު ހޮސްޕިޓަލްގަ ހަމުގެ ޑޮކްޓަރަކު ނެތިގެން މާލެއައިސް އައިޖީއެމްއެޗް އާއި ހުޅުމާލެ ހޮސްޕިޓަލް ބެލިއިރު އެތައްސަތޭކަ ބަޔަކު ކިޔޫގައެބަތިބި. އަހަރެން މާލޭގަ ގިނަދުވަހު ހުންނަން ދަތިވާތީ އަމިއްލަ ކްލިނިކަކަށް ގޮސް ޑޮކްޓަރަށް ދައްކަން މަޖުބޫރުވެގެން ބެލިއިރު ޑޮކްޓަރަށް ދެއްކުމުގެ ފީއަކީ 450 ރުފިޔާ. އާސަންދައިން ދެނީ 100 ރުފިޔާ. ބާކީ 350 ރުފިޔާ ދައްކަންޖެހެނީ އަމިއްލަ ޖީބުން. އަހަރުމެންއަތުން ޖީއެސްޓީ ނަގާއިރު މިއީ ހައްގު މިންވަރެއްނޫން. ބޮޑުބައި އާސަންދައިން ދައްކަދޭންޖެހޭނެ. މިވާހަކަ މެމްބަރުން ނުދައްކަނީ ކީއްވެބާ؟

    17
  3. ޙަސަން

    ތިޔަ ޢަފީފުމެންނަކަށް ކެނެރީގޭ އަންނިއެއް ދުލެއް ނުކުރެވޭނެ. ރައީސް ބާލިޙަކީ ޙަޤީޤަތަކުގައި ވަރަށް މަޑުމައިތިރި އިސްލާމީ ރިވެތިގޮތްކަށް ލޯބިކުރާ މީހުންނަށް ޙަމްދަރުދީވާން ބޭނުން ވެރިއެއްކަމަށް ފެނޭ. އެކަމަކު އެމްޑީޕީގެ ހަރުކަށި ސިޔާސަތުގެ މީހުންގެ އުދަގުލާހެދި އެކަންނުވަނީ.

    5
    7
    • ތެދު

      ހަސަނާ މޮޔަވީތަ ﷲއާއި ރަސޫލާއަށް ފުރައްސާރަކުރިއިރު އަދިވެސްއެމީހުންއެތިބީ ބޮޑުމުސާރަކައިގެން ވެރިމީހާއަށް ވަޖިބްއެމީހުންވަކިކޮއް އަދަބުދޭން ..؟! އެކަންކުރިތޯ..!!! މަޑުމަޑުންހުރެގެން ކުރާކަންތައްމިހިރީ..ސުބުހާނަﷲ އަދާލަތޭތިކިޔާމީހުން މިކަންހުއްޓުވަންކުރިކަމެއްބުނެބަލަ ފެއްނަނީމުނާފިގު ސިފަތައް..

  4. ޒަބީބު

    އަފީފު އަށް އެނގިވަޑައިގަންނަވާ އެމްޑިޕީގެ އަސާސީ ވިސްނުންތަކަކީ ޕާޓީގެ އެހެން މެމްބަރުން ދަންނަ އަސާސީ ވިސްނުމެއް ނޫން. އަފީފު ތިޔަވިދާޅުވާ އަސާސީ ވިސްނުމަކީ ރައީސް ނަޝީދު ނޫން އެހެން ޗޮއިސް އެއް ޕާޓީގައި ނެތްކަމަށް ޤަބޫލު ކުރުން ނޫންގޮތެއް ނެތްކަމަށް ޤަބޫލުކުރުމުގެ ވިސްނުން. އަފީފު ތިޔަވިދާޅުވާ ވިސްނުމަކީ ރައީސް ނަޝީދުގެ ލެގެސީ ދެމެހެއްޓުމަށްޓަކައި ޕާޓީގެ އަސާސީ ޤަވާއިދުގެ މުގުރާފައި އަސާސީ ޤަވާއިދުގެ ބޭރުން ކަންކަން ކުރުމުގެ ވިސްނުންތޯ؟ ކޮބައިތޯ އަސާސީ ޤަވާއިދުގައި ބުނެފައިވާ ރައީސުލް ޖުމުހޫރިއްޔާގެ މަޤާމުގައި ޕާޓީގެ މެމްބަރަކު ހުރެއްޖެ ނަމަ ޕްރައިމަރީ އަކާއި ނުލައި ދެވަނަ ދައުރެއް ދޭންޖެހޭނޭ ކަމަށް އޮތް އޮތުން؟ މުނައްވަރާއި، އިބުރާއަށް ހެދިގޮތަށް ރައީސް ސޯލިހު ބުރުވާނުލެވޭތީ އެކަންތޯ އަސާސީ ވިސްނުމާއި ޚިލާފު ކަމަށް ތިޔަ ވިދާޅުވަނީ.

    ދެން ޑިމޮކްރެސީއޭ ކިޔައިގެން އަފީފުމެން ނަޝީދުމެން ވާހަކަ ނުދައްކަވާ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފައިގެން ފުރަހަނި ޝުއައިބް ހަޤީޤަތާއި އެއްގޮތަށް ނަޝީދުގެ ޚުދުމުޚުތާރު ކަމާއި ޑިމޮކްރެސީ އާއި ބީރައްތެހި ކަމުގެ ވާހަކަ ދެއްކީމައި އެއީ ފިތުނަ އުފެއްދުން ކަމަށް ބުނެ ޝުއައިބް ޕާޓީގެ މެމްބަރުކަމުން ވަކިކުރަން އޯކޭ؟ އެކަމަކު އަފީފު ޕާޓީގެ އެތެރޭގެ މަސްލަހަތު ނަގާލައި، ޕާޓީގެ އެންމެ އިސް ވެރިޔާ އަދި ރައީސުލް ޖުމުހޫރިއްޔާ އަށް ނިސްބަތްކޮށް ފިތުނަވެރި ވާހަކަ ދެއްކީމައި އެކަން އެއީ ޕާޓީގެ އެބައިވަންތަ ކަމަށް ވަނީ ކޮން ޑިމޮކްރެސީއެއްގައިތޯ؟ އަލީ އާޒިމުގެ ވާހަކައަގައި އަފީފު އަށް ފިޔަވަޅު އަޅާ ވާހަކައިގެ އިޝާރާތެއްވެސް ނެތް. އެކަމަކު އަލީ އާޒިމްގެ ބަސްވެސް އަފީފު ތިޔަ ތަރުޖަމާކުރަނީ ނުއުފަންނަ ކަމެއް އުފަންކޮށް ވުޖޫދު ކޮށްގެން ފިތުނަ އުފެދޭ ގޮތަށް. ހަޤީޤަތުގައި ފިޔަވަޅު އަޅަންވީ ފުރަހަނި ޝުއައިބް އަކަށް ނޫން އަފީފު ކަހަލަ ނަޝީދުގެ ބަތާކައިގެން ޕާޓީ އަށް ބަތާހަރާމީވެގެން ޕާޓީގެ އެތެރެ ފަނިކޮށް ފިތުނަ އުފައްދާ މީހުންނަށް.

    12
  5. ބިންގޯ

    ހުސް ދޮގު. ހަދައިގެން ދައްކާވާހަކަ.

    10
    1
  6. އަހުމަދު

    އަދާލަތު ނަޝީދު ފެކްޝަނައްވުރެ މާ ހެޔޮ. ނަޝީދަކީ މިހާރު ތާއީދު އޮއިތް މީހެއް ނޫން

    10
  7. ރބރ

    ސަރުކާރު ތެރޭގައި އިންތިހާއަށް ކޮރަޕްޝަން އޮތް އިރު ވެސް އެ ކަމަށް ރައީސް މާ ބޮޑު ސަމާލު ކަމެއް ވެސް ނުދެއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
    އެހެން އެވަނީ ރައީސަކީ ޒީރޯޓޮލަރެންސް ދުނިޔެއިން ބޭރުން ކިޔަވާއިގެން ހުރިމީހަކަށް ވާތީ
    ‎އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

  8. ވަހު- ސީ

    ހުވާތަ. ދެން އެހެންވިއްޔާ އިބްރާހިމުގެ ވާހާކަ ނުދައްކާ ހުރެބަލަ. އެލެކްސް އަށް ތާއީދު ކުރަންނާ ރެޔާދުވާލު އޭނައަށް ތައުރީފް ކޮއްބަލަ. މީހުންގެ ގޯސްވާހާކަ ދެއްކުމުގެ ބޭނުމެއްނެތް. ގީބަ އިންސަލާމަތް ވެގެން ނުހުރެވެންނާ ދެން އަމެއްލަޔައް ފިޔަވަޅު އަޅަންވީނު އަފީފު.

  9. އާރތް އިސް އަވާރ ޕްލޭގުރައުންޑް ލެޓްސް ޕުރޮޓެކްޓް އިޓް

    އެއްވެސް ވަރަކަށް އިސްލާމްދީނަށް އިހްތިރާމް ކުރާނަމަ ތި ހަރުކަށި ސެކިއުލާ އަދި ލާދީނިއްޔަތައް ލޯބިކުރާ އެލެކްސް އަށް ތާއީދު ނުކުރީސް. އަފީފް އަމެއްލެއަށް ވިސްނާލެއްވުން އެދެން ދުނިޔެވީ ލައްޒަތައް ތިމާ މިހިރީ ފޯވެފަތޯ..