އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން އަލަށް އުފައްދާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާ ގުޅިވަޑައިގަތުމަށް ނިންމަވައިފިއެވެ.

ހެޕީމާކެޓް ކުންފުނީގެ ވެރިޔާ މިއަދު ނެރުއްވި ބަޔާނުގައި ވަނީ ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އިސްވެ އުފައްދަވާ އެމްއެންޕީއަށް ސޮއިކުރައްވަން ނިންމަވާފައިވާ ކަން ހާމަކުރައްވައިފައެވެ.

އެމްއެންޕީއާ ގުޅިވަޑައިގަތުމަށް ގަސްދުކުރެއްވީ އެ ޕާޓީގައި ޒުވާނުންނަށް ފުރުސަތު އޮތުމުން ކަމަށާއި އެ ޕާޓީގެ ޗާޓަރުގައި ގައުމާ މެދު ދެކޭ ތަސައްވުރާއި އިހުސާންގެ ވިސްނުމާއި ދިމާވާތީ ކަމަށް ބަޔާނުގައިވެއެވެ.

އަދި އެޕާޓީއަކީ ތައުލީމީ ޒުވާނުންނަށް ތަނަވަސް ފުރުސަތު އޮތް ޕާޓީކަމަށް ގަބޫލުކުރެވޭތީ ކަމަށް އިހުސާން ވިދާޅުވިއެވެ.

"މޯލްޑިވްސް ނޭޝަނަލް ޕާޓީއާ ގުޅެން ނިންމި ސަބަބަކީ އެ ޕާޓީގެ ޗާޓަރުގައި ގައުމާ މެދު އޮތް ތަސައްވުރާއި އަޅުގަނޑު ގައުމަށް އެދޭ ގޮތާއި ދިމާވެ އަދި އެކަން ހާސިލް ކުރުމަށް އެންމެ ފަހިވާ ގޮތަށް ތައްޔާރުވަމުން އަންނަ އަދި ތައުލީމީ ޒުވާނުންނަށް އެންމެ ތަނަވަސް ފުރުސަތު އޮތް ޕާޓީއަކީ އެ ޕާޓީކަމަށް ގަބޫލުކުރެވޭތީ" އެމްއެންޕީއާއި ގުޅެން ނިންމާފައިވާކަން ހާމަކުރައްވާ އިހުސާނު ނެރުނު ބަޔާނުގައި ވެއެވެ.

މިފަހަކަށް އައިސް އިހުސާން ގެންދަވަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ސަރުކާރުން އިންޑިއާއާއެކު ބާއްވާ ގުޅުންތަކާ މެދު އިހުސާން އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ސިޔާސީ ޕާޓީއެއްގެ ގޮތުން އެމްއެންޕީ އުފައްދަން މަސައްކަތް ކުރުމުގެ ހުއްދަ އީސީން ދިނީ މިދިޔަ ޖުލައި މަހުގެ 15 ގައެވެ. ގާނޫނު ބުނާ ގޮތުން ހުއްދަ ދޭ ތާރީހުން ފެށިގެން ތިން މަސް ތެރޭގައި މަދުވެގެން 3000 މީހުންގެ ސޮޔާއެކު އެ ޕާޓީއެއް ރަޖިސްޓަރީ ކުރަން އީސީ އަށް ހުށަހަޅަން ޖެހެއެވެ.

ނާޒިމްއާއެކު އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ތިމަރަފުށި ދާއިރާގެ އަބްދުﷲ ރިޔާޒް ވިދާޅުވީ ޕާޓީ ރަޖިސްޓަރީ ކުރަން ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އީސީ އަށް ހުށަހަޅާއިރު 5،000 މީހުންގެ ސޮއި ހަމަކުރުމަކީ އެމްއެންޕީގެ އަމާޒެއް ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުހައްމަދު

    ތިގަތަށް މައުމޫނުވެސް ޕާޓީއުެއްދި! އެބެއަށް ވީކޮންކަމެއް.
    ތިޕާޓީވެސް ރައްޔިތުން ބަލައެއް ނުގަންނާނެ.

  2. ާައަހުމަދު

    މިއަށްމާގަ އޮތްކަހަލަ ޕާޓީއެއްދޯމީ.