ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ބައިވެރިވުމުގެ ދައުވަތު ސިފައިންގޭގައި ކުރި މަސައްކަތް ކުރެއްވި އަލީ އިހްސާނަށް ނުލިބުމުން އޭނާ ހިތާމަފާޅުކުރައްވައިފިއެވެ.

2017 ވަނަ އަހަރު އިހްސާން ސިފައިންގެ ހިދުމަތުން އަމިއްލައަށް ވަކިވެވަޑައިގެންނެވިއިރު ހުންނެވީ ކެޕްޓަނެއްގެ ރޭންކްގައެވެ. އޭނާ ވިދާޅުވީ 2005 ވަނަ އަހަރު ސިފައިންގެ ހިދުމަތާއި ގުޅިވަޑައިގެންނެވި ފަހުން މިއަހަރު ފިޔަވައި އެހެން ހުރިހާ އަހަރަކު ސިފައިންގެ އަހަރީ ދުވަހުގެ ޖަލްސާގައި ބައިވެރިވުމުގެ ދައުވަތު އޭނާ އަށް އައީ ލިބެމުންނެވެ.

ނަމަވެސް މިއަހަރު ޖަލްސާއަށް ދައުވަތު ނުދިނީ މިވަގުތު ސިފައިންގޭގައި ތިބި ވެރިން ދެކޭގޮތުގައި އޭނާ އަކީ ސަރުކާރަށް ބަދުބަސް ބުނާތީ ކަމަށް އިހްސާން ވިދާޅުވިއެވެ.

އިހްސާން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިހާރު ސިފައިންގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ފާޑުވިދާޅުވެފައެވެ. "ޖަލްސާގެ އެންމެ ކުރީ ސަފުގައި ތިބީ ސިފައިންނަށް "ބާޣީންނަށް"، "ފިނދަނަށް" އަދި "ގޮޅާފޯސްއަށް" ގޮވުމުގައި 11 އަހަރު ހޭދަކުރި މީހުން. އަޅުގަނޑަކީ 11 އަހަރު ކެނޑިނޭޅި ރެއާއި ދުވާލު އާއިލާ އާއި އަމިއްލަ ނަފްސަށް ބެލުމެއްނެތި ޖެހުނު ކޮންމެ ހިދުމަތެއް ކުރި މީހެއް. އަދުގެ ހާލަތަކީ މިއީ." އިހްސާން ވިދާޅުވިއެވެ.

އިހްސާން ވިދާޅުވީ ދިވެހި އަސްކަރިއްޔާ މުޅިން ސިޔާސީ އައްޑަނައަކަށް ހަދައިފި ކަމަށެވެ. ނަމަވެސް ސިޔާސީ މީހުން ކިތަންމެ ސިޔާސީ ވިޔަސް ގައުމުގައި ހުންނަ މިފަދަ މުއައްސަސާތަކުގެ ތެރެއަށް އަތް ބާނައިގެން ނުވާނެ ކަމަށް އިހްސާން ވިދާޅުވިއެވެ.

އިހްސާނަކީ އެމެރިކާގެ ސިފައިންގެ އޮފިސަރުން ތަމްރީން ކުރާ އެމެރިކާގެ ވެސްޓް ޕޮއިންޓްގައި ހަތަރު އަހަރުގެ ޑިގްރީއެއް ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ. މާޗު 16، 1802 ގައި އުފެއްދި އެކަޑަމީގެ 200 އަހަރުގެ ތާރީހުގައި، 4،500 ސިފައިންގެ ކޮމާންޑަރުކަން ކުރެއްވި ބޭރު ގައުމެއްގެ ހަމައެކަނި ބޭފުޅަކީ އިހުސާނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. Anonymous

    ސިފައިންގެ ސަފުތަކަތު ފިނުތަ އުފައްދާ މީހުންނަކަށް ފުރުސަތެއްނެތް!

    24
    39
  2. ނަޒީ

    އަމީން މިއަދު ހުންނާނީ ކާނޭއެއްޗެއް ނެތިފަ ތިޔަ ދަޢުވަތު ނުލިބުމުން

  3. ލަދު

    ނަމަވެސް ސިޔާސީ މީހުން ކިތަންމެ ސިޔާސީ ވިޔަސް ގައުމުގައި ހުންނަ މިފަދަ މުއައްސަސާތަކުގެ ތެރެއަށް އަތް ބާނައިގެން ނުވާނެ ކަމަށް އިހްސާން ވިދާޅުވިއެވެ." ހެޔޮ ދޯ އިހުސާނު ކިތަންމެ ސިޔާސީ ވިޔަސް

    4
    13
  4. އރ

    ހިދުމަތުން ރިޓަޔާ ކުރެއްވިގޮތުގަ ރީތިކޮށްހުއްނެވިނަމަ ދައުވަތުދޭޖެހޭނެ. އިހުސާން އަކީ މިހާރު ސިޔާސީ ބޭފުޅެއް.

    7
    10
  5. އަހައްމަދޫ

    ދެއަރ އިޒް އަ ޕްރައިސް ޓު ޕޭ ފޮރ އެވްރީތިންގ

    3
    2
  6. ހަގީގަތް

    އޭގެން އިގޭ ކަމަކީ ސަރުކާރައް ހަޖަމުނުވާކަން.
    ސަރުކާރުން ގޯސްކޮއް ކަންތައް ކުރަންޔާ ކިޔާނެ ދޯ.
    ދެން ބަލާބަލަ އެމްޑީޕީ އިދިކޮޅުގަ ތިބި އިރު ކޮންމެ ކަމަކަށް ފިތުނަ އުފައްދަމުން ދިޔައީ

    21
    2
  7. ޢަލީ

    ސިފައިންގެއިން ކެޑުމަށްފަހު ސިޔާސީ އެކްޓިވިސްޓަކަށްވީމަ ނުޖެހޭނެ ފުރުސަތު ދޭކަށް. އޭރުން އެދެވެނީ ނުބައި މެސެޖެއް

    7
    10
  8. ޜ

    ސިފައިންގެ ކަނކަމަމަށް އޭނާ ފާޑެއް ނުކިޔާ ގައުމީ ކަންކަމުގައި ފާޑު ކިޔަނީ.....

    17
    2
  9. ރާއްޖެ

    ސިޔާސަތަށް ފާޑު ކިޔުމަކީ ސިޔާސީ މީހަކަށް ވުމެއް ނޫން.

    16
    2
  10. ނާރިނގު

    ކޮންމެ ދިވެއްސެއްގެ ވާޖިބެއް ސަރުކާރުން ކުރާގޯސްކަންތަކުގެ ވާހަކަ ދެއްކުމަކީ އަދި އަމުދުން އިޙްސާނުމެންކަހަލަ އެއީ އަދި ސިޔާސީ ވުމެއްނޫން

  11. Anonymous

    އިޙްސާން ތެރިންނަކީ މިހާރު ވަރަށް މަދުބައެއް
    ޤައުމަށް ދީނަށް ވަފާތެރިއެއް އިޙްސާން ސަރއަކީ
    ފާޑުކިޔަން ޖެހޭ ގޮތަށް ކަންތައް ހުންނާތީ ޤައުމު ދެކެ ލޯބިވާ މީހުން ބަސް ބުނަންޖެހޭ. އެޅިހާ ބަތަކަށް ރިހަވެގެން ތިބޭކަށް ނުޖެހޭނެ.
    ފަޚްރުވެރި ކެޕްޓަން. ޝުކުރިއްޔާ ސަރ

  12. މަބޭ

    ގައުމަށާ މުއައްސަސާއައް ގައްދާރުވިބަޔަކު ތިބިތާކައް ނުގޮސްހުރުން މާބުއްދިވެރިވާނެ