ހޮޓަލެއްގެ ނަމުގައި ބުކިން ހައްދައިދީ, އޮޅުވާލައިގެން ރާއްޖެއަށް ބަޔަކު ގެނެސް އެ މީހުން މަގުމަތި ކުރި މައްސަލާގާއި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

އޮޅުވާލައިގެން ރާއްޖެ ގެނައި އިންޑިއާގެ 27 ފަތުރުވެރިންގެ ތެރޭގައި 13 ކުޑަކުދިން ހިމެނެއެވެ. އޭގެ ތެރޭގައި އަހަރު ނުވާ ކުޑަ ކުއްޖަކު ވެސް ހުރި އިރު، އެމީހުން ރޭގައި ތިބީ ވަންނާނެ ތަނެއް ނެތި މާލޭގެ މަގުމަތީގައެވެ.

އެ މީހުންނަކީ ކަރަންޓީންވުމަށް ރާއްޖެ އައި ބައެކެވެ.

އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ހަނަފީ ވިދާޅުވީ، އޮޅުވާލައިގެން ސައްޚަނޫން ހޮޓެލް ބުކިންގ ތަކެއް ދިނުމުގެ ސަބަބުން މަގުމަތިވި 27 ފަތުރުވެރިއެއްގެ މައްސަލާގައި ޝާމިލުވާކަމަށް ތުހުމަތުކުރެވޭ ބިދޭސީއަކު، ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މީހާ ހައްޔަރުކޮށްފައި ވަނީ ފުލުހުންނާއިި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރޭ މެންދަމު 2:00 ހާއިރު ކަމަށް ހަނަފީ ވިދާޅުވިއެވެ.

ހަަނަފީ ވަނީ މަގުމަތިވި މީހުންނަށް ޔޫތް މިނިސްޓަރ މަހްލޫފް އަހުމަދު އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) ވެދެއްވި އެހީތެރިކަން ފާހަގަކޮށްފައެވެ.

މަގުމަތިވި އެ މީހުންނަށް ތަނެއް ހަމަޖައްސައިދީފައި ވަނީ މިނިސްޓަރ މަހްލޫފްގެ އިސް ނެންގެވުމުގެ މަތިންނެވެ. އެ މީހުން ބައިތިއްބާފައި ތިބީ ހުޅުމާލެ ފުޓްބޯޅަ ސްކޫލްގެ އެކޮމަޑޭޝަން ބްލޮކްގައެވެ.

މިމައްސަލަ އާ ގުޅިގެން ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. މައުސޫމް ވިދާޅުވީ ހުއްދަ ނެތި ތަންތަނުގައި ފަތުރުވެރިން ބޭތިއްބުމަކީ ފަތުރުވެރިކަން ނޫން ކަމަށާއި އެއީ އިންސާނީ ވަގުފާރި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ައާންމުން

    ތި ބިދޭސީއަކީވެސް އިންޑިޔާ މީހެއްތަ

    37
    • ފުލުސް

      އެއީ އިންޑިއާ މީހެއް. ގައުމީސަލާމަތަށްޓަކައި އިންޑިއާމީހެއްވީމާ ގައުމު ހާމަކޮށްދެވޭކަށްނެތް.

  2. އަދުރޭ

    އިންޑިއާ މީހުންގެ ކަންތައް ބޮޑީ ހަމަ. ތިނޫން ގައުމުތަކުންވެސް ރާއްޖެއަށް މީހުން އާދޭ. އެކަމަކު ތިޔަވަރު ނުވޭ.

  3. ސޮއި

    އައްޑޫގައިވެސް މީހުން ދިރިއުޅެން ހެޔޮނުވާ ވަރުގެ ތަންތަނަށް އިންޑިއާ ގެސްޓުން ވައްދައިގެން އެބައުޅޭ. ޢެމީހުން މުޅިންވެސް އުޅެނީ މަގުމަތީގައި

  4. ބޯހަލާކު

    މިހާރުވެސް ނިކަން ހުޅުމާލެ މީހުން ދިރިއުޅޭ ގެތައް ބަލާފާސްކޮށްބަލަ އޭރުން އިނގޭނެ ، ކަރަންޓީން އަށް އައިސް ތިބިހާ މީހުން!!

  5. ކަޅުބެ

    ރާއްޖެއަކީ އިންޑިއާމީހުންގެ ކަރަންޓީނު ފެސިލިޓީ ވެރިކަމުގަހުރީވެސް އިންޑިއާގެ ތަށްޕަހުން ކަރަންޓީނުވެފަހުރި ވެރިއެއް.

    8
    1
  6. ގެރިޖުއްލާބު

    ބަލަގަ މިގައުމުގެ ތިޔަ ގޮތަށް ކަރަންޓީނުވާން ފަތުރުވެރިން ތިގެންންނަނީ ގާނޫނުތަކާ އެއްގޮތައްތޯ.ދިނިޔޭގެ އެހެން ގައުމުތަކުގަ ތިޔަ ކަރަންޓީނު ޚިދުމަތްދެނީ އެގައުމެއްގެ މީހުނާއި މުޅިން ވަކިން ތިބެވޭގޮތަށް އިންތިޒާމް ހަމަޖެހިފައިވާނަމަ.. އެގޮތް ދޫކޯށްލީމަ ކޮންމެމީހަކުވެސް އެފާޑު ކަންކަން އޮޅުވާލުމުގެ ފުރުޞަޔު އެބައޮތް. އެފުރުބަޠު ފަހިކޮށްދިނީ ސަރުކާރުން