ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުއާ ދެކޮޅަށް މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ އާއިލާ ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް އެ އާއިލާއިން ބުނެފިއެވެ.
އުމަރުއާ ދެކޮޅަށް ޝަރީއަތަށް މައްސަލަ ހުށަހަޅާނެ ކަމަށް ރިލްވާންގެ އާއިލާއިން ބުނެފައިމިވަނީ، ދާދި ފަހަކުން ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ރިލްވާންއާ ގުޅޭ ގޮތުން އުމަރު ދައްކާފައި ހުރި ވާހަކަތަކަކާ ގުޅިގެންނެވެ.
"ސަންގު ޓީވީ" ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން އުމަރު ވިދާޅުވެފައިވަނީ ނޫސްވެރިޔެއްގެ ގޮތުގައި ރިލްވާން މަސައްކަތް ކުރުމުގެ ކުރިން އޭނާ އުޅެމުން ދިޔައީ ހަރުކަށި ފިކުރު ގަބޫލު ކުރާ ރާއްޖޭގެ ޑޮޓް ޖަމިއްޔާގެ މީހުނާ އެކުގައި ކަމަށެވެ.
ރިލްވާންގެ މައްސަލަ ހިނގައިދިޔަ ގޮތް ތަފްސީލްކޮށް ކިޔައިދެއްވަމުން، އެ މަރު ހިނގިއިރު ހޯމް މިނިސްޓަރަކަަށް ހުންނެވި އުމަރު ވިދާޅުވީ ރިލްވާން ފަހުން މިނިވަން ނޫހަށް ވަދެ "ސެކިއުލާ" ވިސްނުމުގައި ހަރުކަށި ފިކުރުގެ މީހުނާ ދިމާކޮށް ވާހަކަ ދައްކަވަން ފެށުމުން ދެބައި މީހުންގެ ތެރޭގައި ކުރިމަތިލުންތަކެއް ހިނގީ ކަމަށެވެ.
އުމަރުގެ ވާހަކަތަކާ ނުރުހި ރިލްވާންގެ ދައްތަ ފާތިމަތު ޝެހެނާޒް އާދަމް ބުނީ އުމަރު ނަސީރަށް ވެސް ބޭނުންވާހާ ވާހަކަތަކެއް ނުދެއްކޭނެ ކަމަށާއި ރިލްވާންއާ ގުޅޭ ގޮތުން ދައްކާފައި އޮތީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށެވެ.
"އަޅުގަނޑު މި ކަމުގައި ގާނޫނީ އެހީތެރިކަން ހޯދާނަން ކޯޓަށް މައްސަލަ ހުށަހެޅުމަށްޓަކައި، އަޅުގަނޑުގެ ނިޔާވެފައިވާ ކޮއްކޮއަކާ ގުޅޭ ގޮތުން މިފަދަ ދޮގު ވާހަކަތައް ފަތުރަމުން ދާތީ ދައުވާ ކުރެވޭތޯ ބަލާނަން، ޝެހެނާޒް ބުންޏެވެ.
ޝެހެނާޒް ބުނީ ހަރުކަށި ވިސްނުމެއްގެ ބަޔަކާއެކު ރިލްވާން އުޅުނީ މަދު ދުވަސްކޮޅެއްގައި ކަމަށާއި އެ ވިސްނުމުގެ މީހުންގެ ހަގީގީ ފިކުރު ސާފު ވުމުން އެ މީހުނާ ދުރަށް ރިލްވާން ދިޔަ ކަމަށެވެ. ހޯމް މިނިސްޓަރަކަށް އުމަރު ހުންނެވިއިރު ރިލްވާންއަށް އިންސާފު ހޯދައިދެވިފައި ނުވާ ކަން ވެސް އޭނާ ފާހަގަކުރެއެވެ.
ރިލްވާން ގެއްލުނުތާ އެތައް އަހަރެއް ވެގެން ދިޔައިރު ވެސް އޭނާއަށް ވެގެން ދިޔަ ގޮތް ސާފުކޮށްދެވިފައެއް ނުވެއެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން އުފެއްދި ރިޔާސީ ކޮމިޝަނުން މައްސަލަ ބެލުމަށް ފަހު، ރިލްވާން ވަނީ މަރާލާފައި ކަން ވެސް ފުރަތަމަ ފަހަރަށް ހާމަ ކުރެވިގެން ދިޔައެވެ.
މަރު ކޮމިޝަނުން ބުނާ ގޮތުގައި، ރިލްވާންއާއި އޭނާގެ އެކުވެރިޔާ އަދި ބްލޮގަރު ޔާމީން ރަޝީދު މަރާލުމުގެ އިތުރުން ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ފަހަތުގައި ވެސް ވަނީ ހަރުކަށި ފިކުރުގެ ވިސްނުމުގެ ބަޔެކެވެ. ދާދި ފަހުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ފަހަތުގައި ވެސް ހަރުކަށި ވިސްނުމުގެ މީހުން ތިބި ކަމަށް ބުނެއެވެ.
ރިލްވާން ގެއްލުވާލާފައިވަނީ އޮގަސްޓް 8، 2014 ގައެވެ. ރިލްވާން ގެއްލުނުތާ ހަތް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އަދިވެސް އެ ކަންކަން ރާވައި ހިންގި މީހުނާއި، އެ ކަމުގައި އިސްކޮށް ތިބި މީހުން ފިލުވަން އެހީތެރިވި މުއައްސަސާތަކުގެ މުވައްޒަފުންނާ މެދު ވެސް ފިޔަވަޅެއް ނޭޅެއެވެ. މަރުތައް ތަހުގީގު ކުރަން މި ސަރުކާރުގައި އެކުލަވާލި ރިޔާސީ ކޮމިޝަންގެ މަސައްކަތް ވެސް ލަސްވެ އެ ކަމަށް ގިނަ ބަޔެއްގެ ފާޑުކިއުންތައް އޮތީ އަމާޒުވެފައެވެ.
އެހެންވީމާ ޢުމަރު ބުނީ ތެދެއްތާ! ހަރުކަށި ފިކުރުގެ މީހުންނާއެކު ރިލްވާނު އުޅެފި އެއްނު! އެހެންވީމާ އެމީހުންގެ ތެރެއަށް ޖާސޫސް ކުރި ކަމުގެ ތުހުމަތު ތިއޮތީ<<<<
ބަލަ ތި ރިލްވާންގެ ދައްރތަ ވެސް ތިއޮތީ އެއްބަސްވެފަނުން ބަޔަކާ އެކު އުޅުނުކަމަށް. ދެން އުމަ ރު ގޮވައިގެން ކޮންތާކަށް ދާކަށް؟
ދޭބަލަ ކޯޓަށް.
އޭގައި އުމަރުގެ މައްސަލައެއް ކޮބާ؟ އުމަރު ބުނީ އޭރު ކުރި ތަހުގީގުން ފާހަގަވި ކަމެއްގެ ވާހަކަ. އާއިލާއިން ވެސް ތިޔަ އެއްބަސްވީ ރިލުވާނު ޑޮޓު ޖަމާއަތާގުޅިގެން އުޅުނު ކަމަށް. ރިލުވާނު ދައްކާފައި ހުރި ސެކިޔުލާވާހަކަތައް އެހެރީ މިނިވަންނޫހާއި ރިލުވާނުގެ ޓުވިޓާއިން ހާމައަށް ފެންނަން. ކޯޓަށް ގޮސް އުމަރުގެ މައްޗަށް ދައުވާކޮށްގެން ތި އާއިލާއަށް ވާނެ މޮޅެއް އޮތްކަމަކަށް ނުބެލެވޭ. ގައުމުގެ ރައީސް ގާތު އަހާބަލަ 24ގަޑިއިރު ހަމަވަނީ ކިހާ ދުވަހަކުންތޯ؟ މާތާހިރު ވާނެ ރައީސް ސޯލިހަށް ދައުވާކުރަން ކޯޓަށް ދުވުނަސް. ވެރިކަމުގެ ހުވާ ކުރާތާ 24ގަޑިއިރު ތެރޭގައި ރިލުވާނަށް ވީގޮތް ހޯދާނަމޭ ކިޔާ ދޮގުހަދައިގެން ވެރިކަމަށް އެރި މީހެއް އޭނާއަކީ.
ޝެހެނާޒް ގަބޫލު ކުރިޔަސް ނުކުރިޔަސް ސޯސަލް މީޑިޔާގަ އޭނަ އުޅުނު ގޮތް ވަރަށް ގިނަ މީހުންނަށް އިނގޭ.
އުމަރު ބުންނަސް އެއީ ރަނގަޅު ވާހަކައެއް
ރިލުވާނުގެ ޓްވިޓަރ އެކައުންޓް ބެލި މީހަކަށްވިއްޔާ އެނގޭނެ އޭނަގެ ވިސްނުން ހުރީ ކިހިނެއްކަން.
ޝެހެނާޒް ބުނީ ހަރުކަށި ވިސްނުމެއްގެ ބަޔަކާއެކު ރިލްވާން އުޅުނީ މަދު ދުވަސްކޮޅެއްގައި ކަމަށާއި އެ ވިސްނުމުގެ މީހުންގެ ހަގީގީ ފިކުރު ސާފު ވުމުން އެ މީހުނާ ދުރަށް ރިލްވާން ދިޔަ ކަމަށެވެ.
ހޯމް މިނިސްޓަރަކަަށް ހުންނެވި އުމަރު ވިދާޅުވީ ރިލްވާން ފަހުން މިނިވަން ނޫހަށް ވަދެ "ސެކިއުލާ" ވިސްނުމުގައި ހަރުކަށި ފިކުރުގެ މީހުނާ ދިމާކޮށް ވާހަކަ ދައްކަވަން ފެށުމުން ދެބައި މީހުންގެ ތެރޭގައި ކުރިމަތިލުންތަކެއް ހިނގީ ކަމަށެވެ.
މަރުކޮމިޝަނަކީ ކޮން ބޭނުމެއްގަ އުފެއްދި ކިމިޝސނެއްތޯ؟މަގުސަދު ހާސިލްވޭތޯ.އެމީހުންނަށް ކޮންކަމެއްތޯ ކުރެވުނީ؟
ފުރަތަމަ ތި އާއިލާ އާއި ދެކޮޅަށް ކޯޓަށް ދާންވީ ރައީސް ޔާމީން ގެ އާއިލާ އިން ހެން ހީވަނީ ޕީޕީއެމް ގެ ވެރިކަމުގާ ގޮވި ގޮވެލިފަތި ކޮބާތަ ތިޔަ އާއިލާ އިން؟ ތި އާއިލާ އިން މިހާރު ތިކަމުގާ ވަރަށް ޑްރާމާ ތައް ކުޅެފި ދެއްތޯ ؟ ދޭބަލަ އިބޫ ގޮވައިގެން ކޯޓަށް ކެރޭނެތަ؟
ޝެހެނާޒު ވެސް އެއްބަސްވާކަމެއް ޢުމަރުވެސް ބުނީ މިސަރުކާރުހިންގާތާ ސައުވީސްގަޑިއިރު ހަމަވާއިރަށް ރިޟުވާނާ ބެހޭ ތަހުގީގުގެ ހުކުންއިއްވާނެ ފޮނިކެޑިމީހުންގޮވައިގެން ދޭބަލަ
ތިޔަ ޝެހެނާޒޭ ކިޔާ މީހާއަކީ ތަނެއްދޮރެއް ނޭނގޭ ބުރާންޗެއް.
ކޮއްކޮ ސަލާމަތްކުރަން އުޅެ މީހާ ފަލީހަތް
އުމަރު ހުއްޓާޅައިފި ބާސްކެޓް ކުޅުން. ދެން ކޯޓަށް ގޮސްގެން ކުޅޭނެ ޗަރުކޭހެއް ނެތް. ޢަދިވެސް ތިކަން ކާމިޔާބުކުރެވުނިއްޔާ ކުރެވޭނީ އުމަރަށް
ކޯޓައްވެސް ދާންވީ، ސަމީމު ލޯފާމާވެސް ގުޅެންވި، ބޭނުންހާވާހަކަޔެއް އުމަރަކަސް ނުދެއްކޭނޭ ބުނާއިރު، ރިލްވާނައް ވީ އެހެނޭ މިހެނޭ ކިޔައިގެން ބޭރުގައުމައްހުރެ ނަސީދު އޭރުދެއްކި ހުރިހާ ވާހަކަޔާ، އިމްރާނު މޭޑޭގަ ހެކި ހޯދިގޮތުގެ ވާހާކަޔާ، ކޮމިސަނެއް ހަދައިގެން ރައްޓެހިންނައް މުސާރަދީގެން 3 އަހަރު ވީއިރު އާކަމެއް ނުހޯދުނުތާކު، ނަސީދާ އިމްރާނު ދެއްކިވާހަކަ އޮޅުންފިލުވާލަން ތަނަކައް ހާޒިރުވެސް ނުކޮއްލާތީ އެއީ ތިއާއިލާ މާމުހިންމު ކަމަކައްނުވޭބާ!
ލޯބިވާ ކޮއްކޮ ގެއްލިގެން ހަފުތާއެއް ވީއިރުވެސް ތިޔަ ކޮއްކޮ ދެކެ ލޯބިވާ އާއިލާ އަށް އިނގުން ނުވޭ. ވަރަށް ވެދުން އާއިލާއަށް.
ރައީސް ސޯލިހު މިއާއިލާ އަށް މުޅި ގައުމަށް ފާޅު ވާ ގޮތަށް ވިދާޅު ވި ވެރިކާމާއި ހަވާލުވާތާ 24 ގަޑިއިރު ތެރޭ މަރުގެ ހަގީގަތް ހާމަ ކުރާނަމޭ އެހެން ވީމާ ސޯލިހް މެންނަށް އެމް ޑީ ޕީ އަށް އޭރު ހަގިގަތް އެނގެނީތާ އެސުވާލު ތިޔަ އާއިލާ އިން ނުކުރަނީ ކީއްވެ މިހާރު އެދުވަސް ފާހަގަ ކުރަން ހިނގާލުމެއް ވެސް ނުބާއްވާ މިއީ ކުޅޭ ޑްރާމާއެއް އޭނަ ގެ މަންމަ ބުނި ރައީސް ޔާމިނަށް މަހުޝަރުގައި ވެސް މައާފު ނުކުރާނަމޭ .... މުޅި ގެ ޜީދޫ ކުަލައިން ޖަރީ ވެފަ ހީވަނީ 2023 ގައި އަނެއްކާ މިއާއިލާ މަގުތަކަށް ނުކުމެ ހޯބޯ ލަވާނެހެން މިގައުމުގައި ކިތައް މީހުން ވީނުވީ ނޭނގި މަރު ވި ގެއްލިއްޖެތަ މިސަރުކާރު އައި ފަހުން ކިތައް މީހުން މަރާލައިފި ޓެކްސީ ޑްރައި ވަރު އިހަށ ްދުވަހަހު ހުޅުމާލޭގައި މާރަ އެއްލާލި ކުޑަ ކުއްޖާ ކޮބައިތަ މަރުތަކާއި ގުޅިގެން މަގުތަކަށް ނުކުންނަ ކުދިން