ސިޔާސީ ހަރަކާތެއް ކަމުގައިވާ ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) އިން ފްލެޓް ދޫކުރުމުގެ ވިސްނުމަށް ތާއީދު ނުކުރާނެ ކަމަށާއި އެ ހަރަކާތުގެ ތާއީދު އޮތީ ގޯތި ގެދޮރު ދޫކުރުމުގެ ވިސްނުމަކަށް ކަމަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޑީއެންއޭގެ މުއައްސިސް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިސްވެ ހުންނަވައިގެން "ގޯތި ގެދޮރުގެ ވިސްނުން - ފްލެޓްގެ ވިސްނުމެއް ނޫން ނަމުގައި" ކްލަބް ހައުސް މެދުވެރިކޮށް ކުރިއަށް ދިޔަ ސެޝަންގައި އޭނާ ވިދާޅުވީ، އުސްް އިމާރާތްތަކުގެ ދިރިއުޅުން ދޫކޮށްލައި ރަށްފުށުގެ އަރާމު ދިރިއުޅުމަށް ދިވެހިން ރުޖޫއަ ވާން ޖެހޭ ކަމަށެވެ.

"ރަށްފުށުގެ އަރާމު ދިރިއުޅުމަކީ ދިވެހިން އެއް ގޮތަކަށް ވެސް ދޫކޮށްލައިގެން ވާނެ އަރާމު ދިރިއުޅުމެއް ނޫން. ގޮނޑުދޮށްތަކުގައި ދުވެ މޫދަށް އެރި އުޅުމުގެ ފުރުސަތު އަޅުގަނޑުމެންގެ ދަރިންނަށް އޮންނަން ވާނެ." އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، ވޭތުވެދިޔަ 40 ގެ އަހަރުތަކުގައި ދިވެހިންގެ ދިރިއުޅުން ދުރުވެ އުސް އިމާރާތްތަކުގެ ތެރެއަށް ދާން މަޖުބޫރު ވާން ޖެހިފައިވާ ކަމަށެވެ. ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 47 އިންސައްތަ މާލެއަށް ހިޖުރަ ކުރަން މަޖުބޫރުކޮށް، އެ އާބާދީގެ 74 އިންސައްތަ ކުލީގެ އަޅުވެތި ކަމަށް ގެންގޮސްފައިވާ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

މި މައްސަލަ ކުރިމަތިވާ މައިގަނޑު ސަބަބަކީ ރާއްޖޭގެ ސިޔާސީ ލީޑަރުންގެ އަމިއްލަ އެޖެންޑާ ކަމަށް އުމަރު ވިދާޅުވިއެވެ. އެއް ކަމަކަށް އޭނާ ފާހަގަކުރެއްވީ ބިން ވިއްކަން ސަރުކާރުތަކުގެ ސިޔާސަތާއި، އާންމުން މަހު ކުލި ދައްކާ ގޮތަށް ފްލެޓް ދޫކުރުމުގެ ސިޔާސަތެވެ.

"ފްލެޓް ދޫކޮށްގެން ކުލީގެ ދަރަނިވެރިކަމުގައި އުޅެން ޖެހެނީ. ފައިސާ އޮތް މީހުންނަށް ގުޅީފަޅު، ތިލަފުށި، ހުޅުމާލެއިން ބިން ގަނެވޭ ގޮތަށް އޮތީ. ސަރުކާރުން ވިޔަފާރިއެއްގެ ގޮތުގައި ބިން ވިއްކުން ހުއްޓާލަން ޖެހޭ،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ޑީއެންއޭއިން ހުށަހަޅަނީ ސަރުކާރުން ބިމުގެ ވިޔަފާރި ހުއްޓާލާނެ ކަމާއި ފްލެޓް ދޫކުރުގެ ވިސްނުމުގެ ބަދަލުގައި ގޯތި ގެދޮރު ދޫކުރުގެ ވިސްނުމެއް ކަމަށެވެ.

"ފްލެޓްގައި ދިރިއުޅުމަކީ ދަތި އުނދަގޫ ކަމެއް. ދިވެހިންގެ ދިރިއުޅުން މުޅިން ފްލެޓަށް ނިންމައިލުމަކީ އަޅުގަނޑުމެން ތާއީދު ކުރާ ވިސްނުމެއް ނޫން. އަޅުގަނޑުމެން ތާއީދު ކުރަނީ ގޯތި ގެދޮރުގެ ވިސްނުމަކަށް." އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން އުމަރު ފާހަގަ ކުރެއްވީ މާލެ ތޮއްޖެހިފައި އޮތް އޮތުން ވެސް ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ. އެއީ ދަތި އުނދަގޫ މަސައްކަތަކަށް ވި ނަމަވެސް އެއީ ކުރެވޭނެ ކަމެއް ކަމަށް އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުން، އެ ކަން ހައްލު ކުރަން 15 އަހަރު ދުވަހުގެ މެދު ރާސްތާގެ ޕްލޭނެއް ޑީއެންއޭއިން ދަނީ އެކުލަވާލަމުންނެވެ. އެ ޕްލޭން ތަންފީޒުވެއްޖެނަމަ، ގޯތި ގެދޮރަށް ދިމާވެފައިވާ މައްސަލަ ހައްލު ވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"2045 ވަނަ އަހަރު އަންނަ އިރު، ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހަދަން ޑީއެންއޭއިން ކުރާ އުއްމީދު ހަގީގަތަކަށް ވެއްޖެ ނަމަ ދިވެހިންގެ ގޯތިގެދޮރުގެ މައްސަލަ 15 އަހަރު ދުވަސް ތެރޭގައި އިރާދަކުރެއްވިއްޔާ މުޅިން ހައްލު ވެގެން ދާނެ." އުމަރު ވިދާޅުވިއެވެ.

އާންމުންގެ ތެރެއިން އަމާޒު ކުރެވުނު ސުވާލުތަކުގެ ޖަވާބުގައި ވެސް އުމަރު ފާހަގަކުރެއްވި ކަމަކީ، ސަރުކާރުން ބިމުގެ ވިޔަފާރިކޮށް އާދައިގެ ނިކަމެތިންނަށް ދަރަންޏެއްގެ ގޮތުގައި ފްލެޓްތައް ދޫކުރާތީ ވޭތުވެދިޔަ ތަނުގައި ދިވެހިން ނިކަމެތިވެގެން ދިޔަ ކަމަށެވެ. ޑީއެންއޭގެ ސަރުކާރެއްގައި އެ ކަން ނުކުރާނެ ކަމަށް އުމަރު ތަކުރާރުކޮށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ްގާސިމް

    ރާއްޖެތެރޭ ފަޤީރު ދެމަފިރިއެއްގެ ދެދަރިން މާލެއައިސް މޮޅަށް ކިޔަވައި، ވަޒީފާ ހޯދައި ލިބޭހައި ރުފިޔާ ފައިސާއެއް މާލޭގެ ގޯތިވެރިންނަށް ދީފައި، ކޮންމެވެސް ހިސާބަކުން ތަގުދީރުނިޔާކުރާ ގޮތެއްގެ މަތިން ސަރުކާރުން އެމީހުން މިހަދަނީ ޢުމުރުގެ ބާކީ ދުވަސްތަކުގައި ދަރަނިވެރިންނަށް ފްލެޓުދީގެން. އެމީހުން ޢުމުރު ހުސްވާއިރު މިލިބެނީ 2 ނުވަތަ 3 ކޮޓަރީގެ ފްލެޓެއް. ދަރިންބޮޑުވެ މީހުންނާ އިނުމުންވެސް އަނެއްކާ އެދަރިންވެސް ވަނީ ދަރަނިވެރިންނަށް ފްލެޓުދީގެން. ސަރުކާރުގެ ސިޔާސަތު އޮތްގޮތުން މަދުބަޔަކަށް ނޫނީ ބިންވެރިންނަށް ވެވޭނެ ގޮތެއްނެތް.
    މީގެ ބަދަލުގައި ސަރުކާރުގެ ސިޔާސަތަށް ގެންނަ ކުޑަބަދަލަކުން ގޯތިގެދޮރުގެ މައްސަލައާއި، އޮފީސްތަކުގެ ޖާގައިގެ މައްސަލައަށްވެސް އެކަށީގެންވާ ބޮޑު ހައްލެއް ލިބެން އެބައޮތް.
    1. ސަރުކާރު އޮފީސްތަކުގައި ވަޒީފާ އަދާކުރާ މުވައްަޒަފުންގެ ތެރެއިން "ވޯރކް ފްރޮމް ހޯމް" ހެދޭގޮތަށް ތިބި މީހުންނަށް އެފުރުޞަތު ދިނުން.
    2. މިކަމަށްޓަކައި ސިވިލް ސާރވިސް އަދި އެހެނިހެން އިދާރާތަކުގެ މުވައްޒަފުންނާ ބެހޭ ޤަވާއިދުތައް ވޯރކް ފްރޮމް ހޯމް ހެދޭ ގޮތަށް ބަދަލުކުރުން.
    3. މީގެ ސަބަބުން އުފަން ރަށަށް ގިނަ ބަޔަކު ބަދަލުވުމުން އޮފީސްތަކުގެ ޖާގަ ތަނަވަސްވުން. އަދި ރަށް އެކަށީގެންވާ ޢާމްދަނީއެއް ވަނުން. އަދި ރަށުގެ ތަޢުލީމީ މީހުން ރަށުގައި ދިރިއުޅުމަށް ޝައުޤުވެރިވުންފަދަ ގިނަގުނަ ފައިދާތަކެއް ލިބިގެންދިއުން.
    މިކަންކަމަކީ ބޮޑެތި މެނިފެސްޓޯތައް ހަދައި ރައްޔިތުންގެ އަތުން ވޯޓު ހޯދައިގެންނޫނީ ނުވާނެ ކަންކަމެއް ނޫނެވެ. ރައްޔިތުންދެކެ ލޯބިވާ ސަރުކާރެއްނަމަ މިހާރުންމިހާރަށްވެސް ގެނެވިދާނެ ބަދަލުތަކެކެވެ.
    ކޮވިޑް19 އިން ދަސްވީ މިގޮތަށް މަސައްކަތްކުރެވިދާނެކަމެވެ. އަދި ރައްޔިތުންވަނީ އެގޮތަށް ދޭޚިދުމަތްތައްވެސް ބަަލައިގެންފައެވެ.
    ވަރަށް ސަލާމް....

    4
    2
  2. ޝޮކްތެރަޕީ

    ސިންގަޕޫރުގަ ފްލެޓު އަޅަންވެގެން މީސްމީހުންގެ ގެދޮރުނަގާފަ ބޮޑެތި މާސިންގާ އިމާރާއްތަ އަޅަނީ ސަަބަބުތަ ނެތީކީނުން ބިބުގެ ދަތިކަން ސިންގަޕޫރުގަ އޮތީމަ.

    6
    3
  3. ގެދޮރުވެރި

    މަވެސް ބޭނުން އެކަމަކު ކޮންތާކު އެވަރަށް ބިންއޮތީ ވެރިކަމަށް އަންނަން ރައްޔިތުން ގުބޯ ހައްދަން ނޫޅޭ!

    12
    2
  4. ޔަގީނޭ

    ކްލަބް ހައުސް ގައި ތިބޭ އެއް ބަޔަކު ކުރާ ސުވާލު ތަކަށް ޖަވާބު ދީގެން އުމަރުމެންނަށް ހީވަނީ ރާއްޖޭގެ ރައްޔިތުން ބޭނުންވާ ކަންކަން ނެރެވޭނެ ހެން އެކަމެއް އެގޮތަށް ނުވާނެއޭ ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ މާލެ ސަރަހައްދު ތަރައްގީ ކޮށްގެން އެގޮތުން ބަލާއިރު އުމަރު މާލެ ސަރަހައްދުގައި ގޯތި ނެތް މީހުންނަށް ބިން ދޭން ބުނާއިރު ބިންދޭނެ ތަންތަން ވެސް ކަނޑައަޅަން ޖެހޭނެއޭ މާލޭން ގޯތި ގެދޮރު ބޭނުންވާ މީހަކު ނުދާނެއޭ އައްޑޫ އަށް ގޯއްޗެއް ހޯދަން އެ މެތަޑް ސްޓޭޓްމެންޓް ކިޔާ ދޭން ޖެހޭނެއޭ ރާއްޖެ ތަރައްގީ ވާނީ މާލެ ސަރަހައްދަށް ރާއްޖޭގެ 5 ހާހުން ދަށުގެ ހުރިހާ އާބާދީ ތައް ބަދަލު ކޮށްގެންނޭ އެކަން ކުރަން މާލެ ސަރަހައްދުގައި ހުރިއްޔާ ހުރި ހުރިހާ ފަޅު ތައް ހިއްކާ ފަޅު ތަކުން ގޯތި ކުއްޔަށް ދޭންވީ ކޮންމެ މީހަކަށް 10 ހާސް އަކަފޫޓްގެ ބިމެއް ހިލޭ އެއިރުން ވިޔަފާރި ވެސް އަދި އެހެނިހެން ކަންކަން ވެސް ތަރައްގީ ވާނެ ކަން އެއީ ޔަގީން ކަމެކޭ...

    5
    2
  5. ނަޖީބު އައްބާސް

    އަޅުގަނޑު މިދުވަކުވެސް އުމަރު ނަސީރައް ތާއީދުކޮއް ބަހެއް ބުނިމީހެއްނޫން އެކަމަކު މިފަހަރު ތިދެއްކީ ސިޔާސީ ލީޑަރަކު ދެއްކި އެންމެ ރަނގަޅު ވާހަކަތައް ކަމުގަ ދެކެން! ދުނިއޭގެ ގައުތަކުގަވެސް ދިރި އުންފަށައި ގަންއިރު ފުލެޓެއްގަ އުޅުނަސް ފުރިހަމަ ދިރި އުޅުމަކައް ދާން ގެއެއްގަތުން ނުވަތަ ބިންގަނެ ގެއެޅުމަކީ ކުރާކަމެއް އެއިރުން ގެނެ ފުލެދޫކޮއްލާމީހަ ފުލެޓު ހުސްވީމަ ފައިގަންމީހަޔައް ފުލެޓު ލިބޭ! އެކަމަކު މިގައުމުގަ ކަންކުރަނީ އެކޮށީގަ އުމުރު ހުސްކުރަން މަޖުބޫރު ވާގޮތައް

    3
    4
  6. ފިލީތޭ

    އުމަރު ނަސީރު ކިއެއްވެތޭ މާލެ ސަރަހައްދުގެ ރައްޔިތުންނާއި ބައްދަލު ކުރަން ނޫޅެނީ ޓީވީން ލައިވް ކޮށް ޕްރޮގްރާމް ތައް ގެނެސްދޭންވީ ނޫންތޭ މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ގޮތަށް މިހާރު މާލެ ސިޓީ ކައުންސިލުން ވެސް އެެކަން ހުއްޓާލީދޯ ރައްޔިތުންގެ ކަން ބޮޑުވުން ތައް ހައްލު ނުކުރެވޭ ކަން އެގިގެން މާލެ ސިޓީ ކައުންސިލުން ވެސް އެނގިގެން ހޮރަށް ވަދެ ފިލީދޯ...

    4
    1
  7. ނުވާނެއޭ

    ޑީއެންއޭ ޕްލޭން ގައި އޮތް އެއް ކަމެއް ވެސް އުމަރަށް ނުކުރެވޭނެއޭ އުމަރަށް ރާއްޖޭގެ ވެރިކަން ނުދޭނެއޭ ރައްޔިތުން މިފުރަ މާލޭގައި އުޅޭ އާންމު ރައްޔިތުންނާއި އުމަރާއި އެއްވެސް ގުޅުމެއް ނޯވޭ އާންމު ރައްޔިތުންނާއި ބައްދަލު ވާ މީހެއް ނޫން އުމަރަކީ އަދި އުމަރު މެން ކެމްޕެއިން އޮފީސް ހުންނަނީ ކޮން ތާކު ކަން ވެސް އިނގޭ ދިވެއްސަކު މާލޭގައި ނޫޅެއޭ..

    5
    1
  8. ދިސްވޭ

    ޑީއެންއޭ ގެ ޕްލޭނެއް އޮތް ކަމަށް ރައްޔިތުންނަށް ނޭގެއޭ އުމަރު ދުވަނީ ދެން ޕެޓީ މީޑިއާ ތަކުގެ ގާތުން ތިއަށް ވުރެން ރަނގަޅުވާނެއޭ ރާއްޖޭގެ މަޝްހޫރު އޮންލައިން ނޫސް ތަކުގައި ވަކިން ޕޭޖް އެއް އުމަރު މެން ހަދައިގެން އޭގައި އުމަރު މާލެ ސަރަހައްދުގެ ވިޔަފާރި ތަކަށާއި އަދި މާލެ ސަރަހައްދުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ގޯތި ދޭނެ ގޮތާއި އަދި ރާއްޖޭގެ އާބާދީގެ %98 މާލެ ސަރަހައްދަށް ބަދަލު ކުރާނެ ގޮތާއި ގުޅޭ ޕްލޭން ހުށައަޅަމުން ދިޔައިއްޔާ..

  9. އައުޓް

    އުމަރަށް އިޝޫ ބޭސްޑް ކެމްޕެއިން ކުރަން ނޭގޭތީވެ އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް އުމަރު އައުޓް

  10. ވިސްނާލުމަށް އެދެމޭ

    މަ ހާޖައްރާފުއޮތީމަ ބިން ހިއްކިދާނެކަން އުމަރަށް ހީވާތީ ގޯތިދޭންބުނަނީ. ވެރިކަންލިބުނީމަ ހިއްކާނެ ފަޅެއް ގިރިއެއްނެތޭބުނާނެ..މިއަދު ބައިސާކަޑަން ފިނިކޮޓަރީގައޮތްއިރު ގައުމުގަ ހުރި ފަޅިގިރިތައް ވިއްކާ ހުސްވެއްޖެކަމެނޭގޭ މަ ހާޖައްރާފުގެ ހޮޅިވައްޓާލާތަނުން ފަ ހަތުންގޮވާނެ އުޓާއު އުޓާއު ޔޭ ހަމާރާ ތަންތަނޭ..އުމަރު ކަ ހަލަ ހަސަދަވެރިންނަ އަދުލުވެރިކަމެ ނުކުރެވޭނެ..ތިއީވެސް އިންޑިއަން ވޭރިއަންޓެ..ސޮރީ ބާއި ރައީސްކަމަށް އައްޗާނެ ހީ ހޭ ..

  11. ޑރ. ރާމީ ޙަސަން މަނިކު ވައިނުޖެހޭގެ

    (1)ރާއްޖެ ތެރޭގައި އަންހެނުންނަށް ގޯއްޗެއް، ފިރިމީހާ އަށް ގޯއްޗެއް. އަނބިމީހާ ގެ ގޯތީގައި ގެސްޓް ހައުސް ހަދާ، ކޮޓަރިއެއް ދުވާލަކަށް 400 ޑޮލަރަށް. (2) މާލޭ ގެ ގޯތި ނެތް މީހުންނަށް މައުމޫނު ވެސް، ނަޝީދު ވެސް، ވަޙީދު ވެސް، ހިންނަވަރު އިބްރާހިމް ވެސް ހެދީ ދޮގާއި، މަކަރާއި ހީލަތް. (3) މާލެ ހިއްކަން މައުމޫނު ފުރަތަމަ ވެލިމުށް އަޅާލީ، މާލޭ ގެ ގޯތިނެތް މީހުންނަށް ގޯތިދޭން. (4) މައުމޫނު ގޯތި ދިނީ އަނީސާ އަޙްމަދު އަށާއި، ރާޝިދާ ޔޫސުފު އަށާއި މައުމޫނުގެ މީހުންނަށް. (5) މި ފަހަރު ކިތަންމެ ގިނަ ކެންޑިޑޭޓުންނެއް ކުރިމަތިލިޔަސް، ހޮވޭނީ މާލޭގެ ގޯތި ނެތް މީހުނަށް ގޯތިދޭން ޔަޤީންކަމާއިއެކު އެއްބަސްވުމަކަށް އަންނަ މީހަކަށްކަން ގިނަ ސިޔަސީ މާހިރުން އެއްބަސްވޭ.

  12. ސސ

    ފުލެޓަކީ އެއްގޮތަކަށްވެސް ދިރިއުޅެން ކަމުދާ ތަނެއްނޫ، ރައްވެއްސަކަށްވާނީ ގޯތި ބިން ލިބި ދިރިއުޅެގެން، ގޭވަށައި ކުޑަ ބަގީޗާ އާއި ގަސް އިންދޭނީ ގޯތީގައި، ފުލެޓް އެއީ ހިޖުރަވެރިން ދިރިއުޅޭތަނެއް ރައްވެ ހި މުވާތިނުން ދިރިއުޅެން ކަމުދާތަނެއްނޫން !