މި ސަރުކާރަށް އިންސާފު ހޯދައިނުދެވިއްޖެ ނަމަ ދެން އެހެން ސަރުކާރަކަށް އިންސާފު ހޯދައި ދެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް މި ސަރުކާރުގެ ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.
މިރޭ "ވަގުތު ހަވާސް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝިދާތާ ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ އިންސާފު ހޯދައި ދިނުމުގެ ވައުދާއި އެކުގައި ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަފްރާޝީމް އަލީގެ މަރާއި، ނޫސްވެރިޔާ ރިލްވާން ގެއްލުނު މައްސަލައިގެ އިތުރުން ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ފަދަ ބޮޑެތި މައްސަލަތަކުގެ އިންސާފު ހޯދައިދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދުކަން ޝިދާތާ ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް އެ މައްސަލަތަކުގެ އިންސާފު ހޯދައި ދިނުމަށް މިހާތަނަށް އައި އިރު އެންމެ އުންމީދު ކުރި ވަރަށް މަސައްކަތް ނުކުރެވޭ ކަމަށާއި އެކަމާއި ހިތާމަކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ސަރުކާރުން ހޯދައި ނުދެވުނު އިންސާފެއް ދެން އެހެން ސަރުކާރަކަށް ހޯދައިދެވިދާނެ ކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދު އެއީ އިންސާފު ހޯދާ ދިނުމަކީ." އޭނާ ވިދާޅުވިއެވެ.
ޝިދާތާ ވަނީ މަރުގެ މައްސަލަތަކާއި ވީނުވީ އެއް ނޭނގި މީހުން ގެއްލުމުގެ މައްސަލަތަކުގެ އިތުރުން ދައުލަތުން ގެއްލިފައިވާ ފައިސާ އަނބުރާ ދައުލަތަށް ހޯދައި ދިނުމަށް މި ސަރުކާރުން ވެފައިވާ ވައުދު ފުއްދައި ދިނުމަށް ވެސް އެންމެ އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަމަށް ފާހަގަކުރައްވާފައެވެ.
ޝިދާތާ ވިދާޅުވި ގޮތުގައި، މި ކަންކަމުގެ ހަގީގަތް ހޯދައި އިންސާފާ ހަމައަށް ގެންދިއުމުގައި އެންމެ ފަހި މާހައުލެއް ގާއިމް ވެފައި އޮތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމަށެވެ. އެއް ސަބަބަކަށް ފާހަގަ ކުރެއްވީ ރައީސްއަށް ފުރިހަމަ އަޣުލަބިއްޔަތެއް މަޖިލީހުގައި އޮތުމެވެ. އަނެއް ސަބަބަކަށް ފާހަގަ ކުރެއްވީ ބައިނަލް އަގްވާމީ އަދި ޚާރިޖީ ގުޅުންތައް ވެސް ރައީސްގެ ވެރިކަމުގައި މާ ބޮޑަށް ފަހިކޮށް އޮތުމުން ކަމަށެވެ.
އެހެން ވިޔަސް ގޮތް ނޭނގޭ މަރުތަކަށް އިންސާފު ދިނުމާއި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި އިންސާފު ހޯދައިދިނުމުގައި ސަރުކާރުގެ މަސައްކަތް އަދި ފެންނަނީ ވަރަށް "ދޯހަޅި" ކޮށް ކަމަށް ވެސް ޝިދާތާ ވިދާޅުވިއެވެ.
މި ސަރުކާރުން ޚިޔާނާތުގެ މައްސަލަތަކުގެ ތެރެއިން އެންމެ އިސްކަމެއް ދޭނެ މައްސަލައެއްގެ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ފާހަގަކުރާ އިރު އެ މައްސަލައިގައި ވަކި ބަޔަކާއި އެކަނި ސުވާލު ކުރާތީ އެކަމާއި މެދު ޝިދާތާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް އެ މައްސަލައިގައި ދައުވާކޮށް ހުކުމް ކުރި އިރު އެ މައްސަލައިގެ ތުހުމަތު ކުރެވޭ އެހެން މީހުންނާއި ސުވާލު ނުކުރަނީ ކީއްވެގެންތޯ ޝިދާތާ ވަނީ ސުވާލު އުފައްދަވާފައެވެ. އަދި އެ މައްސަލަ ރަނގަޅަށް ބަލައި އިންސާފު ނުލިބެންވީ އެއްވެސް ސަބަބައެއް އޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ޝިދާތާ ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން ޝިދާތާ ވަނީ މެއި މަހު ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާ އަށް އިންސާފު ހޯދައި ދިނުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށް ފާހަގަކުރައްވާފައެވެ. އެ މައްސަލަ ހައްލުކުރުމަކީ ރާއްޖޭގެ ހަމަޖެހުމަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
މީނަ މިކިޔާ ލަވައަށް ބެރުޖަހާނެ ގޮތެއް ބުނެދޭން އެގޭނެބާ؟ބެރު ނުޖެހުނަސް އެއްކަމެއް ޔަޤީނާ ގާތަށް އެބަ ބުނެދޭ. އެއީ މީ އެއް ތާސްބައެއްކަން.
އަނގަގަދަ މިތުރު! ފަހުން އަނެއްކާވެސް އަނގަ ޗޭ މިތުރަކަށް ވާނީ! ބޭކާރު މީހެއް
ޔަގީނުންވެސް އިންސަފް ލިބޭނެ ގިޔާމަތްދުވަހުން އެދުވަހަކުން ރޯޔަލް ބަހަނާއެއްނުދެއްކޭނެ ވައްސަލާމް
އިންސާފްއިންސާފްއިންސާފް ތަސްބީހައެއްކިޔާހެންކިޔައިގެން ލިބޭއެއްޗެއްނަމަ މިވެރިކަމުގައިލިބޭނެ! ވަށައިގެންވާމާހައުލަށް ފެތޭނީތިޔަގޮތަށްކަންކަންބައްޓަންކޮށްގެން! އިންސާފުކޯދުލާއަރާތީ ހަމަ😆😆😆😆😆😆😆😆😆
މަންޖެ މުއާއާ އިނީ އަ ހަރުމެން ބުނެ ގެނެސް ނޫން. ދެން ވަރިކުރީމަ އިންސާފޯ.
ތިޔަކަން ގަބޫލު ނުކުރާކަމުގެ ވަރަށްބޮޑު ހެއްކެއް ސިދާތާ އަދާލަތުޕާޓިން ވަކިވެ އަލަށް އުފައްދާ ޕާޓީ އަކާ ތިގުޅުނީ. މިހާރު އަނެއްކާ މީޑިއާ ތަކުގެ ސަމާލުކަން ހޯދަން ތިޔަ އުޅެނީ. ތިޔައީ މިހާރު ސިޔާސީ ހައްޕުނޑު.
ކޮން ޝިދާތާއެއްތޭ ބޮޑު އެއް ޝިދާތާ އޮންނާނީ އިނގޭތޭ ތިޔާއީ ބޮޑެތި ކަނޑުކޮހުންނޭ ތަމެން ސިޔާސީ މައިދާނުގައި އުޅުމުގެ ބަދަލުގައި މީހުންނާއި އިނދެ ވަރިކުރެވޭތޯ ބަލަންވީ ނޫންތޭ އިނދެ ވަރިކުރެއޭ އިނދެ ވަރިކުރެއޭ އިނދެ ވަރިކުރެއޭ އިނދެ ވަރިކުރެއޭ އިނދެ ވަރިކުރެއޭ އިނދެ ވަރިކުރެއޭ އިނދެ ވަރިކުރެއޭ އިނދެ ވަރިކުރެއޭ އިނދެ ވަރިކުރެއޭ އިނދެ ވަރިކުރެއޭ އިނދެ ވަރިކުރެއޭ އިނދެ ވަރިކުރެއޭ އިނދެ ވަރިކުރެއޭ އިނދެ ވަރިކުރެއޭ އިނދެ ވަރިކުރެއޭ އިނދެ ވަރިކުރެއޭ އިނދެ ވަރިކުރެއޭ އިނދެ ވަރިކުރެއޭ އިނދެ ވަރިކުރެއޭ އިނދެ ވަރިކުރެއޭ އިނދެ ވަރިކުރެއޭ އިނދެ ވަރިކުރެއޭ އިނދެ ވަރިކުރެއޭ އިނދެ ވަރިކުރެއޭ އިނދެ ވަރިކުރެއޭ އިނދެ ވަރިކުރެއޭ އިނދެ ވަރިކުރެއޭ އިނދެ ވަރިކުރެއޭ އިނދެ ވަރިކުރެއޭ އިނދެ ވަރިކުރެއޭ އިނދެ ވަރިކުރެއޭ އިނދެ ވަރިކުރެއޭ އިނދެ ވަރިކުރެއޭ އިނދެ ވަރިކުރެއޭ އިނދެ ވަރިކުރެއޭ އިނދެ ވަރިކުރެއޭ އިނދެ ވަރިކުރެއޭ އިނދެ ވަރިކުރެއޭ އިނދެ ވަރިކުރެއޭ
ކަމަނާ ދިވެހި ރައްޔިތުންނަށް ތިޔަ ހޯދާދެއްވަން އުޅޭ އިންސާފު އަކީ ވަކި މީހަކު ޖަލުގައި ބޭޢްވުމުން ލިބޭ އިންސާފެއްތޯ….
ޗަކޮޔާ! ކާކަށްތަ މި ވެރިކަމުގައި އިންސާފު ލިބުނީ! ޗަކޮޔަށްތަ؟