ފުލުހުންގެ އެންމެ އޮފިސަރަކު ނުވަތަ ދެ އޮފިސަރަކު ކުރާކަމަކުން މުޅި މުއައްސަސާ ބަދުނާމްވެ، މުއައްސަސާގެ ރީތިނަން ގެއްލިގެންދާ އެއްވެސް ކަމެއް ނުުކުރުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ، ނ. މަނަދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތުގެ ބިންގާ އަޅަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އިމްރާން ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަކީ 21 ވަނަ ގަރުނުގައި ރައްޔިތުން އެދޭފަދަ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދީ، ރައްޔިތުންގެ އިތުބާރާއި ޔަގީންކަށް ލިބި، ރައްޔިތުންގެ ފުރިހަމަ ލޯބި ލިބިގެންވާ މުއައްސަސާއަކަށް ހެދުމަށް އަޒުމް ހިފާފައިވާ ކަމަށެވެ.

އެގޮތުން، ފުލުހުންގެ އައު ގާނޫނެއް ވުޖޫދުކޮށް، އޭގެ ދަށުން ގަވައިދުތަކެއް ހަދައި، އަތޮޅުތެރޭގައި ފުލުހުން އިންތިޒާމުވާނެ ގޮތް އިތުރަށް ތަރުތީބު ކުރެއްވި ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ފުލުހުންނަށް ފުރިހަމަ ތައުލީމާއި ތަމްރީނު ލިބިގެންދާނެ ގޮތުގެ މަސައްކަތްތައް އިތުރަށް އަމުނާ އެކުލެވި ހަރުނަދާ ނިޒާމެއްގެ ތެރެއަށް ފައްތައި ފުރިހަމަ ކުރުމުގެ މަސައްކަތް ކުރެވެމުން ދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި މިއަދު އަތޮޅުތެރޭގައި ފަސް ރީޖަނުގައި ފުލުހުން އެތުރިގެންދާއިރު، މި ސްޓޭޝަންތަކާ އެކުގައި ފުރިހަމަ ވަސީލަތްތައް ގާއިމުކުރެވި ފުލުހުން ހިދުމަތް ދިނުމަކީ ރައްޔިތުންގެ އަމާންކަމާއި ރައްކާތެރިކަން ކަމުގައި ވިދާޅިވިއެވެ.

އިމްރާން ވަނީ ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ ފުރިހަމަ ލޯތްބާއި އިތުބާރާއި އިހުތިރާމް ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތުގައި، ގެންނަ ބަދަލުތައް ވަރަށް ލޯތްބާއި އިހުތިރާމާއެކު ބަލައިގަންނަ އޮފިސަރުންނަށް ފުލުހުން ވެވަޑައިގެންނެވުމަށް އެދިލައްވަފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޢަހަންމާ

    ތީ ވާރަށް ނުބާ ނުލަފާ މީހެއް އިމްރާން

    10
  2. މާމީ

    ފުލުހުން ގެ ނަން ހަޑިކުރަނީ ޕޮލިހުން އަމިއްލައައް

    11
  3. ހުސޭނުބޭ

    ކޮބައިހޭ ރީތިނަން ގެއްލިދާ ޑޮކިއުމަންޓްތައް! ހުސް ކަރުދާސްތަކެއްނަމަވެސް ދައްލަބަލަ!

    10
  4. ބޭބެ

    ކަލޭތީ ދިވެހި ފުލުހުންނަށް ހުރިހުތުރެއް!! ކަލޭ އިސްތިއުފާދީފަ މީހާރު ފިލަންވީ!! ދިވެހި ފުލުހުން ކުރިމަތީ ދިވެހި ރައްޔިތުން ކުރިމަތީ އެއްވުމެއްގައި ސިޔާސީ މަންފާއެއްގެ ބޭނުމުގައި ފާޑެއްގެ ކަރުދާސްތަކެއް ދައްކާފަ މިހިރީ ހެއްކޭ، މިހިރީ ހެއްކޭ ކިޔާފަ ރޯބުހުތާން ދޮގުހަދާފައިވާ މީހެއް!! ބޮޑު ދޮގުވެރިއެއް!! މުނާފިގުން އުޅޭހެން އުޅޭ މީހެއް!! ކަލޭ ތިއަޅަން އިއުލާންކުރި ޖަލު ނިކަން ރަގަނޅަށް އަވަހަށް ހަދާ ނިންމާ!! ކަލޭމެން އެތަނަށް ވައްދަން ނެތް ދެން މާގިނަދުވަހެއް! ދިވެހި ރައްޔިތުންވަނީ ކެތްމަދުވެފަ ވަނީ އެކަންކުރަން ކެތްމަދުވެފަ!

  5. ދީދީބެ

    ފުލުހުންގެ ރީތިނަން ގެއްލިގެންދާ އެއްވެސް ކަމެއް ނުކުރަން ފުލުހުންގެ ކިބައިން އިމްރާން އެދިބަލަ... ބަސް އޮޅުނީތަ އޮޅޭ ސަރު ކާރު

    11
  6. އަލްޖިބްރާ

    ދެން ކީއވެގެންތަ ހަޑޫ ބަސްތާއެއްގާ " ވީ " ހުރީމަ މުޅިހަޑުބަސްތާގަ އޮތީ ހުސް " ވީ " އޭ ކިއަނީ ؟

  7. ތެދު

    އަގެއްނެއްމީހެއްތީ...!!!!

    10
  8. ސޯލޭ

    އަދިވެސް ރައްޔިތުންގެ ކިބައިންދޯ އެދެންވީ.ފުލުހުންކައިރީންވެސް އެދެންވީނުން .މަހަކު އެއްފަހަރުކަހަލަ ގޮތަކަށް ފުލުހަކު މިވެނިކަމެއްކޮށްފި.ތަނަކުން ނެރެފި.ތަނެއްގަ ތިއްބާ ފެނިއްޖެ.ދަނިކޮށް ފެނިއްޖެ.ރަށުރައްޔިތުންއައިސް ރަށުންބާލައިފި. ގެއަކުން ދަމާ ނެރެފި.މިވަރަކުން މިދަނީ.އެމީހުންވެސް އެބަޖެހޭ އިސްލާހުވާން.

  9. ޢަބްދުﷲ

    ފުލުހުންގެ ރީތިނަން ގެއްލިގެންދާ އެއްވެސް ކަމެއް ނުކުރަން ރައްޔިތުންގެ ކިބައިން އިމްރާން އެދިއްޖެ

    13 ސިކުންތު ކުރިން ( ސެޕްޓެމްބަރު 1, 2021 )

    އަންހެން ވެރިންގެ އިއްފަތް ގެއްލޭ އެވެސް ކަމަކަސް އިމުރާނު ހިއްވަރު ނުދިނުމަށާ އެފަދަ

    އެއްވެސް ކަމެއް ނުކުރުމަށް ގޮވާލަން . އަދި ގާނޫނުންބޭރުން ކައިވެނި ނުކުރުމަށާ މިފަދަ

    އަމަލްތަކަށް ބާރު ލިބޭފަދަ ކަން ކަން ކުރުން ވަގްތުން ވަގްތަށް ހުއްޓާލުމަށް ގޮވާލަން.

    رئيس يامين عبد القيوم ވަގުން ވަގްތައް މިނިވަންކުރޭ #

    India Out # India Out # India Out #

  10. އަލި

    އަޖައިބެއްކަހަލަ ކަމެއް. ޢެމީހުން ހެއޮދޯ ރައްޔިތުންނގެ މުދާ ފޭރި ހަލާކު ކޮއް ހުސްކުރިއަސް ތިބައި ގަނޑުގެ ރީތި ނަމެއް އޮންނާނީ ރީތިގޮތެއް ފޮތެއް ހުރިނަމަތާ. ޢައްޗީޑި ތީ މުޑުދާރުބައެއ

  11. ބޫ

    ރައްޔިތުންގެ ލޯބި ލިބިފައޮތް ޤަދަރުވެރި މުއައްސަސާއެއްތީ. އެކަމު މުވަގުތު ތަންހިންގަން ތިބީ އެއްވެސް އިތުބާރެއް ކުރެވޭ ބައެއްނޫން. ތީ ދޮގުވެރިއެއްކަން ނުދަންނަ މީހަކު މިޤައުމުގަ ނޫޅޭނެ. ދެން ހުރީ ޤައުމުގެ ސިއްރު ލިޔުންތަކެއް ވވިއްކާލި މީހެއް. ތި ދެމީހުންގެެ ސަބަބުން އެއް ދުވަހުން އަނެއް ދުވަހަށް ތަނުގެ އަގު ވެއްޓި އިތުބާރު ގެއްލެމުންދަނީ. ދެން ބަނޑިޔާ ޖައްސާ އޭރުން އޯކޭ ވާނެ. އަދި އެއް ކަމެއް ކޮބާ ޔޫރިންނުދީ ފިލި މީހާ.

  12. ސދމ

    ދިވެހި ރައްޔިތުންނާ ހަވާލުކޮށްފަ ބޭފުޅާ ދުރައްޖެހިލަން ފެންނަވާހަކަ ވަރަށް އަދަބު އިޚްތިރާމާއި އެކު ދަންނަވަން.އޭރުން ރައްޔިތުން ވަރަށްރަނގޅައްގެންދާނެ ................

  13. ސޭޑް މޯޑް

    ފުލުހުންގެ ރީތި ނަން ދަމަހައްޓަން ޖެހޭނީ ފުލުހުން.. ޓޯވ ކޮށްފައި ހުންނަ ވެހިކަލްތަކުން ވައްކަންކުރަނީ ރައްޔިތުންނެއް ނޫން