ޓެލެގްރާމް ގްރޫޕެއް ހިންގައި އެ ގްރޫޕަށް މީހުންގެ ބަރަހަނާ ފޮޓޯތައް އަޅަމުން ދިޔަ ދިވެއްސެއްގެ ހާޑް ޑްރައިވްގައި މިލިއަނަށް ވުރެ ގިނަ ބަރަހަނާ ފޮޓޯތައް ހުރި ކަމަށް ފުލުހުން ބުނެފިއެވެ.

މީހުންގެ ފޯނުތައް ހެކްކޮށް އޭގައި ހުރި ބަރަހަނާ ފޮޓޯތަކެއް ލީކުކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ހަ ދުވަހުގެ މުއްދަތެއް ޖަހައިފައެވެ. ހައްޔަރު ކުރި މީހާއަކީ އުމުރުން 36 އަހަރުގެ މއ. އިސްޕަންޖުގެ މަސާއިދު ބިން ސަމީއުއެވެ.

ކްރިމިނަލް ކޯޓުގައި އިއްޔެ ކުރިއަށް ދިޔަ ބަންދުގެ މުއްދަތުގެ މަޖިލީހުގައި ފުލުހުން ބުނެފައިވަނީ މަސާއިދު ބިން ސަމީއުގެ އޮފީހުގައި ބޭނުން ކުރާ ކޮމްޕިއުޓާ ސިސްޓަމުގެ ދެ ހާޑް ޑްރައިވް ތަހުލީލު ކުރުމުން އެއް މިލިއަނަށް ވުރެ ގިނަ ބަރަހަނާ ފޮޓޯއާއި މީހުންގެ ޕާސަނަލް ފައިލްސް ފެނިފައިވާ ކަމަށެވެ.

އޮފީހުގެ ވަތްގަނޑުގެ ތެރެއިން އިތުރު ދެ ހާޑް ޑްރައިވްއާއި، ގެއިން ހަތް ހާޑް ޑްރައިވް ފެނިފައިވާއިރު އެ ވެސް ތަހުލީލު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭ ހާޑް ޑްރައިވްތައް ތަހުލީލު ކުރަމުންދާތީ އޭގައި ހުރި ފޮޓޯގެ އަދަދު ހުރި ވަރެއް އަދި ނޭނގެއެވެ.

މީގެ އިތުރުން މަސާއިދު ބިން ސަމީއު ބޭނުން ކުރާ ކަމަށް ބެލެވޭ އައިޕީ އެޑްރެސްއެއް މެދުވެރިކޮށް، މީހެއްގެ ފޮޓޯތަކެއް މީސް މީޑިއާއަށް ލީކް ކޮށްލާފައިވާ ކަމަށް ބެލެވޭ ސްކްރީން ޝޮޓެއް ފުލުހުން ކޯޓަށް ހުށަހަޅާފައިވެއެވެ.

ބަންދުގެ މަޖިލީހުގައި ދިފާއީ ވަކީލު ވިދާޅުވެފައިވަނީ ހުށަހަޅާފައިވާ ހެކި ގަރީނާ ފޯމުގައި ބަޔާން ކޮށްފައި ނެތް އެތައް އެއްޗެއް ފުލުހުން ޝަރީއަތުގެ މަޖިލީހުގައި ފާޙަގަ ކޮށްފައިވާ ކަމަށާއި އެހެންވެ އެ ތަކެއްޗަކީ ރިއާޔަތް ކުރެވޭނެ ތަކެއްޗެއް ނޫން ކަމަށް ކަނޑައަޅައިދޭން ޖެހޭނެ ކަމަށެވެ.

ބަންދުގައި ގިނަ ދުވަސްތަކެއް ވެސް މަސާއީދު ހޭދަ ކޮށްފައިވާއިރު، ފުލުހުން އަދިވެސް ދައްކަނީ ތަހުގީގީ މަރުހަލާގައިވާ އެއްޗެހިތަކެއްގެ ވާހަކަ ކަމުން ބަންދަށް ލުޔެއް ދޭން ވެސް އެދުނެވެ. އެކަމަކު މައްސަލަ ބައްލަވާ ގާޒީ ނިންމެވީ ބަންދަށް އިތުރު ހަ ދުވަހުގެ މުއްދަތެއް ޖެހުމަށެވެ.

ދިވެހިންގެ ބަރަހަނާ ފޮޓޯތައް ޓެލެގްރާމްގައި އާއްމު ކުރުމުން މިދޭތެރެއިން ވަރަށް ބޮޑަށް އާއްމުވެގެން ދިޔައެވެ. އެފަދަ ގްރޫޕްތައް ހިންގާ މީހުން ހިމެނޭހެން ގްރޫޕްތަކުގެ މެންބަރުންގެ ފޯން ނަމްބަރުތައް ވެސް ލީކް ކޮށްލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އައްޔަ

    ހުރިހާ ހާޑެއްގަ ހުރީ މިލިޔަނެއްހާ ފޮޓޯއޭބުނިއިރު ބަލަ
    މުންދާ މައްސަލަޔާ ގުޅުންހުރި ކިތައް ފޮޓޯ ކަމމމ
    ން ނުބުނޭ. އެއީ ކީއްވެބާ

  2. ޑިމޮކްރަޓިސްޓް

    ލީކުކުރާމީހާދޯ މި ގޯސްވަނީ؟ ބަރަހަނާ ފޮޓޯނަގާމީހުންގެ މައްސަލަ ނުބަލަނީ ކީއްވެ؟

    1
    1
  3. Anonymous

    އަމިއްލަ ބަރަހަނާ ފޮޓޯ ނަގައިގެން ފޯނުގައި ރައްކާ ކުރާ މީހުންވެސް ކުށްވެރި ކުރުން އެދެން

    4
    2
  4. އަދުލުއިންސާފު

    އޮރިޔާން ފޮޓޯ ނެގީމަދޯ އެހެންމީހަކާ ލީކުކުރެވުނީ. ކުށް ފުރަތަމަކުރީ ފޮޓޯ ނެގި މީހާ. ފޮޓޯ ނެގި މީހާ ކުށެއް ކޮށްފި. އެމީހާ ކުށް ކުރީމަ އެހެން މީހަކަށް ކުށެއް ކުރަން ފުރުސަތު ލިބުނީ. ޕޮލިސް ކީއްވެބާ ފޮޓޯ ނެގި މީހާގެ މައްސސަލަ ނުބަލަނީ

  5. ޓައްޕުބެ

    މުއްދަތު ޖަހަން ފަޑިޔާރަށް އޮޅުވާލަން ތަފުސސ ސީލު ނުދީ ފުލުހުން ބުނީ ހާޑުގަ މިލިޔަނެއްހާ ފޮޓޯހުއްޓޭ. ހާޑުގަހުރީ ކިތައް އޮރިޔާން ފޮޓޯއެއްކަމެއް ނުބުނޭ. އޮރިޔާން ފޮޓޯ ހުއްޓޭ ނުވަތަ ނެތެކޭވެ ސް ނުބުނޭ. އަޑުއަހާ މީހާއަށް ހީވާނީ މިލިޔަނެއްހާ އޮރިޔާން ފޮޓޯއޭ.

    1
    2