ބަދުއަޙްލާގީ އަމަލު ހިންގަން ތިއްބާ ހައްޔަރު ކުރި ހއ. ދިއްދޫ ހޮސްޕިިޓަލް މެނޭޖަރު އަޝްރަފް އުސްމާން ޝަރުތުތަކާއި އެކީ ދޫކޮށްލައިފިއެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ބިދޭސީ އަންހެން ނަރުހަކާއި އެކީ ގުޅުން ހިންގަނިކޮށް ކުށުގެ ވެށިންނެވެ.
އޮގަސްޓް މަހުގެ 27 ވަނަ ދުވަހުގެ ރޭ އޭނާ ހައްޔަރުކުރިއިރު، އޭނާގެ ބަންދަށް ޖަހާފައި ވަނީ ހަތް ދުވަހެވެ.
އޭނާގެ ބަންދުގެ މުއްދަތު މިއަދަށް ހަމަވާއިރު، ބަންދުގެ މުއްދަތު ޖެހުމަށް މިއަދު ދިއްދޫ ކޯޓަށް ހާޒިރު ކުރުމުން ވަނީ ޝަރުތުތަކާއެކު ދޫކޮށްލާފައެވެ.
އެ މައްސަލާގައި ހައްޔަރުކުރި އަންހެން ނަރުސް ވަނީ ކޯޓަށް ނުގެންގޮސް ދޫކޮށްލާފައެވެ.
😂 ކޮންކަހަލަ ޝަރުތު ތަކެއްބާ؟ ދެން ފަހަރަކުން ކޯޓް ނުވާނެ ކަމަށް ޝަރުތުކޮށް ކަންނޭނގެ އަނެއްކާ. ޝަރުއީ ނިޒާމު ވެސް ބޮއްސުންލާފަ. ނަރުހަށް ކިހިނެތްތޯ ހެދީ. މިއީ މިކަހަލަ ކަންކަން ކުރުމަށް ދޭ ހިތްވަރެއް.
ސަޅި
މިއީ މުސްލިމް ޤައުމަކަށް ވީއިރު ހިލޭ އަންހެނަކާއި ފިރިހެނަކު ބަދުއަޚުލާޤީ އަމަލު ހިންގަނިކޮށް ހިފާ ހައްޔަރު ކޮށްފަ އެއްވެސް އަދަބެއް ނުދީ ދޫކޮށްލަން އިސްލާމް ދީނުގަ އޮންނަނީ ކޮން ޝަރުތެއް ކަން ސާފު ކޮށްދީބަލަ ؟
ކުށް ތަކުރާރު ނުކުރުމަށް ޝަރުތު ކުރާނި. އެކަމަކު ހީވަނީ އެމަންޖެ ދެކެ ލޯބިވަންޏާ ދާނެ ހެން.
އިތުރު ޕްރޮމޯޝަނެއް ދެނީތަ؟ ނޫނީ ތަންކޮޅެއް ގިނައިން އެކަން ކުރުމަށް ޝަރުތުކުރީތަ؟