ޑްރަގު ކޯޓުން ފަަރުވާއަށް ހުކުމްކޮށް ފަރުވާ ފެއިލްވެގެން ޖަލަށް ގެންދާ މީހުން ގިނަވެ، ޖަލުގެ އާބާދީ އިތުރުވުމުގެ ބިރު ބޮޑުވެއްޖެއެވެ.
އެންޑީއޭ އިސްލާހުކުރަން ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާއި ގުޅޭ ގޮތުން ކަމާއި ބެހޭ ގިނަ އިދާރާތަކެއް އިއްޔެ ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން ސުޕްރިޓެންޑްޓު އޮފް ޕްރިޒްންސް އިބްރާހިމް ނާޝިދު ވިދާޅުވީ، މަސްތުވާތަކެތީގެ އެކި ކަހަލަ މައްސަލަތަކުގައި މި ވަގުތުވެސް ޖަލުތަކުގައި 556 މީހުން ހުކުމް ތަންފީޒު ކުރަމުންދާ ކަމަށެވެ. މި މީހުންގެ ތެރޭގައި 86 އިންސައްތަ މީހުންނަކީ މަސްތުވާތަކެތީ ބޭނުންކުރާ މީހުންނެވެ.
އޭނާ ވިދާޅުވި ގޮތުންނަމަ ޖަލަށްލާ 60 އިންސައްތަ މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި ގުޅުންހުރި މީހުންނެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރަމުންދާ 167 މީހަކު ޖަލުގައި އެބަތިއްބެވެ. އެ މީހުންނަށް ހުކުމް ކޮށްފައިވަނީ މީގެ ކުރީގެ ގާނޫނުގެ ދަށުން ކަމަށް ނާޝީދު ކޮމިޓީއަށް މައުލޫމާތު ދެއްވިއެވެ.
އޭނާ ވިދާޅުވީ ޑްރަގު ކޯޓުން ހުކުމްކޮށް ފަރުވާ ފެއިލްވެގެން މި ވަގުތުވެސް 298 މީހަކު ޖަލުގައި އެބަތިބި ކަމަށެވެ. އެ އަދަދު އިތުރުވަމުން އަންނަކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެއީ ޖަލުގައި އާބާދީއަށް އޭގެ އަސަރުކުރާނެ ކަމެއް ކަމަށެވެ.
"މި އަދަދު އިތުރުވަމުންދާތީވެ ޖަލުގައި އާބާދީ އިތުރުވުމުގެ ފުރުސަތު ވަރަށް ބޮޑުވޭ އެކަމުގެ ސަބަބުން" ނާޝިދު ވިދާޅުވިއެވެ. މީގެ ތެރޭގައިވެސް ގިނައީ ޒުވާނުންނެވެ.
ފުލުހުން އިއްޔެ ކޮމިޓީއަށް މައުލޫމާތު ދެއްވާފައިވާ ގޮތުން މަސްތުވާތަކެތީގެ ވަބާގައި ޖެހި، ވަންނާނެ ތަނެއް ނެތި 547 މީހުން މާލޭގައި "މަގުމަތިވެފައި" އެބަ ތިއްބެވެ. މަގުމަތީގައި އުޅޭ މީހުންގެ ތެރެއިން 335 މީހުންނަކީ ޑްރަގް ފަރުވާގެ ނިޒާމުގައި ތިބެން ޖެހޭ ނުވަތަ ފަރުވާ ބޭނުންވާ ފަރާތްތައް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ތިވާހަކަ ނުދައްކާ. ތީހަމަ ހުރިހާ ސަރުކާރަކުންވެސް އިހުމާލުވާކަމެއް. އަދި މިހާރު އިންތިހާޔަށް. މަސްތުވާތަކެތި ރާޢްޖެއަށް އެތެރެވަނީވެސް އަދި ވިއްކެނީވެސް އަދި ބޮވެނީވެސް ހަމަ ސަރުކާރުތަކުގެ އިހުމާލުން. މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑުންނަކީ ހުރިހާ ސަރުކާރެއްގައިވެސް ނުފޫޒުގަދަ ސިޔާސީ މީހުންގެ ރުހުން ލިބިގެން އެހީތެރިކަން ލިބިގެން އޮތަރޭޓްވާ ކަމެއް. އެއީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް އެކަން ހިނގަމުންދާ ގޮތް. ވަކީން ހާއްސަކޮށް ކޮރަޕްޝަން ހައްދުން ނެޓިފައިވާ މިކަހަލަ ގިނަގައުމުތަކުގައި.
ތިފަދަ މީހުން އެމީހުންގެ އާއިލާތަކާއި ހަވާލުކޮށްގެން ބަލަން ހަވާލުކުރަންވީދެން އެމީހުން އިހުމާާލުން ކުދިން ހަލާކުވެގެންދަނީ..
ހަގީގަތުގަ ފެއިލް ވީމުވައްސަސާ ތަކެވެ.
ފަރުވާއަކީ ކުށުން ބަރީއަ ކުރަންޖެހޭ ކަމެއް ނޫނެވެ. އަދި ކުޑަކުދިން މަސްތުވާތަކެތީގެ ތެރެއަށް ވައްދާ އެއްވެސް ފަރާތަކަށް ފިޔަވަޅު އެޅޭގޮތަށް ޤާނޫނުތައް ހަދަމުން ނުގެންދަނީ، ސިޔާސީ މުޖުރިމުން އެކަމުގެ ތެރޭގައި ޝާމިލުވާލެއް ބޮޑުކަމުންނެވެ.