މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމާއި ގެދޮރު އަޅަން ބިން ނުދެވިއްޖެ ނަމަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި އެމްޑީޕީގެ އަތުން ވެރިކަން ދޫވެގެން ދާނެ ކަމަށް އެ ޕާޓީގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ މަޖިލިސް މެންބަރުން ވިދާޅުވެއްޖެއެވެ.

ނަޝީދުގެ ފެކްޝަންގައި ހިމެނޭ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވަނީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ބޯހިޔާވަހިކަމުގެ ވައުދުތައް ނުފުއްދޭ މައްސަލައެއް ހުށަހަޅުއްވައިފައެވެ.

އެ މައްސަލަ ތަޅުމަށް ބަލައިގަނެ ބަހުސަށް ހުޅުވާލީ އެންމެ 11 މެންބަރުންގެ ވޯޓުންނެވެ. އެއް މެންބަރަކު ވަނީ ބަހުސަށް ހުޅުވާލަން ނުފެންނަ ކަމަށް ވޯޓު ދެއްވައިފައެވެ. އަށް ޑިހަ ހަތް މެންބަރުން ތިއްބަވާ މަޖިލީހެއްގައި އެމްޑީޕީގެ 65 މެންބަރުން ތިއްބެވި އިރު، ރައީސްގެ ފެކްޝަންގެ މެންބަރުން މި މައްސަލައިގެ ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވާ ކަމަށް ބެލެވެއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން ބޮންޑެ ވިދާޅުވީ، މާލެ ހިމެނޭހެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ސަރުކާރުން ވެސް ހިންގާ ފްލެޓްގެ އެކި މަޝްރޫއުތަކަކީ "ކޮތަރު ކޮށިތަކެއް" ގެ މަޝްރޫއުތަކެއް ކަމަށެވެ. ރައީސްގެ ވައުދުފުޅާ އެއް ގޮތަށް މަޝްރޫއު ނުހިނގާ ކަމަށް ބޮންޑެ ވިދާޅުވިއެވެ.

"ވައުދެއް ވީމަ ވައުދެއް ފުއްދަން ޖެހޭނެ، މާލޭގެ އާއިލާތައް ނިކަމެތި ހާލަތުގައި އެބަ ދިރިއުޅޭ، މާލޭގެ ރައްޔިތުންގެ އަޑުނާހާ ވެރިކަން އަތުން ދޫވާނެ." ބޮންޑެ ވިދާޅުވިއެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވިދާޅުވީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލު ކުރަން މިހާތަނަށް މަސައްކަތް ކުރެވުނީ ނަޝީދުގެ ވެރިކަމުގައި ހިންގި "ވެށިފަހި މާލެ" ޕްރޮގްރާމްގައި ކަމަށެވެ. އެކަމަކު ދެން އައި ސަރުކާރުތަކުން އެ ޕްރޮގްރާމް ތަންފީޒު ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުގައި ވެސް އެ މަސައްކަތް ނުކުރެވުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ފުރަތަމަ ފަހަރަށް އެމްޑީޕީއަށް މާލޭގެ މެޖޯރިޓީ ގެއްލުން ކަން އިންތި ފާހަގަ ކުރެއްވިއެވެ. ވެރިކަން ދެވަނަ ދައުރަކަށް ހޯދަން މި ކަން ކުރަން ޖެހޭ ކަމަށް އިންތި ވިދާޅުވިއެވެ.

"ކައުންސިލް އިންތިޚާބު ގެއްލުމަށް ފަހުގައި މާލޭގެ ރައްޔިތުންނާ ސަރުކާރުން އަދި ބައްދަލުކޮށްލުމެއް ނެތް، ރައްޔިތުންގެ މަޖިލީހުގައި މި ތިއްބެވި މާލޭގެ ގިނަ މެންބަރުންނާ މި ވީ ގޮތް އަހާލުމަށް ޓަކައި ބައްދަލުކޮށްފައެއް ނެތް، މާލެ ދޫކޮށްލައިގެން އެމްޑީޕީއަށް ލިބޭނެ ވަކި މޮޅެއް ނެތް،" އިންތި ވިދާޅުވިއެވެ.

މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު) ވިދާޅުވީ މާލޭގެ ރައްޔިތުންނަކީ ދައުލަތަށް ޓެކްސް ފައިސާ ދައްކާ ބޮޑު އާބާދީއެއް ކަމަށާއި އިންތިޚާބުތަކުގައި މާލޭގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ލިބެމުން ދިޔައީ ބޯހިޔާވަހިކަމުގެ ވައުދު އެ ވަރަށް "ވިއްކައިގެން" ކަމަށެވެ.

މެންބަރު ވިދާޅުވީ، އެހެން އިންތިޚާބުތަކުގައި ވެސް އެމްޑީޕީއަށް ކުރި ލިބިގެން ދިޔައީ މާލެއިން ބޮޑު ޚިއްސާއެއް އެ ޕާޓީއަށް ލިބިގެން ކަމަށެވެ. އެހެންވެގެން އެކަމަކީ މި ސަރުކާރާއި އެމްޑީޕީން ވިސްނަން ޖެހޭނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވީ އެންމެ އަސާސީ ހައްގު ކަމުގައިވާ އެކަށޭނަ ބޯހިޔާވަހިކަމެއް ނެތި މާލޭގެ އެތައް ރައްޔިތަކު ދިރިއުޅެމުން ދަނިކޮށް، އެ ކަމަށް އެއްވެސް ހޭދައެއް ނުކޮށް އެއާޕޯޓެއް އޮތް އަތޮޅެއްގައި އިތުރު އެއާޕޯޓެއް އަޅަން ހަވާލުކުރުމުން ހައިރާންވި ކަމަށެވެ.

މީކާއީލް އިޝާރާތް ކުރެއްވީ ރައީސް ސޯލިހްގެ ޅިޔަނު އަދި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ނިސްބަތްވާ އަލިފުށީގައި އަޅަން ހަވާލުކުރި އެއާޕޯޓްގެ މަޝްރޫއަށެވެ.

"ވަކި ބަޔަކު ބޭނުންވެގެން، ވަކި މީހަކަށް ޓަކައި، މުޅި ރައްޔިތުންގެ ޓެކްސް ފައިސާ މިސް މެނޭޖް ކުރެވިގެން ނުވާނެ،" މީކާއީލް ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ މަސްރަހު ހޫނުވެ، ދެ ފެކްޝަންގެ މެންބަރުން ގެންދަނީ ބަހުގެ ހަމަލާތައް ރައްދު ދެއްވަމުންނެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަކުރައްވަން ނިންމެވިއިރު، ރައީސް ސޯލިހް ވެސް ވާދަކުރައްވާނެ ކަމަށް އަދި ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ކަނބުލޮ

    މާލޭރައްޔިތުންނަކީ ބިން ބަލަހައްޓަން ނޭނގުނު ބައެއް ދެން އަނެއްކާ އަނެއްފަހަރު ބިން ދިނީމާ ބިން ހަދައިގެން ކުއްޔަށް ދޭނީ އެ ބިންވެރިންގެ ދަރިން އުޅޭނީ ސަލާނޖަހަން.

    25
    16
  2. ރ

    އެެހެން ނޫނަސް ބަލި ވާނެ ކަލޯ މެން ދީނާ ކުޅޭ ވަރުން އިންޑިޔާ އަށް ގައުމު ދީފާ ވާތީ

    40
    2
  3. އިހުސާސް

    މާލެ ކާރީ އޮތް ހުޅުމާލެ އަކީ މުޅިރައްޔިތުނގެ މިލްކެއް، މީކާއީލް ވިދާޅުވިބސް ރަނގަޅު ނަމ ވަކި ބަޔަކު ބޭނުންވެގެން، ވަކި މީހަކަށް ޓަކައި، މުޅި ރައްޔިތުންގެ ޓެކްސް ފައިސާ މިސް މެނޭޖް ކުރެވިގެން ނުވާނެނަމަ ހުޅުމާލެ ހަމަ މާލެމީހުންނަށް ދިނުން ކިހިނެއް ވަކި ހަމަޖެހެނީ؟

    25
    10
  4. ރައްކާވޭ

    ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ

    20
    5
    • މަނީމަނީސ

      އަދި ނުދޭތޯ

  5. ޙާމަ

    ޥެރިކަން ދޫވެދާނެކަމާމެދު ޝައްކެއްވެސް ނެތެއްނުންތޯ...ތިބޭފުޅުން ވެރިކަމައް އާދެވުނީވެސް އަސްލު ރައްޔިތުންއަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނަމޭ ކިޔާފަ ކެޑި ފޮނިިން ..3 އަހަރު ވޭތުވެގެން ދިޔައިރު އަދި ތިކަން ވާނެކަމުގެ ކޮޅުމަތި ރައްޔިތުން އަށް ދައްކާނުލާ...ތިވަރު ބަޔަކައް ދެން ކިހިނެއް ވޯޓްދޭނީ...

    24
    3
  6. ކުފޫހަމަނުވޭ

    ރައީސް އިބޫ އެވަނީ ރާއްޖޭގެ އެންމެ ބޮޑު އާބާދީ އޮތް މާލެ ސަރަހައްދުގެ ރައްޔިތުންނަށް ދިރިއުޅެން ގޯތި ގެދޮރު ހިލޭ ދޭނަމޭ ބުނެ އެކަން ނުކޮށް އަދި މާލެ ސަރަހައްދުގެ ވިޔަފާރި ވެރިންނަށް ތިލަފުށި ހިއްކާ އަދި އުތުރު ތިލަފަޅު ހިއްކައިގެން އެތަނުން ގޯތި ދޭނެ ކަމަށް ވައުދުވެ އެއާއި ވެސް ޚިލާފުވެފައޭ މިކަން ކަން ނުކޮށް ދައުލަތުގެ ބަޖެޓުން މިލިއަނުން ޚަރަދުކޮށްގެން ރާއްޖެތެރޭ ރަށްރަށުގެ ޕެޓީ ކަންކަން އިފްތިތާހު ކުރަން ރިބަން ފަށް ކަނޑަން ދިއުން އެއީ މާލެ ސަރަަހައްދުގެ ރައްޔިތުން ކަންފަތް މައްޗަށް އަތް ދޮވެލުމޭ ރައީސް އިބޫ އަކީ އެއީ ރާއްޖޭގެ ވެރިކަަމަށް ކުފޫ ހަމަވާ މީހެއް ނޫނޭ ކުފޫހަމަނުވޭ ކުފޫހަމަނުވޭ ކުފޫހަމަނުވޭ ކުފޫހަމަނުވޭ ކުފޫހަމަނުވޭ ކުފޫހަމަނުވޭ ކުފޫހަމަނުވޭ ކުފޫހަމަނުވޭ ކުފޫހަމަނުވޭ ކުފޫހަމަނުވޭ ކުފޫހަމަނުވޭ ކުފޫހަމަނުވޭ ކުފޫހަމަނުވޭ ކުފޫހަމަނުވޭ ކުފޫހަމަނުވޭ ކުފޫހަމަނުވޭ ކުފޫހަމަނުވޭ ކުފޫހަމަނުވޭ ކުފޫހަމަނުވޭ ކުފޫހަމަނުވޭ ކުފޫހަމަނުވޭ ކުފޫހަމަނުވޭ ކުފޫހަމަނުވޭ ކުފޫހަމަނުވޭ ކުފޫހަމަނުވޭ ކުފޫހަމަނުވޭ ކުފޫހަމަނުވޭ ކުފޫހަމަނުވޭ ކުފޫހަމަނުވޭ ކުފޫހަމަނުވޭ ކުފޫހަމަނުވޭ ކުފޫހަމަނުވޭ ކުފޫހަމަނުވޭ ކުފޫހަމަނުވޭ ކުފޫހަމަނުވޭ ކުފޫހަމަނުވޭ

    12
    4
  7. މަލާމާތެކޭ

    މާލެ ސަރަހައްދުގައި ހުރި މައްސަލަ ތައް ފުނިޖެހިފައި ސްޕެޝަލީ މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ހިއްކާ މާލެ ސަރަހައްދުން ބޯހިޔާ ވައްސެއް ބޭނުންވާ ކޮންމެ ދިވެހިރައްޔިތަކަށް ހިލޭ 10 ހާސް އަކަފޫޓްގެ ބިން ދޭން ވައުދުވެ އެވައުދު ނުފުއްދާ ރައީސް އިބޫ ސަރުކާރުގެ ބަޖެޓުން ބޮޑެތި ޚަރަދުކޮށްގެން ރާއްޖެތެރޭ ކުދި އާބާދީ ތައް ހިމެނޭ ރަށްރަށަށް ދަނީ އެއީ މާލެ ސަރަހައްދުގައި ދިިރިއުޅޭ މީހުންނަށް ކުރާ މަލާމާތެއް ނޫންތޭ މަލާމާތެކޭ މަލާމާތެކޭ މަލާމާތެކޭ މަލާމާތެކޭ މަލާމާތެކޭ މަލާމާތެކޭ މަލާމާތެކޭ މަލާމާތެކޭ މަލާމާތެކޭ މަލާމާތެކޭ މަލާމާތެކޭ މަލާމާތެކޭ މަލާމާތެކޭ މަލާމާތެކޭ މަލާމާތެކޭ މަލާމާތެކޭ މަލާމާތެކޭ މަލާމާތެކޭ މަލާމާތެކޭ

    5
    3
  8. ހަނދާންނައްތާލާ

    ކަލޭމެން މާލޭރައްޔިތުންނައް ރަންއިލޮށިން ކަދުރުކާންދިނަސް
    އިރާދަކުރެއްވިއްޔާ ދެންމިރާއްޖޭގެ ވެރިކަމެއް ތިޔަޕާޓީއަކައް އަތަކު ނުޖެހޭނެ(ވެރިކަމަކައްނާދެވޭނެ)ހަނދާންނައްތާލާ

    14
    8
  9. Anonymous

    ރ.ނަޝީދު ފެކްޝަންކުދިން ބިރުނުގަނޭ ވެރިކަން އަތުން ދޫވެދާނެތީ، މިހާރުވެސް ވެރިކަން ލިބިފައިވާގޮތަށް އިންޑިއާއަށް ގައުމުމުދެމުން ދަންޏާ މުސްތަގުބަލުގެ ހުރިހާ ރިޔާސީ އިންތިޚާބެއްވެސް އެމްޑީޕީއަށް ކާމިޔާބު ވާނެނޫންތޯ، ތިމީހުންނަށް ބޯލަނބާ ރިޝްވަތަށް ދަހިވެތިވެފައިވާ ޓީމެއް އީސީގައި ތިބިއްޔާ، މިހާރުވެސް އީސީގެ އިސް މަގާމުގައި އެމްޑީޕީން ބަހައްޓާފަހުރި ފޯޑުތޢުފީގަކީ 2008ގަ އެއިރުގެ ރ.މައުމޫނު ކަޓްވާލާފަ އަންނީއަށްވެރިކަން ހޯދަދިން އައްދާރު މޭސްތިރި ނޫންތޯ؟؟އެއިރު އިންޑިއާއިން ދިން ރިޝްވަތުގެ ބަދަލުގާ ޖީއެމްއާރ އަށް އެއާޕޯޓްދިނީ،

    11
    2
  10. ފައިބާ

    މާލެ ސަރަހައްދުން ގޯތި ނުދެވޭ ރައީސަކު ކޮންމެހެން މާލޭގައި ވެރިކަން ކުރަން ޖެހޭނެ ލެޖިޓިމެސީ އެއް ނޯންނާނެއޭ ޒަކާތް ފެށެން ޖެހޭނީ ގޭތެރެއިން އެގޮތުން ބަލާއިރު މާލޭގައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށްވާ މާލެ ސަރަހައްދުން މިހާރު ފްލެޓްސް ތަކަށް އެދި ފޯރމް ލާފައިވާ ކޮންމެ މީހަކަށް 10 ހާސް އަކަފޫޓްގެ ގޯއްްޗެއް ހިލޭ ހުޅުމާލޭން ދީ އަދި ހުޅުމާލޭ އިރުން އޮތް ފަޅު ވެސް އެއްކޮށް ހިއްކާލާ އެތަނުން ވެސް ގޯތި ދޭންީއޭ މިކަން ނުކުރެވޭ ސަރުކާރެއް އޮތުމުގެ ބޭނުމެއް ނެތޭ ރައީސް އިބޫ ފައިބާ ދެން ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ

    7
    4
  11. އޮޅާލާއޮޅާލާ

    މާލެ އަށް ވީގޮތް ޖެހޭނެއޭ ރައީސް އިބޫ ބައްލަވަން މިހާރު ރައީސް އިބޫ ރާއްޖެތެރެއަށް ތިޔާ ކުރައްވާ ބޭކާރު ޚަރަދު ހުއްޓާލާ މާލޭގެ ކޮންމެ ދާއިރާ އެއްގެ ރައްޔިތުންނާއި މާލެ ސިޓީ ކައުންސިލުން އެ ބައްދަލު ކުރައްވާ ގޮތަށް ބައްދަލު ކުރައްވަންވީއޭ މެދުނުކެނޑި 1 އަހަރު ދުވަސް ވަންދެން ހިޔާ ފްލެޓްސް ތައް އަޅަން 500 މިލިއަން ޑޮަލަރު އެފައިސާ އިން ގުޅިފަޅުއެއްކޮށް ހިއްކާލާ އެތަނުން ގޯތި ދިންނަމަ މާބޮޑަށް ދައުލަތަށް ވެސް ރައްޔިތުންނަށް ވެސް ފައިދާވާނެއޭ ވާނެއޭ ފްލެޓް މޮޑެލް އޮޅާލާ އޮޅާލާ އޮޅާލާ ހަމާ ތަމެން ކެބިނެޓް މިނިސްޓަރޭ މެން ބެކަށް ޖަހާ ޖަހާ ޖަހާ...

    5
    3
  12. Anonymous

    ގައުމުގެ ހުރިހާ ރައްުޔިތުންނަށް ޙައްގުވާ ޓެކްސް ފައިސާއިން ޚަރަދުކޮށްގެން ކުރާ ކަންތައްތަކަކީ ގައުމުގެ ވަކިރަށެއްގެ ރައްުޔިތުންނަށް ބައިއަޅަންޖެހޭ އެސެޓްތަކެއް ނުވަތަ ޚިދުމަތްތަކެއް ކަމުގައި ވެގެންނުވާނެ، އެގޮތައްހަދަންޏާ އެއަށްވުރެ ބޭއިންސާފު ޖަރީމާއެއް ސަރުކާރަކުން ނުހިންގާނެ، ކިތައްމެ ވެރިކަން ބޭނުންވިޔަސް ކެމްޕެއިނެއްގެ ތެރޭގައި އެފަދަ ވަޢުދުތައް ރައްޔިތުންވުމަކީވެސް ޖާހިލުކަމެއް، ރައްުޔިތުންވެސް ގަބޫލުކޮށްގެންވެސް ނުވާނެ!!މާލޭގެ ރައްޔިތުންނަށް ބިންދޭން ޖެހެންޏާ އެމީހުންގެ އަމިއްލަ ޚަރަދުން ބިންހިއްކަން ފުރުސަތު ދޭންވީ ނޫންތޯ؟

    10
    6
  13. ގުމް ހަރީރާ

    މިއީ އަތޮޅުތެރޭ ރައްޔިތުން އެއްބައިވަންތަ ވާންވީ ދަނޑިވަޅު. މާލެއަށް ބާރުތައް ޖަމާ ކުރަން ފޫގަޅާފައި ތިބި މިކަހަލަ މެންބަރުން އުލު ބައިދާންވީ ދަނޑިވަޅު

  14. ޜާޑަރު

    ވެރިކަމަކީ މާލޭ މީހުން ދެއްވާ އެއްޗެއް ނޫން.

  15. ވަލިދާނީލް

    ބިން ހިލޭ ދޭނެކަ މެއްނެތް އެއްވެސް މީހަކަށް. މާލެއިން ބިންދިނު މަކީ ރަންވަޅެއް ދިނުން. ވަކިތާކަށް އުފަންވުމުން ރަންވަޅެއް ދިނު މަކީ ކުރެވިގެންވާނެކަ މެއް ނޫން.

    1
    1
  16. މަނީމަނީސ

    ރާއްޖެތެރޭ މެންބަރުން މާގިނަ މިހާރު ތިހެން ބިރެއް ނުދެއްކޭނެ

  17. ކޮރަލް

    ބޭނުންވެގެންއުޅެނީ ބަގާވާތް ކޮށް މަޖްލިސް ރައީސް އަށް ވެރިކަން ދޭށެވެ.

  18. ރޮހިން

    ކަލޭމެންގެ ތަރިކަ މުދަލުން ހިއްކާފަ ހުރި ތަންތަންތަ އެއީ؟

  19. ނަދާ

    އެބައެއްގެ ފަސްގަނޑުން އެބަޔަކަށް ބިންލިބެންޖެހޭނެ😠

    6
    5
  20. ދޮނާ

    ޓެކްސް ފައިސާއިން ރަށްރަށުގައިވެސް ގެދޮރު އަޅާފައި އެ ރަށެއްގެ ރައްޔިތުންނަށްވެސް ދޭންވާނެ ޢޭރުން ހަމަހަމަވާނެ

    3
    1
  21. ޖައްސަބަލަ

    މާލެ ސަރަހައްދު ތަމްސީލް ކުރާ އެމްޕީންގެ ވިސްނުން ހުންނަން ޖެހޭނީ ރަށްފުށުގެ އެމްޕީންގެ ވިސްނުން ހުންނަ އުސޫލުން ނޫނޭ މާލެ ސަރަހައްދުގެ އެމްޕީންގެ ވިސްނުން ހުންނަން ޖެހޭނީ ރާއްޖޭގެ އިގްތިސާދީ އަދި ވިޔަފާރީގެ ހުރިހާ ކަން ކަން މާލެ ސަރަހައްދުގައި މިހާރަށް ވުރެން ބިލިއަން ގުނަ އިތުރު ކުރެވޭތޯއޭ އެކަން ކުރެވޭނީ މާލެ ސަރަހައްދުގައި ދިރިއުޅުމަށާއި ވިޔަފާރި އަށް ގޯތި ދީގެންނޭ މާލެ ސަރަހައްދުގެ ފަޅުތައް ދެން ރިސޯރޓްސް ހަދަން ހުޅަނގާއި އިރުމަތި ބިތް ދީގެން ނުވާނެއޭ އެބިތުގައި ހުރި ފަަޅު ތައް ހިއްކާލާނީ ރިސޯރޓްސް ތަކުގެ ފަޅާއި 500 މީޓަރު ދުރުން ދެން މާލެ އަތޮޅުގެ މެދުގައި ހުރިއްޔާ ހުރި ފަޅު ތަކުގެ ތެރޭން ދެބައި ކުޅަ އެއް ބައި ޓޫރިޒަމް އަށް ދޭނީ މާލެ ސަރަހައްދުގައި 1 ބިލިއަން ގެސްޓް ރޫމްސް 1 ބިލިއަން ހޮޓެލް ރޫމްސް ހެދޭ ގޮތަށް ދެން 1 ބިލިއަން ލައިޓް އިންޑަސްޓްރިއަލް ސައިޓްސް އޮންނަން ޖެހޭނެއޭ އެގޮތަށް ހިއްކާ ފަޅު ތައް ޖުމްލަ ކޮށްލުމުން...

  22. ކުރަންވީއޭ

    ބޮންޑާ އާއި އިންތި އިސް ނަގައިގެން އެބަޖެހޭ މާލެ ސަރަހައްދު ތަމްސީލް ކުރާ ހުރިހާ އެމްޕީން ތައް އެއްކޮށްގެން އަހަރަކު މާލެ ސައިޒުގެ 10 ފަޅު މާލެ ސަރަހައްދުން ހިއްކާ އެތަނުން 5 ފަޅުން ގޯތި ހިލޭ ދޭނީ މާލެ ސަރަހައްދުގައި ދިރިއުޅެން ބޭނުންވާ ކޮންމެ މީހަކަށް އަނެއް 5 ފަޅުން ބިމޭ ވިއްކާނީ އިންޑަސްޓްރިއަލް މަސައްްކަތް ތަަކަށް އެރޭޓުން އެކަން ކުރާނީ ރާއްޖެތެރެއަށް ދައުލަތުގެ ބަޖެޓުން ކުރާ ކެޕިޓަލް އިންވެސްޓްމެންޓް އެއްކޮށް ހުއްޓާލައިގެން ނަމަވެސް އެއިރުން ހުރިހާ ރައްޔިތުންގެ މެދުގައި މުއްސަނދި ކަން ހަމަ ހަމައަށް ބެހި ރާއްޖެތެރެ މާލެ އެ ފްރޭސްވެސް މާޒީއާއި ވެގެން ހިނގައިދާނެއޭ މިކަން ކުރަންވީއޭ ކުރަންވީއޭ ކުރަންވީއޭ...

  23. ދިސްވޭ

    މާލެއަށް ވީ ގޮތެއް ސަރުކާރަކުން ނުބެލި ކަމަށް އިންތި މެން ވިދާޅުވެ އަދި ހަތިޔާރު ނުބަހައްޓާ މާލެ އޭރިޔާގެ ހުރިހާ އެމްޕީން ހިމެނޭ ގޮތަށް ގްރޫޕެއް ހަަަދައިގެން މާލެ ސިޓީ ކައުންސިލާއި ގުޅިގެން ރައްޔިތުންގެ ބައްދަލުވުން ތަކަށް މާލެ ސިޓީ ކައުންސިލާއި އެކު ދާންވީ ގޮސް މާލެ އޭރިއާ ގައި ދިރިއުޅޭ އަދި ދިރިއުޅެން ބޭނުންވާ ހުރިހާ ރައްޔިތުންގެ ވާހަކަ ތައް އަޑުއަހާ މާލެ ސަރަހައްދުން އަހަރަކު 50 ހާސް ގޯތި ހިލޭ ދެވޭނެ ބިލެއް ނުވަތަ އުސޫލެއް ގާއިމް ކުރެވެންދެން ޖައްސާނީއޭ ކުރަންވީއޭ..

    1
    2
  24. ޔަގީނޭ

    ހުޅުމާލޭ 2 ގެ ދެކުނުން ފެށިގެން މާލެ އަތޮޅު އިރުބިތުން ފެށިގެން ގޮސް ގާފަރާއި ހައަށް ބްރިޖެއް ދެން ގާފަރުން ފެށިގެން މާލެ އަތޮޅުގެ ހުޅަނގު ބިތުން ފެށިގެން އައިސް ތިލަފުއްޓާއި ހަމައަށް ބްރިޖެއް އަޅާ އެ ބްރިޖް އަންނަ ބިތުގައި ހުރިއްޔާ ހުރި ހުރިހާ ފަޅު ތަކެއް ހިއްކާ އެފަޅު ތަކާއި ބްރިޖްއާއި ސަބް ބްރިޖްސް ތަކުން ގުޅުވާލާ އެ ގޮތަށް ހިއްކާ ފަޅު ތަކުން ރާއްޖެ އެންމެނަށް ގޯތި ދިން ނަމަވެސް މިހާރު ކުދި އާބާދީ ތަކަށް ކުރާ ޚަރަަދަށް ވުރެން ޚަރަަދު ކުޑަ ވާނެއޭ އެއީ ޔަގީން ކަމެކޭ..

  25. އަންނި ބިން ބޮންޑާ

    މާލޭ މީހުންގެ ޚަރަދުގަ ހިއްކާފަ އޮތް ތަނަކުން ބިން ދިނަސް ސަރުކާރު ޚަރަދުގަ ހިއްކާފަ އޮތް ތަނަކުން ބިން ދޭންޖެހޭނީ ހުރިހާ ދިވެހި ރައްޔިތުންނަށް އެއްއުސޫލަކުން

    3
    1
  26. ޒަކީ

    އިންސާފުވެރިކޮށް ހަމަހަމަ ކަމާއެކު މާލޭގެ ގެދޮރުގެ ދަތިކަން ދިމާވެފަ ތިބި ހުރިހާ އެންމެނަށް ބިން ނުދެވެންޏާ އެކަކައްވެސް ދީގެން ނުވާނެ. ކުރިންވެސް ގޯތި ލިބިފަ ތިބި މީހުންނަކީ ގެދޮރުގެ ދަތިކަން ހުރި ބައެއްނޫން. އޭގެ ތެރޭންވެސް ގިނަ މީހުން އުޅެނީ މާލޭންވެސް ހުޅުމާލޭވެސް ލިބިފަ އޮތްތަން ކުއްޔައްދީގެން ރާއްޖޭން ބޭރުގަ.
    މަވެސް މީ މާލޭ ގޯއްޗެއް އޮވެމެ އެގޯތި ނުހެދިގެން ބޯހިޔާވަހިކަމުގެ ދަތި ހާލުގަ، ވަޒީފާ އަދާކޮށްގެން ލިބޭ އާމްދަނީޔަކުން އެހެން ތަނަކައް ކުލިދައްކައިގެން ދިރިއުޅޭ ނިކަމެތި މާލޭ ރައްޔިތެއް. ގެ ހަދަން ލޯނެއް ހޯދަން ބެންކުތަކަށް ދިޔައީމަ ލޯނެއް ލިބެނީ ގެ ހަދަންދާވަރުގެ %20 ފައިސާ ހުރެގެން ނޫނީ އެވަރައް ގެ ހެދިފަ ހުރިނަމަ އެކަނި. މަށެއް ހަމަގައިމުވެސް ގޯއްޗެއް ކީއްކުރަން ފުލެޓެއްވެސް ބޭނުމެށް ނޫން. މާލޭގަ މި ގޮތައް ގެދޮރު ނުހެދިފަ ތިބި މީހުންނަށް ގެދޮރު ހެދޭނެ ލުއި ފަސޭހަ ގޮތެއް ބޭނުމީ

  27. ހައްވަ

    ކޮބާ އދ. މަހިބަދޫ ރައްޔިތުންނަށްވީ ވަޢުދު. މިހާރުވެސް އެރަށުގަ އެބައުޅޭ ރައްޔިތުންގެ އިމާރާތް ކުއްޔަށް ހިފައިގެން ދިރިއުޅޭމީހުން. އެއްވެސް ތަނަކުން ގެދޮރެއްލިބިފައެއްނެތް. އެމީހުންނަށްވެސް ކޮންމެވެސްތަނަކުން ބޯހިޔާވެހިކަން ދޭންޖެހޭނެ. ކޮންމެ މީހަކަށްވެސް ލެވެނީ އެއްވޯޓް.