ސްރީލަންކަން އެއާލައިންސްގެ ޝެޑިއުލް ދަތުރުތައް އަންނަ ނޮވެމްބަރު މަހު އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފެށުމަށް ހަމަޖެހިއްޖެއެވެ.
ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް، އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގް ވިދާޅުވީ އަންނަ ނޮވެމްބަރު މަހު ދެވަނަ ދުވަހުން ފެށިގެން ގަމަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
SriLankan Airlines opened the flights to Gan again from 2 NOV 2021. Connection are available most middle eastern countries @UL4zie @AdduCityCouncil @Mausoom_Maus @ganairport @ayadamaldives
— Mohamed Firaq (@mohamedfiraq) September 12, 2021
އަދި ގަމުން ފުރާ މީހުންނަށް ލަންކާ މަގުން ގިނަ ސަރަހައްދުތަކަށް ދަތުރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މެދު އިރުމަތީގެ ގިނަ ގައުމުތަކަށް މިހާރުވެސް ކަނެކްޝަން ލިބޭނެ ކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.
SriLankan Airlines resuming flights from Colombo to Gan Island!
Book your flight now on https://t.co/AlglVouTZE or contact 1979 or your travel agent for more information.
*Travel restrictions and conditions apply.#SriLankanAirlines #iflysrilankan #Maldives #GanIsland #Addu pic.twitter.com/6oXwgsY7xC
— SriLankan Airlines (@flysrilankan) August 30, 2021
ސްރީލަންކަން އެއާލައިންސްގެ ޝެޑިއުލް ދަތުރުތައް ގަމަށް ފެށުމަށް ތައްޔާރުވަމުން ދާއިރު، މިހާރުވެސް ޗާޓަރު ދަތުރުތަކެއް ސްރީލަންކަން އެއާލައިންސްއިން ގަމަށް ކުރެއެވެ. މިފްލައިޓުތަކުގައި ގިނައިން އަންނަނީ އިންޑިއާގެ ފަތުރުވެރިންނެވެ.
ގަމާއި ކޮލަމްބޯއާ ދެމެދު ޝެޑިއުލް ދަތުރުތައް ރަސްމީކޮށް ފެށީ ޑިސެމްބަރު، 1، 2016 ގައެވެ.
ސްރީލަންކަން އެއާލައިންސް މީގެ ކުރިންވެސް ގަމަށް ޝެޑިއުލް ދަތުރުތައް ވަނީ ކޮށްފައެވެ. އޭރު ހަފްތާއަކު ތިން ދަތުރު ކުރަމުން އައިސް ދަތުރު ހުއްޓާލީ ކޮވިޑް-19 ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަޅަމުންދިޔަ ފިޔަވަޅުތަކާ އެކުގައެވެ.