ރާއްޖޭގައި މިވަގުތު 287،000 ބިދޭސީން ތިބި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ހާޒިރުވެވަޑައިގެން ވާހަކަދައްކަވަމުން ފައްޔާޒް ވަނީ އިކޮނޮމިކް މިނިސްޓްރީގެ ތަފާސްހިސާބުތަކުގެ ތަފްސީލް މަޖިލީހާއި ހިއްސާކުރައްވާފައެވެ. އެ ހިސާބުތަކުން ދައްކާ ގޮތުން މިހާރު ރާއްޖޭގައި ބަންގްލަދޭޝްގެ 63،754 މީހެއް އެބަ ތިބިއެވެ. ނަމަވެސް ކުރިން ރެކޯޑްތައް ބެލެހެއްޓި ގޮތުން ބިދޭސިން އައި ތާރީހާއި، ބިދޭސީން އަނބުރާ ގައުމަށް ދިޔަކަން ނޭނގޭތީ އެއްލައްކަ އާ ގާތް ކުރާ އަދަދަކަށް ބަންގްލަދޭޝް މަސައްކަތު މީހުން ރާއްޖޭގައި ތިބުން އެކަށީގެންވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި އަނބުރާ ގައުމަށް ދިޔަ މީހުންގެ ރެކޯޑްތައް ވެސް އަދާހަމަ ނުކުރެވި ވާކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވަނީ ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް ރާއްޖޭގައި މަސައްކަތް ކުރުމަށް ހުއްދަ ދީފައިވާ ގޮތުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.

ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް ހުއްދަ ދޫކޮށްފައިވާ ގޮތް

 • 2013 ވަނަ އަހަރު 14،000 ހުއްދަ
 • 2014 ވަނަ އަހަރު 18،800 ހުއްދަ
 • 2015 ވަނަ އަހަރު 26،000 ހުއްދަ
 • 2016 ވަނަ އަހަރު 22،000 ހުއްދަ
 • 2017 ވަނަ އަހަރު 18،000 ހުއްދަ
 • 2018 ވަނަ އަހަރު 27،000 ހުއްދަ
 • 2019 ވަނަ އަހަރު 11،000 ހުއްދަ
 • 2020 ވަނަ އަހަރު 89 ހުއްދަ
 • 2021 ވަނަ އަހަރު 24 ހުއްދަ

އިންޑިއާގެ މަސައްކަތްތެރިންނަށް ހުއްދަ ދޫކޮށްފައިވާ ގޮތް

 • 2013 ވަނަ އަހަރު 4000 ހުއްދަ
 • 2014 ވަނަ އަހަރު 4500 ހުއްދަ
 • 2015 ވަނަ އަހަރު 6500 ހުއްދަ
 • 2016 ވަނަ އަހަރު 8300 ހުއްދަ
 • 2017 ވަނަ އަހަރު 14800 ހުއްދަ
 • 2018 ވަނަ އަހަރު 5000 ހުއްދަ
 • 2019 ވަނަ އަހަރު 11،000 ހުއްދަ
 • 2020 ވަނަ އަހަރު 500 ހުއްދަ
 • 2021 ވަނަ އަހަރު 7000 ހުއްދަ

އަހަރެއްގެ މައްޗަށް މަސައްކަތްތެރިންނަށް ހުއްދަ ދޫކުރި މިންވަރު

 • 2013 ވަނަ އަހަރު 25،900 ހުއްދަ
 • 2014 ވަނަ އަހަރު 32،400 ހުއްދަ
 • 2015 ވަނަ އަހަރު 42،600 ހުއްދަ
 • 2016 ވަނަ އަހަރު 44،800 ހުއްދަ
 • 2017 ވަނަ އަހަރު 39،800 ހުއްދަ
 • 2018 ވަނަ އަހަރު 57،000 ހުއްދަ
 • 2019 ވަނަ އަހަރު 42،000 ހުއްދަ
 • 2020 ވަނަ އަހަރު 11،000 ހުއްދަ
 • 2021 ވަނަ އަހަރު 14،000 ހުއްދަ

ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ކުރިން ބަލަހައްޓަމުން އައީ އިމިގްރޭޝަނުންނެވެ. އެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލު ކުރީ 2019 ވަނަ އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހުވަދު

  ތީ އެއްވެސް ބަޔަކު ވިސްނާ ކަމެއް ނޫން. ތިކަމުގެ ސަބަބުން އެތައް ދިވެހިންގެ ވަޒީފާ ވަނީ ގެއްލިފައި. މި ގައުމުން ތި މީހުން މިހާރުން މިހާރަށް ބޭރުކުރަން ޖެހޭ.

  3
  1
 2. ހަސަދު

  ދެލައްކަ ކަން ޔަގީންތޯ. އަދިވެސް މިކަންހުއްޓުވަން އެއްވެސް މީހަކު މަސައްކަތެއް ނުކުރޭ. ވިޔަފާރީ ބަންގާލުންގެ އަތްމަތީގައި. ޓޫރިޒަމް ބެރުމީހުންނާ ހައެއްކަ މަހުޖަނުންގެ އަތްދަށުގައި. ސިޔާސީ މީހުން ބޮޑު މުސާރަ ނަގައިގެން ރައްޔިތަކަށް ވަޒީފާ އެއްވެސް ނެތް. މިކަން ހައްލަކުރެވޭ ވަރުގެ ލީޑަރަކު ފެންނަނަ އެބަޖެހޭ.

 3. ދެލައްކަ

  ދެލައްކައޭ އެހެންވިއްޔާ ރާއްޖޭގަދިވެހިންތިބީ އެއްލައްކަ…

 4. މިތުރާ

  ދުވާލަކު ގައުމުން ބޭރުވަނީ ކިތައް ޑޮލަރުކަން ފައިޔާޒު އަށް އެގޭތަ؟ ގައުމަށް ވަންނަ ރުފިޔާ އަރަނީ ލޮކަލްމީހުންގެ އަތަކަށްނޫން، ، ވިޔަފާރިވެެިންވެސް ގެންގުޅެނީ ކުޑަ މުސާރަ އެއްދީގެން އަންޓުރެއިން ބިދޭސިން، ދިވެހިން ނުދާނެ ކުޑަ ލާރިކޮޅަކަށް މަސަަައްކަތް ކުރަން، ލޭބަރުންގެ މުސާރަ ދެވޭނެ ވޭޖު ހަމަޖެހޭނޭ ބުނެ ޢެމްޑީޕީ ވެރިކަމަށް އަޢީ، ވިޔަފާރި ވެރިންގެ ޖީބަށް ވެއްޓިފަ އޮތީ، ދެން ލަލަލާ!