ރައްޔިތުންގެ މަޖިލިހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގައި ތިއްބެވީ ނިދީގައި އާއި މަސްތުގެ ހާލަތުގައި ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވަނީ އެ ޕާޓީން ދާދި ފަހުން ވަކިވެވަޑައިގެންނެވީ ނާޒިމާއި ރިޔާޒް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި އެއީ އަމިއްލަ އެދުމައިގެން ފޯވެފައިވާ ދެ ބޭފުޅުން ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވި ގޮތުގައި ދެ ބޭފުޅުން ޖޭޕީއޭ ކިއާފައި އަނގަ ހުޅުވަން ލަދުގަންނަން ޖެހޭ ކަމަށެވެ. ގާސިމް ވިދާޅުވީ މަޖިލިހުގެ މެމްބަރު ކަމަށް ހޮވިވަޑައިގެންފައި ވަނީ ކޮންމެ ބޭފުޅަކަށް ފަސް މިލިއަން ރުފިޔާ ހަރަދުކޮށްގެން ކަމަށާއި އޭރު ކެމްޕެއިނަށް އޭނާގެ އުޅަނދުތަކުގައި ދަތުރުކޮށްފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

" އަޅަގަނޑަކީ ބަޔަކު ދައްކާ ވާހަކަ އަކުން ޗޭ ވާނެ މީހެއް ނޫން. އެވަރު އެކަކުވެސް ނެތް. އަޅުގަނޑު މާބޮޑަށް ވިސްނާ ކަމެއް ނޫން." އޭނާ ވިދާޅުވިއެވެ.

އަދި ޖުމްހޫރީ ޕާޓީ އަށް އެ ދެ ބޭފުޅުން އައީ ރިޔާސީ ޓިކެޓްގެ ބޭނުމުގައި ކަމަށް ވުން އެކަށީގެންވާ ކަމަށާއި އެ ދެ ބޭފުޅުންގެ ތެރެއިން އަބްދުﷲ ރިޔާޒް އާއި ޖޭޕީ ހަވާލުކުރުމަށް ޣާސިމްގެ އަރިހުން ރިޔާޒް އެދުނު ކަމަށް ގާސިމް ވަނީ މިއަދު ވިދާޅުވެފައެވެ.

މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި އެ ދެ ބޭފުޅުން ވެސް މަޖިލީހަށް ހޮވިވަޑައިގަތީ ގާސިމް ގިނަ ޚަރަދުތަކެއް ކުރައްވައިގެން ކަމަށް ވާއިރު ގާސިމް އަށް ނިސްބަތްކޮށް ކުޑައިމީސް ބަސް ބުނުމަކީ ލަދުހަޔާތް ކޫޑަ ކަމެއް ކަމަށް ގާސިމް ވަނީ ސިފަކުރައްވާފައެވެ. އަދި ޖޭޕީގައި ތިބި މީހުންނަށް ތަކުރާރުކޮށް ގުޅާ ނާޒިމް އާއި ރިޔާޒްގެ ޕާޓީ އަށް އެ މީހުން ގެންދަން މަސައްކަތް ކުރަނީ ޖެޕީ ހަލާކުކޮށްލުމުގެ ނިޔަތުގައި ނޫންތޯ ސުވާލު އުފެދޭ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވަނީ ރިޔާޒް އާއި ނާޒިމް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ޑިމޮކްރަސީގެ މަސައްކަތް ގާސިމް ފެއްޓެވި އިރު ނާޒިމް އާއި ރިޔާޒު ކޮބައިތޯ ގާސިމް ސުވާލުކުރެއްވިއެވެ. ވެރިކަން ހޯދަން މަސައްކަތް ކުރި އިރު ކެރިގެން ނުކުތް މީހުންގެ ތެރޭގައި އެ ބޭފުޅުން ނުހިމެނޭ ކަމަށާއި، ޖޭޕީގައި ތިބެގެން ނާޖާއިޒު ފައިދާ ނެގި ކަމަށް ތުހުމަތުކޮށް ގާސިމް ވަނީ ވާހަކަދައްކަވާފައެވެ.

ނާޒިމް އިސްވެ ހުންނަވައިގެން އެމްއެންޕީ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާއިރު، އަންނަ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ކެންޑިޑޭޓަކު ވާދަކުރާނެކަން ވަނީ އިއުލާންކޮށްފައެވެ. އެ ކެންޑިޑޭޓް ކަނޑައަޅަނީ އެތެރޭގެ އިންތިޚާބަކުން ކަމަށްވީއިރު، އެ ޕްރައިމަރީގައި ނާޒިމް ވާދަކުރައްވާނެ ކަން ވެސް އޮތީ އިއުލާން ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ޙަލީ

    ސޭޓް ކަލަނޮގޮވާ ، ސޭޓް ޚަރަދު ކުރާކަން އެންމެނަށް އެގޭ ، ސޭޓް މޮޔަހައްދާފައި ނާޖާއިޒް ފައިދާ ނަގާ ސިޔާސީ މީހުންގިނައީ

    56
    1
  2. Anonymous

    އެކަކު އަނެކަކަށް އެއްޗެހި ގޮވުމާ ފިތުނަފަސާދަ އުފެއްދުން ނުންކަމެއް މިސައްތައިން ސައްތަ މުސްލިމް ގައުމެއްގަ ނެތް، ހިތާމަ ހުރިކަމެއް، ފަސާދަ ޢާއްމުވެއްޖެ ތަނެއް ނެތިދިއުމަކީ ގާތްކަމެއް، ދުނިޔެއެއް ނެތް.

    56
    2
    • ދަންތޫރު

      ގާސިމް އެބުނަނީ ހައްގު ތެދެއް..ގާސިމް އަކީ
      ހިންހެޔޮ އޯގާތެރި ބޭފުޅެއް...ވަރިހަމަ ކޮންމެ އެއްޗެއް ކިޔަސް

      17
      4
  3. އިސްތިއުފާ

    ގާސިމް އިބްރާހިމް އިސްތިއުފާ ގާސިމް އިބްރާހިމް އިސްތިއުފާ ގާސިމް އިބްރާހިމް އިސްތިއުފާ ގާސިމް އިބްރާހިމް އިސްތިއުފާ ގާސިމް އިބްރާހިމް އިސްތިއުފާ ގާސިމް އިބްރާހިމް އިސްތިއުފާ ގާސިމް އިބްރާހިމް އިސްތިއުފާ ގާސިމް އިބްރާހިމް އިސްތިއުފާ ގާސިމް އިބްރާހިމް އިސްތިއުފާ ގާސިމް އިބްރާހިމް އިސްތިއުފާ ގާސިމް އިބްރާހިމް އިސްތިއުފާ ގާސިމް އިބްރާހިމް އިސްތިއުފާ ގާސިމް އިބްރާހިމް އިސްތިއުފާ ގާސިމް އިބްރާހިމް އިސްތިއުފާ ގާސިމް އިބްރާހިމް އިސްތިއުފާ ގާސިމް އިބްރާހިމް އިސްތިއުފާ ގާސިމް އިބްރާހިމް އިސްތިއުފާ ގާސިމް އިބްރާހިމް އިސްތިއުފާ ގާސިމް އިބްރާހިމް އިސްތިއުފާ ގާސިމް އިބްރާހިމް އިސްތިއުފާ ގާސިމް އިބްރާހިމް އިސްތިއުފާ ގާސިމް އިބްރާހިމް އިސްތިއުފާ ގާސިމް އިބްރާހިމް އިސްތިއުފާ

    19
    14
    • ކޮން އިސްތިއުފާ އެއް

      ޢިސް ތިއުފާ އަށް ގޮވާ އިރު ލަދު ކޮބާ...ކަލޯދިން ވޯޓް އެއް ނޯންނާނެ.

      21
      14
  4. ހަސަން

    ކަލޭ މަސްތުވާ ތަކެތި ދީގެން، އެމީހުން ނިންދަވާފަ ބެއިތިއްބީ ދޯ.

    15
    31
  5. ޑައެލޯގް

    އެމީހަކު މިނުނުނާޅިން އެމީހަކަށް މިނެދޭނެއެވެ. މައުމޫނުގެ ވެރިކަމުގައި ގާސިމްއަށް މިނިސްޓަރުކަންދީ ގާސިމްއަށް ލޯނުނަގައިދީ ހެދީމައުމޫނެވެ. އެކަމު މައުމޫނުގެ އަރިހުގައި ހުރެފައި މައުމޫނާއި ދެކޮޅަށް މަސައްކަތްކޮށް ސިއްރިއްޔާތުގައި އެމްޑީޕީއަށް ގާސިމްވަނީ ޚަރަދުކޮށްފައެވެ. މިއީ މައުމޫނުގެ ސަރުކާރަށް ގާސިމްވެފައިވާ ގައްދާރުކަމެވެ. މިއަދު ގާސިމްއަތުން ހުރިހައިމޮޅެއްހޯދާ އެގޮތަށް ގާސިމަށް ނާޒިމް އެހުރީ ގާސިމް މައުމޫނަށް ހެދިގޮތަށް ހަދާފައެވެ.

    50
    2
  6. ބޮނޑި ބަތް

    އެއީ އެ 2 މީހުން ތިބޭ ގޮތް

    23
    3
  7. ޕޮޓް

    ސޭޓް ޗާޖުވާ މޫސުމް މި އައީ! ދެން އެންމެން ކިޔަންވީ ވެރިކަމަށް އެއްމެ ރަނގަޅީ ސޭޓޭ! އޭރުން ސޭޓް އަތުން އެއްޗެއްލިބޭނީ!

    26
    2
  8. ހެޔޮނުވާނެއޭ

    ކާރނަލް ނާޒިމަކީ ވެރިކަމުގެ ބޭނުމުގައި ޕީޕީއެމްގެ ވެރިކަމުގައި މަސައްކަތް ކުރި މީހެއް ކަމަށް ނުފެނެއޭ މިހާރުވެސް ނާޒިމް މެން ޕާރޓީ ހަދައިގެން އުޅެނީ އެއީ ވެރިކަމުގެ ބޭނުމުގައި އެކަނި ކަމަށް މަމެންނަށް ގަބޫލުކުރަން ދަތިއޭ ނާޒިމް ޕާރޓީ މަމެންނަށް ހީވަނީ ބޮޑަށް އަމާޒު ހިފާނީ އެއީ މާލެ ސަރަހައްދުގައި ހުރި އިޝޫސް ތަަކަށް ބޭސް ކޮށް އެފަދަ އިޝޫސް ތައް ހައްލު ކުރާނެ ޕާރޓީ އަށޭ ނާޒިމް ޕާރޓީ ގައި ގިނައީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނޭ ޖޭޕީން ގާސިމް ގަޅި އުކަނީއޭ ގާސިމް ގެ ގައިގައި އަދިވެސް ހުންނަނީ ވަރަށް ރާއްޖެތެރޭ ގޮތްތަކޭ މީހުންގެ މަސްކެއުން އެއީ އާދައަކަށް ހަދައިގެން އަންހެން ދުޅައިގެ ވާހަކަ ތަކޭ ދައްކަނީ ކާރނަލް ނާޒިމް މެން ސީދާ ގޮތެއްގައި ބުރުމާ އަށް ނެތޭ ހަމަލާ ދީފައި ދީފައި ހުރީ ވެސް ޕީޕީއެމް ގެ ރައީސް ޔާމީނަށް އެއީ ބްރޯ ވަގު ފުލުހުން ތަކަށް ފައިސާ ދީގެން ނާޒިމް ގޭގައި ފިސްތޯލަ އެއް ބާއްވައިގެން އޭގެ ތެރެއަށް ރައީސް ޔާމީން ބްރޯގެ ރޭވުމުން ބޭނުމުން އެކަން ރައީސް ޔާމީން އަށް އޯޕަން މައިންޑަކުން ނުވިސްނުނީމައޭ ކާރނަލް ނާޒިމް ރައީސް ޔާމީނާއި ދިމާލަށް އުކާ ގަޅި ތަކަކީ އެއީ މިގަޅިއޭ އެއީ ޒާތީ ގަޅިއެއް ކަމަށް މަމެން ނުދެކެމޭ ކާރނަލް ނާޒިމް ޕާރޓީ އެއް އުފެއްދުން އެއީ ރާއްޖޭގެ ސިޔާސީ މަޝްރަހަށް ފިނަ ކަމެއް އަތުވެދާނެ ކަމެކޭ އުމަރު ނަސީރު ވެސް ގުޅޭނީ އެޕާރޓީ އާއި ކެނެރީގެ ނަޝީދަކީ އެއީ ބަތާހަރާމީ ހަރާމްކޯރެކޭ ގާސިމް އިބްރާހިމް އަކީ ވެސް އެއީ ރައްޔިތުންނަށް ބަތާހަރާމީ އަދި ހަރާމްކޯރެކޭ އެމެންނަށް ނުވާނެއޭ ރާއްޖޭގެ ވެރިކަން ހަވާލު ކުރަން ހެޔޮނުވާނެއޭ..

    5
    16
    • ސީނޭ

      މުރާލިބެ އަތުން ކިހާވަރެއް ލިބިގެންތަ ތިއުޅެނީ

  9. އަޅީ

    "ގާސިމް ވިދާޅުވީ މަޖިލިހުގެ މެމްބަރު ކަމަށް ހޮވިވަޑައިގެންފައި ވަނީ ކޮންމެ ބޭފުޅަކަށް ފަސް މިލިއަން ރުފިޔާ ހަރަދުކޮށްގެން :ކަމަށާއި އެހެންކަމުގައިވަނީނަމަ މިބޭުޅުން ކެމްޕެއިނަށް ޚަރަދުކުރިވަރުކަމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ރިޕޯރޓް ސައްހަވާނެތޯ އެބަ ސުއާލުއުފެދޭ ނޫންތޯ.

    23
  10. ނަސޭހަތް

    ގާސިމަކީ ހިޔޮލަފާ ބޭފުޅަކަށްވާތީ އާއި ތަނަވަސްކަން
    ލިބިފައިވުމުން އެކަމުގެ ނާޖާއިޒް ފައިދާ ނަގާމީހުން މަދެއް
    ނޫނެވެ ޖޭޕީގެ ހަފޮޅުން އެތެ ރެވަނީ ގާސިމަށް ވަފާތރެ ރިވާނެ
    ކަމުގެ ސިފަދައްކައިގެންނެވެ އެކަމަކު މާގިނަދުވަސްތަކެއްނުވެ އެ ސިފަބަދަލުވެ ކު ރިން ތިމާމެން އުޅުނު ދަތިހާލު ހަނދާންނެތި މޭ ފުއްޕާލައެވެ
    އަދި ތިމާމެން ވަ ރެއް ނެތްކަމަށްބުނެ އަޑުގައިނެތްތާކަށް
    ހަޅޭއްލަވަން ފަށައެވެ މިބާވަތުގެ މީހުންނަކީ އެމީހުންގެ
    ގައުމަށް ނުވަތަ ރައްޔިތުންނަށް އަމާނާތްތެ ިރ ވުމުގެ ގާބިލް
    ކަން ލިބިގެންވާ ބައެއް ނޫނެވެ.

  11. ސަބާގުންޑާ

    ކޮބާ2013 ގެ އިލެކުސަން އިންޓެލިޖެންސްރިޕޯޓުގެ ވާހަކަ ނާދޭތަ؟

    14
    1
  12. ޚިޔާލު 2

    ބަލަ ސިޔާސީ މީހުނަކީ ރަންޑިންނޭ އެކަން އެގެންވާނެ ނުންތޯ.

  13. އެންމެބޮޑު ވައްކަން އަދިއޮތީ ވޯޓްވަގު

    އަދި އެންމެ ބޮޑުވައްކަން އޮތީ އިންތިހާބު އޮޅިވާލި ތިކޯލިޝަން ވަގުހަރާން ސަރުކާރުގެ އެކަކަށްވެސް ސަލާމަތްވެވޭކަށް ނެތެއްނު ރައީސްޔާމީން އަށް ލިބުނު ވެރިކަމެއް ބޮޑުތަނުން ވައްކަންކޮށް އޮޅުވާލައިގެންތިތިބީ ؟

  14. އެއީ ވަރަށް ވަރުގަދަ ބޮމަކަށްވާނެދޯ

    ކޮބާ އަދި އެންމެބޮޑު ވައްކަން އޮތީނު ރައީސްޔާމީންއަށް ދިވެހިރައްޔިތުން ދިން ވޯޓްތަކަށް ހެދިގޮތެއް އެބަބަލަޖެހޭތާ އޭތި ފަޅައިގެން ދާއިރު ހާދައަޑުވާރުވާނޭދޯ ވޯޓް ވަގުން އީސީޝަރީފޫ ކޮބާ ކުރީބާ ފިލަންތައްޔާރުވެގެންދޯ ތިހިރީ ހިބަރުވަފަށްއެޅީ ހުންވޯޓްކަރުދާހޯ އެވައްކަމަކީ ވަރަށް ބާރުހުރި ބޮމަކަށް ވާނެދޯ ކާކުތޯ އެބޮންގޮއްވާލާނީ އެބޮންގޮވާއިރު ހާދައަޑުބާރެއްވާނޭ ވަރަށް މަޖާވެސްވާނެދޯ އެބޮންގޮވައިފިނަމަ ލާދީނީ ކޯޅޭޝަން ގެ ހަމަ އެއްލީޑަރަކުވެސް ސަލާމަތެއްނުވާނެ ފިލައްޏާ ލަސްކުރާނެކަމެއްނެތް އަވާސްވީގޮތަކުން ސަލާމަތްވާންބޭބުމިއްޔާ އަވަސްވީގޮތަކުން ފިލާރައްކާވޭ ކުރީބައިގަ ނަސޭޙަތުގެ ބަސްކޮޅެއް މިދިނީ ނުކުރާކަމެއްނޫން ހަމަޔަޤީނުން ވެއް އެއީ ކުރިކަމެއް ރައީސްޔާމީންއަށް ދިވެހިރާޖޭގެ ރައްޔިތުން ދިންވެރިކަމެއް ފޭރިގަނެގެން ތިގިބީ އެހެންވީމަ ވާނީވެސްތިހެން ކިތަމެ ނުލަފާކަމެއް ދެއްކިޔަސް ތަޤުދީރުގައި އޮތްކަމެއްވާނެ ކިތަމެގަދަބާރެއްދެއްކިޔަސްމެ ؟

  15. ާދަލޭކް

    ފަހުޒަމާނުގައި ވެރިކަމާ ހުރެ އެއްބަޔަކު އަނެއްބަޔަކު ތަޅާފޮޅާނެ ކަމީ ޔަގީންކަމެއް. މިއޮތީ އެދުވަސް .

  16. ބަރުގޮނު

    ޤާސިމް ތިޔަ ސިފަކުރައްވާ ކަހަލަ "މަސްތު" ގައި އަދި "ނިދީ" ގައި ތިބި މެމްބަރުން ޖޭ.ޕީ ގައި މަދެއް ނުވާނެ. އެކަން ރަގަޅަށް ފެނިގެންދާނީ މިހާރަށްވުރެ ބޮޑު އެއްޗެއް އެހެން ފަރާތަކުން ލިބޭގޮތް އެމީހުންނަށް ދިމާވެ ޖޭ.ޕީ ދޫކޮށްލީމާ.

  17. ކޮރަލް

    ޖޭޕީމިހާރު އޮތީ ވެސް ނިދާފަ އެވެ.

  18. އަބުދު

    ކަލޭ ކާރީގަ އަމިއްލަ ޒަމީރު މަރުނުވާ މީހަކު ހެޔޮހިތުން އުޅެފާނެބާ؟ މިގައުމު ލޫޓުވުމުގަ 45 އަހަރު ކަލެޔައް އުޅެވިއްޖެ ... ދެން ތިކަން ހުއްޓަން އުޅެބަލަ. ކަލޭމެންނާ އެކު އުޅުނު ގޮތް އެނގުނު އެކުގަ އެންމެންވީ ބޯޑެތި ޚިޔާނާތްތެރިންނަށް . ޓެކުސް ނުދައްކާ އެއިންވިޔަފާރިކުރުން .....ޓުރާންޕޯޓައް އަތްގަދަކޮއް ... ވަރައް ނުބައިމީހެއްތީ...

  19. އިސްޢާފް ސަލީމް

    ސޭޓްކައިރީގައި ތިބި ބަޔަކުތިބީ އަންބޮނޑި ބަނުމުގެ ބޭނުމުގައެވެ. އަންބޮނޑި ފުރުމާއެކު ފައިންއަރާފައި ރައްކާވާނެއެވެ. އަދިވެސް ނުޙައްޤުން އަނިޔާލިބެމުންދާ މީހުންނަށް ބަދުބަސްބުނާށެވެ! ޢުމުރާއި މުދަލުގައި ބަރަކާތްކެނޑި އާޚިރުގައި އެންމެ ނިކަމެތިމީހާކަމުގައިވެސް ތިބާ ވެދާނޭކަމާމެދު ވިސްނުންބަހައްޓާށެވެ!

  20. މުރާލިބެ

    ސިފައިންގެ އުޅުނު އިރުވެސް އެދެމީހުން އުޅުނީ އެހެން މީހުންގެ މަސައްކަތު ފޮނިމީރުކަން ފޭރިގެން ތިފަދަ ހާލެއްގައި އަދި މިހާރު މަޖިލީހުގައި ވެސް ތިބެނީ ނިދީގަތިބި މެމްބަރުންގެ ގޮތުގައި

  21. އަބުދު

    ޖޭޕީ އަކީ ސޔާސީ ޕާޓީ އެއްނޫން ދަށު ދަރަޖައިގެ މީހުން ކުޑަކޮށް ކާންފަސޭހަ ގޮތެއްވޭތޯ އުޅެތަނެއް . އަމިއްލަމަސައްކަތުން ދެއިރު ކާންލިބޭ މީހަކު ތިކުނޫޒަެް އަށް ވަދެ ނުނުކުންނާނެ.

  22. މުހައްމަދުﷲ

    ގާސިމަށް ވަރަށް އަސަރު ކޮއޮފި. ޖުމުހޫރީ ޕާޓީން ގިނަ މެމްބަރުން ވަކިވީ ދޯ؟