އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާ 22 އިސްތިއުނާފީ ނުކުތާތައް ހަތަރު ދުވަހުން އިއްވައި ނިންމައިފިއެވެ. އިސްތިއުނާފީ ނުކުތާތައް ހުށަހަޅައި ނިމުމުން ދެން އަޑުއެހުމެއް އޮންނާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވިއެވެ.
އިސްތިއުނާފީ ހުރިހާ ނުކުތާއް އިއްވައި ނިމިއްޖެ ކަމަށް ޔާމީންގެ ދިފާއީ ވަކީލުން ވިދާޅުވުމުން މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ އިސްތިއުނާފް ކުރާ ފަރާތުން ދެން ބޭނުންވަނީ ދައުލަތުން ނުކުތާތަކަށް ރައްދު ދެއްވުމުގެ ކުރިން ކަފާލާތުގެ ބަހުސް ފެށުންތޯ ނޫނީ އޭގެ ފަހުން ފެށުންތޯ އައްސަވައިފައެވެ. ދެ ގޮތަށް ކުރިއަށް ގެންދިއުމާ މެދު ވެސް މައްސަލައެއް ނެތް ކަމުގައި ޔާމީންގެ ވަކީލުން ފާހަގަ ކުރެއްވިއެވެ.
ފަނޑިޔާރު މަހާޒް އަލީ ޒާހިރު ދެން ނިންމެވީ ދެން އޮންނަ އަޑުއެހުމެއްގައި ފުރަތަމަ ގެންދާނީ ދައުލަތުން އިސްތިއުނާފީ ނުކުތާތަކަށް ޖަވާބު ދެއްވުން ކަމަށެވެ. އެ މަރުހަލާ ނިމުމާއެކު ކަފާލާތާއި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމާ މެދު ބަހުސް ފަށައި، އެ ކަމުގައި ގޮތެއް ނިންމުމުގެ މަރުހަލާ ކުރިއަށް ގެންދާނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.
މީގެ ކުރިން ކްރިމިނަލް ކޯޓާއި ހައި ކޯޓުގައި ވެސް ހުށަހަޅުއްވާފައި ނުވާ ބައެއް ހެކިތައް ޔާމީންގެ ފަރާތުން ހުށަހަޅުއްވައިފައެވެ. މި ގޮތުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތުގައި ޔާމީންގެ ފައިސާ ހުރި ކަން ސާބިތުވާނެ ހެކިތަކަކާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ނައިބު ރައީސް މުއައްވިޒުއާ ޔާމީން ބައްދަލު ނުކުރާކަން ސާބިތުކޮށްދިނުމަށް އަދީބާއި މުއައްވިޒުއާ ދެމެދު ދެކެވިފައިވާ ވާހަކަތަކުގެ މެސެޖްތަކެއް ވެސް ހިމެނެއެވެ.
މީގެ އިތުރުން އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކި ބަސް ބަލައިނުގަންނަން ސުޕްރީމް ކޯޓުގައި ވެސް ޔާމީންގެ ދިފާއީ ވަކީލުން އެދިވަޑައިގެންފައިވެއެވެ. އަދި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ކިތާބީ އަދި ޝަފައީ ހެކިތަކުގެ ތެރޭގައި ވެސް ދައުވާގެ މައުޟޫއުގައި ހިމެނޭ އެއްވެސް ކަމެއް ސާބިތު ކޮށްދެވިފައި ނުވާ ކަމަށާއި، ޔާމީންގެ މައްޗަށް ކުރާ ތުހުމަތާއި ހެކިތަކާ ގުޅުވިފައި ނުވާ ކަމަށް ދިފާއީ ވަކީލުން ވިދާޅުވެއެވެ.
ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތުގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައެވެ. ހައި ކޯޓުން ވެސް އެ ހުކުމަށް ވަނީ ތާއީދުކޮށްފައެވެ.
ޔާމީންގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވިއިރު، ޔާމީންގެ ފަރާތުން 22 އިސްތިއުނާފީ ނުކުތާއެއް ހުށަހެޅުއްވިއެވެ. އިސްތިއުނާފް ކުރާ ފަރާތުން އެދިވަޑައިގަތީ ވެސް އިސްތިއުނާފީ ނުކުތާތަކަށް ފަހު ދެން ހުރި ހުށަހެޅުންތައް ކުރިއަށް ގެންދިއުމަށެވެ. މިދިޔަ ހަފުތާގައި ތިން ދުވަހު އަޑުއެހުން ގެންދިޔައެވެ. އެއީ އާދިއްތަ ދުވަހު، ހޯމަ ދުވަހު އަދި ބުރާސްފަތި ދުވަހުގައެވެ. އަދި މިއަދުގެ އަޑުއެހުމުގައި ވެސް ކުރިއަށް ދިޔައީ އިސްތިއުނާފީ ނުކުތާތައް އިއްވުމުގައެވެ.
ވ. އާރަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ވެސް ލޯންޑަ ކުރި ކަމުގެ ތުހުމަތުގައި ދައުވާ ކުރަން ފޮނުވިއެވެ. އެހެންވިޔަސް އިތުރަށް ތަހުގީގު ކުރަން ފުލުހަށް ފޮނުވުމުން ޔާމީން ހާޒިރުކޮށް ބަޔާން ވެސް ނަގަން މަސައްކަތް ކޮށްފައިވެއެވެ. އެކަމަކު ތަހުގީގު ނިމިފައިވާ މައްސަލައެއް ކަމަށް ވިދާޅުވެ ޔާމީން ވަނީ ބަޔާން ދެއްވަން ދެކޮޅު ހައްދަވައިފައެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދެ ދައުވާއެއްގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެއީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ.ފުއްގުރި ދޫކުރި މުއާމަލާތުގެ މައްސަލާގައި އުފުލާފައިވާ ރިޝްވަތު ނެގުމާއި މަނީ ލޯންޑާކުރުމުގެ ދައުވާއެވެ. މި ޝަރީއަތް މިހާރު އޮތީ ހެކި ބަސް ނެގުމުގެ މަރުހަލާގައެވެ. މި ޝަރީއަތުގައި ވެސް ޔާމީން ވަނީ އަދީބާއި ޒިޔަތުގެ ހެކި ބަސް ބަލައިނުގަންނަން އެދިފައެވެ.
ތީމިހާރުބަލަންޖެހޭމައްސަލައެއްތޯ ވަރައް ވަރައް ސާފުކޮންއިނގޭ މީރާވައިގެން ޔަމީން ޖަލުގަބަހައްޓަން ހިންގިކަމެއްކަން...؟! މިއަދު ކޮބާތޯ ހުޅަނގުގެ ބާރުތަކާ މީޑިޔާތައް.؟! ހަމަ ހަނު..ދީނައްފުރައްސާރަކޮއްދޭތީއާއި، އެޖިންސުންގުޅުންހިންގަން އަޑުއުފުލާމީހުންހައްޔަރުނުކުރާތީވެ ދެއްތޯ.
ބޭކާރު ޓައިމް ފެނަށް ބޭނުންވެފަ މަ މިހުރީ ފެންފޮދެއް ލިބިއްޖެޔާ ނުބޮއެ ދޫކޮށެއް ނުލާނަން.
މަކަރުވެރި ހީލަތްތެރި ސަރުކާރުގެރޭވުންތަށް ފަޅާއަރަންފަށައިފި ފަނޑިޔާރުންވެސް ދަންނަންޖެހޭނެ މިވެރިކަންވެސް ނިމޭނެކަން (އިންސާފުން ޝަރީއަތްކުރުމަށް ފަނޑިޔާރުންނަށް ގޮވާލަން)
އިބޫ / ހިސާނޫ ސިއްރުން ތިޔަ ނިންމާ ނިމުންތައް ދެނެވޮޑިގެންވާ ފަރާތެއްވޭ ﷲ ކަން ކަން ނިމާނީ އެންމެ ރަގަޅަށް ،