މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޒާކިރު ނައިކުގެ ފިރިހެން ދަރިފުޅު، ފާރިގް ޒާކިރް ނައިކްއާ ކައިވެނި ކުރާނެ އަޙްލާޤް ރަނގަޅު އަންހެނަކު ހޯދުމަށް ޒާކިރު ނައިކް އިއުލާނު ކޮށްފިއެވެ.

އުމުރުން 27 އަހަރުގެ ފާރިގް ޒާކިރާއި ކައިވެނި ކުރާނެ މީހަކު ހޯދަމުން އަންނަ ކަމަށް ޒާކިރު ނައިކު ވަނީ އޭނާގެ ރަސްމީ ފޭސްބުކު އެކައުންޓުގައި ހިއްސާ ކޮށްފައެވެ.

އެގޮތުން ޒާކިރު ނައިކް ކުރެއްވި ޕޯސްޓުގައިވަނީ އޭނާގެ ފިރިހެން ދަރިފުޅު ފާރިގާއި ކައިވެނި ކުރާނެ އަހުލާގު ރަނގަޅު މުސްލިމް އަންހެނަކު ހޯދަމުންދާ ކަމަށެވެ.

އެޕޯސްޓުގައި ޒާކިރު ވަނީ ފާރިގް އާއި އިންނަން ބޭނުންވާ އަންހެން ކުއްޖެއްގެ ގައިގައި ހުރުން ލާޒިމު ސިފަތައް ވެސް ހިއްސާ ކޮށްފައެވެ. އެގޮތުން ހުރިހާ ހަރާމް ކަމަކާއި ދުރުވެފައިވާ އަންހެނަކަށްވުމާއި، އިނގިރޭސިން ލިޔަން ކިޔަން ދަންނަ އަންހެނެއްގެ އިތުރުން މެލޭޝިއާއަށް ދިރިއުޅުން ބަދަލު ކުރެވޭނެ ހާލަތެއްގައި ހުރި އަންހެނަކަށް ވާން ޖެހޭނެ ކަމަށް އެ ޕޯސްޓުގައި ވެއެވެ.

މީގެ އިތުރުން ފާރިގް އާއި ކައިވެނި ކުރަން ބޭނުންވާ އަންހެން ކުއްޖަކު ވާން ޖެހޭނީ ޤުރުއާން ހިތުދަސް އަންހެނަކަށް ކަމަށް ވެސް ޕޯސްޓުގައި ވެއެވެ.

އެމައުލޫމާތުގެ އިތުރުން ޒާކިރު ވަނީ ފާރިގްގެ ޒާތީ މައުލޫމާތު ތަކާއި ތައުލީމީ ކޮލިފިކޭޝަންތަކާއި ހޯދާފައިވާ ކާމިޔާބީތައް ވެސް ޕޯސްޓުގައި ހިއްސާ ކޮށްފައެވެ.

ޑޮކްޓަރ ޒާކިރު ނައިކަކީ، އިސްލާމްދީނާބެހޭ މަޢުއުލޫމާތު ގެނެސްދޭ ޓީ.ވީ ޗެނަލެއް ކަމަށްވާ ޕީސް ޓީ.ވީ.ގެ އެއް މުއްސިސްއެވެ. އޭނާއަކީ އިސްލާމް ދީނަށްޓަކައި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އޭނާ މީގެ ކުރިން ވަނީ ރާއްޖެއަށް ވަޑައިގަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ރިޖެކްޓެޑް

    މަ ވެސް އެބަ ހޯދަން. ނުލިބުން އެކަމަކު 😞😞😞😞

    13
    2
  2. ޖާބިރު ފަރީދު

    ސަހިންދާ އިސްމާއިލް ސަރުތު ފުރިހަމަވޭ!!!

    20
    27
  3. ޣދސރ

    އިންސާނެއްވިއްޔާ ފާފައެއް ނުކޮއް ހުރެވޭނެތަ..

    11
    4
  4. ފަރީ ދު

    ފަރަންޖީ އެއް ކަމަކު ނުދާނެ!

    3
    3
  5. ބުއްޅާބެ

    ތިތާ އުޅޭ ސާނީ އާ ނަޒާހަތު ވަރަށް އެކަށީގެންވާނެ.

    2
    8
  6. އަރީ

    ތީކީ އިސްލާމްދީނުގަ ތިކަން އޮންނަ ގޮތެއްނޫން. ތިޔަހުރީ ކަންދެއްކުމާ އަމިއްލައެދުން ބޮޑުވަރު ދަލީލުކޮއްދޭކަންކަން. އަހުލާގު ރަގަޅު ދީންވެރިކުއްޖެކޭ ބުނިނަމަ ރަގަޅުވީސް. ލަކުމްދީނަކުމް ވަލިޔަދީން

    16
    10
  7. ރައްޔިތު މީހ

    މަވެސް މިއުޅެނީ ހަމަ ތިޝަރުތު ފިރިހަމަވާ އަން ހެނަކު ނުލިބިގެން.

    5
    2
  8. Anonymous

    ފަރީދޫއޫޢޫއޫ .ޝަހިންދާ އަށްވުރެ އޭނަ ގެ ދައްތަ ގުރޭޝާ އިސްމާއިލް ޒާކިރު ނައިކު ގެ ދަރިފުޅާއި އިންނަން މާރަނގަޅުވާނެ. ޢެއީ ޝަހިންދާ އެހެން ދީނެއް ފަތުރައިގެން ޖަލަކަށްނުލާތީ

    • ޢަހުމަދުވަގާރު

      ސުްނަތް ދިރުވަނީ ދޯ

  9. ރޫނާ

    ށުހާ ހުރީ ރެޑީގަ 😂😂😂✌️އޭނަ ކާރީ އަހާލަބަ އަޅެ

  10. ޖުހާ.

    ތިއީ ދެއްކުންތެރިކަން. ގުރުއާން ޑައުންލޯޑުކޮށްފަހުރި އަންހެން ރޮބަޓެއް ހޯދާ. އިންސާނުނަކަށް ތިއަމީހުނާއެކު ކެތެއްނުވާނެ. ތިއަމީހުނާ އިނދެގެން އުޅެންޖެހޭނީވެސް އަޅެއްގެގޮތުގަ. މުއްލާ ވައްތަރުގަނޑު މިހުންނަނީ.