އެމްޑީޕީގެ އާންމު މެންބަރުންގެ ތެރޭގައި އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވުރެ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގަދަވާނެ ކަމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އެންމެ އިސް ދެ ބޭފުޅުންގެ މެދުގައި ޕާޓީ ދެބައަކަށް ބެހިފައިވާ އިރު، މިއަދު ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ނަޝީދުގެ ފެކްޝަނުން ވެސް ކެންޑިޑޭޓުން ވާދަކުރާ އިރު ރައީސްގެ ފެކްޝަނުން ވެސް ކެންޑިޑޭޓުން ވާދަކުރެއެވެ.
"އަވަސް" ނޫހުގެ ޕްރޮގްރާމެއްގައި އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބޭނެ ބޭފުޅަކާ މެދު އަދުރޭ ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ ވެރިކަމުގައި ހުންނެވީ ރައީސް ސޯލިހް ކަމަށްވާ އިރު، ރައީސްގެ ބާރުތައް ވަރަށް ގަދަވާނެ ކަމަށެވެ. އެހެންވިޔަސް އެމްޑީޕީގެ އާންމު މެންބަރުންގެ މެދުގައި އަބަދުވެސް މަގްބޫލް ކަމެއް އޮންނެވީ ނަޝީދަށް ކަން އަދުރޭ ފާހަގަ ކުރެއްވިއެވެ.
"ވެރިކަމުގައި ހުންނަ މީހެއްގެ އަތުގައި ވަރަށް ގިނަ ބާރުތައް އޮންނާނެ، އެކަމަކު އެމްޑީޕީގެ މެންބަރުންގެ ތެރޭގައި ނަޝީދު ގަދަވާނެ ކަމަށް ދެކެނީ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ނަޝީދާއި ރައީސް ސޯލިހްއާ ދެމެދު ވާދަވެރިކަމެއްް އޮތް ކަމަށް ބެލެވުނަސް ފަހު ވަގުތު ދެ ބޭފުޅުން ތިއްބަވާނީ އެކުގައި ކަމަށެވެ. އެ ދެ ބޭފުޅުން ދެ ދިމާއަކަށް ގޮސްދާނެ ކަމުގައި ބެލުން އަދި ވަރަށް ދަތިފުޅުކަމަށާއި އެހެންވިޔަސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހީނުކުރާ ކިތަންމެ ކަމެއް ހިނގައިފައިވާ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
ބަރުލަމާނީ ނިޒާމުގެ ޕެޓިޝަންއާ ގުޅޭ ގޮތުން ސުވާލު ކުރުމުން އަދުރޭ ވިދާޅުވީ އޭނާ ގަބޫލު ކުރައްވާ ގޮތުގައި އެ ކަމަށް ނަޝީދުއާއި ރައީސް ސޯލިހް އެއްބަސްވެވަޑައިގަންނަވާނެ ކަމަށެވެ. އެއީ ރިޔާސީ ނިޒާމަކުން ވޯޓު ހޯދައިގެން އަންނަހާ ތާއީދެއް އެއިން އެއް ބޭފުޅަކަށް ވެސް ނެތުމުން ކަމަށް އަދުރޭ ވިދާޅުވިއެވެ.
ބަލަ އަދުރޭގެ ބޮލުގަޓިނުގަނޑަކުން ޖެޙުނީތޯ.
އަދުރޭ ވިދާޅުވީ ނަޝީދާއި ރައީސް ސޯލިހްއާ ދެމެދު ވާދަވެރިކަމެއްް އޮތް ކަމަށް ބެލެވުނަސް ފަހު ވަގުތު ދެ ބޭފުޅުން ތިއްބަވާނީ އެކުގައި ކަމަށެވެ. ބަރާބަރު ވާހަކައެއް އަދުރޭ ސާރ ތިބުނީ،
ޕީޕީއެމްގެ އާންމު މެމްބަރުންގެ މެދުގަ މަޢުމޫނެއްވެސް ގަދައެއްނުވިއެއްނު! ޔާންޓޭ އަދުރޭމެނާ ގުޅިގެން ޕާޓީގަނޑު ޖަހައިގަތީނު!
އަންނި ފެކްޝަން މޮޅުވެއްޖިއްޔާ ޕީޕީއެމް ކުދިން އުފަލުން ނަށާނެ އެނގޭ މީހަކަށް އެނގޭނެ މި ބުނާ އެއްޗެއް
ތަންދޮރު ނުދައްނަ ވަރަކަށް ތިޔަ ނަޝީދު ރަނގަޅު ވެގެން އުޅޭނީ، ތަނެއްދޮރެއް އެނގޭ ކަންކަމާމެދު ރަނގަޅަށް ވިސްނާ އެކަކަށްވެސް އޭނާ ރަނގަޅުވާނެ އެއްގާތައްވެސް ނޯންނާނެ.
މީ ނަމުން ލީޑަރުން. ކަމެއް ދިރާސާ ކޮށްގެން ވާހަކަ ދައްކަނީކީނޫން. ދެން ހަމަ ބުނަނީ. ކޮބާ ކިހިނެއް މިވީ. ލަލަލަ!