00:18

އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފެކްޝަނާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ވާދަވެރިކަން ބޮޑު އެ ޕާޓީގެ އެތެރޭގެ އިންތިޚާބު ރައީސް ސޯލިހްގެ ފެކްޝަނުން ކާމިޔާބުކޮށްފި.

22:20

މެމްބަރު ނާޒިލް ބޮޑު ތަފާތަކުން ބަލިކޮށް، ގޮނޑި ރައީސް ސޯލިހް ފެކްޝަނަށް

21:50

އައްޑޫގެ ރައީސްކަން ވެސް ރައީސް ސޯލިހް ފެކްޝަނަށް

21:47

މެދު ދެކުނު ޕްރޮވިސްއަށް ރައީސް ސޯލިހް ފެކްޝަންގެ އަމީރު

https://twitter.com/VaguthuOnline/status/1441775018174660612?s=20

20:34

އެމްޑީޕީ އެތެރޭގެ އިންތިހާބުގެ ލ.ފޮނަދޫ ދާއިރާގެ ރައީސްކަމަށް ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހުސެއިން އިސްމާއިލް އިންތިހާބުކޮށްފި.

20:32

އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފެކްޝަނާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ވާދަވެރިކަން ބޮޑު އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ އަލިފުށި ދާއިރާގެ ރައީސް ކަމަށް، ރައީސް ސޯލިހް ފެކްޝަންގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އިންތިހާބުވެއްޖެ

20:24

އެމްޑީޕީ ގައުމީ މަޖިލީސް އިންތިހާބުގެ ކަނޑިތީމު ދާއިރާގެ ރައީސް ކަމަށް އިންތިހާބުވެފައި ވަނީ އަލީ ފައިސަލް

20:14

އެމްޑީޕީ ގައުމީ މަޖިލީހުގެ މަޑަވެލި ދާއިރާގެ ރައީސްއަކަށް އިބްރާހިމް ނާފިޒް " ޗިކާ " އިންތިހާބުވެއްޖެ. އޭނާއާ ހަތަރު ކެންޑިޑޭޓަކު ވާދަކުރެއްވި.

20:13

‎ރ. އަތޮޅު އުނގޫފާރު ދާއިރާގެ ރައީސް ކަމަށް ރ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް އަލީ ޝާހިދު ހޮވިއްޖެ.

20:07

އިންތިހާބުުން ނާކާމިޔާބު ވިކަމުގައިވިޔަސް އޭނާއަށް ވޯޓު ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން - އަކްރަމް

19:51

އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފެކްޝަނާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ވާދަވެރިކަން ބޮޑު އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ މާލެ ސިޓީގެ ރައީސް ކަމަށް ނަޝީދު ފެކްޝަންގެ ސިފާ މުހައްމަދު އިންތިހާބުވެއްޖެ

19:43

އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފެކްޝަނާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ވާދަވެރިކަން ބޮޑު އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް، ރައީސް ސޯލިހް ފެކްޝަންގެ ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް އިންތިހާބުވެއްޖެ.

19:38

މެދު އުތުރު ޕްރޮވިންސްގެ 33 ރަށުގެ ތެރެެއިން މިހާތަނަށް ވަނީ 11 ރަށެއްގެ ނަތީޖާ އިއުލާނުކޮށްފައި.

19:25

ގެ ލ ގަން ދާއިރާގެ ރައީސް ކަމަށް ވާދަލުރެއްވި ބޭފުޅުންގެ ނަތީޖާ

ތުނޑު އަވަށް

އަލީ އިބްރާހިމް - 64 ވޯޓު

ފައްޔާޒް އިސްމާއިލް - 301 ވޯޓު

އިސްމާއިލް ޒަކީ - 87 ވޯޓު

ބާތިލް - 8

މުކުރިމަގު އަވަށް

އަލީ އިބްރާހިމް - 87 ވޯޓު

ފައްޔާޒް އިސްމާއިލް - 94 ވޯޓު

އިސްމާއިލް ޒަކީ - 3 ވޯޓު

ބާތިލް - 6

19:19

އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފެކްޝަނާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ވާދަވެރިކަން ބޮޑު އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ލ ގަން ދާއިރާގެ ރައީސް ކަމަށް ރައީސް ސޯލިހް ފެކްޝަނުން، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އިންތިހާބުވެއްޖެ

19:12

މެދު އުތުރު ޕްރޮވިންސްގެ 33 ރަށުގެ ތެރެެއިން މިހާތަނަށް ވަނީ ނުވަ ރަށެއްގެ ނަތީޖާ އިއުލާނުކޮށްފައި.

މީގެ އިރުކޮޅެއް ކުރިން ކ. ތުލުސްދޫ އާއި ކުނބުރުދޫގެ ނަތީޖާ ވަނީ އިއުލާނުކޮށްފައި

19:04

މިހާތަނަށް އައިއިރު މަހްލޫފް ވަނީ ނުވަ ރަށަކުން ބޮޑު އަޣުބަލިއްޔަތަކުން ކުރި ހޯދާފައި

19:01

މެދު އުތުރު ޕްރޮވިންސްގެ 33 ރަށުގެ ތެރެެއިން މިހާތަނަށް ވަނީ ހަތް ރަށެއްގެ ނަތީޖާ އިއުލާނުކޮށްފައި.

18:58

މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ވާދަކުރައްވާ ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް މިހާތަަނަށް ލިބުނު ނަތީޖާ އިން އޮތީ ބޮޑު ތަފާތަކުން ކުރީގައި.

އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފެކްޝަނާއޮި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ވާދަވެރިކަން ބޮޑު އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ނަތީޖާ އިއުލާން ކުރަން ފަށައިފިއެވެ.

މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ. ބައެއް ހިސާބުތަކުގައި މިރޭ 8:00 އާ ހަމައަށް ވެސް ވޯޓުލުން ކުރިއަށް ދާނެއެވެ.

މާލޭގައި ވޯޓުލުން ކުރިއަށް ދިޔައީ 15 ސްކޫލަކާއި، ސޯޝަލް ސެންޓަރުގައެވެ.

ގައުމީ މަޖިލީހުގެ 455 މަގާމަށް 733 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. ގިނަ މަގާމުތަކަށް ނަޝީދުގެ ފެކްޝަނުންނާއި ރައީސްގެ ފެކްޝަނުން ވެސް ކެންޑިޑޭޓުން ނެރުއްވާފައިވެއެވެ. މި އިންތިޚާބުގައި 93،000 އެއްހާ މީހުނަށް ވޯޓުލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖީހާން

    ބޭކާރު ކަމެއް ތި ކުރަނީ ކޮން ވޯޓެއް ތިޔަ ލަނީ ..... ނޮވެމްބަރު 17 ގެ ކުރިން މި ވެރިކަން ނިމޭނެ އިންޝާﷲ ، ނަސީދު އަޑީގައި ހުރެ ، 🐊🐊🐊 އިސްތިއުފާ ދޭ ތަން ބަލަން ހުންނާތި ...... ރާއްޖޭގެ ބޮޑުވަޒީރު ނަސީދު🇮🇳🇮🇳🇮🇳

  2. ސަމާ

    އިބޫގެ ފަހަރެއް.
    ލަފާ ކުރެވެނީ މޑޕ ސައިޑުން ފުރަތަމަ 5 އަހަރު އަދި 10 އަހަރުގެ ޓާރމެއްވެސް ފުރިހަމަކުރެވޭ ފުރަތަމަ ބޭފުޅަކީ އިބޫއަށްވާނެހެން.
    އެއިގެ ފަހުން އަބްދުﷲ ޝާހިދު ވެރިކަން ކުރާނީ.
    ނަޝީދު ބައިންދަންވީ ބެންޗްގައި.

    2
    3
  3. ނައްޓު

    އަލްހަމްދުﷲ މިވެރިކަންވެސް ދައުރު ހަމަނުވަނީސް ސިއްކަޖެހުނީ ، ކަޅު ފޮށި ހޯދަން މަގުމައްޗަށް ނުކުންނަވަގުތު މިއޮތީ ޖެހިފައި، ހިންނަވަރު ބޮޑުވަގު ގޮޅިޔަށް ސައިޒްކޮށްލީ