އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފެކްޝަނާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ވާދަވެރިކަން ބޮޑު އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ އަލިފުށި ދާއިރާގެ ރައީސް ކަމަށް، ރައީސް ސޯލިހް ފެކްޝަންގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އިންތިހާބުވެއްޖެއެވެ.

ރައީސް ސޯލިހްގެ ޅިޔަނެއް ކަމަށްވާ ބިގޭ މި އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ، އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން މުހައްމަދު (ހަސަންޓޭ)އާ ވާދަކޮށެވެ.

ބިގޭއަކީ ރައީސް ބޭނުންފުޅުވާ ގޮތަށް ރައްޔިތުން މަޖިލީހުގައި ކަންކަން ނިންމަވަން ލޮބީ ކުރައްވާ އެއް މެމްބަރެވެ.

ނަޝީދުގެ ބައެއް ހުށަހެޅުއްވުންތައް ބޭރުކޮށްލަން ކޮމިޓީއެއްގެ މެންބަރުންނަށް ބިގޭ ލޮބީ ކުރެއްވި ކަމަށް ވިދާޅުވެ، ނަޝީދުގެ އަރިސް މެންބަރުން ވަރަށް ބޮޑަށް ފާޑުވިދާޅުވި ދުވަސްވަރެއްގައި ބިގޭގެ ދިފާއުގައި ރައީސްގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ވެސް ނުކުންނެވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ނަޝީދު ފެކްޝަންގެ މައްޗަށް ރައީސް ސޯލިހްގެ ފެކްޝަނުން ވަނީ ކާމިޔާބު ހޯދައިފައެވެ. މިއީ މި ދެ ބޭފުޅުންގެ މެދުގައި މިހާ ބޮޑު ވާދަވެރިކަމެއް ފެނުނު ފުރަތަމަ އިންތިހާބެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކާފަބޭ2020

    ވަރަށްމޫސުންގޯސްވިއްސާރަދުވަސްވަރެއްކަމުން އިތުރަށް މޫސުންގޯސްވުމަކީވެސް ހަމަވެދާނެކަމެއް! ހަމައެކަނި 24 ގަޑިއިރަށްފޯކާސްޓުބަލައިގެން ނަތީޖާރަނގަޅުނުވެދާނެ!