ހިޔާ ފްލެޓްގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު، ބުރަކަށި މައްޗަށް ލައިގެން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ފެށިގެން ހިޔާ ފްލެޓްތަކާއި ހަމައަށް ދިޔަ މަންމައަށް އެންމެންގެ ހެޔޮ ދުއާ ލިބިފައި ވަނިކޮށް ޖެންޑާ މިނިސްޓްރީގެ އިސް މުވައްޒަފަކު އެދެމައިންނަށް ފުރައްސާރަ ކޮށްފިއެވެ.

ނިކަމެތި އާއިލާއަށް ފުރައްސާރަ ކުރި ރިލްވާނަކީ މިހާރު ތ.އަތޮޅު ވޭމަންޑޫގައި ހުންނަ ޖެންޑާ މިނިސްޓްރީގެ އެންމެ އިސް މުވައްޒަފެވެ. އޭނާ އަކީ ކުރިން ތ.އަތޮޅު ކައުންސިލްގެ ރައީސް އެވެ.

ވެރިކަން ކުރާ އެމްޑީޕީއަށް ނިސްބަތްވާ ރިލްވާން ވަނީ ބުރަކަށިމަތީގައި ދަރިފުޅު އުފުލާ މަންމަ އަށް އިތުރު އެހީތެރިކަމެއް ފޯރުކޮށްދޭން ނުޖެހޭ އިބާރާތަކުން ފޭސްބުކްގައި ކޮމެންޓެއް ކޮށްފައެވެ. ރިލްވާންގެ ކޮމެންޓްގައި ވަނީ "އެޕާޓްމަންޓްދީ، ސްކޫލަށް ދާން ބަސްދީ، ކާނެ ކާއެއްޗެހިދީ، ފެން ބިލް ދައްކައިދީ މިއީ ދުނިޔޭގެ ކޮން ގައުމަކުން ކުރާ ކަމެއްތޯ؟" ސުވާލު ކޮށްފައެވެ.

ބުރަކަށިމަތީގައި ދަރިފުޅު އުފުލި މަންމަ އަށް ބަސް ޓެކްސީއެއް ހަމަޖައްސައިދީފައިވާ އާއްމުންގެ ޖަމިއްޔާގެ ރައީސް މިދުއަމް ސައުދު ވަނީ ރިލްވާންގެ ކޮމެންޓާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. މިދުއަމް ވިދާޅުވީ ރިލްވާން ރައްޔިތުންގެ ބައިތުލްމާލުން މުސާރަ ލިބޭ މަގާމެއްގައި ހުރެ ރަހުމެތްނެތި އާންމު ނިކަމެތިންގެ ހާލަތަށް ހަޖޫ ޖެހީމަ ހަޑި ނަން ލިބޭނީ ތަމްސީލު ކުރާ ޕާޓީ އާއި ވެރިންނަށް ކަމަށެވެ. ދުނިޔޭގެ ގައުމު ތަކުގައި ކުރާ ކަންކަމާއި ނުކުރާ ކަންކަން ނޭގުމުން ފަލީހަތްވަނީ ރިލްވާން ކަމަށް ވެސް މިދުއަމް ވިދާޅުވިއެވެ.

ރިލްވާންގެ ކޮމެންޓާއި ގުޅިގެން ވަރަށް ގިނަ އާއްމުން ވެސް އަންނަނީ އޭނާ އަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. މާމީ

    ފުލެޓު ދިނީ މި ސަރުކާރުނެއް ނޫން.

    103
    1
  2. އަލީ

    ފުރައްސާރަ ކޮއްކޮއް ތިބެވޭނީ މަދު ދުވަސް ކޮޅަކު

    121
    1
    • ލޮލްލޮލް

      އައްޔާ 5 އަހަރު ހަމަ މަޑުކޮއްލުން ގޮތެއް ނެތް އިނގޭތޯ

      3
      44
      • ޙ

        މިހާރު ވެސް ކިރިޔާ ކިރިޔާ

  3. އަލިބެ

    ވަރަށް ދެރަ އެކަހަލަަޖައްބާރުން ވަޒީފާއިން ވަކިކުރަން ޖެހޭ ހާއްސަކޮށް ޖެންޑާއިން

    137
    1
  4. މިރުސް

    އެއި ޕާޓީގެ ނަމުގައި އުޅޭ ދެފުއްކެހެރިއެއް އަސްލު އެމް ޑީ ޕީ މެމްބަރުނނަކީ ނިކަމެތީންނައް ހަޖޫޖަހާ ބައެއް ނޫން.

    23
    128
    • ގިތެޔޮ މިރުސް

      ދެން ތިހެން ކިޔާނެކަމެއް ނެތް. ކަލޭމެން ކީއްކުރަން އޭނައަށް ވޯޓުލައިގެން ހޮވީ؟ އަދިވެސް ގައުމީ މަސްލަހަތަށް ބެލުމެއްނެތި ޕާޓީ ކުލައިގެ މީހުން ފަހަތުން އުޅޭ.

      29
      6
    • ސަލީމް

      ހިޔާ ފްލެޓް ގެ ކަންކަމުގައި ޢާންމުން ތަޙަންމަލް ކުރަން އެމްޑީޕީ ގެ މިސަރުކާރުން ޖައްސާފައި މިވަނީ ވަރަށް ނިކަމެތި ޙާލެއް!! މިއީ ސަރުކާރަކުން ކުރަން އެކަށީގެންނުވާ ވަރުގެ ހުތުރު ކަމެއް!!

      23
    • އެމްޕީ

      އެމް.ޑީ.ޕީ މެންބަރުންނަކީ ގޮތެއް ފޮތެއް ނެތް ނެތް މީހެއްގެ ފަހަތުގައި އުޅޭ ބައިގަނޑެއް.

      28
      2
  5. ރަދީފް ހުސެން

    މީހާގައިގަ ހުރިއެއްޗެއް ބޭރުވާނީ، އެހެންވެ ތިހެން އެބުނީ. ފްލެޓް ގަނޑެއް ނޭޅުނުތާ، އެހެންބަޔަކު އަޅާ ނިންމީމަ ދޮރެއް ދޮރުފަތެއް އެހެންކަމެއް ނުކޮއް ރައްޔިތުންނައް ކުރީޖެއްސުން. އަދިވެސް އެގޮތުގަ. އަހަރުމެން ކައިރިޔައް ކަލޭމެން ވޯޓުހޯދަން އަންނަދުވަސް އެބަކައިރިވެ، ތިކުރާ ޖެއްސުން ހަނދާން އެބަހުރި، ކަލޭމެނައް ދޭން އޮތީ ކޯޗެއްތޯ އެދުވަހު ނިކަން ރަނގަޅައް އަނގާލާނަން. މިއަދު ތިހެން މޭފުއްޕާފަ ހިތުހުރި އެއްޗެއް ހަދައިގެންތިބޭ.

    81
    3
  6. އަލިބެއްޔާ

    ދުނިޔޭގެ އެހެން ޤައުމެއް ނަމަ މިހާރު ވަޒީފާއިން ވަކިކޮށް ވަކި މައްސަލަ އެއްގެ ގޮތުގައި ތަޙުޤީޤު ކުރާނެ..

    106
    1
  7. ށިިިިއަރާ

    މިކަހަލަމިީހުންތަތަންތަނުގެރަަަަައީސުންނަންލާފަތިބެނީ މުަޅިއަތޮޅަައްހުތިހުތުރެންނު

    48
  8. ކައްބޮއްލާ

    މެންދުރުގެ އިރުދައްކާފަ އެއީ ހަނދޭ ބުނީމާ ޤަބޫލުކުރާނީ އެކުލަ ކުދިން. އެހެންވީމަ ކޮންމެފަދަ އެއްޗެއްވެސް ކިޔާފާނެ

    38
  9. ރަން ރީނދޫ

    ރީނދޫ ކުދިންނަށް ރައްޔިތުންގެ އިޙްސާސް ވަރަށް ރަނގަޅަށް އެނގޭނެ. ޕަކާސް.

    26
    1
  10. އިޒްވީނާ

    އެ މަންމަ އެކުއްޖާ އުފުލައިގެން ދިޔައީ އެއީ ބަލި ކުއްޖެއް ވީމަ. ޚުދު ތިމާގެ އެފަދަ ކުއްޖެއް ހުރީމަ އިނގޭނީ އެފަދަ މައިންބަފައިން އުޅޭ ހާލު. ތިމާގެ އެފަދަ ކުއްޖެއް ނެތީމަ ޝުކުރުކޮށްގެން ދެން ވެސް އެފަދަ ކުދިންގެ މައިންބަފައިންނަށް ހަމްދަރުދީވެ އަޅާލުން މުހިންމު.

    72
  11. މަންމައެއް

    އޭނާގެ މައިމީހާ އެތަކުލީފު އުފުލިކަމުގައިވިޔަސް އޭނާ ބުނާނީ ހަމަތިހެން ބާވައޭ ހިތަށް އަރާ. މުސާރަ ދެނީ ރައްޔިތުންގެ ބައިތުލް މާލުން. ތިކަހަލަ ރައްޔިތުންގެ އިހްސާސް ނުދަންނަ ފީކަޅަަ މީހަކު ސަރުކާރު ވަޒީފާއެއްގައި ބަހައްޓާނެ ކަމެއްނެތް.

    51
  12. އައިޝަތު ސަމާ

    ތިކަހަލަ ކޮހުން ތަންތަނަށް ލަނީ ތައުލީމެއް ތަޖްރިބާއެއްނުބަލާ. ހަމައެކަނި ބަލާ އެއްޗަކީ މުޒާހަރާ ކުރަން ދާވަރާއި، ޕޯޑިއަމްތަކުގައި ނުބައި އެއްޗެހި ކިއާވަރު.

    47
    1
  13. ސަނީ

    އޭބަލަ މިހިރަ ނުކިޔަވާހުރި ނާގާބިލާ! ފުލެޓް ދިނީ މިސަރުކާރުންތަ؟؟ ހަމާއިގަތަ ތިހިރީ؟ އެއްޗެއް ބަޔަކަށް ދެވިއްޖެތަ ކަލޭމެނަށް؟

    46
  14. ކައުންސެލަރު

    ކޮންހެނެއްވެގެން ކާކުބުނެގެން ވޯޓު ހޯދަންވެގެން ބޭސް ސިޓީއަށް ސަލާން ޖެހުން ނައްތާލާށޭ ކިޔާފަ ހިލޭ ބޭސްފަރުވާގެ ކަންކަން ހަމަޖައްސަންވެގެން އުޅުނީ. އެހެންވީމާ ތިޔަކަންކަން ވެސް ޖެހޭނީ ހަމަ ކޮށްދެން. އިނގިއްޖި

    22
    1
  15. Anonymous

    އެމްޑީޕީގެ ގުންޑާއިންގެ ފެންވަރު ނާތަހުޒީބުކަން އަދިވެސް ވެރިކަމާއި ހެދި އުޅޭތި ބުރާންޗޯ

    36
  16. ބޮލި މުލައް

    ތީ ޖެންޑަރ މިނިސްޓްރީގެ ގުނަވަންތަކުގަ މަސައްކަތްކުރާ މީހުންގެ ޙާލު
    މީކީ އާކަމެއްނޫން

    25
  17. ސަރީ

    ބަލަ އެޕާޓްމެންޓާ ބަހާ ކާާއެއްޗެއްސަކީ ހިލޭ ދޭ އެއްޗެހިތަކެއްތަ. ތިމީހުންނަށް މަސައްކަތެއް ނުކޮށް ބޮޑު މުސާރަ ލިބުނަކަސް ބުރަ މަސައްކަތްކޮށް އުނަގަނޑު ބިންދައިގެންދާއިރުވެސް ހައްގު މުސާރަ ނުލިބޭ މީހުނޭ ގިނައީ

    25
  18. ޢމ

    ރައްޔިތުންގެ ލާރިކައިގެންތިބެ މިހާ ބޮޑާވުމަކީ ކޮންގައުމެއްގެ އިސްވެރިން ކުރާކަމެއްތޯ ؟!

    މިހާރުން މިހާރަށް މީނަ ރައްޔިތުންނަށް ޚިދުމަތްކުރުމަށް ހަވާލުކޮށްފައޮތް ވަޒީފާއިން ވަކި ކުރޭ !!

    27
  19. ފާތުން

    މަލާމަތްކުރުން ގޯސް. ޢަސްލު ގިނަ ދިވެހިން ހީކުރަނީ ސަރުކާރުންނޭ ހުރިހާ ކަމެއްކޮއްދޭން ޖެހޭނީ. ޙުރިހާ ކަމެއް ސަރުކާރުންކޮއްދޭކައް ނުޖެހޭ. ޢެކަކު ވެސް ފަރުދީ ޒިންމާ އަދާ ކުރާކައް ބޭނުމެއްނުވޭ.

    4
    14
    • ޙަސަން

      ޕާޓީ ދިފާއުގަ ހަދާ ފަސޭހަ ދޮގު ފޮތުން ދޮގެއް ހަދާލީ ދޯ. ތި ރާގު ބަދަލުވާނެ މިހާރު ވެރިކަމުގަ އޮތީ އިދިކޮޅުނަމަ.

      10
  20. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާދުރަށްދޭ

    ވެރިކަމަށް އަންނަންވެގެން ރައިޔަތުން ވަރެއްނެތް ލިބުނީމަށް ހެދީ ނަޖި ހަށް ދުވްތައް ދަނީގުނެމުން އަނަނަނީ ކައިރިއަށް ގޮތް ހުސްވާތީ ތެލެނީ

    13
  21. ރަހްމުކުޑަ

    ތިވަޒީފާއިން އިސްތިއުފާދިނުން. ނޫނީ މާފަށްއެދުން ތިބާގެ މަށްޗަށް ލާޒިމް....ވިސްނާ ފިކުރުކުރަނީ ކޮންކަމަކާބައޭ ހިތަށްއަރާ....
    އިޚްމާލްތައް.
    # މުއްސަނދީންއަތުން ނުވަތަ ނިސޯބް ހަމަވާ ފަރާތްތަކުން ފަގީރުނަށް ދައްކަންޖެހޭ މުދަލުޒަކާތް ދައުލަތުން ނަގާނުދިނުމުގެ އިޚްމާލް
    # ބާޒާރުގެ އަގުތައް ކޮންޓްރޯލް ނުކުރުމުގެ އިހްމާލް... ހަމައެކަނި ރަމަޝާން މަހަކަށްނޫން ކޮންޓްރޯލް ކުރަންޖެހެނީކީ.... އެސް.ޓީއޯ އިން ރައްޔިޔުންނަށް ބޭނުންވާ އަސާސީ އެންމެހާ ތަކެތި އަގުހެޔޮކޮށް ފޯރުކޮށްދެވޭނެ... ނުޖެހެ މުއްސަނދިން ރުޅިއައިސްދާނެތީ ކަންބޮޑުވާކަށް

    13
    1
  22. އެހެންދޯ؟

    އެހެން ވެއްޖެޔާ ކަލޭ އަވަހަށް ވަޒީފާ ދޫކޮށްލާފަ ގޭގަ މަޑުކޮށަލާ.. ތިކަހަލަ ހިތެއްނެތް ހިމާރުން ތިޔަކަހަލަ ވަޒީފާގަ ބައިތިއްބާނީވެސް ވ.ނާގާބިލް ވެރިން ތިބި ސަރުކާރެއްގަ. ކަލޭ ކަހަލަ މީހުން އަންހެނުންނާ އިނދެގެން ދަރިންދީފަ އެކަނބަލުން ނިކަމެތިކޮށްލީމާ އުޅޭންޖެހޭ ހާލު އެއީ.. ބުރާންޗާ..

    13
  23. ޖާބެ

    ޢެމީހުންގެ ފަލްސަފާގަ އޮތީ ވައްކަމާ އަނިޔާވެރިކަން ނުވިތާކައް ފުރައްސާރަކުރުން

    14
  24. އާދަންބެ

    މިކަހަލަ މަރުމޯލުން ލައިގެން ގައުމު ހިންގަނީ. ލަނޑަޔާވާނީ ހަމަ ލަނޑަޔާ.

    14
  25. ސަނީ

    މީނައަށް ހީވަނީ މީނަ ބައްޕަގެ ކޮމްޕެނީން ހަރަދު ކުރާހެން

  26. ހަވާސާ އިބޫ

    މިއީތޯ ޖެންޑަ މިނިސްޓްރީގެ އިސްމަގާމުތަށް ދިނުމުގެ ސަރުތަކީ މިހާރު، މީގެ މީހެއް ހުންނާނެ ށ. ފުނަދޫގައިވެސް ޖެންޑާ މިނިސްޓްރީގެ އިސް މަގާމެއްގައި!

  27. ޙ

    ހުރި ނުލަފާކަން ..... ☹

  28. އެމްޑީޕީ އާންމު މެމްބަރު

    އިންސާނިއްޔަތު ކަމެއް ނެތް މީހެއް .. އިސްތިއުފާ.... ޖެންޑަރ ގަ ރަހުމް ކުޑަ މީހުން ލާނެތް ކަމެއް ނެތް....

  29. މުހައްމަދު

    ދިވެހިރާއްޖެއަށް ހުރިހާ ރަށެއްގެ ޖެންޑާއިން ވެސް ކުރަނީ ފުރައްސާރަ ދހިވެހިރާއްޖޭގަ ޖެންޑާއެއް ބޭނުމެއް ނުވޭ . އަޅުގަނޑު އަމިއްލަ އަށް އެކަން ތަޖުރިބާ ކޮށްފަ މިހުރީ .އަދި ފުލުހުންނައްވެސް ކުރެވުނު އެއްކަމެއްވެސް ހަރާން ދިވެހިރާއްޖޭގެ ކޯޓަކުން ކޮށްފަ އޮތް ޙުކުމެއް ތަންފީޒް ނުކުރެވުނު ބައެއް ތހި ފުލުހުންނަކީވެސް ހުރިހާ ތހަނފީޒީ އިދާރާތަކުން ހެދީ ހުސް ދޮގު މުޅިން ދެއްކީ އިސްލާމް ދީނާ ޚިލާފް ވާހަކަ. ޢަދުލު އިންސާފު ގާއިމު ނުކުރެވޭތަނެއްގަ ކުރެވޭނީ ކޮން ރަނގަޅު ކަމެއް؟