ޖަލުގައި ބަންދުކޮށްފައި ހުއްޓާ މީހަކު ނިޔާވި މައްސަލައިގައި ކަންވީގޮތް ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ވިދާޅުވެއްޖެއެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ ރޭ 19:00 ގައި ނޭވާ ލުމަށް އުނދަގޫތަކެއް ހުރުމުން އެމަޖެންސީ ހާލަތުގައި އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދިޔަ އިސްމާޢީލް ޝަބީން (46 އަހަރު)، ހާލު ދެރަވެ އައިސީޔޫއަށް ބަދަލުކޮށް ފަރުވާ ދެމުން ދަނިކޮށް ރޭ ނިޔާވެފައިވާ ކަމަށެވެ.

އޭނާ ނިޔާވެފައިވަނީ 19:30 ގައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ވަނީ ދީފައި ކަމަށާއި ނިޔާވިއިރު މީނާއަކީ ހަކުރު ބައްޔަށް ބޭސްކުރަމުންދިޔަ ފަރާތެއް ކަމަށް ކަރެކްޝަކަނަލް ސާވިސް އިން ބުނެއެވެ.

ޝަބީނަކީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ވިއްކިކަމަށް ކުރާ ދައުވާގެ ޝަރީއަތް ނިމެންދެން މާލެ ޖަލުގައި ބަންދުކޮށްފައިހުރި މީހެކެވެ.

މިކަމާއި ގުޅިގެން ޕީޖީން ވިދާޅުވީ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ނިޔާވި މައްސަލާގައި ކަންވީގޮތް ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

މިދިޔަ މަހު ހުޅުމާލޭ ޖަލުގައި ހުރި ގައިދީއަކު ވެސް ކުއްލިގޮތަކަށް ނިޔާވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ފިޔަވަޅު

    ތިމާގެ އިސްކޮޅައްވުރެން ބޮޑަތި ވާހަކަ ނުދައްކަމާ ފިޔަވަޅު އަޅައިގެންނޫންތަ މިހާރުވެސް ތިޔައުޅެނީ ކޮނމެސް ނިކަމެއްޗެއްގެ ވަޒީފާދާނީ

  2. ކުރި

    ތި މަރާ ކުރީސަރުކާރަ ގުޅުވައިލައިފައި ވާހަކައެއްހަދައި ފަސްއަޅައި ފޮރުވާލާނީ ބަލަންތިބޭތި އަދީބުމެން ފޮރުވައިފައި ބައިތިއްބަނީ އިންސާފެއްނެތީމާ

  3. ޛުލޭޚާ

    ކަލެއަށް ފިޔަވަޅު އެޅޭނީ ޔާމީނަށް. އެހެން މީހަކަށް ފިޔަވަޅު އަޅާކަށް ކަލޭ ބޭނުމެއް ނުވާނެ. ކަލޭ އަމިއްލައަކަށްނު ބުނީ ތިމަންނާއަކީ އަދުލުވެރި މީހެއް ނޫނޭ، ރާއްޖޭގައި ތިބީ އަދުލުވެރި 2 މީހުންނޭ. އެ 2 މީހުންގެ ނަންވެސް ކަލޭ ބުނީމެއްނު. ކަލޭ އެހެން ބުނިފަހުން އޭގެތެރެއިން އެކަކު ވަނީ ނިޔާވެފައެއްނު.

  4. އަޙްމަދު

    ފިޔަވަޅު އަޅަން އުޅެބަލަ އޭނަގެ މައްސަލަ ނުބަލާ ފައިލްކޮށް ބާއްވާފަ އޮތް ޤާޒީއަށް
    ބަލަ ޙުކުމަކާ ނުލާ ބަންދުކޮށްފަ އޮންނަ އޮތުމަކީ އެންމެ ނިކަމެތިކޮށް އިންސާނީ ޙައްޤަށް އަރައިގަތުން ކަން ޖޭއެސްސީ އަށް ނޭގެނީތަ މިވަރުގެ ކަމެއް ވީމަ ވެސް އަޅާވެސް ނުލާ އެ ތިބީ

  5. މުބީނު

    އެ މަރްޙޫމް ގެ އުންސުރު ހަމަވާނެ ބާ؟ އަމީން އަށް އުންސުރު ހަމަ ނުވޭ. މަޙްލޫފު އަށް ބުންސުރަ ހަމަ ނުވޭ. ނިކަމެއްޗެއްގެ ވަޒީފާ ބުރުވާލާ. އޭރަށް ހުންނާނީ ވެފަ.

  6. ކާފަބޭ2020

    ތިޔަދަމާހާސަރުބަލާނެ ދިވެއްސަކުނެތް! ތިޔައީގޮނޑިހޫނުކުރަން ބައިންދާފައިން ރޮބަޓެއް މަސައްކަތްކުރާނީއޯޑަރުއަންނަގޮތަކަށް މުޅިސަރުކާރު އެންމެފަރުދެއްގެފަހަތުންދުވެދުވެ ވާނުވާގަ ތިންއަހަރު ތިޔަހޭދަކުރަނީއަންބޮނޑިބޮޑުކުރުމުގަ! ހަފަރާތަށްބެއްޔަސް ފެންނަނުފެންނަހިސާބަށް އޮތީމާޔޫސްކަން ރައިއްޔަތުންނަށް ކަމެއްކޮށްދޭންބޭނުންވާނަމަ އަވަހަށްއިސްތިއުފާދީފަ ޑީލަރުންނާވަގުންނަށްވަކާލާތުކޮށްދޭންދޭ!

  7. އާސިދާ

    ފިޔަވަޅުނާޅާ ހިނގަނީ ކާކު..

  8. ދަންބެރު

    ކަލޭ ފިޔަވަޅު އަޅާނީ މަގުމަތީގަ އޭރުން ވައުދު ފުއްދުނީ ...

  9. Anonymous

    އޭނާ ވާނުވާޖަހާފައި ބަހައްޓާފައިހުރީ ކުރީސަރުކާރުގެ ސަބަބުން - ޕީޖީ ސަމީމް
    އޭނާ ޖަލުގައި ހުރެ ބޭސްފަރުވާކުރަން ފުރުސަތު ނުލިބުނީ ކުރީސަރުކާރުގެ ސަބަބުން - ސަރުކާރު
    އޭނާ ޖަލުގައި މަރުވީ ކުރީ ސަރުކާރުގެ ސަބަބުން - ކަރެކްޝަން
    އޭނާއަށް ވާނުވާޖަހާވަރުގެ ކުށެއްކޮށްފަވަނީ ކުރީސަރުކާރުން - ފުލުހުން
    އޭނާއަށް ބޭސްފަރުވާގެ ހައްގު ނުލިބޭގޮތަށް ވާނުވާގައި ޖަމުގައި މަރުވަންދެން ބެހެއްޓުމަށް އަމުރުކުރެވުނީ ކުރީސަރުކާރުގެ ސަބަބުން - ޖުޑިޝަރީ ކޮމިޝަން
    އޭނާ މަރުވީ ކުރީސަރުކާރުގެ ދޯދިޔާކަމުން - މަޖުލިސް
    އޭނާގެ ބޭސްފަރުވާގެ ހައްގު ނިގުޅައިގެންފައިވަނީ ކުރީސަރުކާރުން - ހިއުމަންރައިޓްސް
    ކުރީސަރުކާރާއި ހެދި ހުރިހާކަމެއްވެފައި ވަނީ.
    މައްސަލަ ނިމުނީ