އަތޮޅު ތެރޭގެ ރަށްތަކުން މާލޭ މީހުންނަށް ވެސް ބިން ދޫކުރުމަކީ ވަރަށް ބޮޑަށް ނަސޭހަތްތެރިވެވަޑައިގަންނަވާ ކަމެއް ކަމަށް ނޭޝަނަލް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު މިނިސްޓަރ އަސްލަމް މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ލިބުނު ފުރުސަތުގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ މާލޭގެ މީހުންނަށް މާލެއިން ބިން ނުލިބޭ އިރު އަތޮޅުތެރެއިން ވެސް ބިން ހޯދުމުގެ ފުރުސަތު މާލެ އަށް އުފަން މީހުންނަށް ނެތުމުން އެއީ އިންސާފުވެރިކަމެއް ނޫން ކަމަށް ސިފަކުރައްވާފައެވެ. އަދި ބޯހިޔާވަހިކަމުގެ ދަތިކަމާއި އެންމެ ބޮޑަށް ކުރިމަތިލާންޖެހިފައިވަނީ މާލޭ މީހުންނަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވަނީ ގާނޫނީ ގޮތުން ރާއްޖޭގެ އެއްވެސް ރައްޔިތަކަށް ރާއްޖޭގެ އެހެންތާކުން ބިން ހޯދުމަށް ހުރަހެއް ނެތްކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އެއްވެސް ރަށަކުން މާލޭ މީހަކަށް ބިން ދޫކުރަން ބޭނުން ނުވާ ކަމަށާއި އެކަން ހައްލުކުރަން އެކި ރަށްރަށުގެ ކައުންސިލްތަކާއި އެކު ތަކުރާރުކޮށް ވާހަކަދައްކާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން ރަށްރަށުން ހިއްކާ ބިމުގެ 30 އިންސައްތައިގެ 30 އިންސައްތަ ބިން ވިއްކުމަށް ފަހު އެ ފައިސާ ކައުންސިލުގައި ބެހެއްޓުމަށް ވެސް ހުށަހެޅި ކަމަށް އަސްލަމް ވިދާޅުވިއެވެ. ކައުންސިލްތަކުން އެކަމަށް ދެކޮޅު ހަދާއިރު މިހާރު މައި ސަރުކާރުން ކައުންސިލްތަކަށް ބާރުއަޅައިގެން ކަންކަން ނުކުރެވޭނެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

"މާލޭ މީހަކު ރަށަކަށް ދާން ބޭނުންވަންޏާ ގޯއްޗެއް ދެއްވާށޭ. މާލެ ތަރައްގީވީ މާލޭ މީހުންނެއް ނޫން. ރަށްރަށުން މީހުން އައިސްގެން. ހަމައެގޮތަށް ރަށްތަށް ތަރައްގީވާނީ އެހެން ރަށްރަށުން އެރަށަށް މީހުން ގޮސްގެން." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވަނީ ރާއްޖޭގައި ބިމާއި މެދު ވިސްނަނީ ވަރަށް ސަރަހައްދީ ގޮތެއްގައި ކަމަށާއި އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ފާހަގަކުރައްވާފައެވެ. ޖާގަ ހުރި މިންވަރަކުން އެހެން ރަށްރަށުގެ މީހުންނަށް ރަށްރަށުން ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އަސްލަމް ފާހަގަކުރެއްވިއެވެ.

"މަގޭ ރަށް އެކަނި ވެގެންނެއް ނުވޭނެ. މަގޭ ރަށް، މަގޭ ގައުމު އެކަންޏެއް ވެސް ނޫން. މިއީ އަސްލު މަގޭ ދުނިޔެ. މިއީ މަގޭ ދުނިޔެ. އެހެން ވިސްނައިގެންނެއް 21 ވަނަ ގަރުނުގައި ކުރިއެރުމެއް ނުލިބޭނެ." އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ ކުރިން ވެސް މާލޭގެ ރަށް ވެހިންނަށް ބައެއް ރަށްތަކުން ގޯތިތައް ދީފައިވެއެވެ. މާލޭގެ ގިނަ ރަށް ވެހިން އެގޯތިތަކުގައި އިމާރާތެއް ވެސް ނުކުރެއެވެ. އަދި އިމާރާތް ކުރި މީހުން ވެސް އެގެތަށް ބޭނުން ކުރަނި ހަމައެކަނި އާއިލާ މީހުން ޗުއްޓީ ހޭދަކޮށްލަންދާ ހޮލިޑޭ ހޯމްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ނައިކް

  ލިބެއޭ ލިބެއޭ ކާކުހޭ ބުނީ ނުލިބެއޭ؟؟ އޮޅުވާނުލާށޭ.. މާލޭ މީހުންނަށް ކެރޭނެތަ ގޮއްސަ އަތޮޅުތެރޭގަ 5 އަހަރު ދިރިއުޅެން؟؟.

 2. Anonymous

  އަތޮޅުތެރޭ މީހުނައް ރަށުން ބިންނުލިބޭއިރު މާލޭ މީހުނައްތަ އަދިވެސް ބިންދޭނވީ، މާލޭގަ ގިނައީ މާލޭ މީހުނައްވުރެ އަތޮޅު ތެރޭ މީހުން، މާލޭ މީހުން މަސައްކަތެއް ނުކޮށް މީހުން ފެލައިގެން އަރާމުގަ ދިރި އުޅެމުންދަނީ ހުޅުމާލެއިން އާއިލާއެންމެނައް ފުލެޓް ލިބުނީމަވެސް އެތަންތަންވެސް ބޮޑު އަގުގަ ކުއްޔައް.

 3. ޚިޔާލު 2

  ސަރުކާރުން ތަރައްގީ ކުރާނެ ޚާއްސަ ސަރަހައްދެއް ކަޑައަޅައި ޕްލޭން ކުރަންވީ އެސަރަހައްދު ވާންޖެހޭނީ ބިމުގެ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުންނާއި އިގުޔިސާދީ ގޮތުން ކުރިއެރުވޭނެ ސަރަހައްދަކަށް ބިން ހިއްކުމަކީ ހައްލެއްނޫން އަދި ހަމަ ގޯތިދިނުމަކީވެސް ހައްލެއްނޫން ދުރުވިސްނަށްޖެހޭ.

 4. ކަމަނަ

  ހަމަ ވަރަށް ރަނގަޅު ވާހަކައެއް. އަޅުގަނޑުމެން އެދެނީ މާލޭގައި ތިބޭކަށް ނޫން. އަޅުގަނޑުމެން މާލެ މީހުންގެ ކުލީގެ އަޅުވެތިކަމުން މިނިވަންކޮށް އަތޮޅުތެރެއަށް ފޮނުވާ ދިނުމަށް. ކޮވިޑް އިން ދަސްވި ކަންކަމުން ފިލާވަޅު ހޯދައިގެން ގޭގައި ތިބެ ކުރެވޭ މަސަައްކަތްތަކަކީ ކޮބައިތޯ ބަލައި، އެފަދަ މަސައްކަތް މާލޭގައި ހުންނަ އޮފީހަށް ނައިސް ރަށުގައިތިބެ ކުރެވޭނެ އިންތިޒާމު ހަމަޖައްސަވައި ދިނުމަށް. ހުރިހައި އިޚްތިޔާރެއް އޮތީ ސަރުކާރަށް. ރައްޔިތުނަށް އޮތީ ރުހުނަސް ނުރުހުނަސް ކިޔަމަންވުން.

 5. ފާއިޒު

  އޭރުން ބޮޑު ކޮށް ހަދާފައި ހުންނާނީ ހަމަ އެކަނި އަހަރަކު އެއްފަހަރު ޗުއްޓީ ހޭދަކޮށްލާން އެރަށަށް ދާނީ، ރަށުގައި ކުރެވޭ އެހެން ކަމެއްގައި ބައިވެރިވެ ރައް ތަރައްޤީ ކުރުމުގައި އެހީއެއް ނުވާނެ

 6. Anonymous

  އަސްލަމުގރ ނުފޫޒުންތަ ސީލައިފް މީހުނާމެދު އެޗްޑީސީ އިން އަނިޔާވެރިވަނީ؟
  ދައުލަތެއްގެ އެންމެ ނުބައި އަމަލަކީ ވައުދުވެފަ އެއާ ހިލާފުވުން. މިސަރުކާރުން ސީލައިފްގެ ވިކްޓިމްސްއާ ދޭތެރޭ ވަރަށް ބޮޑަށް ތަފާތު ކުރޭ.

 7. ސަމްކުޅިބޭ

  މާލޭ މީހުނަށްވެސް އަތޮޅުތެރޭން ބިންލިބޭ. މިހާރުވެސް މާލޭގެ މީހުންގެ އެތައްބިމެއް އިމާރާތެއް ނަހަދާވެސް ރަށްރަށުގައި އެބަހުރި. ތަންދޮރު ނުފިލަންޏާ އަސްލަމް އިސްތިއުފާދީފާ ގޭގައި އޮވެބަލަ.

 8. އިބްރާހިމް

  ނިކަން ބަލާލަބަލަ. އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން ރާއްޖެތެރޭގެ ބޮޑެތި ރަށްރަށުން ބިން ނަގާފައި އޮތްވަރު؟ ކޮންމެ ރަށަކުންވެސް ބިމެއް ދޭންތޯ ތިޔައުޅުއްވަނީ؟

 9. ާއަލީ

  ބ.ތުޅާދޫގަައި އެބައަޅާ ވަރަށް އަގުހެޔޮކޮށް ވިއްކާ ފުލެޓް. މާލޭ މީހުން އަންނަންވީނު. އެންމެ 1،200،000.00

 10. ޔާންޔާ

  ތިކަން ވެއްޖެޔާ ރަނގަޅު . ހިޔާ ގަވެސް ހުސް ރާއްޖެތެރެ . 5 ޕަސެނޓްވެސް މާލެ މީހުން ނޫލޭނެ .

 11. ދޯކާ 1

  މާލޭމީހަކަށް ރަށަކުން ގޯއްޗެއްދެނީ ވަރަށް ވަރަށްވެސް މަދުން ‘ މާލޭމީހުންވެސް ގޯތިބޭނުންވާނީވެސް މާލޭސަރަހައްދުން ‘ ގޮތެއްނެތިގެން ދާމީހާވެސް ދަނީ ،،،،،،،،

 12. ފަރާ

  އަތޮޅުތަކުގަ މާލޭ ކިތައް މީހުންގެ ބިން އޮތްތޯ ބައްލަވާ ލައްވަބަލަ. ލ.އަތޮޅު އެކިރަށްރަށުގައާއި އއ. ގެރަށްތަކުގަ ގަ ގައިމުވެސް މާލޭ ބިންވެރިންގެ ގޯތި އެބައޮތް. ހިޔާގެ ފްލެޓް ލިބިފަ އޮތް ގޮތުން އަތޮޅުތެރޭގެ މީހުންނަށް ލިބުނީ އެއީ ދަފްތަރުނޫނީ ގޭގޭގެ ރަޖިސްޓްރީގަ ތިބި މީހުންނަށް. އަދި މިފަހުން ލިބުނީކީވެސް ކުރީގަ ލިބިފައި ތިބި މީހުންނަކަށް ވެސް ނޫން.