ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތް 100 ކިލޯގެ ޑްރަގް މައްސަލައިގައި ހައްޔަރުކުރި ދެ މީހަކު ދޫކޮށްލައިފި، އަށް މީހެއްގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

މަސްތުވާތަކެތި އަތުލައިގެންފައި ވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އާއި ޑްރަގް އިންޓެލިޖެންސާއި މެރިން ޕޮލިސް އަދި ފޮރެންސިކް ފުލުހުން ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ފުލުހުން އަތުލައިގަތީ 100 ކިލޯގެ ހެރޮއިންއެވެ.

އެ ތަކެތި ހޯދީ 10 ތަނެއް ބަލައި ފާސް ކުރުމަށް ފަހު ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި އެ މައްސަލައާ ގުޅިގެން 10 މީހަކު ހައްޔަރުކުރިއެވެ.

އެހެން ނަމަވެސް އެ މީހުން ކޯޓަށް ގެންދިއުމުން ދެ މީހަކު ދޫކޮށްލިއިރު، އަށް މީހެއްގެ ބަންދުގެ މުއްދަތު ޖަހާފައި ވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހައްޔަރު ކުރި 10 މީހުންގެ ތެރެއިން ހަތަރު މީހެއްގެ ބަންދަަށް ކޯޓުން 10 ދުވަސް ޖަހާފައިވާ ކަމަށާއި، ތިން މީހެއްގެ ބަންދަށް 15 ދުވަސް ޖަހައި، އެކަކުގެ ބަންދަށް ޖެހީ ފަސް ދުވަސް ކަމަށެވެ.

އަދި ދެ މީހަކު ކޯޓުން ދޫކޮށްލިއިރު، އެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި އޮޕަރޭޝަން ކާމިޔާބުވީ އދ. މަހިބަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުން ކުރި ބުރަ މަސައްކަތުން ކަމަށެވެ. އަދި މިކަމުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަން ލިބުނު ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދުންމާރި

    އެންމެންވެސް ސަލާމަތްވާނެ ތިޔަ ތަކެއްޗަކީ ރަންނަމާރި ގެނެސްގެން އުޅޭތަކެތި ތާއީދު ހޯދުމަށް ބައިކުދިންނަށް ބަހާ ވިއްކާ ވިޔަފާރިކުރުމަށް

  2. ތޭރަ

    އަވަހަށް ތިއެންމެން ދޫކޮށްލާފަ ނިޝާން އިއްޒުއްދީންގެ ލަގަބު އަރުވާ

    10
  3. ޙޖދޖ

    ހުސްދޮގު ފުލުހުއްހަދަނީ މާމޮލުވާނވެގެން މާ ރަނގަޅު ބައެއްކަމައް ހެދެންވެގެން.