ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރަށް ދީފައި އޮއްވައި އެއްބަސްވުން ބާތިލްކޮށް އެ ކުންފުނި އަތުން އެއާޕޯޓް އަތުލުމަކީ އިގްތިސާދީ ގޮތުން ރާއްޖޭގައި މިހާތަނަށް ހިންގުނު އެންމެ ބޮޑު ޖަރީމާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރް ވިދާޅުވެއްޖެ އެވެ.
ޖީއެމްއާރަށް އެއާޕޯޓް ދިނުން ދިފާއުކުރަން އަމީރު ނިކުންނަވާފައި މިވަނީ އެއާޕޯޓް ޖީއެމްއާރަށް ދިނުމުގެ އެއްބަސްވުމަކީ ރާއްޖެއަށް ގެއްލުންވާ ގޮތަށް އޮތް އެއްބަސްވުމެއް ކަމަށް ރައީސް ނަޝީދުގެ ސަރުކާރުން އެއްބަސްވުމުގައި ސޮއި ކުރިއިރު ޓްއަރިޒަމް މިނިސްޓަރަކަށް ހުންނެވި ޒުލްފާ ދާދިފަހުން ވިދާޅުވުމުންނެވެ.
އަމީރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއާޕޯޓް އަތުލުމުން އާބިޓްރޭޝަނަށް ގޮސް ޖީއެމްއާރަށް 270 މިލިއަން ޑޮލަރު ދައްކަން ޖެހުމާއި ޓޫރިޒަމް އިންޑަސްޓްރީގެ ކުރިއެރުމަށްޓަކައި ބަޖެޓުން ފައިނޭންސް ކޮށްގެން އެއާޕޯޓް ހަދަން އެއް ބިލިއަން ޑޮލަރުގެ ލޯނު ނަގަން ޖެހުމަކީ އަސާސީ އެހެން ކަންކަން ހަމަޖައްސަން އެޅުނު ހުރަހެއް ކަމަށެވެ.
"ޖީއެމްއާރާއި އެކު ކުރިއަށްދިޔަ ނަމަ 2014 ވަނަ އަހަރު ނިމެން އޮތް އެއާޕޯޓްގެ މަސައްކަތް، ހަތް އަހަރު ވެގެން ދިޔައިރު ވެސް މި ދަނީ ކުރަމުން. ޖީއެމްއާރާ އެކު އެއާޕޯޓް ތަރައްގީކޮށް 2014 ގައި ނިމުނު ނަމަ ކޮވިޑް-19 އައުމާ ހަމައަށް ރާއްޖެއަށް އިތުރު 6.7 މިލިއަން ފަތުރުވެރިން ގެނެވުނީސް. މިއީ ޓޫރިޒަމްގެ އާމްދަނީން ރާއްޖެއަށް ގެއްލިގެން ދިޔަ 13.2 ބިލިއަން ޑޮލަރު،" އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ އެއާޕޯޓް ތަރައްގީ ނުކުރެވުމުން އެތައް ބައެއްގެ ވަޒީފާ ގެއްލި އެތައް އާއިލާއެއްގެ އާމްދަނީއަށް ހުރަސް އެޅުނު ކަމަށެވެ.
"އެއާޕޯޓް 2014 ވަނަ އަހަރަށް ތަރައްގީކޮށް ނިމުނު ނަމަ އަޅުގަނޑަށް އަންދާޒާކުރެވޭ ގޮތުގައި 2020 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވީހީ ފަސް ބިލިއަން ޑޮލަރުގެ އިގްތިސާދެއްގެ ބަދަލުގައި 10 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އިގްތިސާދަކާ އެކު،" ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓް ޖީއެމްއާރާ 25 އަހަރަށް ހަވާލުކުރީ ޖޫން 28، 2010 ވަނަ އަހަރު އެވެ. އެއްބަސްވުން އުވާލީ ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ ވެރިކަމުގައި 2012 ވަނަ އަަހަރުއެވެ.
ޖީއެމްއާރަށް ދިވެހި ދައުލަތުން 271 މިލިއަން ޑޮލަރު ނުވަތަ 4.1 ބިލިއަން ރުފިޔާ ދައްކާފައިވަނީ 2016 ވަނަ އަހަރު ނޮވެމްބަރު މަހުއެވެ.
ޖީއެމްއާރަށް އެއާޕޯޓް ދިނުން ދިފާއުކުރަން ފިނޭންސް މިނިސްޓަރު ނިކުންނެވިއިރު އެއާޕޯޓް ޖީއެމްއާރު އަތުން އަތުލި ފަހުން ފުރަތަމަ އަހަރު ވެސް އެއާޕޯޓް ކޮމްޕެނީއަށް ފައިދާގެ ގޮތުގައި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ލިބުނެވެ.
ޖީއެމްއާރް އިން އެއާޕޯޓް ތަރައްގީ ކުރަން ނިންމާފައި އޮތީ އިތުރު ރަންވޭ އެއްވެސް ނާޅައެވެ. ހަމައެކަނި އާޓާމިނަލްއެއް އަޅާ ގޮތަށް ޕްލޭން ކޮށްފައި އޮތުމުން ފްލައިޓްތައް ޑިލޭވުމުގެ މައްސަލަތައް ވެސް ކުރިމަތިވާނެކަން އޮތީ ކަށަވަރު ވެފައެވެ. އަދި ފަހުން އެއްބަސްވުމަށް ބަދަލެއް ގެނެސް އެއާޕޯޓުން ފުރާ ކޮންމެ ފަތުރުވެރިއަކަށް 27 ޑޮލަރު ދިވެހި ސަރުކާރުން ޖީއެމްއާރަށް ދައްކާ ގޮތައް ވެސް ހަމަޖެއްސިއެވެ. އެނިންމުމުގެ ސަބަބުން އެމްއޭސީއެލް އިން ޖެހުނީ ޖީއެމްއާރަށް ފައިސާ ދައްކާށެވެ.
މިކަހަލަ ޤައުމަށް ހެވެއްނޭދޭ ޖީބުތަށްފުރާ ގައްދާރުން ގިނައީ //
ގީއެމްއާރގެ ލޯޔަރައް ދެއްކޭނީވެސް ތިޔަކަހަލަވާހަކަ. ކޮބާހޭ ވެންޓިލޭޓަރތައް
ހިސާބުޖަހަން ދަންނާ ތިތާތިހުރީ / އެކަމަކު ‘އެކަން މިކަމަށް ތަޅާ ދައުލަތްހުސްކުރީ ގާތްމީހުންނަށް ގެއްލުމުގެބަދަލަށް މާލިއްޔަތު ހުސްކޮށްފަ އެކަން ފަސްއަޅާ ފޮރުވާ // ހާދަމޮޅޭ ދޯ //
އިބްރާހިމް އަމީރު އަކީ އެއްޗެއް އިނގޭ މީހެއްނޫން. މިހާރުވެސް މުޅި ގައުމު ދަރުވާލާފަ އެހުރީ.
ނަށީދުގެ ކަރަޕުސަން ޖީއެމްއާރަށް އެެއަރޕޯޓު ދިނުމުގައި ވެއެވެ މިކަންތަހުގީގު ކޮށް މަށްސަލަބަލާ ގާނޫނީ ފިޔަވަޅު އަޅަންޖެހެއެވެ އަމީރުވެސް ވަނީ ކަރަޕުސަނުންފޯވެފައެވެ ވެންޓިލޭޓަރުތަކުން ލިބެންޖެހޭ ފައިސާ ކޮބާތޯއެވެ އަދިވެސް ހޭނާރާ ކަރަޕުސަނިސްޓު ހިމާޔަތް ކުރުމާއިގެން ނޫޅުއްވާށެވެ ދުވަހެއް އެބައާދެއެވެ އެދުވަހުން އިނގިރޭސިވިލާތުން ޖާގައެއް ލިބޭނެތޯއެވެ.
ފިނޭންސް މިނިސްޓަރު ހަމަހޭގަތޯ؟ ތިޔަކިޔާ ޖީއެމްއާރަކަށް މިރާއްޖޭގެ ހުރިހާ އެއަރޕޯޓްތަކައް ހިލޭދިނުމުން ވާނީ ފައިދާ އަދި ދިވެހިރާއްޖެ އަޅުވެތިކަމަކަށް ގަރަގުވާނީ ހެޔޮވަރު. ތިޔަ ވިދާޅުވާ 6 މިލިޔަން ފަތުރުވެރިން ގެންނަންޖެހޭނީ ކޮޗިންފެރީގަ ވެލާނާ އެއަރޕޯޓުގެ އިތުރު ރަންވޭއެއްނެތި ތިޔަ ޢަދަދަށް ފަތުރުވެރިން ނުގެނެވޭނެ. ތިޔަގޮވަނީ ހުސްމޮޔަ. ގިނަ ފްލައިޓްތަކެއް އޮޕަރޭޓްނުކުރެވޭނެ ގޮތަކަށް ފައްޅިޓާމިނަލެއް ޖީއެމްއާރުން އެޅުމަކުން އެއަރޕޯޓް ތަރައްގީކުރެވުނީކީނޫނޭ. ދައުލަތަށް 25 އަހަރުން އެއްބިލިޔަން ނުލިބޭނެހެން ޖީއެމްއާރަށް އެއަރޕޯޓްދިނީ މީތަމޮޅުވިޔަފާރިއަކީ. އޭގެމާނައަކީ ހިލޭދިނުން. ދައުލަތަށް 500 ބިލިޔަން ގެއްލުންވާނެހެން އެއަރޕޯޓް ހިލޭދިނީމާ ދިވެހިންދަރާވިކިހުސްވީމަ އަޅުވެތިވާނެނޫންބާ. އަދި ޑޮލަރުވަންނަ ދޮރުބަންދުކޮށް ދިވެހިން ފަގީރުކުރުން މުޅިއެޖެންޑާއަކީ. މިކަމާނޫނެކޭ ބުނާނީ 2023ގަ އެކަންބަލަން ތިއްބަވާ! ދެންއޮތީ މޮޅުގަތިބެން 15 މަސްދުވަސް. މޮޔަގޮވަގޮވާތިބުން އޮތީ. ވާނެކަމެއްހަރާން.
ބަލަޖީއެމްއާރ އައް އެއަރޕޯޓް ދިނުން އެއީ މިހާތަނައް މިގައުމްއައް ގައްދާރުވެ ހިންގި އެންމެބޮޑު ކަރަޕްޝަން ޖަރީމާ މިހަރުވެސް އެކަން ތަހުގީގްކޮއްބަލަ ފެންނާނެ %100 ރައްޔިތުންގެ މަސަތްކަތުން ކޮޅައްޖެހި އިގްތިސަދީ މައި ތަނބު ބޭރުގެބަޔަކައް ހިލޭދިނުން އެއީޖަރީމާޔަކީ އެންރީއޭކިޔާމީހަޔައް ބުނެވުނު ދިވެހިން ވަރުގެ މޮޔަބައެއް ނުދެކެމޭ ރަންވަޅެއް އަހަރެމެންނައް ދީފައެތިބީއޭ އެއަރޕޯޓްން ޖީއެމްއާރ ނެގި ޑޮލަރތައްފެނިގެން އިންޑިއާމިތަން އެޅުވެތިކުރަމުންއެދަނީ މިކަން ތަހުގީގްކޮއްބަލަންވީ ބަލަކޮންމެބަޔަކައްވެސް ލޯނުނަގައިގެން ކުރެވޭނޭ ތިޔަޖީއެމްއާރ އަކި މިރާއްޖެއައް އައިރު ދަރަވިކިފަތިބިބަޔެއް ދިވެހިރައްޔިތުންގެ ނަމުގަ ބޮޑުލޯނެއްނަގައިން މުސްސަނދިކަންހޯދީ އަނެއްކާ ދޭންއުޅޭހެންހީވަނީ ވެދުން
ކޮންތާކުން ކޯއްޗެއް ކިޔަވާގެން ކިހިނެތް ރޯފިލާފައި ހުރި މީހެއްބާ އަޅެމީ. މިވަރުގެ ވިސްނުން ހުރި މީހުން ގައުމުގެ މާލިމީންނަށް ލާގެން. މީހަކު މޮޔަ ނުވިއްޔާ ރަގަޅު
މިހާރު އެބަހީވޭ މިވެސް ބައިއެޅިމީހެއްހެން ތިޔަބިޔަ ޖަރީމާގަ ޖީއެމްއަރ އައް އެއަރޕޯޓްދިނުމުގައި ވީމާތިޔަގެއްލުމުގައި ޒިންމާވާންޖެހެމިހެއް މިމަތިވީ އަމިއްލަޔައް މިސްކިތު ހުޅުޖެހިމީހަހެން އަނެއްކައަނެއްފަހަރު ބައިއަޅަގޮތައްދޭން އުޅޭހެންހީވަނީ މިހަކުމަލެ އައިބޭނުންމިފަޅައަރަނީތާދޯ ސަހަރޯ ގައުމެއްނެތް
2018 ގަ ރައީސްޔާމީންނައް ވެރިކަންލިބުނުނަމަ ކޮވިޑް އައުމުގެކުރިން އެއަރޕޯޓް އޮންނާނީނިމިފަ މިސަރުކާރުގެ ފިނިހަކަސްޕީޑުގަޖެހިގެން ނުނިމިފައެއޮތޯ
ނަމަ ނަމަ ކިޔުމެއް ނޯވޭ.
މިސަރުކާރު ބަދަލު ނުވިނަމަ މިހާރު ހިޔާ ފްލެޓް 2 ގައި މީހުން އުޅޭނެ. އެއަރޕޯރޓް ތަރައްގީވެ ކުރިއަރަމުންދާނެ. އިތުރު ބްރިޖްތައަް ފެނިގެނދާނެ. ލާދީނީކަންތައް ފެނުން މަދުވާނެ. .މިހެނގޮސް ބައިވަރު. ޖާބިރުގެ ކަންތަކެއް، މޑނ އުތެމަ މިއީ އަލަށް ފެނިގެން ދިޔަކަންތައް. ތިޔަބުނާ ބިލިއަން ޑލރ އަށް ވުރެ ބޮޑެތި ކަންތައް.
ދެންވެސް ރަނގަޅުކުރެވޭތޯ ބަލަންވީ
އަސްލު ތިޔަ ޓްވީޓު ކުރަން މިހާރު އެންމެ ފައްކާ ވާނީ އިމުރާނު މިހާރު ކިޔާނެ ގެއްލުމޭވީ ގެއްލުމޭވީ..
މިގަމާރު އަމީރަކަށް ނޭގޭތަ އެއަރޕޯޓު ތަރައްގީ ކުރުމުގެ ނަމުގައި ޖީއެމް އަރ އަށް ވެލާނާ އެއަރުޕޯޓު ހިންގަން ދިނުމަކީ ކޮރަޕުސަނެއްކަން! ރ.ޔާމީނުގެ ވެރިކަމުގައި ވެލާނާ އެއަރުޕޯޓު ދިޔައީ ބާރަށް ތަރައްގީގެ މަސައްކަތް ހިގަމުން! މިސަރުކާރުން ވެލާނާ އެއަރުޕޯޓު ތަރައްގީ ކުރަން ނޭގުމަކީ ސަރުކާރުގެ ނާގާބިލްކަން! ވަލާނާ އެއަރުޕޯޓުގެ ވާހަކަ ނުދައްކަމާހިގަ މިސަރުކާރުގައި ރަގަޅަށް ހިގަނީ ކޮންކަމެއްތޯ!ވެރިކަމަށް ތިންއަހަުވަމުންދާއިރު ހޮސްޕިޓަލެއްވެސް ނޭޅޭ، ބުރިޖެއްވެސް ނޭޅޭ، ރައްޔިތުންނަށް ބޯހިޔާވެހިކަމެއްވެސް ނުދެވޭ! ވަޒީރުކަމުގައި ތިއްބެވި ބޭފުޅުން ލަގުޒަރީ ފުލެޓާ ޔޮޓުފަހަރާ ފައިބަރު ކަންނެލި ދޯނި ފަހަރު ހޯދޭ އެހެން ނޫންތޯ އަމީރު މިސަރުކާރުގައިއޮތީ ހަމައެކަނި ކަރަޕުސަން
މިޙާރުތިއުޅެނީ ކޯޗެއްހަދަން އިންޑިޔާ އައުޓް
ޢައްދާރެއް އަމީރު އަކީ
ކޮސް ނުގޮވާ އަމީރު. ވިޔަފާރީގެ އަލިފު ބާ އެނގޭ މީހަކު ވެސް ތިޔަ ޑީލް ޑިފެންޑް ކުރަން ނޫޅޭނެ. ވެރިކަން ލިބޭ އިރަށް ގައުމުގެ ހަރުމުދާ އަގުމަފުކުރުމެއްނެތި ވިއްކަނީ ޖީބަށް ކަޓު އެޅޭތީ.
އަމީރު ތީ ކޮންތާކުން ކިޔާވައިގެން އުޅޭ މީހެއްތަ ތިހާކަންވަރަށް ދެން ހިސާބު ޖަހަން އިނގޭނީ ގްރޭޑް 3 ގެ ފެންވަރު ވެސް ނެތީތާ އަނެއްކާ ތިނެކާ ހަމައަށް ވެސް ޓައިމްސް އިނގޭބާ؟ އަގައިން ނުބުނެ ހުންނަނަމަ ވެސް މީހާއަށް ހުތުރެއް ނުވާނނު ވެދާނެ ތިމާއަށް ލިބުނު ބޮނޑިވަރުގަޑުން...
ބޮޑުޖޯކަރެއް މިވެސް،،،، ކުރާނެ ކަމެއް ނެތިޔާ ކަލޭ ޖމރ ހަވާލުވެބަލަ ކައުޅު ލޭބުއި ސޮރުމެންގެފެންވަރު މިހުރީ ؛؛؛
ބަލަ ތިޔަ ބައިގަޑަކަން ނޭގޭނެ ތަރައްގީއެއް އެގޭހާވެސް ކަމަކީ ބަދަލްދިނުމާ ހިޔާނާތާ ޖިންސީފފުރައްސާރަޔާ ސާހީރޭޕްކުރުން ބަލަ މިގައުއުމުގެ ތަރައްގީގެބާނީ ރައީސްޔާމީނު ކުރިވަަރުގެތަރައްގީކުރަންނޭގޭނެ މިސަރުކާރު ހިޔާފުލެޓު މީހުނައްދިން ހިއްދަތިކަން ދެހާސްތޭވީހުގާ ވެރިކަމަން ސޯލިހުއަނައް ހަދާނައްތާލާ އޮތީ ހުރަގެ ދައުލަތުގާ ހުރިފައިސާ އެކުވެރިންނާ ހުސާމަތުކުރާމީހުނައްދީހަދާއިރު ކޮބައި ވެރިކަމަންއަނަންވެގެކުރި ވިހާސް ފުލެޓު؟ ބައިގަޑު ގައުމުލޫޓުވައިފި ހަޒާނާހުސްކޮއްފި ދެހާސަތޭވީސްރައީސްޔާމީނު ހިޔާގެ ކުލިކުޑަވާނެ ފުލެޓުހަދަންދިޔަފައިސާދޭެނެ މިކަންކުރެވޭނީ ޔާމިނައްސޯލިހު ހަމަތޭވީސް ހުރަގެ ސިއްހީދާއިރާފޭލި ތަރައްގީނޭގޭ ހަޒާވަނީހުސް ދަރަނި ސާޅީސްބިލިއަން ހުންނާނީ ކެވިފައި ބަލައަމުރު ހިތެއްނުފުރޭތަަރައްޔަތުންނައްއޮޅުވައެއްނުލެވޭނެގައުމުދަވާލާފި މިހާރު ހުރިހާ މީނުންފުރައްތަންމަތިބަންނަނީ؟
އަމީރު ކިތަންމެ ރުޅިއަޔަސް ގައުމު މިއޮތީ އިގްތިޞާދީގޮތުން އަނދަވަޅަކަށް ވެއްޓިފަ، ކަންކަން މެނޭޖް ކުރަންނޭނގުނީމަ ވާނެ ހައެތި މިވީ.
ﷲއަކްބަރްﷲއަކްބަރްﷲއަކްބަރް! އެއަރޕޯޓުއަތުލިފުރަތަމައަހަރު ފައިދާގެގޮތުގައިބިލިއަންރުފިޔާ ލިބުމަކީގެއްލުމެއްކަމުގައިދެކޭނަމަ ތިޔަމަޤާމުންއަވަހަށް އިސްތިއުފާދޭށެވެ. ވާނުވާނޭގޭސަރުކާރެއްގަތިބޭނީވެސްމިކަހަލަ ވާނުވާނޭގޭ ގުނބޯލުންނެވެ. ސާފުފައިދާގެގޮތުގައިލިބުނުއެއްޗަކީ ދަރަނިކަމުގައިދެކޭނަމަ އަދުރޭމެންކަހަލަހިސާބުނޭގޭބަޔަކަށް ކިޔާދެވޭތޯބަލާށެވެ. ލިބޭއާމްދަނީއަށްވުރެބޮޑެތިމުސާރަތަކާ އެލަވަންސްގެގޮތުގައި ބޭރުމީހުނަށްތިކުރާޚަރަދުހުއްޓާލާ !!ދިވެހީންގެހިންގުންތެރިންނާހަވާލުކޮށް ހަމައެކަނިބޭރުމީހުނަށްދޭ އިނާޔަތްތައް ދިވެހީންނަށްދިނީމަ ޚަރަދުކުޑަވެފަޚިދުމަތްއަވަސް ކަމާއެކުފޯރުކޮށްދެވުނީމަ އާމްދަނީއިތުރުވެފަފައިދާބޮޑުވާނެކަން ނޭގޭނަމަ ހަމައަވަހަށްއިސްތިއުފާދޭށެވެ.
ޖީ އެ މް އާރ އަށް ވެލާނާ އެއަރ ޕޯޓް ވިއްކާލު މަކީ
ރާއްޖޭގައި ހިންގާފައި ޖަރީ މާ ތަކުގެ ތެރެއިން ފާހަގަ
ކުރެވޭ ނުރައްކާތެރި ބިޔަ ވައްކަ މެކެވެ މ މިވައްކަން
ފުރިހަ މައަށް ތަހްގީގުކޮށް މިކަމ މުން ފައިދާހޯދި ވަގުން އަތުން
ބަދަލު ހޯދަން ސަރުކާރަށް ގޮވާލަމމ މެވެ.
ނަމަނަމަ އެއަޕޯޓާ ކުޅޭން ނުވިސްނާތީ. ކަލޭމެންނަށް ޤައުމު ހިންގަން ނޭންގެންޏާ ފައިބައިގެންދޭ. އޭރުވެސް އެއަޕޯޓް ދިނީ މުސާރަ ދޭނެ ވަރުވެސް ނެތިގެން އެންމެ 78 މިލިއަން އަޮްފްފްރަންޓްގައި ޖީއެމްއާެރުން ދޭތީ.
މިހާރުވެސް ތިޔަ އުޅެނީ ދަތުމަވަންތައާއި އަނެއްތަނަކާ މޯގޭޖްކޮށްގެން ވެސް ނުވެގެން. ބޮންޑް ވިކާ، އަނެކެއްޗެއް ވިއްކާ މިހެންމިހެން ގޮސް އަނެއްކާވެސް ސަލާމަތުން އޮންތަން އެއަޮޕޯޓަށް ގޮތެއް ނުހެދިގެން.
ރައްޔިތުންނަށް ވާނުވާ މިހާރު އެނގޭ.
ތިޔަކަހަލަ ބުރާންޗަކު ލައިގެން ކިހިނެއްތަ ގައުމުހިންގާނީ!!!
ރާއްޖެ މިވަގުތު މިއޮތް އިގްތިސާދީ އަނދަވަޅަކީ ޤާބިލުކަން ނެތް ވެރިންތަކަކަށް ތަން ހަވާލުކުރުން ނަތީޖާ. ކޮވިޑާއި ކުރީގެ ސަރުކާރުން ކޮށްފައިވާ ކަންތައްތަކަށް ފޫޅުކަނޑާލާފަ ބޮލުން ނައްޓާލަން މަސައްކަތް ތިކުރަނީ. ހަގީގަތުގައި ވެސް ތިބޭފުޅާ މިނިސްޓަރަކަށް އެކަށީގެންނުވޭ.
2013 ގައި ރައީސް ޔާމީން ވެރިކަމަށްވަޑައިގެން ، 2008 ން 2012 ގެ ނިޔަލަށް އޮތް ސަރުކާރުން ހިންގަފައިހުރި ޖަރީމާތަކާ ކޮށްފައިހުރި ވައްކަންތައް ބަލާ އަދަބުދިންނަމަ މިއަދު ވެރިކަމުގައި މިތިބަ އެންމެން ތިބީހީ ޖަލުގޮޅީގައެވެ. މިނިސްޓްރީތަކުންނާ ސަރުކާރުގެ މުއައްސަސާތަކުން ކޮށްފައިހުރި ދެބިލިޔަންރުފިޔާގެ ވައްކަންތައް އޮޑިޓްރިޕޯޓުތަކުގައި މިހާރުވެސް ފެންނަން އެހުރީއެވެ. 2023 ގެ ރިޔާސީ އިންތިޚާބުން ރައީސް ޔާމީން ކުރިހޯދާނޭކަމީ މާތްﷲގެ އިރާދަފުޅާއެކު ޝައްކެތް ނެތްކަމެކެވެ. އޭރު ނުބަލާދޫކޮށްލި ޖަރީމާތަކާ މިއަދު މިހިންގާ ޖަރީމާތައް ބަލަނޭކަން މިއަދުގެ ވެރިންނާ ކުރީގައިތިބި ވެރިން ދަންނަން ޖެހޭނެއެވެ.
2013 ގައި ރައީސް ޔާމީން ވެރިކަމަށްވަޑައިގެން ، 2009 ން 2011 ގެ ނިޔަލަށް އޮތް ސަރުކާރުން ހިންގަފައިހުރި ޖަރީމާތަކާ ކޮށްފައިހުރި ވައްކަންތައް ބަލާ އަދަބުދިންނަމަ މިއަދު ވެރިކަމުގައި މިތިބަ އެންމެން ތިބީހީ ޖަލުގޮޅީގައެވެ. މިނިސްޓްރީތަކުންނާ ސަރުކާރުގެ މުއައްސަސާތަކުން ކޮށްފައިހުރި ދެބިލިޔަންރުފިޔާގެ ވައްކަންތައް އޮޑިޓްރިޕޯޓުތަކުގައި މިހާރުވެސް ފެންނަން އެހުރީއެވެ. 2023 ގެ ރިޔާސީ އިންތިޚާބުން ރައީސް ޔާމީން ކުރިހޯދާނޭކަމީ މާތްﷲގެ އިރާދަފުޅާއެކު ޝައްކެތް ނެތްކަމެކެވެ. އޭރު ނުބަލާދޫކޮށްލި ޖަރީމާތަކާ މިއަދު މިހިންގާ ޖަރީމާތައް ބަލަނޭކަން މިއަދުގެ ވެރިންނާ ކުރީގައިތިބި ވެރިން ދަންނަން ޖެހޭނެއެވެ.
އަތުނުލިނަމަ މިތާ އޮންނާނީ އިންޑިއާ އެއާޕޯޓެއް. 25 އަހަރުންވެސް އަޅުވެތިކަން ނުނިމޭނެ.
އަމީރުމެން ކުފޫ ހަމަވޭތަ، މިހާރުދެން ޖީއެމްއާރއޭ ކިޔައިގެން ކޮންސަކާރާތެއް ދިވެހިންގެ އެއަރޕޯޓަށް ޖަހަންތި އުޅެނީ. ދިވެހިންގެ އެއަރޕޯރޓް އަނެއްކާ އިންޑިއާއަށް ވިއްކުމުގެ ވިސްނުންހުރީތަ؟ ވާނުވާ ނޭނގޭ ކިތައް މިލިއަން ޑޮލަރު އެކަމުގެ ތެރެއިން އާބިޓްރޭޝަނަށް ދިއުމުގެ ކުރިން ގެއްލުނުކަން އެނގޭތަ.
ނާގާބިލުކަމާ ކަންނެތްކަމުން ނުބެލެހެއްޓޭނެކަން ޔަގީން ވަންޏާ ރަނގަޅުވާނީ ރާއްޖެ ވެސް ބަޔަކާ ހަވާލުކޮއްފަ އެމީހުން ދިން އެއްޗެއް ގަބޫލުކޮއްގެން ތިބުން.
މި ކަހަލަ ގަމާރުން ވިއްޔަ ފިނޭންސް މިނިސްޓަރަކަށް ލައިގެން ގައުމު ހިންގާން އިބޫ މި އުޅެނީ...
އަޅުގަނޑުމެން އަޑު އަހަން ރޯނު އެދުރުންގެ ވާހަކަ، ނާޤާބިލު ވެރިންގެ ކައިރީގައި ހިފަހައްޓާލެވޭނީ ހަމަ ޙަޤީޤަތުގަވެސް ރޯނު އެދުރުންނަށް. އަމީރުގެ ވިސްނުނ
ނާޤާބިލު ބެރިންގެ ކައިރީގައި ހިފަހައްޓާލެވޭނީ ހަމަ ޙަޤީޤަތުގައިވެސް ރޯނު އެދުރުންނަށް، އަބުރަހާގެ ސްޓޯރީ ކިޔާލީމަ މިސަރުކާރުގެ ޙާލަތު ވަރަށް ރަގނޅަށް ސިފަވާނެ،
ބޮލުރޮދި ކެނޑިފަ ހުރިމަ ވާނީ މިހެން.. މީހަރު 78 މިލިއަން ބޭނުން ވީމަ އެއާރޕޯޓު ވިއްކާލެވޭތަ ؟؟؟؟
ޖ މރ ޑިލް ކަވަރުކުރަން ފިނޭންސް މިނިސޓަރުނުކުތުން މީހަކު ހައިރާން ނުވާނެއެވެ ނަސީދުގެ އައްޑަނާގެ ދަށުން
އޭނާގެ ޑިލްތައް ދިފާއުކުރާ މީހުން އެކަން އެކުރަނީ އަ މިއްލަ
މަސްލަހަތުގައެވެ ޖ މރ ޑިލް ފުރިހަ މައަށް ތަހްގީގޮކޮށް
ރައްޔިތުންނަށް ވީގެއްލު މުގެ ހިސާބުޖަހާނީ މ މޑޕ ގެ
މީހުންނެއް ނޫނެވެ މޑޕ ކޮށްފައިވާ ވައްކަ މުގެ ހިސާބު މޑޕ ލައްވާ ނުޖެއްސޭނެއެވެ.
ވެންޓިލޭޓަރ ލާރިގަނޑު އެއީ ކަލެޔަށް ލިބުނު ޞަދަގާދެއްތަ؟ ރޯނުއެދުރު!
އަމީރު ތައްކޫ ތޭ ގަމާެރެއް
ޖމރ ދެން ގެނޔަސް ބޭރުކުރާނަން.
މިގައުމަކީ ހުރިހާ ކަމެއް އައުޓްސޯސްކޮށްގެން ހިންގަންޖެހޭ ތަނެއް ނޫން.
ވެރިކަން ކުރާނެ ގާބިލްކަން ނެތިއްޔާ ދުރަށްދޭ
ޖީއެމްއާރަށް އެއާޕޯޓް ދިނުމަކީ ބޮޑު ހިޔާނާތެއް.މުސާރަދޭނެ ފައިސާނެތިގެން 78މިލިއަން ޑޮލަރު ހޯދަން އެއާޕޯޓް ވިއްކާލިއިރު އެއާޕޯޓް ގުދަންތަކުގާހުރި މުދަލުގެ އިންވެންޓްރީ ނަގާފައިނުވޭ އެމުދަލުގެ އަގުވެސް އުޅެނީ 100 މިލިއަން ޑޮލަރަށްވުރެމަތީގަ.ޢެއާޕޯޓް ގެ ނެޓްފްރޮފިޓް އޭރު އުޅެނީ 25 މިލިއަންޑޮލަރުގެ އެއީ 5 އެެާޕޯޓާ 1އެއާލައިން ހީންގުމަށްފަހު. އެއަާޕޯޓް ވިއްކާލި 78 މިލިއަން ޑޮލަރަކީ އޭރު އެއާޕޯޓްގެ 3 އަހަރުގެ ފައިދާ އަށް ޖެހޭވަރު. ޖީއެމްއާޜު އެގްރީމެންޓް ގައިވާގޮތުން އެއާޕޯޓް ތަރަ އްގީ އަށް ލޯނު ނަގަންވާނީ ދިވެހި ސަރުކާރުން ނުވަތަ ދަވްލަތުގެ ގެރެންޓި ގަ އެއާޕޯޓް މޯގޭޖުން. ޢެލޯނު އަދާކުރަން ފައިސާ ދޭންވާނީ ދިވެހިދަވްލަތުން މާނަޔަކީ މަޖިލީހުން ފާސް ކޮށްގެން 27 ޑޮލަރަކާ 2 ޑޮލަރެއް ގެ ޓެކްސް އެއް ނަގައިގެން. ޢެގްރީމަންޓް ގަ ބުނާ ގޮތުން ޢޮޕަރޭސަން ފިޔަވައިހުރިހާހަރަދެއް ދިވެހި ދަވްލަތުން ލިބޭ ހުރިހާ ފައިސާއެއް ޖީއެމްއާރަށް. ޖީއެމްއާރުން އެއާޕޯޓް ހިންގިއިރު ޖީއެސްޓީއަށް ވެސް މަކަރު ހެދިކަން ފަޅާއަރާފައިވޭ.ދުނިޔޭގަ ެއެއްވެސް ބޭންކަކުން ޖީއެމްއާރަށް ލޯނު ނުލިބޭ އަދި ޖީއެމްއާރުގަ އެއްވެސް މޯގޭޖެއް ނެތް ތާގަ ގެރެންޓީ ދޭނެ ފަރާތެެްވެސް ނެތް ފައިސާ އެއްވެސް ނެތް.ޢޭރު ޖީއެމްއާރުން ހިންގި ހުރިިހާ އެއާޕޯޓަކުން ވީގެއްލުން ޛީއެމްއާރުން ދައްކަންޖެހޭ.78 މިލިއަން ޑޮލަރުން ދިވެހި ދަވްލަތަށް ވަދެފަ ވަނީ 48 މިލިއަންޑޮލަރު ފިނޭންސް ލިޔެކިއުމުގަ 105 މިލިއަންޑޮލަރު ލިބުނު ކަމަށް ޖަހާފައިވޭ.ވީމާ އެއާޕޯޓް ވިއްކާލުމަކީ ބޮޑު ޖަރީމާއެއް.
ޥެންޓިލޭޓަރ ތައްގަންނަން ދިންލާރި އަކީ މުރާއްޖެއް ތަރަގީ ކުރެވޭވަރުގެ ލާރި ބޮޑުވަގާ ވަގަށް ހީވާނެ އެހެން މީހުންނަކީ ވެސް ވގުންނޭ އަމީރކަސް ވަޒީރަކަސް ވަގެއް ވެއްޖެއްޔާ ހަމަވާނީ ވަގަކަށް
އެއަރޕޯޓުން ދައުލަތަށް ވަންނަ ބައިވެސް އިންޑިޔާއިން ލޫނުނަގައިގެން 18 ޕަސެންޓް އިންޓެރެސްޓުގަ އަނބުރާ ދެއްކީމަ ދިވެހި ގައުމަށް މާ ބޮޑަށްވެސް ފައިދާވާނެދޯ އަމީރޫ! ކޮރަޕްޓް ވަގުން.
އިންޑިޔާއިން ލާރިގަނޑެއް އަމިއްލަ އެކައުންޓަށް ކަޓުވާލަންވީދޯ. މިތިބަ ގައްދާރު ބޮޑެތި ވަގުންތަކެއްތާ.
އިންޑިޔާއިން ލާރި ގަޑެއްދިނީތި ޔަގިން
މުނާފިގު ބޮޑުވަގު
ފިނޭންސް މިނިސްޓަރު މަގާމުން އިސްތިއުފާ ދިނުމަށް
ގޮވާލަން!!!
ލަދުހަޔާތް ކުޑަ ވެއްޖިއްޔާ މިފަދަ ވާހަތައް ދައްކާނެ. މިނިސްޓަރ ކަން ލިބުމުގެ ކުރިން މީނާ އަކީ ފަގީރެއް. މިނިސްޓަރ ކަން ލިބުގެން ދުވަސްކޮޅެއް ފަހުން ރިސޯޓް ހަދަން ފެށީ. ކަލޯ ކޮންތާކުން ހޯދި ލާރި. މޫދުންތައް؟ ޖީއެމްއާރައް އެއާރ ޕޯޓް ދިނުމުގެ ސަބަބުން އެތައް މިލިޔަން ޑޮލަރެއްގެ ގެއްލުން ދައުލަތައް ވަމުން ދިޔައީ. އަބޫޖަހުލު 78 މިލިޔަން ޑޮލަރުގެ ބޭނުމުގައި ދައުލަތުގެ އެތައް އެސެޓެއް ލިއްކާލި. ނަމަވެސް ޔާމީން ވަނީ އެތަން އަތިލައި ޖީއެމްއާރައް ދައްކަންޖެހޭ 300 މިލިޔަން ޑޮލަރު ދައްކާ އތަން ތަރައްގީކޮއްފައި. ހަޖަމެއް ނުވާނެ ލާދީނީ ބައިގަނޑަކައް.
އަމީރު މި ދައްކަނީ ވަރަށް ހެއްވާ ވާހަކައެއް . ީ. މިވެނި ކަމެއް މިހެން ނުވި ނަމަ މިހެން ވީހޭ . މީ ޕްރޮފެޝަނަލް މީހުން ދައްކާ ކަހަލަ ވާހަކައެއް ނޫން. ! ރައީސް ނަޝީދު އަންހެނަކަށް ވި ނަމަ ތިމަންނާ ޙަޔާތުގެ ބައިވެރިއަކަށް ހެދީމުހެވެ. އާދަމުގެފާނު ސުވަރުގެއިން ގަހަކުން ފަރިއް ނުކުޅުއްވި ނަމަ މިހާރު ތިބޭނީ ސުވަރުގޭގައެވެ. ކިހިނެއްތަ އަމީރަށް ކަމެއް ނުވިނަމަ ދެން ވާނެގޮތް އެނގެނީ . ވަޙީ އިއްވަވަނީތޯ ؟މ
ބުނަން އޮތީ އެންމެ އެއްޗެއް
'' މިނިވަން ކަމުން އަޅުވެތި ކަމަށް ދާނަންހޭ ؟
ނުދާނަމޭ ...
ފިނި ހިޔަލަކުން ގަދަ ހޫނަކަށް ދާނަންހޭ
ނުދާނަމޭ...